ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (2 ވަނަ ބައި )

ތަރުޖަމާ: ރާއިފް ރުޝްދީ

ސިޙާޤާއި ލިވާޠު:

ބައެއްފަހަރު އަންހެންޖިންނި އަންހެނުނާއި އަޅައިގަނެ އެމީހުންނަށް ޖިންސީގޮތުންބެހެއެވެ. އެގޮތުން އެމީހުންގެ ނިދީގައި އޭނާ އޭނާގެ އުޚްތެއްނުވަތަ އަންހެން ރަޙްމަތްތެރިއެއްގޮތުގައި ދައްކާ ނުވަތަ އެނާއަންހެންނަކާއި ޖިންސީގޮތުން އެދުންވެރިވެ އަންހެނަކަށް ލެނބެމުންގޮސް އަންހެނަކު އަންހެނުން ދެކެލޯބިވާތަން ފެނެއެވެ.

އަދި ހަމައެހެން ފިރިހެން ޖިންނިންވެސް ފިރިހެނުންނާއި ޒުވާން ކުދިންނާއި ފިރިހެންކު  މިފަދައިން އަޅައިގަނެ އެމީހުންނާއި އެކު ލިވާޠުކޮށް ޖިންސީގޯނާކޮށް އޭގެ އަސަރުން މިމީހުން ފިރިހެނުންނަށް ހިތްޖެހި ހަޑިހުތުރު ފާޙިޝްކަންކަމަށްއަރައިގަނެއެވެ.

ލޯބިވެރި ޢާޝިޤު ޖިންނި އަޅައިގަންނަ ސަބަބުތައް.

ޖިންނި ޝައިޠާނުން އިންސާނުންނާއި އަވަލައި އޭނާއާއި މެދު ފާހިޝް ޢަމަލްތައް ހިންގާ ބައިވަރު ސަބަބުތަކެއްވެއެވެ. އޭގެ ތެރޭގައި:

  1. ކަމުދިޔުމާއި ގަޔާވުން:

ޖިންނިއެއް އިންސާނަކާއި ގަޔާވެއްޖެނަމަ އޭނާގެ ފަސްފަހަތުން އޭނާގެ ކައިރިން ނުފިލާއުޅެން ފަށައެވެ. އަދި ދުނިޔަވީ ކަމެއްގައި މަޝްޣޫލުވެގެންވާ ތަނެއްގައި ނުވަތަ އަންހެނުން އެމީހުންގެ ޒީނަތްފާޅުކޮށްގެން އުޅޭ ކައިވެނި ޕާޓީއެއްފަދަ ފިތުނުތައް ފާޅުވެގެންވެގެންވާ ރައްކާތެރިކަމެއް ނުވާ ނުވަތަ ރައްކާތެރިކަން ކުޑަ ތަނެއްގައި ވަނިކޮށް އޭނަގެ ގަޔަށް ވަންނަން އޭތި މަސައްކަތްކުރެއެވެ.

  1. ޙަސަދަ އާއި އެސްފިންނާ:

މީހުންގެ އެސްފީންނާގެ ސަބަބުން ވަރަށް ގިނަ ފަހަރަށް މީހުންގެހަށިތަކަށް ޖިންނި ވަނުމަށް ޖާގަ ހޯދަދެއެވެ.

  3.އިންސާނުން ހަދާ ސިޙުރުގެ ސަބަބުން:

ސިހުރުގެ ސަބަބުން ބައެއްފަހަރަށް ޚައްދާމު ޖިންނި މީހާގެ ގަޔަށް ވައްދުވައެވެ. މިގޮތަށް ސިޙުރުގެ ޚައްދާމު ޖިންނި ގިނަ މުއްދަތަކަށް ހަށިގަނޑެއްގައި އުޅެމުން ގޮސް އޭތި އުޅެމުން އައި ހަށިގަނޑަށް ލޯބި ޖެހި އެއްމެ ފަހުން އެ ހަށިގަނޑުގެ ވެރިމީހާއަށް ދާންދެން ލޯބި ޖެހެއެވެ. ޚާއްޞަކޮށް ސިޙުރުޖެހިފައވާ މީހާއަކީ އަންހެނަކަށް ވެފައި އޭނާގެ ގައިގައިވަނީ ފިރިހެން ޖިންނި އެއްނަމަ މިފަދައިން ދިމާވެއެވެ، އަދި ސިޙުރުޖެހިފައިވަނީ ފިރިހެނަކަށް ކަމުގައިވެފައި އޭނާގެ ގަޔަށް ވައްދާފައިވަނީ އަންހެން ޖިންނިއެއް ނަމަ މިފަދައިން ކަންތައް ހިނގައެވެ. މިއީ ޢާއްމުކޮށް މިކަން ވާގޮތެވެ.

