ތަފާތު ސިޙުރުތަކުގެ އަލާމާތްތައް
ތަފާތު ސިޙުރު ތަކުގެ އަލާމާތްތައް
الحمد لله والصلاة والسلام على رسول الله صلى الله عليه وسلم
ސިޙުރު ޖެހިފައިވޭތޯ ބެލުމަށް ވަރަށް ގިނަ މީހުން ބޭނުންވެއެވެ. ނަމަވެސް ސިޙުރުގެ ޢަލާމާތްތަކަށް ބެލުމަށްފަހު އެމީހަކީ ސިޙުރުޖެހިފައިވާ މީހެއް ކަމަށް ނިންމުމަކީ އަޅުގަނޑުމެންގެ ތެރޭގައި ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިގޮތުން އާންމުކޮށް މީހުން ސިޙުރުޖެހިފައިވާކަމަށް ދެނެގަންނަ ޢަލާމާތްތަކުގެ ތެރޭގައި
- އާންމުކޮށް ގަދަޔަށް ބޮލުގައި ރިއްސުން.
- ބިރުވެރި ހުވަފެންތައް އާންމުކޮށް ފެނުން.
- ނިދީގައި ސިއްސައިގެން ގޮސް ހޭލެވުމާއި އުސްތަންތަނުން ވެއްޓޭތީ ފެނިގެން ހޭލެވުން.
- މޭ ފިތޭގޮތްވުމާއި ނެވާ ހާސްވާގޮތްވުން.
- ބަނޑުގައި ރިއްސުމާއެކު އަބަދުމެ މޭނުބައިކޮށް ހޮޑުލަވާފައި ހުރުން.
- ހުވަފެނުގައި ހަރުފަ،ނަނުގަތި،ކަޅުވެން، ބުޅާ އަދި ކުއްތާ ފަދަ ޖަނަވާރުތައް ފެނުން.
ނަމަވެސް ހަމައެކަނި ޢަލާމާތްތަކަށް ބަލައިގެން މިފަދަ ރޫޙާނީ ބަލިމަޑުކަމެއް ޔަޤީނެއް ނުކުރެވޭނެއެވެ. މިކަން ހަމައެކަނި ޔަޤީން ކުރެވޭނެ ގޮތަކީ ރުޤުޔާއެއްގެ ބޭނުންކުރުމެވެ. މިގޮތުން އަމިއްލައަށް ރުޤުޔާ ކިޔަވައިގެންވެސް ޔަޤީންކުރެވިދާނެއެވެ. ހަމައެހެންމެ ސިޙުރަށް ޚާއްޞަކޮށް ކިޔަވާފައިވާ ހުންނަ ރުޤުޔާއެއް އަޑުއަހައިގެން ނުވަތަ ރާޤީއެއްގެ އެހީގައި ބަލިމީހާއަށް ރުޤުޔާ ކިޔަވައިގެންވެސް ސިޙުރުޖެހިފައިވޭތޯ ބެލިދާނެއެވެ. ( ސިޙުރު ޖެހިފައި ހުރިތޯ އަމިއްލައަށް ބެލުމަށްޓަކައި މި ލިންކް ގައި ވާ އޯޑިއޯ އަޑު އައްސަވާށެވެ. )
ސިޙުރުޖެހިފައި ހުރިކަން ޔަޤީންވުމުން މިކަމުގައި އެމީހަކަށް ކުރާނެ ޚާއްޞަ ފަރުވާއެއް ދެނެގަތުމަށްޓަކައި ޖެހިފައި ހުރި ސިޙުރުގެ ބާވަތް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިކަން ދެނެގަތުމަށްޓަކައި ބަލިމީހާއަށް ދިމާވާ އުނދަގޫތައް ދެނެގަތުމުން އެމީހަކަށް ޖެހިފައިވަނީ ކޮންކަހަލަ ސިޙުރެއްކަން އެނގިގެންދާނެއެވެ. މިގޮތުން ތިރީގައި މި ބަޔާންކޮށްލަނީ އާންމުކޮށް ސިޙުރުވެރިން ހަދާއުޅޭ ސިޙުރުތަކާއި މި ސިޙުރުތައް ޖެހުމުން ބަލިމީހާގެ ފަރާތުން ފެންނާނެ ޢަލާމާތްތަކެވެ. ނަމަވެސް މިއިން ސިޙުރެއްގެ ހުރިހައި އަލާމާތްތަކެއް ބަލިމީހާގެ ފަރާތުން ނުފެނުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ކަންތައް ދިމާވެއްޖެ ކަމުގައިވާނަމަ، ގިނަ ޢަލާމާތްތައް ބަލިމީހާގެ ފަރާތުން ފެންނަ ޙާލަތުގައި އެ ޢަލާމާތްތައް ދިމާވާ ސިޙުރު އެމީހަކަށް ޖެހިފައިވާކަމަށް ނިންމިދާނެއެވެ.
