ފިރިހެނުންގެ ޖިންސީ ބާރު ދައްވާނަމަ ކުރެވިދާނެ ފަރުވާ

firihenun jinsee baaru dhahvaanama kurevidhaane faruva

ސިހުރުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން ނަމަވެސް ފިރެހެނުންގެ ޖިންސީ ބާރުދަށްވާނަމަ ކުރެވިދާނެ ފަރުވާ

މިކަމަކީ ސިޙުރުގެ ސަބަބުންވެސް އަދި މެޑިކަލީ ވެސްް ވަރަށް ގިނަ ފިރެހެނުންނަށް ދިމާވަމުން އަންނަ މައްސަލައެކެވެ.މީގެ ސަބަބުން ކައިވެނީގެ ގުޅުން ދަމަހަށްޓަން އުނދަގޫވެ ތަފާތު ގިނަ މައްސަލަތައް ޖެހޭތަން ފެންނަމުންދެއެވެ. ޚާއްޞަކޮށް ސިޙުރުގެ ސަބަބުން މިހެން ވާކަމަށް ވާނަމަ ދަމަފިރިން މެދުގައި ރުޅިވެރިކަން އުފެދި ދެބަސްވުން އުފެދޭތަން އާދެއެވެ.އާންމުގޮތެއްގައި ދުރުކުރަން/ވަރިކުރުވަން ހަދާ ސިޙުޜު، ކައިވެނި ނުވެވޭގޮތަށް ހަދާ ސިޙުރު ( ކައިވެނި ކުރުން ކާމިޔާބު ވެއްޖެނަމަ ) ދިރިއުޅުމުގައި ކުރިޔަށް ނުދެވޭގޮތަށް ( ބަންދުކުރުވާ ) ސިޙުރު ފަދަ ސިޙުރުތަކުގައި މިކަން ވަރަށް ގިނައިން ދިމާވެއެވެ.

މިކަމަށް އަކަށީގެންވާ މެޑިކަލް ފަރުވާއެއް އަދި ހޯދިފައި ނުވެއޭ ދެންނެވުނަސ      ް ގޯހަކަށް ނުވާނެއެވެ. ސަބަބަކީ ޑޮކްޓަރީ ބޭހުގެ ސަބަބުން އެކި މީހުންނަށް ތަފާތު ގިނަ އުނަދަގޫތައް ދިމާވެ ، އެލާރޖިކްވެ ތަފާތު ގިނަ ނުރައްކާތެރި ކަންކަމާއި މިކަމުގެ ސަބަބުން ދިމާވަމުން އަންނާތީއެވެ.

އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ ނާރުތައް ބަލިވަމުންދާ ވަރަކަށް މިކަމަށް ބަދަލުތައް އައުމަކީ އެއްވެސް ޙާލެއްގައި ބަލިމަޑުކަމެއްނޫނެވެ.ނަމަވެސް މިކަމަށްވެސް ޤުރުއާނުން ފަރުވާއެއް ލިބޭތޯ މަސައްކަެތް ކުރުމަކީވެސް ނެތްކަމެއް ނޫނެވެ.ތިރީގައި މި ބަޔާންކުރާ ފަރުވާގައި ސިޙުރުގެ ސަބަބުން މިގޮތަށް ދިމާވާނަމަ ކުރާނެ ފަރުވާއަކާއި މެޑިކަލް ކަމެއްގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ކުރާނެ ފަރުވާއެއް ހިމަނާލާފައިވާނެއެވެ.

