ކެވިފައި ނުވަތަ ބޮވިފައި ހުންނަ ސިޙުރަށް ކުރެވިދާނެ ފަރުވާ

Kevifa nuvatha bovifa

ކެވިފައި ނުވަތަ ބޮވިފައި ހުންނަ ސިޙުރަށް ކުރެވިދާނެ ފަރުވާ

ސިޙުރު ގެ ވާހަކަ އިންސާނުންނަށް އިންޒާރުކުރެއްވި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުހުއްޓެވެ. އަދި އެކަމަށް އޮތް ފަރުވާ ބަޔާންކޮށްދެއްވި މާތް ނަބިއްޔާއަށް ޞަލަވާތާ ސަލާމްހުއްޓެވެ. އެއަށްފަހު ދަންނައެވެ! ސިޙުރު ހެދުމުގައި ސިހުރުވެރރީން ތަފާތު ގިނަ ގޮތްތަކެއް ދަސްކޮށް މީސްތަކުންނަށް އެކަމުގެ ވޭން ތަޙައްމަލު ކުރުމަށް މަގުފަހި ކުރުވައެވެ. މިގޮތުން ސިހުރު ޖައްސަން ބޭނުންވާ މީހުންގެ އިސްތަށި ނަގައިގެން އެއަށް ގޮށްޖަހައިގެން ފުމުމާއި، ކަނަޑަށް ތަފާތު ވައްތަރުގެ އެއްޗެހި ފެއްތުމާއި، ތަންތާގައި އެއްޗެހި ވަޅުލުމާއި، މީހުންނަށް ސިޙުރު ހަދާފަ ކާންދިނުން ފަދަ އެތައް ޢަމަލެއް ކުރެއެވެ. ނަމަވެސް ސިހުރުވެރިޔާ ކޮންެމެ އެއްޗެއް ގެނައި ކަމުގައިވިޔަސް ކާމިޔާބު ނުވާނެކަން ﷲ ވަނީ އަންގަވާފައެވެ.” وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ “﴿ سورة طه٦٩﴾ މާނައީ ” އަދި ސިޙުރުވެރރިޔަކު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ”. މިގޮތުން މިފަހަރު މި ބަލާލަނީ ކާންދީފައި ހުންނަ ސިޙުރު ބާތިލް ކުރާނެ ގޮތަކަށެވެ .
އާންމު ގޮތެއްގައި ސިޙުރުވެރީން ސިހުރު ހަދާ އިރު، ސިޙުރު ޖައްސަން ބޭނުންވާ މީހާއަށް އެއްޗެއް ކާންދީގެން ސިހުރު ހެދުމަށް އިސްކަންދެއެވެ. ސަބަބަކީ މިގޮތަށް ކަންތައް ކުރުމުން ސިޙުރުގެ އަސަރުތައް ހަށިގަނޑަށް ވާސިލްވާ ބާރުމިން ހަލުވިވެ، އެ ސިހުރަކާއި ހަވާލުވެގެން ތިބޭ ޖިންނީންނަށް، ބަލި މީހާގެ ހަށިގަނޑު ތެރެއަށް ވަނުމަށް ވަރަށް ބޮޑުތަން ފަސޭހަވާތީއެވެ. މިފަދައިން ސިހުރު ހަދާފައިވާ އެއްޗެއް ކެވިއްޖެނަމަ އާންމުކޮށް މޭނުބައިކޮށް، ހޮޑުލެވުމާއި އެކު ބަނޑަން އުނދަގޫވުމާއި ބަނޑު ފުއްޕުން ހިމެނެއެވެ. ހަމަ އެހެންމެ ކާން އުނދަގޫވުމާއި ބަނޑު އަބަދުވެސް ފުރިފައި ހުންނަ ކަމުގެ އިޙްސާސް ކުރެވުމަކީ ވެސް މިކަމުގެ ޢަލާމާތެކެވެ. ތިރީގައި، އަޅުގަނޑު މި ގެނެސްދެނީ މިފަދައިން އެއްޗެއް ކާންދީގެން ހަދާ ސިޙުރު ހަށިގަނޑުން ނެރުމަށްޓަކައި ކުރެވިދާނެ ރުޤްޔާއެކެވެ. ކޮންމެ ކަމަކަށް ހަދާފައިވާ ސިޙުރެއްނަމަވެސް މި ރުޤުޔާގެ ސަބަބުން ﷲ ގެ ވާގިފުޅާއެކު ކެވިފައިވާ ސިޙުރުތައް ނިކުންނާނެއެވެ .