- ދެމަފިރިން ވަރިކުރުވަން ނުވަތަ ދުރުކުރުވަން ހަދާ ސިޙުރު
މިބާވަތުގެ ސިޙުރަކީ ދިވެހީންގެ ތެރޭގައި ވަރަށް އާންމު ސިޙުެރެކެވެ. އާންމުގޮތެއްގައި ވަރިކުރުވާ ސިޙުރު ހެދުމުގައި ދެމަފިރިން ކުރެ ކޮންމެވެސް އެކަކަށް ނުވަތަ ދެ މީހުންނަށް، ސިޙުރު ހަދާފައިވާ އެއްޗެއް ކާންދިނުން ނުވަތަ ދެމަފިރިން ގެ ދިރިއުޅޭ ގެޭގެ އޮޅިދޮށުގައި އެއްޗެއް ވަޅުލުން/ފެން އެޅުންފަދަ ކަންކަން ހިމެނެއެވެ.ދެމީހުން މެދުގައި ކުދި ކުދި މައްސަލަަތައްޖެހި، މައްސަލަތައް ބޮޑުވެ، އެއްދާން ކުރުމުގައި އެކި ކަހަލަ އުނަދގޫތައް ދިމާވެ ދެ މީހުން ވަރިވުމަކީ އާންމުކޮށް މި ސިޙުރުގައި ކަން ހިނގާ ގޮތެވެ. ސިޙުރާ ހަވާލުވެފައި ހުންނަ ޖިންނި ބައެއްފަހަރު ބަލިމީހާގެ ހަށިގަނޑު ތެރެއަށް ވަދެއެވެ. މިހެން ވެއްޖެނަމަ އަދި އިތުރު އުނދަގޫތައް ދެމަފިރިންގެ ދިރިއުޅުމަށް ކުރިމަތިކުރުވައެވެ.
މި ސިޙުރުގެ އަލާމަތްތަކުގެ ތެރޭގައި:
- އެކަކު އަނެކަކާއި މެދު އެއްވެސް ސަބަބެއް ނެތި ޝައްކު އުފެދެން ފެށުން.
- އެކަކު އަނެކަކެއްގެ ފަރާތުން ދިމާވާ ކަމެއްގައި އެއްވެސް އުޒުރެއް ޤަބޫލުނުކޮށް ރުޅިއައުން.
- ކިތައްމެ ކުޑަކުޑަ ކަމެއްވެސް ޙައްލުކުރުމުގެ ބަދަލުގައި ބޮޑުކޮށްލައި އަރައިރުން ވުން.
- އަކަކު އަނެކަކާއި ކުރިމަތިލާ ވަޤުތު ރުޅިއައިސް ފޫހިވުން.
- އަނެކާ ކިތަންމެ ރަނަގަޅުކަމެއް ކުރިކަމުގައި ވިޔަސް އެކަމާ ޙަސަދަވެ ރުޅިއައުން.
- މި ސިޙޫރު ޖެހިފައި ހުންނަ މީހާ އޭނާއާއި ދުރުކުރުމަށް ސިޙްރު ހަދާފައިވާ ހުންނަ އަނެއް މީހާ ހުންނަ ތަނުގައި ހުންނަންވެސް ފޫހިވެ ރުޅިއައުން.
- ފިރިމީހާ ބޭރުގައި ހުންނ ވަޤުތު އަނބިމީހާ ފިރިމީހާ މަތިން ހަނދާންވެ ކައިރިއަށް ދާން ބޭނުންވުން ނަމަވެސް ފިރިމީހާ ގެޔަށް އައުމުން އަނބިމީހާ ރުޅި ގަދަވުން. ނުވަތަ ފިރިމީހާއަށް މި ގޮތަށް ދިމާވުން.
- އަނބި މީހާއަށް/ފިރިމީހާއަށް ފިރިމީހާ/އަނބިމީހާ ހުތުރު ސިފައެއްގައި ފެނުން.
- އެއްދާން ކުރާހިނދު ކުރިމަތި ފަރާތުން ދިލަ ނެގުމާއި ތަދުވުން އަދި މިކަމުގައި އެއްވެސް އަރާމެއް ނުލިބުން
- ފިރިމީހާ ޖިންސީ ގުނަވަނުގެ ބާރުދިއުން.
- އާންމުކޮށް ވަރުބަލިވެ ބޮލުގައި ރިއްސުމާއި ބިރުވެރި ހުވަފެންތައް ފެނުން.
މިހުރިހައި ޢަލާމާތްތަކެއް އެއްކޮށް ފެނުމަކީ ފަހަރެއްގައި ނުވެ ހިނގައިދާނެ ކަމެކެވެ. ނަމަވެސް ގިނަ އަލާމާތްތައް ދިމާވެ ރުޤްޔާ ކިޔަވައިގެން ސިޙްރުކަން ޔަޤީން ކުރެވިއްޖެނަމަ މި ބާވަތުގެ ސިޙުރުކަމަށް ނިންމިދާނެއެވެ.
- ކައިވެނި ކުރުމަށް ހުރަސްއަޅާ ސިޙުރުގެ އަލާމާތްތައް
މިބާވަތުގެ ސިޙުރުޖެހުމުން ތަކުރާރުކޮށް ކައިވެނި ކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބުވެއެވެ. ބައެއްފަހަރު މި ސިޙުރު ޖެހިފަ ހުންނަ މީހާއަށް އެއްވެސް މީހަކު ކައިވެނި ކުރާހިތް ނުވާތަންވެސް އާދެއެވެ. މިކަން ދިމާވަނީ ސިޙުރާ ހަވާލުވެގެން ތިބޭ ޖިންނީން އެހެން މީހުންގެ ބޮލަށް ވަސްވާސް ވެއްދުމާއި ، އޭނާ އާއި ބެހޭގޮތުން ތަފާތު ގިނަ ގޯސް ޚިޔާލުތަކެއް ވެއްދުމުގެ ސަބަބުންނެވެ. ނަމަވެސް ކޮންމެ ކަމެއްވެސް ހިނގަނީ ﷲ ޞުބުޙާނަހޫ ވަތަޢަލާގެ އިރާދަފުޅުން ކަމުގައި ވީ ހިނދު މިކަމަށް ޝިފާދެއެވުންވެސް ވަނީ އެކަލާނގެ އަތްޕުޅުގައެވެ. ތިޜިގައި މިވަނީ މިކަހަލަ ސިޙުރުގެ އަލާމާތްތަކާއި އޭގެ ފަރުވާއެވެ.