 

ފަރުވާކުރައްވާނެ ގޮތް

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧سورة الفاتحة

الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥سورة البقرة

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّـهُ سَمِيعٌ عَلِيمٌ ﴿٢٥٦﴾اللَّـهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٥٧﴾  سورة البقرة 

وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾) سورة الأعراف     (  117-122

فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ (سورة يونس(  81-82

وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾)  سورة طه  (69

يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُم مَّشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّـهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠سورة البقرة

قَالُوا يَا مُوسَىٰ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا مِنْهَا فَإِن يَخْرُجُوا مِنْهَا فَإِنَّا دَاخِلُونَ ﴿٢٢سورة المائدة

وَأَطِيعُوا اللَّـهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّـهَ مَعَ الصَّابِرِينَ ﴿٤٦سورة الأنفال

وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ ﴿٥٢سورة هود

قَالَ لَوْ أَنَّ لِي بِكُمْ قُوَّةً أَوْ آوِي إِلَىٰ رُكْنٍ شَدِيدٍ ﴿٨٠سورة هود

وَيُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ وَيُرْسِلُ الصَّوَاعِقَ فَيُصِيبُ بِهَا مَن يَشَاءُ وَهُمْ يُجَادِلُونَ فِي اللَّـهِ وَهُوَ شَدِيدُ الْمِحَالِ ﴿١٣سورة الرعد

قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥سورة الكهف

اشْدُدْ بِهِ أَزْرِي ﴿٣١سورة طه

قَالُوا نَحْنُ أُولُو قُوَّةٍ وَأُولُو بَأْسٍ شَدِيدٍ وَالْأَمْرُ إِلَيْكِ فَانظُرِي مَاذَا تَأْمُرِينَ ﴿٣٣سورة النمل

أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ كَانُوا أَشَدَّ مِنْهُمْ قُوَّةً وَأَثَارُوا الْأَرْضَ وَعَمَرُوهَا أَكْثَرَ مِمَّا عَمَرُوهَا وَجَاءَتْهُمْ رُسُلُهُم بِالْبَيِّنَاتِ ۖ فَمَا كَانَ اللَّـهُ لِيَظْلِمَهُمْ وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿٩سورة الروم

اللَّـهُ الَّذِي خَلَقَكُم مِّن ضَعْفٍ ثُمَّ جَعَلَ مِن بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِن بَعْدِ قُوَّةٍ ضَعْفًا وَشَيْبَةً ۚ يَخْلُقُ مَا يَشَاءُ ۖ وَهُوَ الْعَلِيمُ الْقَدِيرُ ﴿٥٤سورة الروم

وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ ﴿٤٥سورة ص

أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ كَانُوا مِن قَبْلِهِمْ ۚ كَانُوا هُمْ أَشَدَّ مِنْهُمْ قُوَّةً وَآثَارًا فِي الْأَرْضِ فَأَخَذَهُمُ اللَّـهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ اللَّـهِ مِن وَاقٍ ﴿٢١سورة غافر

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة  (14

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾(سورة يونس57      (

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ )   سورة النحل   (  69

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(82

وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء (   80

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت   (  44

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس  (

 