މިއާޔަތްތައް 1ލީޓަރުގެ ރޯކިރު (ފުލް ކްރީމް މިލްކް) ގެތެރެއަށް 125 އެމްއެލްގެ ޒައިތޫނި ތެޔޮ އެއްކޮށްލުމަށް ފަހު ކިޔަވާށެވެ. އަދި އެއަށްފަހު އެއްކޮށް އެބޮއެ ހުސްކޮށްލާށެވެ. އިރާދަަކުރެއްވިއްޔާ ކެވިފައި ހުންނަ ސިހުރުގެ އަސަރުތައް ހޮޑާއި އެކު ބޭރުވެދާނެއެވެ .
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ﴿١٠٢﴾(سورة البقرة 102 ) 7 ފަހަރު
اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ﴿٣٥﴾(سورة النور 35 ) 7 ފަހަރު
ނަމެވެސް އިސްތިރި/ ލޯބި ޖައްސަން ހަދާފައިވާ ސިހުރެއްނަމަ ބަޤަރާ ސޫރަތުގެ 102 އާޔަތުގެ ބަދަލުގައި ކިޔަވާނީ ތަޤާބުން ސޫރަތުގެ 14-16 ވަނަ އާޔަތާ ހަމައަށް 7 ފަހަރުއެވެ. އެއަށްފަހު ހަމަ ނޫރު ސޫރަތުގެ 35 ވަނަ އާޔަތް 7 ފަހަރު ކިޔަވާނީއެވެ. ތަޤާބުން ސޫރަތުގެ 14-16 ވަނަ އާޔަތަށް ތިރީގައި އެވަނީއެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ ۚ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿١٤﴾ إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّـهُ عِندَهُ أَجْرٌ عَظِيمٌ ﴿١٥﴾ فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٦﴾
މިގޮތަށް 2 ދުވަސް ވަންދެން އަމަލު ކުރާށެވެ. މިގޮތަށް ޢަމަލުކުރުމުންވެސް ކެވިފައިވާ ސިޙުރު ބާތިލް ނުވެއްޖެނަމަ ތިރީގައިވާ ގޮތަށް ޢަމަލު ކުރާށެވެ.
4 ތަށި ފެން ކެއްކުމަށްފަހު ސަނާމުކީ ފަތް މުށެއް ފެން އެތިތެރެއަށް އަޅާ މަޑު މުށި ކުލައެއް އަރަންދެން ކައްކާލާށެވެ. އެއަށްފަހު ފަތްތައް ނަގާ ފެންގަނޑު ފުރާނާލާށެވެ. އަދި ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫވުމުން ތިރީގައިވާ އާޔަތްތައް އެފެނަށް ކިޔަވާށެވެ
.
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانْقَلَبُوا صَاغِرِينَ ﴿١١٩﴾وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ (سورة الأعراف 117-122) 7 ފަހަރު
فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُمْ بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ﴿٨٢﴾ (سورة يونس 81-82 ) 7 ފަހަރު
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ (سورة طه 79 )
قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴿٣٤﴾ (سورة الحجر 34 ) 7 ފަހަރު
ދެން އެފެން އެއްކޮށް ބަލި މީހާއަށް ބޯންދޭށެވެ. ފަހަރެއްގައި ހޮޑުލަވާގޮތް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ނުހިފާއްޓާ ހޮޑު ލާށެވެ. ހަމައެހެންމެ ގަދަޔަށް ފާޚާނާއަށް ދެވޭ ގޮތްވާނެއެވެ. ނަމަވެސް ހާސް ނުވާށެވެ. ބަނޑުހުސްވުމުން އެކަން ހުއްޓޭނެއެވެ. މިގޮތަށް ތަކުރާރުކޮށް 2 ދުވަހު އަމަލު ކުރާށެވެ. މި 2 ދުވަހު ފަސޭހައިން ހަޖަމްވާ ކަހަލަ އެއްޗެހި ކާށެވެ. މަސް ފަދަ އެއްޗެހި ބޭނުން ނުކޮށް ލުއި ކެއުން ކާށެވެ. އިރާދަކުރެއްވިއްޔާ ކެވިފައި ހުރި ހުރިހާ ސިހުރެއް ނިކުންނާނެއެވެ.