ކައިވެނި ކުރުމަށް ހުރަސް އަޅާ ސިޙުރުގެ ފަރުވާ
– އާންމުކޮށް ބޮލުގައި ރިއްސުމާއި ބޭސް ބޭނުންކޮށްގެން ބޮލުގެ ރިހުން ނުކެނޑުން.
– މޭފިތޭގޮތްވެ ހާސްވުން ( ޚާއްސަކޮށް ޢަޞްރު ވަގުތު ).
-ކައިވެނިވުމަށް ނިންމޭ ކޮންމެ މީހަކު ހުތުރު ސިފައެއްގައި ފެނުން ( ކިތަންމެ ރީތި މީހެއް ނަމަވެސް ) .
– ނުތަނަވަސްކަމާއި ހާސްކަން ވެރިވުން.
– ބަނޑުކޮޅަށާއި ބަނޑަށް ތަދުވުން ( އެކި ވަގުތު ތަކުގައި )
– އުނަގަނޑުގެ ތިރީގައި ރިއްސުން.
- ސިޙްރުއް ރަބްތު(ބަންދުކުރުވާ ސިޙުރު) ގެ ޢަލާމާތްތައް
ބަންދު ކުރުވާ ސިޙުރުގެ އެތައް ވައްތަރު ތަކެެއް ހުރެއެެވެ. މިގޮތުން ޖިންސީ ގުޅުން ހިންގުން ބަންދު ކުރުވާތީ މިބާވަތުގެ ސިޙުރުވެސް ސިޙްރުއް ރަބްތުގެ ތެރެއަށް ވަދެއެވެ. މިއީ އާންމުކޮށް މީހުނާއި އިނދެގެން އުޅޭމީހުނަށް ސިޙުރުވެރީން ހަދާ އުޅޭ ސިހުރެކެވެ. މިކަމުގެ ޢަލާމާތްތަކާއި ފަރުވާ ތިރީގައި އެވަނީއެވެ.
ފިރެހެނުންގެފަރާތުންފެންނަޢަލާމާތްތައް
– ޖިމާޢުވާންއުޅޭވަގުތުޖިންސީގުނަވަނުގެބާރުދިއުން/ ޝަހުވަތްތެރިކަންކެނޑުން
– ޖިމާޢުވާންފަށާފަހުންފިރެހެނާގެގުނަވަނުންބާރުދިއުން / އައްސިވުން / ފައިގެފަލަމަހުގައިރިއްސުން
– ޖިމާއުވާވަގުތުދިލަނެގުމާއިތަދުވުން
– ޖިމާއުވާވަގުތުއަނބިމީހާހުތުރުސިފައަކަށްފެނުން
– ޖިމާޢުވާންފެށުމާއެކުކުރާހިތްކެނޑިއެކަންހުއްޓާލުން
2.އަންހެނުންގެފަރާތުންފެންނަޢަލާމާތްތައް
– ކުރިމަތިފަރާތުގައިރިއްސުން
– ޖިމާޢުވާންއުޅޭވަގުތުލޭއައުމާއިތަދުވެދިލަނެގުން.
– ކުޑަކަމުދާނިޒާމުގައިއާދަޔާޚިލާފަށްޖަރާސީމުއަށަގެނެތަދުވުން
– ފައިގެފަލަމަހުގައިރިއްސުން
– ޖިމާޢުވާވަގުތުއެއްވެސްލައްޒަތެއްނުލިބުމާއިއެއީހަމައެކަނިފިރިމީހާއަށްއެކަންކޮށްދިނުމުގެނިޔަތުގައިކުރާކަމަށްވުން.
- ސިޙްރުލް ޖުނޫން ( މޮޔަކުރުވާސިޙުރުގެ) ޢަލާމާތްތައް
ސިޙްރުލް ޖުނޫން ނުވަތަމޮޔަކުރުވާސިޙުރަކީ މީހާގެ ހޭބުއްދި ފިލުވާލާ ސިހުރެވެ. މިވާވަތުގެ ސިހުރު ޖެހުމުން އެމީހެއްގެ ހަމަބުއްދި ފިލާގޮސް މޮޔަ އެއްޗިހި ކިޔާ، އެހެން މީހުންނަށް އެފަދަ މީހަކު ހިފާއްޓާނުލެވޭ ދަރަޖައަށްވެސް ދެއެވެ. ސަބަބަކީ އަބަދުހެން ޝައިޠާނާ އެމީހެއްގެ ހަށިގަނޑުގައި ހުރެ މޮޔަކުރުވުމަށް މަސައްކަތް ކުރާތީއެވެ. ނުވަތަ ސިކުނޑިއަށް އެކި ކަހަލަ ވަސްވާސްތައް އަބަދު ވެއްދުމުގެ ނަތީޖާއެއްގެ ގޮތުން ވާނުވާ ނޭނގިި ކަންކަން އޮޅުން ބޮޅުންވެ މޮޔަވަނީއެވެ.
ސިޙްރުލް ޖުނޫން ( މޮޔަކުރުވާސިޙުރުގެ ) ޢަލާމާތްތައް
– އަވަސް އަވަހަށް ކަންކަން ހަނދާން ނެތުމާއި ގަބުވާ ގޮތްވުން.
– ގިނަގިނައިން ހަމަނުޖެހޭ ވާހަކަ ދެއްކުން.
– ޤަވާޢިދުން ކުރަންޖެހޭ ކަންކަން ޤަވާޢިދުން ނުކުރެވުން.
– ސާފުތާހިރުނުވެ ހަޑިމުޑުދާރުކޮށް ހުރުން.
– ހަޑި ތަންތަނުގާ ނިދުމާއި ނަޖިހުން ޠާހިރުނުވުން.
