ހުވަފެނާއި ގުޅޭ އަދަބުތައް
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
سهل بن رفاع بن سهيل الروقي العتيبي ވިދާޅުވެފައިވެއެވެ.
ހުވަފެނުގެ އަދަބުތަކާއި، ހުވަފެން ތަޢުބީރު ކުރުމުގެ އަދަބުތަކާއި ގުޅޭ އެތަށް ޙަދީޘްތަކެއް ސުންނަތުން ވާރިދުވެގެންވެއެވެ. ކިޔާއި ދިނުމާއި ކިޔާއި ނުދީ ހުއްޓެންޖެހޭ އެތަށް ހުވަފެންތަކެއްވެއެވެ. ހުވަފެނުގެ އަދަބުތަކާއި، ތަޢުބީރުކުރުމުގެ އަދަބުތަކާއި ޚިލާފުވެއްޖެނަމަ ބިރުވެރިކަމެއް ހިތުގައި އުފެދި ފަސާދައަކަށް މަގުފަހިވެދެއެވެ. ވީމާ މިކަމުގެ އަދަބުތައް ސުންނަތުން ދަސްކުރުންވެއެވެ.
الرؤى عند أهل السنة والجماعة والمخالفين: 425
ރަނގަޅު ހުވަފެނެއް ފެނުމުން ކަންތައް ކުރަންޖެހޭ ގޮތް
1. ﷲ އަށް ޙަމްދުކުރުން:
2. ފެނުނު އުފާވެރި ޚަބަރު ފެތުރުން:
3. ތިމާދެކެ ލޯބިވާ މީހުންގާތު ކިޔައިދިނުމާއި، ތިމާއަށް ނަފުރަތު ކުރާ މީހުންނަށް ކިޔާއި ނުދިނުން:
ދަލީލު:
وعن أَبي سعيدٍ الخدرِيِّ رضي الله عنه: أنَّه سَمِعَ النبيَّ ﷺ يقول:
«إِذَا رَأى أحَدُكُمْ رُؤيَا يُحِبُّهَا، فَإنَّمَا هِيَ مِنَ اللهِ تَعَالَى، فَلْيَحْمَدِ اللهَ عَلَيْهَا، وَلْيُحَدِّثْ بِهَا – وفي رواية: فَلَا يُحَدِّثْ بِهَا إِلاَّ مَنْ يُحِبُّ.
މާނައީ: އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާﷺ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
“ތިޔަބައިމީހުންކުރެ މީހަކަށް އޭނާ އުފާ ވާފަދަ ރަނގަޅު ހުވަފެނެއް ފެނިއްޖެނަމަ، އެއީ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ދައްކަވާ ދެއްކެވުމެކެވެ. ފަހެ، އެކަމަށްޓަކައި، އެމީހަކު ﷲ އަށް ޙަމްދުކުރާ ހުށިކަމެވެ. އަދި އެވާހަކަ (ހެޔޮލަފާ މީހުންނަށް) ކިޔައިދޭށެވެ.”
އަދި މުސްލިމުގެ ރިވާޔަތުގައިވެއެވެ.
“ފަހެ އެވާހަކަ އެބަޔަކު ދެކެ ތިމާ ލޯބިވާ ބަޔެއްގެ ގާތުގައި މެނުވީ ނުދައްކާހުށިކަމެވެ.”
صحيح البخاري: 6584
صحيح مسلم: 2261
رياض الصالحين: 840
ނުބައި ހުވަފެނެއް ފެނުމުން ކަންތައް ކުރަންޖެހޭ ގޮތް
1. 3 ފަހަރު އަޢޫޛު ކިޔުން:
2. 3 ފަހަރު ވާއަތަށް ފުމެލުން:
3. ނިދަން އޮތް ފަރާތް ބަދަލު ކޮށްލުން:
ދަލީލު:
وعن جابر رضي الله عنه عن رسول اللهﷺ قَالَ:
«إِذَا رَأى أحَدُكُمْ الرُّؤْيَا يَكْرَهُهَا، فَلْيَبْصُقْ عَنْ يَسَارِهِ ثَلاثًا، وَلْيَسْتَعِذْ بِاللهِ مِنَ الشَّيْطَانِ ثَلَاثًا، وَلْيَتَحَوَّل عَنْ جَنْبِهِ الَّذِي كَانَ عَلَيْهِ»
މާނައީ: ޖާބިރު ރަޟިޔަﷲ ޢަނހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާﷺ ޙަދީޘް ކުރެއްވިއެވެ.
“ތިޔައިން މީހާކަށް، އޭނާ ހިތްހަމަނުޖެހޭ ފަދަ ހުވަފެނެއް ފެނިއްޖެނަމަ، އޭނާގެ ވާތްފަރާތަށް ތިން ފަހަރު (ތުނިކޮށް) ކުޅާއެކު ފުމެލާށެވެ. އަދި ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެވުން އެދި ﷲ ގެ ޙަޟްރަތުގައި އެދޭށެވެ. (އެބަހީ 3 ފަހަރަށް އަޢޫޛުކިޔާށެވެ.) އަދި އެ މީހާކު ނިދަން އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރިލާށެވެ.”
رياض الصالحين: 843
4. އެއްވެސް މީހަކަށް ކިޔައި ނުދިނުން:
ދަލީލު:
(އިސްވެދިޔަ، އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘްގެ ފަހު ބައި)
رياض الصالحين: 840
5. 2 ރަކުޢަތް ނަމާދެއް ކުރުން:
ދަލީލު:
عن أبي هريرة قال : قال النبيﷺ:
«… فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ وَلا يُحَدِّثْ بِهَا النَّاسَ»
މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާﷺ ޙަދީޘް ކުރެއްވިއެވެ.
“ތިޔަބައިމީހުން ކުރެ މީހަކަށް އޭނާ ނުރުހޭ ހުވަފެނެއް ފެނިއްޖެނަމަ އޭނާ ތެދުވެ ނަމާދު ކުރާ ހުށިކަމެވެ. އަދި އެ ހުވަފެނުގެ ވާހަކަ މީސްތަކުންގެ ގާތުގައި ނުދައްކާހުށިކަމެވެ.”
صحيح مسلم: 2263