  1. 200 ގ މުގުރި ކަޅުދިރި 50ގ ޒައިތޫނިތެލައި އެއްކުރައްވައި 100 ގްރާމް ވައިގުގޫ، 50 ގްރާމް ކަޅުދިރިތެޔޮ، 50 ގްރާމް ޖަރުޒީރުތެޔޮ 200 ގްރާމް މާމުއި ( އައްޝިފާ ބްރޭންޑު ގެ މާމުއި މިފަދަ ކަންކަމުގައި ބޭނުން ކުރުމަށް ކޮލިޓި މޮޅުކަމަށް ތަޖުރިބާކުރެވިފައިވެއެވެ. ) އެއްކުރައްވާށެވެ.އެއަށްފަހު މަތީގައި ބަޔާންކޮށްފައިވާ އާޔަތްތައް އެއްކުރެވުނު ތަކެއްޗައް ކިޔަވާށެވެ.( ސިޙުރު ފަދަ ކަމެއް ނެތްނަމަ سورة الأعراف 122-117 ، سورة يونس 82-81 ، سورة طه 69 މި އާޔަތްތައް ދޫކޮށްލުމަށްފަހު ކިޔަވާށެވެ ). ދެން ކޮންމެ ދުވަހަކު ނާސްތާއަކަށްފަހު 1 މޭޒުމަތީ ސަމްސާ ބޭސް ބޭނުން ކުރައްވާށެެވެ. އިންޝާ ﷲ ޢުމުރުން ދުވަސްވުމުގެ ސަބަބުން އަދި ވަކި ކަމެއް ނޭނގި ނަމަވެސް ޖިންސީގޮތުން ބާރުދެރަވެފައިވާ މީހާވެސް އަނބުރައި ޒުވާންކަމަށް ރުޖޫޢަ ވާނެއެވެ.
  2. ދުވާލަކު 7 ކަދުރު 1 ތަށި ރޯކިރު ( ފުލް ކްރީމް މިލްކް ) ތެރެއަށް އެއްކުރުމަށްފަހު 12 ގަޑި އިރު ވަންދެން ބަހައްޓާށެވެ.މިގޮތަށް ބަހައްޓާއިރު އައިސް އަލަމާރީގައި ބެހެއްޓުން ބުއްދިވެރިއެވެ.ސަބަބަކީ ފަހަރެއްގައި ރޯކިރު އެގޮތަށް ބަހެއްޓުމުން އޭގެ ރަހައަށް ބަދަލު އަތުވެދާނެތީއެވެ.އެއަށް ފަހު ކަދުރުތައް ކާލުމަށްފަހު ތަށީގައި ބާކީ ހުންނަ ކިރުފޮދު ބަލިމީހާއަށް ބޯންދޭށެވެ.
  3. ސިޙުރުގެ ސަބަބުން މިކަން ދިމާވާކަމަށް ވާނަމަވެސް މަތީގައި ބަޔާންކުރެވުނު ފަރުވާ ކުރިއަށް ގެންދާށެވެ. ނަމަވެސް 1 ވަނަ ޕޮއިންޓުގައިވާ ފަރުވާގައި ކުރިން ދޫކޮށްލަން ބުނި އާޔަތްތަކާއި އެއްކޮށް ކިޔަވާށެވެ.މީގެ އިތުރުން ތިރީގައި މިބަޔާން ކުރާ ފަރުވާތައްވެސް ކުރިއަށް ގެންދާށެވެ.މީގެ އިތުރުން ތިރީގައިވާ ފަރުވާތައް ކުރިޔަށް ގެންދާށެވެ.
  4. 2 ވަނަ ޕޮއިންޓުގައިވާ ފަރުވާއަށް ސިޙުރު ޖެހިފައިވާ މީހާ ބޭނުންކުރައްވާއިރު ކުޑަ ބަދަލެއް ގެންނަން ޖެހޭނެއެވެ.މަތީގައި ބަޔާންކުރެވިފައިވާ ވަޤުތު ހަމަވުމުން ކިރުފޮދުގެ ފިނިކަން ކެނޑެންދެން ބަހައްޓާށެވެ.އެއަށްފަހު މަތީގައިވާ އާޔަތްތައް ކިޔެވުމަށްފަހު ކުރިން ބުނެވުނު ގޮތަށް އަމަލު ކުރާށެވެ.

– މަތީގައި ބަޔާންވެވުނު އާޔަތްތައް ފެނަށް ކިޔަވައިގެން ބަލިމީހާއަށް ދުވާލަކު 3 އިރު ބޯންދޭށެވެ. ހަމައެހެންމެ ކޮންމެ ރެއަކު މި ފެނުން ބަލި މީހާ ފެންވަރަން ބޭނުން ކުރާށެވެ.

