ޝިފާގެ އާޔަތްތައް
މިއާޔަތްތަކަކީ ޤުރުއާނުގައި ޝިފާގެ ވާހަކަ ނަންގަނެވިގެންވާ އާޔަތްތަކެވެ. މިއާޔަތްތަކަށް ޝިފާގެ އާޔަތުން ނަންދެވިފައި ވަނީ ރާޤީން ރުޤުޔާ ކުރުމުގައި ފަސޭހައަކަށެވެ. އެއްވެސް ޙާލެެއްގައި ގުރުއާނުން ނުވަތަ ސުންނަތުން މި އާޔަތްތަކަކީ ޝިފާގެ އާޔަތްތައް ކަމަށް ބަޔާންވެގެން އައިސްފައެއް ނެތެވެ.
قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (14
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس57 (
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل ( 69
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء (82
وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء ( 80
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت ( 44
މިއާޔަތްތައް ފެނަށް ކިޔަވައިގެން ބަލިމީހާއަށް ބޯންދެވިދާނެއެވެ. ނުވަތަ ތެލައް ކިޔަވައިގެން ގައިގަ އުނގުޅުމަށް ބޭނުން ކުރެވިދާނެއެވެ. ހަމައެހެންމެ ފެނަށް ކިޔަވައިގެން ފެންވެރުމާއި ބަލިމީހާ އަމިއްލައަށް މި އާޔަތްތައް ގިނަގިނައިން ކިޔެވުމަކީވެސް ފަރުވާގެ ގޮތުގައި ކުރެވިދާނެ ބައެއް ކަންކަމެވެ.
ނޯޓް : އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ބޭނުން އަދަދަކަށް ކިޔެވިދާނެއެވެ. އެހެން ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެން ވެއެވެ.މިގޮތުން ކޮންމެ އާޔަތެއް 3 ފަހަރު، 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކައް ލޯބިކުރައްވަތެވެ.