- ސިޙްރުލް ތަޚްޔީލް ( ޚިޔާލުތައް އުފައްދާ ސިހުރު ) ގެ ޢަލާމާތްތައް
މިއީ ތަފާތު ވައްތަރުގެ ދޮގު ޚިޔާލުތަކާއި ޝައްކުތައް ވެރިކުރުވާ ލޯމަށްޗަށް ހަޤީގަތާއި ޚިލާފް މަންޒަރުތައް ދައްކުވާ ސިޙުރެކެވެ.މިކަންވެސް މިހެން މެދުވެރިވަނީ ޝައިތާނާގެ ވަސްވާސްތަކުގެ ސަބަބުންނެވެ.
އަލާމާތްތައް
– ހުއްޓިފައި ހުންނަ އެއްޗެހި ދުވާހެން ހީވުން އަދި ދުވާތަކެތި ހުއްޓިފައި ހުންނަ ގޮތަށް ފެނުން.
– ބިޔަ ބޮޑެތި އެއްޗެހި ކުދި އެއްޗެހި ގޮތަށް ފެނި. ކުދި އެއްޗެހި ބިޔަ ބޮޑެތި އެއްޗެހި ގޮތުގައި ފެނުން.
– އެއްޗެހި ހުންނަ ސުފަ ނޫން އެހެން ސިފަ ސިފައަށް ފެނުން. ( މިސާލަކަށް ސިޙުރުލް ތަފްރީގް ނުވަތަ ދުރުކުރުވާ ސިޙުރުގައި އަނބިމީހާ/ފިރިމީހާ އެހެން ސިފައެއްގައި ފެންނަ ގޮތަށް )
- ރިޒްޤަށް/ކުރިއެރުމަށް ހުރަސްއަޅާ ސިޙުރގެ އަލާމާތްތައް
ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި މިބާވަތުގެ ސިޙުރަކީ އެއެވެސް ޙާލެއްގައި ހަޤީގަތެއް ނޫނެވެ. ސަބަބަކީ ރިޒްޤަކީ ﷲ ދެއްވަވާ އެއްޗަކަށް ވާތީއެވެ.އަދި ކޮންމެ މީހެއްގެ ރިޒްޤަކީވެސް ﷲ ލިޔުއްވާ ނިންމަވާފައިވާ ކަމަކަށްވާތީއެވެ. ނަމަވެސް އެހެން ބާވަތުގެ ސިޙުރުތައް ފަދިއިން މި ސިޙުރަކީ ވެސް ހަމަ ހަޤީގަތުގައިވެސް ޖިންނި ޝައިތާނުންގެ އެހީގައި ( ﷲ ގެ ވާގިފުޅާއެކެ ) ޖެހޭ ސިޙުރެކެވެ. މަތީގައި ބަޔާންވެގެން ދިޔަފަދަ މީސްމީހުން ވިސްނާލަންޖެހޭ އެހެންކަމެއްވެސް އެބައޮތެވެ. ކުރިއެރުމަށް / ރިޒްޤަށް ހުރަސްއަޅާ ސިޙުރު ޖެހިގެން ތިބާއަށް ދަތިތައް ކުރިމަތިވާނަމަ އެއީވެސް ތިބާގެ ޤަދަރުގައި ﷲ ލިޔުއްވާފައިވާ ގޮތެެއް ނޫންތޯއެ؟ ހަމަ އެހެންމެ އަނެއް ނުކުތާއަކީ، އަސްލުގައި މި ސިޙުރާ ހަވާލުވެގެން ތިބޭ ޝައިތާނުން ރިޒްޤުދެއްވުން ބަންދު ކުރަނީއެއް ނޫނެވެ. ރިޒްޤު ދެއްވުމާއި ނުދެއްވުން ވަނީ ﷲ އަށެވެ.
މާތް ﷲ އިސްރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.
إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا ﴿٣٠﴾ وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا ﴿٣١﴾ މާނައީ: ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.
އެހެނެއްކަމަކު ޝައިތާނުން ސިހުރު ޖެހިފައިވާ މީހާއަށް ރިޒްޤު ތަނަވަސް ވުމަށް އޮންނަ މަގުތަކަށް ހުރަސް އަޅަނީއެވެ. މިވަރުން ކިޔުންތެރީންނަށް މި ސިހުރުގެ ހަޤީގަތް ފަހުމްވާނެ ކަމުގައި ދެކެމެވެ.
މިގޮންޖެހުމާއެކުވެސް އަހަރެމެންނަށް އޮތީ ﷲ އަށް ދުޢާކޮށް އިސްތިޤްފާރުކޮށް ރިޒްޤު ތަނަވަސް ކޮށްދިނުމަށް ﷲ އަށް ދެންނެވުމެވެ.މިކަން ކީރިތި ޤުރުއާނުގަައި ﷲ އަހަރެމެންނަށް ވަނީ އަންގަވާ ދެއްވާފައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَاراً * (نوح 10-11) މާނައީ: “ތިމަންކަލޭގެފާނު އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އޭރުން ވާރޭފެން ތަނަވަސްކޮށްދެއްވާނެއެވެ”.
ކުރިއެރުމަށް / ރިޒްޤަށް ހުރަސްއަޅާ ސިހުރުގެ އަލާމާތްތައް
– ކަންކަމާއި މެދު ބަހައްޓާ އަޅާލުން ކުޑަވުމާއި، ތިމާކުރަންޖެހޭ މަސައްކަތް މަތީން ފޫހިވުން
– ތިމާ ބޭނުންވާ ކަންކަން ކުރާނެ ހިތްވަރާއި ފަންވަރު ނުލިބުން
– ތަކުރާރުކޮށް ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ކުރިމަތިލުމުން އެކަން ކާމިޔާބުނުވުން ( ޤާބިލްކަން ހުރުމާއެކު)
– މަސައްކަތުގެ މާހައުލުގައި ހޭދަކުރާ ވަގުތު ނިދިއައުމާއި ވަރުބަލިވުން
– އަދާކުރަމުންދާ ވަޒީފާ ނުވަތަ މަސައްކަތުގައި ކުރިއެރުން ނުލިބުން ( ބުރަކޮށް މަސައްކަތް ކުރުމުންވެސް )
– ފައިސާ ލިބުން ކަމުގައިވީ ނަމަވެސް އަތުގައި ފައިސާ ހަރުނުލުން ނުވަތަ ފައިސާއަށް ވާނުވާ ނޭނގުން.