– މީގެ އިތުރުން ކަޅުދިރިތެލާއި ޒައިތޫނި ތެލަށްވެސް ހަމަ މި އާޔަތްތައް ކިޔެވުމަށްފަހު ބަލިމީހާ ގައިގައި އުނގުޅާށެވެ.މިގޮތަށް އުނގުޅާއިރު ބަލިމީހާގެ ފައިގެ ފަލަމަހުގައި، މޭގައި އަދި ބުރަކަށީގައިވެސް އުނގުޅާށެެވެ، ހަމަ އެހެންމެ ބަލިމީހާގެ ކުރިމަތިފަރާތުގައި ވެސް ތެޔޮ އުނގުޅާށެވެ. ( ޒައިތޫނި ތެޔޮ ބޭނުން ކުރައްވާނީ ދުވާލުއެވެ. އަދި ކަޅުދިރި ތެޔޮ ބޭނުންކުރައްވާނީ ރޭގަނޑުއެވެ. )

މަތީގައި ބަޔާންކުރެވިފައިވާ ހުރިހާ ފަރުވާތައްވެސް ބަލިމީހާ ކުރިއަށް ގެންދިއުން އެދެވިގެންވެއެވެ.ބަލި ރަނގަޅުވަންދެން ކުރިއަށް ގެންދާށެވެ. މާޔޫސްނުވެ ހިތްވަރާއެކު ފަރުވާ ކުރިއަށް ގެންދާށެވެ. އިންޝާ ﷲ ޝިފާ ލިބޭނެއެވެ.

 

ނޯޓް : އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ބޭނުން އަދަދަކަށް ކިޔެވިދާނެއެވެ. އެހެން ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެން ވެއެވެ.މިގޮތުން ކޮންމެ އާޔަތެއް 3 ފަހަރު، 7 ފަހަރު ނުވަތަ  21 ފަހަރުވެސް ކިޔެވިދާނެއެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކައް ލޯބިކުރައްވަތެވެ.

މަޢުލޫމާތު ނެގި މަޞްދަރުތައް: ދިވެހި ބޭސްވެރިކަމުގެ ފޮތް ، ތިބް އައްނަބަވީ ( ޕޮރޮފެޓިކް މެޑިސިން ) ފޮތް

 

One thought on “ފިރިހެނުންގެ ޖިންސީ ބާރު ދައްވާނަމަ ކުރެވިދާނެ ފަރުވާ

  • March 13, 2016 at 9:13 am
    Permalink

    މީގައިމިވާ ބައިތައް ކޮންމެދުވަހަކު ނުވަތަ މަހަކު އެއްފަހަރު ނަމަވެސް ކިޔެވުމަކީ މާފަސޭހަ ކަމަކަށް ނުވާނެއެވެ. ޚާއްޞަކޮށް ބަލިމީހާ ނުވަތަ އެފަދަ ބަލިމީހާގެ ޢާއިލާގައި މިފަދަ ކަންކަމަށް އަހުލުވެރި ވެފައިތިބި މީހުން ނެތުން އެކަށީގެން ވެއެވެ. ރާޤީންނަށްވެސް އަވަސްއަވަހަށް ކިޔަވަންޖެހުމުން މާފަސޭހަ ވެދާނެކަމަކަށް ނުދެކެމެވެ. ދަންނަވަން މިއުޅެނީ ބުނެފައިވާ ބާވަތްތައް މާމުޔަށް އެއްކުރުމަށްފަހު އެ މާމުއި ގިނަދުވަސް ވަންދެން ބެހެއްޓުމުން ހަލާކުވުމުގެ ފުރުޞަތު އޮތްވާހަކަ އެވެ. ވީމާ އައިސަލަމާރިއަށް ލާފައި ބެހެއްޓުން ކިހިނެއް ވާނެތޯ؟ ނުވަތަ ޒައިތޫނި ތެލާއި ކަޅުދިރި ތެޔޮ އަދި ޖަރުޒީރު ތެލަށް ވަކިވަކިން ކިޔަވާފައި ބެހެއްޓުން ކިހިނެއް ވާނެތޯ؟ ހަދާނެ ގޮތުގެ ތަފުޞީލެއް ބޭނުންވެއެވެ.

    Reply

Leave a Reply

Your email address will not be published. Required fields are marked *