އާޔަތުލް ތަމައްތަޢު
آيـات التمتع
މިއީ ތަމައްތަޢުގެ އާަޔަތްތަކެވެ. މިއާޔަތްތަކަށް މިނަންދެވިފައި ވަނީ ރާޤީން ރުޤުޔާ ކުރުމުގައި ފަސޭހައަކަށެވެ. އެއްވެސް ޙާލެެއްގައި ގުރުއާނުން ނުވަތަ ސުންނަތުން މި އާޔަތްތަކަކީ ޚުރޫޖްގެ އާޔަތްތައް ކަމަށް ބަޔާންވެގެން އައިސްފައެއް ނެތެވެ
ޖިންނިއެއް އިންސާނެއްދެކެ ލޯބިވެގެން އުޅޭނަމަ ނުވަތަ ޖިންސީގޮތުން ގޯނާ ކުރާނަމަ ނުވަތަ ފާހިޝްކަންކަން ކުރުމަށް ހިތްވަރު ދޭނަމަ، ފާހިޝާގެ އާޔަތްތަކުގެ އިތުރުން މި އާޔަތްތައް ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ ދެކޮޅުވެރިކަންދައްކާ ޖިންނީން މައިތިރިކުރުމަށާއި ޖިންނީންނަށް އިސްލާމްދީނަށް ގޮވާލުމަށްވެސް މި އާޔަތްތައް ބޭނުންކުރެވިދާނެއެވެ. އާޔަތްތަކުގައި ފެހި ކުލައިން ފާހަގަކޮށްފައިވާ ބައިތައް ތަކުރާރުކޮށް ކިޔެވުމުން ކިޔެވީލެގެ އަޘަރު ޖިންނީންގެ މައްޗަށް ނުވަތަ ބަލިމީހާއަށް ކުރުން އިތުރުވެގެންދާނެއެވެ. އިންޝާ ﷲ.
Kitha faharutho konme ayat ehves kiyanvy?
އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއްނެތް. އޮނަހިރި އަދަދަކަށް ކިޔެވުން މޮޅުއިތުރު. އެހެނީ ﷲ ޞުބުޙާނަޙޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.