– މީހުން ތިމާ ދެކެ ފޫހިވުމާއި ފަސޭހައިން ރުޅިއައުން.
- ދަރިވަރުންގެ ކިޔެވުން ހަލާކޮށްލުމަށް ހަދާ ސިޙުރުގެ ޢަލާމާތްތައް
ތިމާއަށް ލިބޭ ކޮންމެ ނިޢުމަތަކައްވެސް ހަސަދަވެރިވާނެ ބައެއް ތިބޭނެއެވެ.މިގޮތުން މިކަހަލަ ސިޙުރަކީ އާންމުގޮތެއްގައި އެއްދަރިވަރަކު މާމޮޅަށް ކިޔަވާތަން ފެނުމުން އެދަރިވަރަކާ އެއްވަރަށް ނުކިޔެވޭތީވެ އެކަމާ ހަސަދަވެގެން އެކުއްޖާގެ ކިޔެވުން ހަލާކޮށްލުމަށް ހަދާ އުޅޭ ސިހުރެކެވެ. އާންމުކޮށް މިބާވަތުގެ ސިޙުރު ހަދާއުޅެނީ ދަރިވަރަށް ސިޙުރު ހަދާފައިވާ އެއްޗެއް ކާންދީގެނެވެ. ނަމަވެސް ވިސްނާލަން ޖެހޭ ނުކުތާއަކީ އެހެން މީހެއްގެ ކިޔެވުން ހަލާކުކޮށްލުމަކީ ތިމާއަށް އެއްވެސް ކަހަލަ ކުރިއެރުމެއް ލިބުނީ ކީ ނޫންކަމެވެ. މީގެން ދޭހަވާ ކަމަކީ ތިމާ ކުރިން ހުރި ހާލަތައް ވެރެވެސް ދަށު ދަރަޖައަކަށް ވެއްޓިއްޖެކަމެވެ.
އެހެންކަމުން ޢިލްމު އުނގެނެން މަސައްކަތް ކުރާ މީހާއަށް އޮތީ އެކަމަށް ގަދައަޅާ މަސައްކަތް ކޮށް ﷲ ގެ ހަޟްރަތުން ވާތްގަށް އެދިހުރެ އެކަން ކުރުމެވެ. އެއްވެސް ޙާލެއްގައި އަނެކާއާއި ހަސަދަވެ މިކަހަލަ ކުފުރުގެ އަމަލެއްކޮށްގެން ދުވަހަކުވެސް ކާމިޔާބީއާ ހަމައަށް ވާޞިލެއް ނުކޮށްދޭނެއެވެ.
މި ސިޙުރުގެ އަލާމަތްތަކުގެ ތެރޭގައި:
- ދަސްކުރާ ފިލާވަޅުތައް ފަސޭހައިން ހަނދާންނެތުން.
- ފިލާވަޅު ދަސްކުރަން އުޅޭވަގުތު ބޮލުގެ އެއްފަރާތުގައި ނުވަތަ މުޅި ބޮލުގައި ރިއްސުން.
- ކުލާހުގައި އިންނަ ވަގުތު އާދަޔާ ޚިލާފަށް ނިދިއައުން.
- އިމްތިޙާނު ހޯލަށް ވަނުމުން ދަސްކޮށްފައި ހުންނަ ހުރިހައި އެއްޗެއް ހަނދާން ނެތުން.
- ފިލާވަޅު ދަސްކުރަން އުނދަގޫވުން.
- ކިޔެވުން މަތީން ފޫހިވުމާއި ސުކޫލަށް ދާ ހިތްނުވުން އަދި ދާން އުޅޭ ވަގުތު ނިދިއައުން.
- ސުކޫލުތެރެއަށް ވަނުމުން ހެޔަށް ގޮތްވުން.
- ބަނޑުގައި ރިއްސުމާއި މޭނުބައިކުރާ ގޮތްވުން.
- ކިޔެވުމުގެ ވާހަކަ ދައްކާ ނަމަ އެވާހަކަ ދައްކާ ތަނެއްގައި ހުރުމަށްވެސް ފޫހިވުން
މިހުރިހައި ޢަލާމާތްތަކެއް އެއްކޮށް ފެނުމަކީ ފަހަރެއްގައި ނުވެ ހިނގައިދާނެ ކަމެކެވެ. ނަމަވެސް ގިނަ އަލާމާތްތައް ދިމާވެ ރުޤްޔާ ކިޔަވައިގެން ސިޙްރުކަން ޔަޤީން ކުރެވިއްޖެނަމަ މި ބާވަތުގެ ސިޙުރުކަމަށް ނިންމިދާނެއެވެ
- ސިޙުރުގެ ސަބަބުން ރަޙިމުގައި އަށަގަންނަ ކުއްޖާ ބައިގެންދާނަމަ ފެންނާނެ ޢަލާމާތްތައް
މިއީ ރާއްޖޭގައި މަދުންނަމަވެސް ދިމާވަމުން އަންނަ ކަމެކެވެ.ގިނަ ފަހަރަށް މިހެން ދިމާވަނީ ސިޙުރުގެ ސަބަބުންނެވެ. ނަމަވެސް މެޑިކަލް ކަެއްގެ ސަބަބުންވެސް މިކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މިދެގޮތުން ކުރެ ކޮންމެ ގޮތަކުން މިކަން ދިމާވިކަމުގައި ވީ ނަމަވެސް ތިރީގައި ބަޔާންކުރެވިފައިވާ ފަރުވާ ކުރިއަށް ގެންދާށެވެ. އިންޝާ ﷲ ޝިފާ ލިބޭނެއެވެ.
