ސުންނަތުގެ އަލީގައި ޙިޖާމާ ( 6 ވަނަ ބައި )

ސުންނަތިގެ އަލީގައި ޙިޖަމާ ( 6 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 6 ވަނަ ބައި )

 

ގްރޫޕް C

މުހިިންމު ނޯޓް: މުހިންމު ނޯޓް: ތިރީގައި ވާ ޕްއިންޓްތައް ތަރުތީބު ކުރެވިފައިވަނީ އެ ޕޮއިންޓްތަކުގެ މުހިއްމުކަމުގެ މައްޗަށް ރިއާޔަތްކޮށެވެ. ބައެއްފަހަރު ހުރިހާ ޕްއިންޓްތަކަށް ޙިޖާމާ ޖަހާކަށް ނުޖެހެއެވެ. އަނެއްބައި ފަހަރު ޖެހިފައިވާ ބައްޔަކަށް ބަލައި ހުރިހާ ޕްއިންޓަކަށްވެސް ޙިޖާމާ ޖަހަން ޖެހިދާނެއެވެ.

  • ހިތުގެ ބަލި : 1، 55، 19، 119، 7، 8، 46، 47، 133، 134 ވަނަ ޕްއިންޓަށް
  • ޑައިބެޓީސް: 1، 55، 6، 7، 8، 22، 23، 24، 25، 120، 49 ވަނަ ޕޮއިންޓަށް ( ނޯޓް: މި ޕޮއިންޓްތަކުގައި ޙިޖާމާ ޖެހުމަށްފަހު 3 ދުވަސް ވަންދެން ކަޅުދިރި ތެޔޮ ނުވަތަ މާމުއި އުނގުޅަންވާނެއެވެ.
  • ފުރަމޭ ( ލިވާ ) އަދި ފިތު ( ގޯލް ބްލެޑާ ) ގެ ބަލިތަކަށް: 1، 55، 6، 48، 41، 42، 46، 51، 122، 123، 124 ވަނަ ޕޮއިންޓަށް އަދި 5 ކަޕް ފައިގެ އަރިމައްޗަށް ( ބޭރަށް ވާގޮތަށް ) ޖަހާށެވެ.
  • ފައިގައި ހުންނަ ލޭ ދައުރުކޮށްދޭ ލޭ ނާރުތައް ދުޅަވާނަމަ ( ވެރިކޯސް ވެއިން ) : 1، 55، 28، 29، 30، 31، 132 ވަނަ ޕްއިންޓް އަދި ލޭ ނާރުތައް ވަށައިގެން ޙިޖާމާ ޖަހާށެވެ. ލޭ ނާރުގެ މަތީގައި ނުޖެހުމަށް ސަމާލުވާށެވެ.
  • ފިރެހެނުންގެ ސްކްރޯޓަމް ( ޒަކަރުގެ ތިރީބައި ) ގައި ހުންނަ ލޭ ނާރުތައް ދުޅަވުން : 1، 55، 6، 11، 12، 13، 28، 29، 30، 31، 125، 126 ވަނަ ޕޮއިންޓް
  • ލިންފު ދަތުރު ކުރުމަށް ހުރަސްތަކެއް ދިމާވުމުގެ ސަބަބުން ފައި ދުޅަވުން. ( ނޯޓް: މިފަދަ ބަލިމީހުން ޙިޖާމާ ޖެހުމުގެ ކުރިން 2 ދުވަހު އަރާމު ކުރަންޖެހޭނެއެވެ. އަދި ޙިޖާމާ ޖެހުމުގެ ކުރިން. ދުޅަވެފައިވާ ފައި މައްޗަށް ހިއްލާލުމަށްފަހު ތަނެއްގައި ބާއްވައި ފައި ތާފަނާ ފެނުގެ ތެރައަށް ލައި 2 ގަޑިއިރުވަންދެން ބާއްވަންވާނެއެވެ. ) 1، 55، 11، 12، 13، 120، 49، 121 ވަނަ ޕޮއިންޓް އަދި ދުޅަވެފައިވާ ހިސާބުގެ ވަށައިގެން މަތިން ފެށިގެން ތިރިއަށް ޙިޖާމާ ޖަހަންވާނެއެވެ. މީގެ އިތުރުން 125، 126، 53، 54 ވަނަ ޕޮއިންޓަށްވެސް ޖަހާށެވެ.
  • ހަމުގެ ބަލިތަކަށް: 1، 55، 49، 120، 129، 6، 7، 8، 11 އަދި ބަލީގެ އަޘަރުކޮށްފައިވާ ހިސާބުތަކަށް.
  • ބަރުދަން ހުންނަން ޖެހޭވަރަށް ވުރެ މާ މަތިވުން ( އޯވާ ވެއިޓް ) : 1، 55، 9، 10، 120، 49 ވަނަ ޕޮއިންޓް އަދި މަސްތައް ވިރުވުަމަށް ބޭނުންވާ ހިސާބުތަކަށް. އަދި ކޮންމެ ދުވަހަކުވެސް މި ޕޮއިންޓްތަކަށް މަސާޖް ކަޕިން ދޭށެވެ.
  • ބަރަދަން ހުންނަން ޖެހޭވަރަށް ވުރެ ލުއިވުން: 1، 55، 121 ވަނަ ޕޮއިންޓަށް.
  • ހަންގަނޑުގެ ދަށުގައި ސަރުބީ ގިނަވުމުގެ ސަބަބުން ރޫޖެހޭ ކަހަލަގޮތެއްވެ މަސްގަނޑުގައި އަޑިގަނޑު ނުވަތަ އުސްގަނޑުތައް ހުރުން ( ސެލުލައިޓް ) : ގަވާއިދުން މިހެންވެފައި ހުންނަ ތަންތަނަށް މަސާޖް ކަޕިން ދޭށެވެ.
  • ދަރިމައިނުވުން ( އިންފާޓިލިޓީ ) : 1، 55، 6، 11، 12، 13، 120، 49، 125، 126، 143، 41، 42 ވަނަ ޕޮއިންޓަށް.
  • ތައިރޮއިޑް މައްސަލައަށް: 1، 55، 41، 42 ވަނަ ޕޮއިންޓަށް.

ގްރޫޕް D

  • ބޮލުގައި ރިއްސުން: 1، 55، 2، 3 ޕޮއިންޓް އަދި 2، 3 ވަނަ ޕޮއިންޓްގެ ބަދަލުގައި 43، 44 ވަނަ ޕޮއިންޓް ބޭނުންކުރެވިދާނެއެވެ.ސައިނަސްގެ ސަބަބުންނަމަ 102، 103، 114 ވަނަ ޕޮއިންޓް އިތުރުކުރާށެވެ.ބަނޑުހަރުވުމުގެ ސަބަބުންނަމަ 28، 29، 30، އަދި 31 ވަނަ ޕޮއިންޓް އިތުރުކުރާށެވެ.ހައިޟުގެ ސަބަބުންނަމަ 11، 12، އަދި 13 ވަނަ ޕޮއިންޓް އޮތުރުކުރާށެވެ.މައިބަދައިގެ މައްސަލައަކުން ބޮލުގައި ރިއްސާނަމަ މައިބަދައިގެ ދެ ފަރާތުގައި ޙިޖާމާ ޖަހާށެވެ.ލޭމަދުވުން ( އެނީމިއާ ) ގެ ސަބަބުން ނަމަ 120، އަދި 49 ވަަނަ ޕޮއިންޓް އިތުރުކުރާށެވެ. މީގެ އިތުރުން 1 ސައިސަމްސަލުގެ ކަޅު މާމުޔާއި ( މޮލަސެސް ) ، 4/1 ސައިސަމްސަލުގެ މުގުރު “ފެނު ގްރީކް” އަދި މުގުރި 7 ކަޅުދިރި އޮށް ބޭނުންކުރާށެވެ.
  • ސިކުނޑީގައި އުފެދިފައިވާ ޓިއުމަރެއްގެ ސަބަބުންނަމަ ބޮލުގައި ރިއްސާ ތަންތަނުގައި ޙިޖާމާ ޖަހާށެވެ.
  • ފިކުރުބޮޑުވުމުގެ ސަބަބުން ނަމަ 6، 11، އަދި 32 އިތުރުކުރާށެވެ.
  • ފުރަމޭ ( ލިވާ ) އަދި ފިތު ( ގޯލް ބްލެޑާ ) ގެ މައްސަލައަކުން ނަމަ 6، އަދި 48 ވަނަ ޕޮއިންޓް އިތުރުކުރާށެވެ.
  • ގުރުދާ ( ކިޑްނީ ) ގެ ސަބަބުންނަމަ 9، 10 ވަނަ ޕޮއިންޓް އިތުރުކުރާށެވެ.
  • ލޭމައްޗަށް ދިއުމުގެ ސަބަބުން ނަމަ 120، 4، އަދި 5 ވަނަ ޕޮއިންޓް އިތުރުކުރާށެވެ.
  • ލޮލަށް ބާރުކުރުމުގެ ސަބަބުން ބޮލުގައި ރިއްސާނަމަ 104، 105، 36 ވަނަ ޕޮއިންޓް އިތުރުކުރާށެވެ.
  • ގަދަޔަށް ބޮލުގައި ރިއްސުމާއެކު މެއި ނުބައިކުރުން އަދި ފެނުމުގައި އުނދަގޫތައް ކުރިމަތިވުން ( މައިގްރެއިން ) : 1، 55، 2، 3، 106 ވަނަ ޕްއިންޓް އަދި ތަދުވާ ތަންތަނުގައި ޙިޖާމާ ޖެހާށެވެ.
  • ލޮލުގެ ބަލިތަކަށް ( ރެޓިނަރ ގެ މައްސަލަތައް،ލޯ ފުސްވުން، ލޮލުގެ ނާރުތަަކަށް ގެއްލުންވުން، ގުލުކޯމާ ( ބްލޫ ވޯޓަރ ) ، ކެޓެރެކްޓް ( ވައިޓް ވޯޓަރ ) ، ލޮލުގެ ބާރު ދައްވުން، ލޯ ދުޅަވުން އަދި ލޮލުން ފެން އައުން ): 1، 55، 36، 101، 104، 105، 9، 10، 34، 35 ވަނަ ޕޮއިންޓަށް އަދި ބުމައިގެ މަތީގަޔާއި ބޮލުގެ އިސްތަށިގަނޑު ފެށޭ ހިސާބުގައި ޙިޖާމާ ޖަހާށެވެ.
  • ޓޮންސިލް، ކަރުތެރެ، ހިރުގަނޑު، ދަތް އަދި ކަންފަތުގެ މައްސަލަތަކަށް ( ބޮލަށް އެނބުރުން އެރުން، މެއި ނުބައިކުރުން އަދި ކަންފަތް ކައިރީގައި “ޒޫން” އަޑު ކަހަލަ އަޑެއް އިވުން ) : 1، 55، 20، 21، 41، 42، 120، 49، 114، 43، 44 ވަނަ ޕޮއިންޓަށް ޙިޖާމާ ޖަހާށެވެ.
