ދުރުތަނެއްގައި ހުންނަ މީހަކަށް ފޯނުގެ އެހީގައި ރުޤްޔާ ކުރުމެގެ ޙުކުމް

 

dhuru thanehgai huregen foanun ruqya kurumuge hukum

މުރާޖަޢާކުރެއްވީ : އައްޝައިޚް މުޙައްމަދު ސިނާން

ދުރުތަނެއްގައި ހުންނަ މީހަކަށް ފޯނުގެ އެހީގައި ރުޤްޔާ ކުރުމެގެ ޙުކުމް

ފޯނުގެ އެހީގައި ރުޤުޔާ ކުރުމާ ބެހޭގޮތުން ސަޢުދީ އަރަބިއްޔާގެ ފަތުވާ ކޮެމެޓީ އާއި ސުވާލުކުރެވުނެވެ.

“ދުރު ހިސާބެއްގައި ބަލިމީހާ ހުންނަ ޙާލަތެއްގައި، ރުޤުޔާކުރުމުގައި ޤުރުއާން ކިޔަވާއިރު، ފޯނުގެ އެހީގައި ނުަވަތަ ލައުޑް ސްޕީކަރަކުން ޤުރުއާން ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯ؟

ޖަވާބު:

الحمد لله

ރުޤްޔާކުރަން ޖެހޭނީ ސީދާ ބަލިމީހާއަށެވެ. އެއްވެސް ޙާލެއްގައި (ބަލިމީހާ ދުރުގަ ހުންނަ ޙާލަތެއްގައި) ލައުޑް ސްޕީކަރުން ނުވަތަ ފޯނަކުން ނޫނެވެ. ސަބަބަކީ މިކަންތައް ނަބިއްޔާ صلى الله عليه وسلم ރުޤްޔާ ކުރެއްވިގޮތާއި ފުށުއަރާ ކަމަކަށް ވާތީއެވެ. އަދި އެކަލޭގެފާނު ( ޞައްލަﷲ ޢަލައި ވަސައްލަމް ) ގެ ސަޙާބީންނާ ( އެބޭކަލުންނަށް ﷲ ރުއްސުން ލައްވާށިއެވެ ) ، ހައްޤު ގޮތުގައި މިބޭކަލުންނަށް ތަބާވީ ބޭކަލުންވެސް ރުޤްޔާކުރެއްވި ގޮތާއި ޚިލާފު ކަމަކަށް ވާތީއެވެ. ނަބިއްޔާ ( صلى الله عليه وسلم ) ހަދީޘް ކުރައްވާފައިވެއެވެ.

1 ” ތިމަން ނަބިއްޔާ މިގެންނެވި އިސްލާމް ދީނުގައި ނުވާކަމެއް އުފައްދައި އެ ދީނުގެ ތެރެއަށް ވައްދައިފި މީހާއަށް އެކަމެއް ރައްދުވެގެން ވެއެވެ.”

އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބުޙާނަހޫ ވަޠަޢާލާއެވެ. ( ފަތުވާ: ލަޖްނާ އައް ދާޢިމާ ލިލް ބުހޫތު އަލް ޢިލްމިއްޔާ ވަލް އިފްތާ )

1. [أبو داود 4583]

ނޯޓް:
ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ރުޤްޔާ ކުރަމުންދާ ބައެއް ބޭފުޅުން ގޭގައި އިންނަވައިގެން ބަލިމީހާއަށް ގުޅައިގެން ފޯނު ސްޕީކަރަށް ލުމަށްފަހު ފެން އެއްޗަކާ ދިމާކޮށްގެން ފެނަށް ކިޔަވައި ފުމެ ހަދައިގެން ރުޤްޔާ ކުރެއެވެ. ނަމަވެސް މިކަމަކީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫނެވެ. ފެނަށް ކިޔަވާއިރު ކިޔަވަން ޖެހޭނީ އަނގަޔާ ފެންއެތި ކައިރިކޮށްގެން، ކިޔަވާ މީހާގެ ނޭވާ ފެން އެއްޗަށް ދާގޮތަށެވެ.

ފަތުވާގެ އަސްލު ބެއްލެވުމަށްމި ލިންކް އަށް ފިއްތަވާލައްވާ

Leave a Reply

Your email address will not be published. Required fields are marked *