މިކަމަށް ސިޙުރު ހަދާފައިވާކަމަށް ވަނީ ނަމަ އާންމުގޮތެއްގައި ސިޙުރުގެ އާންމު އަލާމާތްތަކުގެ އިތުރުން ތިރީގައި މި ބަޔާން ކުރާ އަލާމާތްތައް ފެނުމަކީ އެކަށިގެންވާ ކަމެކެވެ.
- މަސްވަރު ކަންތައް އޮޅުން ބޮޅުންވެ، ގިނަ ދުވަސްތަކެއް ވަންދެން ހައިޟުން ނުކެނޑި ހުރުމާއި ހައިލުނުވެ ގިނަ ދުވަސްތަކެއްވަންދެން ހުރުން.
- މަސްވަރު ކަންތައް ލައިގަތުމުން ބަނޑުކޮޅަށް ވަރަށް ގަދަޔަށް ތަދުވުން.
- ކުރިމަތިފަރާތުން ދިލަނެގުމާއި ގަދަޔަށް ދާހިއްލާގޮތްވުން.
- ރަޙިމުގައި ސިސްޓް ނުވަތަ ފައިބްރޮއިޑްސް ހެދެން ފެށުމާއި އެކަން ރަނގަޅުނުވުން.
- އާންމުކޮށް ބަނޑުގެ ފޫޅުން ތިރިއަށް ބަރުވެ އެއްޗެއް ހިފާފައި ހުންނަ ކަހަލަ އިޙުސާސެއްކުރެވުން.
- ބަނޑަށް އުނދަގޫވެ ބަނޑު ފުއްޕުމާއި މޭނުބައިކޮށް ހޮޑުލަވާގޮތްވުން
- ކެވިފައި ނުވަތަ ބޮވިފައި ހުންނަ ސިޙުރުގެ ޢަލާމާތްތައް
ސިޙުރު ގެ ވާހަކަ އިންސާނުންނަށް އިންޒާރުކުރެއްވި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުހުއްޓެވެ. އަދި އެކަމަށް އޮތް ފަރުވާ ބަޔާންކޮށްދެއްވި މާތް ނަބިއްޔާއަށް ޞަލަވާތާ ސަލާމްހުއްޓެވެ. އެއަށްފަހު ދަންނައެވެ! ސިޙުރު ހެދުމުގައި ސިހުރުވެރރީން ތަފާތު ގިނަ ގޮތްތަކެއް ދަސްކޮށް މީސްތަކުންނަށް އެކަމުގެ ވޭން ތަޙައްމަލު ކުރުމަށް މަގުފަހި ކުރުވައެވެ. މިގޮތުން ސިހުރު ޖައްސަން ބޭނުންވާ މީހުންގެ އިސްތަށި ނަގައިގެން އެއަށް ގޮށްޖަހައިގެން ފުމުމާއި، ކަނަޑަށް ތަފާތު ވައްތަރުގެ އެއްޗެހި ފެއްތުމާއި، ތަންތާގައި އެއްޗެހި ވަޅުލުމާއި، މީހުންނަށް ސިޙުރު ހަދާފަ ކާންދިނުން ފަދަ އެތައް ޢަމަލެއް ކުރެއެވެ. ނަމަވެސް ސިހުރުވެރިޔާ ކޮންެމެ އެއްޗެއް ގެނައި ކަމުގައިވިޔަސް ކާމިޔާބު ނުވާނެކަން ﷲ ވަނީ އަންގަވާފައެވެ.” وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ “﴿ سورة طه٦٩﴾ މާނައީ ” އަދި ސިޙުރުވެރރިޔަކު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ”. މިގޮތުން މިފަހަރު މި ބަލާލަނީ ކާންދީފައި ހުންނަ ސިޙުރު ބާތިލް ކުރާނެ ގޮތަކަށެވެ . އާންމު ގޮތެއްގައި ސިޙުރުވެރީން ސިހުރު ހަދާ އިރު، ސިޙުރު ޖައްސަން ބޭނުންވާ މީހާއަށް އެއްޗެއް ކާންދީގެން ސިހުރު ހެދުމަށް އިސްކަންދެއެވެ. ސަބަބަކީ މިގޮތަށް ކަންތައް ކުރުމުން ސިޙުރުގެ އަސަރުތައް ހަށިގަނޑަށް ވާސިލްވާ ބާރުމިން ހަލުވިވެ، އެ ސިހުރަކާއި ހަވާލުވެގެން ތިބޭ ޖިންނީންނަށް، ބަލި މީހާގެ ހަށިގަނޑު ތެރެއަށް ވަނުމަށް ވަރަށް ބޮޑުތަން ފަސޭހަވާތީއެވެ. މިފަދައިން ސިހުރު ހަދާފައިވާ އެއްޗެއް ކެވިއްޖެނަމަ އާންމުކޮށް މޭނުބައިކޮށް، ހޮޑުލެވުމާއި އެކު ބަނޑަން އުނދަގޫވުމާއި ބަނޑު ފުއްޕުން ހިމެނެއެވެ. ހަމަ އެހެންމެ ކާން އުނދަގޫވުމާއި ބަނޑު އަބަދުވެސް ފުރިފައި ހުންނަ ކަމުގެ އިޙްސާސް ކުރެވުމަކީ ވެސް މިކަމުގެ ޢަލާމާތެކެވެ.