މަތީގައިވާ ފަރުވާތައް ކުރުމަށް ފަހުވެސް ބަނޑުގައިވާ ސިޙުރުގެ އަސަރުތައް ނުކެނޑޭނަމަ ނުވަތަ ބަނޑުތެރެއަށްވާ އުނދަގޫތައް ނުކެނޑޭނަމަ މި ބަޔާންކުރާ ފަރުވާ ކުރިއަށް ގެންދާށެވެ. 450 އެމްއެލް ގެ އެޕްލްސައިޑާ ވިނިގަރ ފުޅިއަކަށް ތިރީގައިވާ އާޔަތް ތައް ކިޔަވާށެވެ.
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانْقَلَبُوا صَاغِرِينَ ﴿١١٩﴾وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ (سورة الأعراف 117-122 ) 7 ފަހަރު
فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُمْ بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ﴿٨٢﴾ (سورة يونس 81-82) 7 ފަހަރު
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ (سورة طه 79) 7 ފަހަރު
قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (14
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس57 (
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل ( 69
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء (82
وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء ( 80
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت ( 44
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس (
ކިޔަވާފައިވާ ވިނިގާގެ ކުޑަ ސަމްސަލެއް އާދައިގެ ފެންތައްޓަކަށް އެއްކޮށްލުމަށް ފަހު ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާ ހުރެ އެފެން ބޯށެވެ. އުނދަގޫތައް ކެނޑެންދެން ކުރިއަށް ގެންދާށެވެ.
ހަމައެހެންމެ 500 ގްރާމް މާމުއި ތެރެއަށް (އައްޝިފާ ބްރޭންޑްގެ މާމުއި މިފަދަ ކަންކަމުގައި ބޭނުންކުރުމަށް ކޮލިޓީ ރަނގަޅުކަން ފާހަގަކުރެވިފައި ވެއެވެ) 30-40 ގްރާމް މުގުރި ކަޅުދިރި އެއްކުރާށެވެ. އެއަށްފަހު ކަޅުދިރިއާއި މާމުއި އެއްކުރަމުން ސިޙުރު ބާތިލް ގެ އާއްމު ރުޤްޔާ އާއި ބުތޫން ގެ އާޔަތްތައް ކިޔަވާށެވެ. ކިޔަވާއިރު މާމުއި ފުޅި އަނގަޔާ ކައިރިކޮށްގެން ކިޔަވާށެވެ. ކިޔަވާފައިހުރި މާމުއިން ހެނދުނު ހުސްބަނޑާ ސަމްސަލެއް އަދި ރޭގަނޑު ނިދުމުގެ ކުރީން ސަމްސަލެއް ބޯލާށެވެ.
މީގެ އިތުރުން ކުރިން ބަޔާން ކުރެވުނެ އާޔަތްތައް 5 ލީޓަރުގެ ފެން ފުޅިއަކަށް ކިޔަވަިގެން ދުވާލަކު 3 އިރު ބޯށެވެ. މިގޮތަށް މަދުވެގެން 40 ދުވަސް ވަންދެން ކުރިއަށް ގެންދާށެވެ. އިންޝާ ﷲ ބަނޑުތެރެއަށް ވާ ހުރިހައި އުނދަގުލެއް ފިލާގޮސް ސިޙުރުގެ އަސަރު ކެނޑިގެން ދާނެއެވެ.
ﷲ އަޅަމެންނަށް ޖެހިފައިވާ ރޫޙާނީ ބަލިތަކުންނާއި މާއްދީ ބަލިތަކުން ސަލާމަތްކުރައްވާ ދުޅަހެޔޮކަންމަތީ ލަހައްޓަވާށިއެވެ. އާމީން!

ނޯޓް: އާޔަތްތައްކިޔެވުމުގައިވަކިއަދަދެއްނެތެވެ.ބޭނުންއަދަދަކަށްކިޔެވިދާނެއެވެ. އެހެންނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެންވެއެވެ. މިގޮތުން ކޮންމެ އާޔަތެއް 3 ފަހަރު، 7 ފަހަރުނުވަތަ 21 ފަހަރުވެސްކިޔެވިދާނެއެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކައް ލޯބިކުރައްވަތެެވެ.
މިލިޔުމަކީ ކުރިން އަޅުގަނޑު މައިތިރި.ކޮމް އަށް ލިޔެފައިވައި ލިޔުމަށް އިތުރު ބަދަލެއް ގެނައުމަށް ފަހު އެކުލަވާލާފައިވާ ލިޔުމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *