ޙިސްނުލް މުސްލިމްގެ ދިވެހި އަދި އިނގިރޭސި ތަރުޖަމާ އަދި ފޯން އެޕްލިކޭޝަން

hisnul-muslim

 

الحمد لله والصلاة والسلام على رسول الله صلى الله عليه وسلم

.އަހަރެމެން ތެރެއިން ވަރަށް ގިނަ މީހުން ﷲ އަށް ޛިކުރު ކުރުމުގެ މަތީން ވަނީ ހަނދާން ނައްތާލާފައެވެ. ޚާއްޞަކޮށް ސުންނަތުން ސާބިތުވާން ހުރި ޛިކުރުތަކަކީ ކޮބައިކަން ވަނީ ނޭނގިފައެވެ. އަދި މިއީ ދީނުގައި ކިހާ ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާ ކަމެއްކަންވެސް އަހަރެމެންނަށް ވަނީ ނޭނގިއެވެ. ޚާއްޞަކޮށް ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ވަނީ ވަރަށް ބޮޑަށް އިހުމާލުވެވިފައެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا ﴿٢٥سورة الانسان

“އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ”

އެހެންކަމުން މި ލިޔުމުގައި މި ޙިމަނާލަނީ ސުންނަތުން ސާބިތުވާ ވަރަށް ގިނަ ދުޢާތަކާއި ޛިކުރުތަކުގެ މައްޗަށް ސަޢީދް ބިން ޢަލީ ބިން ވަޙްފް އަލް ޤަޙްތާނީ ލިޔެ އެކުލަވާލާފައިވާ ޙިސްނުލް މުސްލިމް ގެ ދިވެހި ތަރުޖަމާ  އާއި އިނގިރޭސި ތަރުޖަމާއެވެ. ދިވެހިބަހަށް މިފޮތް ތަރުޖަމާ ކުރައްވާފައިވަނީ އައްޝައިޚް އިބްރާހިމް މުހައްމަދު ( ނައިފަރު ) އެވެ.

ﷲ މި ހުރިހާ ބޭފުޅުންނަށްވެސް ހެޔޮ ރަޙަމަތް ލައްވާށިއެވެ.

މިފޮތްތައް ޑައުންލޯޑްކުރެއްވުމަށް ތިރީގައިވާ ލިންކްތަކަށް ވަންނަވާ!

ޙިސްނުލް މުސްލިމްގެ ދިވެހި ތަރުޖަމާ 

ޙިސްނުލް މުސްލިމްގެ އިނގިރޭސި ތަރުޖަމާ 

މީގެ އިތުރުން މި ފޮތުގެ އެންޑްރއޮއިޑް އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށް މި ލިންކް އަށް ކްލިކް ކޮށްލައްވާ! އަދި އައިފޯން އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށް މި ލިންކް އަށް ޒިޔާރަތްކޮށްލައްވާ!

އަޅުގަނޑުގެ ދުޢާއަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އަޅަމެންނަކީ އެކަލާނގެ އަށް ޛިކުރުކުރުންމަތީ ދެމިތިބޭ ބައެއްކަމުގައި ލައްވާ އަޅަމެން ހުރިހާ ނުބައިކަމަކުން ރައްކާތެރިކުރެއްވުމެވެ. އާމީން!!

 

 

Leave a Reply

Your email address will not be published. Required fields are marked *