- ސިޙްރުއް ނަޒީފް (ލޭފައިބާ ސިޙުރު) ގެ ޢަލާމާތައް
އާންމުކޮށް މިބާވަތުގެ ސިޙުރު ޖެހެނީ އަންހެނުންނަށެވެ. މި ސިޙުރުޖެހުމުން މަސްވަރުކަންތައް ދިގުދެމިގެންދެއެވެ. މިހެން ވުމުން ގިނަދުވަސްތަކެއް ވަންދެން އެއްވެސް ހުއްޓުމެއްނެތި ލޭ އަންނަ ގޮތްވެއެވެ. ބައެއްފަހަރު ގަދަޔަށް ދަށްބަނޑުގައި ރިއްސުމާއި ވަރުބަލިކަން މިކަމުން އިޙުސާސު ކުރުވައެވެ.
ސިޙްރުއް ނަޒީފް ( ލޭފައިބާ ސިޙުރުގެ ) ޢަލާމާތްތައް ޢަލާމާތްތައްް
– ހައިޟުގެ ލޭ ގިނަދުވަސްތަކެއް ވަންދެން ނުހުއްޓި އައުން.
– މެދު ކެނޑުމާއި އެކު މަދުމަދުން ލޭއައުން.
– ދަށްބަނޑުގައި ގަދަޔަށް ރިއްސުން.
– އަނގަ/ ކަންފަތް ނުވަތަ ނޭފަތުން ލޭއައުން ( މިކަން ފިރެހެނުންނަށްވެސް ދިމާވެދާނެއެވެ )
- ދަރިން ނުލިބޭ ގޮތަށް ހަދާފަ ހުންނަ ސިޙުރުގެ ޢަލާމާތްތައް
ދަރީން ނުލިބުމަކީ އިންސާނާއަށް ވަރަށް ހިތްދަތި އިޙްސާސްތަކެއް ކުރިމަތިކުރުވާ ކަމެކެވެ.މިކަން އިޙްސާސްކޮށްލެވޭނީ މިފަދަ ދިރިއުޅުމެއް ތަޖުރިބާ ކުރަމުންދާ ބޭފުޅަކާ ބައްދަލުކޮށް ވާހަކަ ދައްކައިލުމުންނެވެ.ރާއްޖޭގައިވެސް މިކަން މިހާރު ވަނީ ވަރަށް އާންމުކަމަކަށް ވެފައެވެ.މިކަން މިހެން ދިމާވުމުގައި މައިގަނޑު 2 ސަބަބެއް އެބައޮތެވެ. އެއީ
- ސިޙުރުގެ ސަބަބުން ދަރީން ނުލިބުން ( އަނބި މީހާ ނުވަތަ ފިރިމީހާއަށް މި ބާވަތުގެ ސިޙުރެއް ޖެހުން )
- ސިއްޙީ މައްސަލައެއްގެ ސަބަބުން ދަރީން ނުލިބުން.
ސިޙުރުގެ ސަބަބުން މިކަން ދިމާވާ ކަމުގައި ވަނީނަމަ ތިރީގައި މި ބަޔާންކުރާ ފަދަ އަލާމާތްތަކެއް ދެމަފިރިން ކުރެ ކޮންމެވެސް އެކަކުގެ ފަރާތުން ނުވަތަ ދެ މީހުންގެ ފަރާތުން ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
- މަސްވަރު ކަންތައް އޮޅުން ބޮޅުންވެ، ގިނަ ދުވަސްތަކެއް ވަންދެން ހައިޟުން ނުކެނޑި ހުރުމާއި ހައިލުނުވެ ގިނަ ދުވަސްތަކެއްވަންދެން ހުރުން.
- މަސްވަރު ކަންތައް ލައިގަތުމުން ބަނޑުކޮޅަށް ވަރަށް ގަދަޔަށް ތަދުވުން.
- ކުރިމަތިފަރާތުން ދިލަނެގުމާއި ގަދަޔަށް ދާހިއްލާގޮތްވުން. ( އަންހެނުންނާއި ފިރެހެނުންވެސް )
- ރަޙިމުގައި ސިސްޓް ނުވަތަ ފައިބްރޮއިޑްސް ހެދެން ފެށުމާއި އެކަން ރަނގަޅުނުވުން.
- އާންމުކޮށް ބަނޑުގެ ފޫޅުން ތިރިއަށް ބަރުވެ އެއްޗެއް ހިފާފައި ހުންނަ ކަހަލަ އިޙުސާސެއްކުރެވުން. ( އަންހެނުންނާއި ފިރެހެނުންވެސް )
- ބަނޑަށް އުނދަގޫވެ ބަނޑު ފުއްޕުމާއި މޭނުބައިކޮށް ހޮޑުލަވާގޮތްވުން. ( އަންހެނުންނާއި ފިރެހެނުންވެސް )
- އަންހެނާގެ ކުރިމަތި ފަރާތުން އާދަޔާ ޚިލާފު އެއްޗެހި ތަކެއް އާންމުކޮށް ނުވަތަ ދުވަސްކޮޅުކޮޅުން އައުން.
- ބުރަކަށީގެ ތިރި ނުވަތަ މައިބަދަ ނިމޭ ހިސާބުގައި އާދަޔާ ޚިލާފު ތަދެއް ހުރުން. ( އަންހެނުންނާއި ފިރެހެނުންވެސް )
- ބަނޑުގެ އަރިމަތީގައި ( ދެ ފަރާތުގައި ނުވަތަ 1 ފަރާތުގައި ) ހަރު ތަންކޮޅެއް އިނުން.