4. ފާހިޝްކަމެއްކުރުމަށް ހަދާސިހުރުގެ ސަބަބުން:

ފާހިޝްކަންކަންކުރުމަށް ތަފާތު ވައްތަރުގެ ސިހުރުހަދައެވެ. އެއި ތެރޭގައި

ހ.     ސިޙުރު އަލް މަޙައްބާ:

މީގައިވެސް ތަފާތު ވައްތަރު ހުރެއެވެ. އޭގެ ތެރޭގައި ސިޙުރުޖެހިފައިވާ މީހާގެ ޝަހުވަތް ހިލޭ ފަދަ ސިޙުރުތައްވެއެވެ.

ށ. ޒިނޭކުރާ ޖިންނީން މީހާގެ ގަޔަށް ސިހުރުންވެއްދުން:

މިފަދަ ޖިންނި ވަނުމުން ފާޙިޝްކަންކަން ކުރާހިތްވެއެވެ. އެއީ ރެއެއްދުވާލެއްވިޔަސް އޭނާއަށް ފަރުވާލެއް ނޯވެއެވެ.

ނ. ކާފަރު ޖިންނިންވެއްދުން

ސިޙުރުވެރިޔާ މުސްލިމުންގެ ހަށިތަކަށް ޔަހޫދީންއަދި ނަޞާރާ ޖިންނިން ވައްދާކަމީ ސާފުކޮށް އެނގޭކަމެކެވެ.

5.ޖިންނި ސިހުރު ހެދުން

ބައެއް ޢާޝިޤު ޖިންނިން އިންސާނީ ސިހުރު ބޭނުންކޮށްގެން އޭނާ ބޭނުންވާ މީހަކާއި ބައްދަލުކޮށް ޖިމާޢުވެހަދައެވެ.

  6 .އާއި ދުރުވުން:

ﷲ އާއި ދުރަށް މީހާދާ ބައިވަރު ތަފާތު ގޮތްގޮތް ހުރެއެވެ. އެއިތެރޭގައި ނަމާދާއި ދުރުވުމާއި ޙަރާންކަންކަމަށް ގެނބުންވެއެވެ. މިކަންކަމުގެ ސަބަބުން މައްސުގެ މިބާވަތުގެ ޝިކާރައަކަށް އޭނާގެ ވެގެން ދިޔުމަށް މަގުފަހިވެއެވެ.

7. އިންސާނަކު އެދުމުގެ ސަބަބުން އޭނާގެ ހަށިގަނޑާއި އަވަލުން:

އިންސާނަކު ޖިންނި އަކާއިއެކު މުޢާމަލާތުކުރުމަށް އެދުމުގެ ސަބަބުން ނުވަތަ  މިސާލަކަށް އަންހެން ޖިންނީންގެ ވާހަކަދައްކާ އަދި އޭނާއަންހެން ޖިންނިއެއް ބޭނުންކަމުގެ ވާހަކަ ގިނަގިނައިން ދެއްކުމުގެ ސަބަބުންވެސް ޖިންނި އަވަލައެވެ. މި ޒަމާނުގައި އެފަދަ ފިލްމުތަކާއި ވާހަކަތައް ގިނަކަމުން އޭގެ ޒަރްޢިއްޔާއިން މިފަދަ ފާސިދު ފިކުރުތައް ޒުވާނުންގެ ސިކުނޑިތަކަށް ވަދެ މިފަހަކަށް އައިސް ވަރަށް ގިނައިން ހިނގައެވެ.

8 ސިހުރުގެ ފޮތްތައް ބަލައިކިޔާ އޭގައިވާ ކަންކަންކުރުމުގެ ސަބަބުން

 

ނޯޓް: މިއީ އައްޝައިޚް ޚާލިދް ޙިބްޝީ އެބޭފުޅާގެ ވެބްސައިޓް  ގައި ޢާޝިޤް ޖިންނިން އިންސާނުންނަށް އަވަލުމާ ބެހޭގޮތުން ގެންނަވާފައިވާ އާޓިކަލެއްގެ ތަރުޖަމާއެވެ، މި .އާޓިކަލް ގެ އަސްލު ބެއްލެވުމަށް މި ލިންކް އަށް ކްލިކް ކޮށްލައްވާ

Leave a Reply

Your email address will not be published. Required fields are marked *