- ޑޮކްޓަރީ އެއްވެސް ބޭހެއްގެ އަސަރު ހަށިގަނޑަށް ނުކުރުން.. ( އަންހެނުންނާއި ފިރެހެނުންވެސް )
- ދަރީން ނުލިބުމަށް ސިއްޙީގޮތުން ދިމާވާނެ އެއްވެސް މައްސަލައެއްނެތުން ( ޑޮކްޓަރުންނަށް އެފަދަ ކަމެއް ނުފެނުން)
ދަރީން ނުލިބުމަށް ސިއްޙީގޮތުން ވަރަށް ގިނަ ކަންކަން ދިމާވެދާނެއެވެ.މިގޮތުން ( މިކަން ކަން ސިޙުރުގެ ސަބަބުންވެސް ދިމާވެދާނެއެވެ. )
- ފިރެހެނާގެ ދަރި އުފައްދާ ފަނީގެ މިންވަރު އާދަޔާ ޚިލާފަށް ދައްވުން.
- ފިރެހެނާގެ ދަރިފަނި އަންހެނާގެ ބިހާ ހަމައަށް ވާޞިލްވުމުގެ ކުރީން މަރުވުން.
- ފިރެހެނާގެ ކުރިމަތި ފަރާރުގައި އަށަގަންނަ އިންފެކްޝަނެއްގެ ސަބަބުން .
- ޖެނެޓިކް މައްސަލައެއްގެ ސަބަބުން.
- ހޯމޯންގެ ސަބަބުން ދަރީން ނުލިބުން ( އަންހެނުން އަދި ފިރެހެނުންވެސް )
- އަންހެނާގެ ބިސް ދަތުރުކުރާ ހޮޅި ބަންދުވެފައި ނުވަތަ ހަލާކުވެފައި ހުރުން .
- އަންހެނާގެ ރަޙިމުގައި ބިސް އުފައްދައި ނުދިނުން.
- އަންހެނާގެ ރަޙިމުގައި ސިސްޓް ނުވަތަ ފައިބްރޮއިޑްސް އުފެދުން.
ތަފާތު ސިޙުރުތަކުގެ ޢަލާމާތްތައް
ނޯޓް: ދަންނާށެވެ. ހަމައެކަނި ޢަލާމާތްތަކަށް ބަލައިގެން އެއްވެސް މީހަކަށް ސިޙުރުޖެހިފައިވާކަމެއް ޔަޤީނެއް ނުކުރެވޭނެއެވެ. އެހެނީ ސިޙުރުގެ ސަބަބުން ދިމާވާ ވަރަށް ގިނަ ކަންކަމަކީ ސިއްޙީ ބަލިމަޑުކަމެއްގެ ސަބަބުންވެސް ދިމާވެދާނެ ކަންކަން ކަމުގައިވާތީއެވެ.
Alhugandu menthereyga sihuru hadhaa meehunnaa eyga asaru koffa thibi meehun hama gaimuves vrh gina..namaves emeehun ekan ragalhu kuranves dhaan jeheny fanditha hadhaa meeheh kairiah…ruqya medhuverikoh ragalhu kuraa nama ekan hama ekani kureven othy mussadhinnah..enme fahunrun ruqya kiyavaa meehakaa vaahaka dhekkyma ves buny mahaku 3500rf yah kamah kiyavaa dheveyny..
Thihen vidhaalhuvumuge ehves furusatheh oi kamugai nudhekemeve. Alhugandumenge website gai mi article gaivaa hurihaa vaththarehge sihurah amilla ah faruvaa kuraane goi varah thafseelukoh himanaafaivaane..adhi faseyhain download kurevey goi ves hadhaidheefa hunnane..hama ekani laari ah kuraa kameh nama faruvaa thah ves website gai online koh shaaiu nukoh laari dheegen download kureveygothah hama jassafai hunnany…ruqya kuravva beyfulhun ves ebeyfulhunge vagutha kuraa maskathah ujoora negeyne..ae dheenugai ves hudhdha kameh..namaves sharuee ruqya kuraa faraaithakun sihuru verinna fandithaverin kiyaa fadha bodethi aguthakeh nukiyaa…
އަޅުގަނޑުގެ އަންހެނުން ގެ ބޮލުގަ ދުވަސް ދުވަސް ކޮޅުން ރިއްސަނީ ، އަދި ކަނދުރާގަޔާއި ފައިގެ ފަލަމަސްގަނޑުން ދިލަ ނަގަނީ . މީ ސިހުރުގެ ކަމަކައްވެދާނެ ތޯ ؟
ސިޙުރުގެ ކަމެއް ހުރިތޯ ޗެކް ކޮށްލެވުމަށް މި ވެބްސައިޓްގައިވާ “ސިހުރު ޓެސްޓ” ބައި ބައްލަވާލައްވާ !
Alhugandu ves v bodan sihuruge undagoo thajribaa koffin. Alhuganduge dhemafiein dhurukuran aailaain koffa huri sihuruge kankan alhugandan thajribaa kurvifavaa v gina kankan ebaiga ebahimeney. Huvafenuga alhugandah fennanee v kalhu hima dhigu meehen emeehaage iskolhu nufeney. Alhugandaa kairivaan ulhey vaguthu sissaigen goss heylevenee. E huvafen fennanee aamukoh hukuruvileyrey 12 2 ka dhemedu. Adhi alhugadan dhebadheyrhereyga nannugaccheh varuge hima kalhu eccheh kurimathi faraathan ves van. Eygwfahun alhugndu firimeeha ekkoh alhugadaa gulhunhinguves kwdunee. Alhugandu gein nerely roe aadeys kokkoh hutta. Alhugadu gos vannan jehunee aailaga ekan kuri meehunge thereah. Egeyga alhugadan ekkala huvafen ugai fenunee aslu meehaa. Ehisaabun alhundan yageenvekje sihurukan. Dhen avahan rqyaa kuree. Mihaaru alhugadan ithuru darievves libijje. Darieh hoaan ves kurin v masakkaiy kurin eyru. Rugya kurifahun alhugadumenge dhiriulhun v hiyhama jehey