  • އަޑު އިވުމުގެ ބާރު ދަށްވުން، އަޑު އިވުމަށް އެހީވެދޭ ނާރު ދުޅަވުން، ކަންފަތް ކައިރީގައި “ޒޫން” އަޑު ކަހަލަ އަޑެއް އިވުން: 1، 55، 20، 21، 37، އަދި 38 ވަނަ ޕޮއިންޓްގައި އަދި ކަންފަތުގެ ބޭރުގައި ޙިޖާމާ ޖަހާށެވެ.
  • ސައިނަސް ( ނޭފަތުގެ ) : 1، 55، 102، 103، 108، 109، 36، 14 ވަނަ ޕޮއިންޓަށް އަދި ބޮލުގެ އިސްތަށިގަނޑު ފެށޭ ހިސާބަށް ޙިޖާމާ ޖަހާށެވެ.
  • ނިއުރިޓިސް ގެ ފަސްވަނަ ނާރާއި ހަތްވަނަ ނާރު ދުޅަވުން: 1، 55، 110، 111، 112، 113، 114 ވަނަ ޕޮއިންޓް ަދި ދުޅަވެފައިވާ ސަރަހައްދުގައި ޙިޖާމާ ޖަހާށެވެ.
  • ކަންކަމާއި މެދު ދެކޭގޮތް ރަނގަޅުކުރުމަށް ހިތްވަރުދިނުމަށް: 1، 55، 2، 3، 32 ވަނަ ޕޮއިންޓަށް.
  • ހަނދާން ނެތުމަށް: ( ހަނދާން ކުރާށެވެ. އެއްވެސް ބޭނުމެއް ނެތި 39 ޕޮއިންޓްގައި ޙިޖާމާ ޖަހައިފިނަމަ ހަނދާންތަކަށް ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބޭކާރުގޮތުގައި ތަކުރާރުކޮށް މި ޕޮއިންޓަށް ހިޖާމާ ޖެހުމުން ހަނދާން ނެތުން އިތުރުވުމަކީ ވަރަށް ގާތްކަމެކެވެ.) : ބޮލުގެ ފުއްކިބަ ( އޮޕްޓިކަލް ޕްރޮމިނެންސް ) 39 ވަނަ ޕޮއިންޓަށް.
  • ވާހަކަނުދެއްކުން: ޕޮއިންޓް 1، 55، 36، 33، 107، އަދި 114 ވަނަ ޕޮއިންޓްގައި.
  • ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް: 1، 55، 106، 11، 32 ވަނަ ޕޮއިންޓަށް.
  • ފިޓުޖެހުން : 1، 55، 101، 36، 32، އަދި 107ވަނަ ޕޮއިންޓްގެ ދެފަރާތުގައި އަދި 114، 11، 12، އަދި 13 ވަނަ ޕޮއިންޓް.
  • މޮޔަވުން/ސިކުނޑި ހަމަނުޖެހުން: 1، 55، ( 101 ވަނަ ޕޮއިންޓް އެންމެ ފަހަރަކު ) ، 36، 32، 2،3، 120، 49، 11، 12 އަދި 13 ވަނަ ޕޮއިންޓް.
  • އޮކްސިޖަން ނުލިބުމުގެ ސަބަބުން ސިކުނޑީގެ ސެލްތަކަށް ގެއްލުންވުން: 1، 55، 101، 36، 32، 34، 35، 11 ވަނަ ޕޮއިންޓް އަދި ހުޅުތަކާއި، މަސްތަކާއި، ކަރުގައި، 43 ، 44 ވަނަ ޕޮއިންޓްގެ ކުރިމައްޗާއި ފުރަގަހުގައި ޙިޖާމާ ޖަހާށެވެ. ހަމައެހެންމެ ރޯޔަލް ޖެލީ ކޮންމެ ދުވަހަކު ކެއުމާއެކު މަސާޖް ޙިޖާމާ ޖަހާށެވެ.

 

  • ގްރޫޕް E އަންހެނުންގެ ބަލިތައް ( ގައިނިކޮލޮޖިކަލް )މުހިންމު ނޯޓް: މާބަނޑު މީހުން ޙިޖާމާ ޖެހުމުން ދުރުވެ ތިބުމަށް ސަމާލުވާށެވެ. ދުވަސްފުރާ ވިހަން ބޭނުން ނުވާ ހާލަތުގައި މެނުވީއެވެ. މިފަދަ ޙާލަތުގައި ދެފައިގެ ކަކުލާއި، ތަނބިކަށި ދޭތެރޭގައި ހިކި ހިޖާމާ އަދި މަސާޖް ޙިޖާމާ ދެވިދާެނެއެވެ. މާބަނޑުމީހުން ޙިޖާމާ ޖެހުމުގެ ސަބަބުން ބައިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
    • އަންހެނާގެ ޖިންސީ ގުނަވަނުން ލޭ ފޭބުން: 1، 55 ވަނަ ޕޮއިންޓް އަދި ކޮންމެ ދުވަހަކު ދެ އުރަމަތީގެ ދަށުގައި 3 ހިކި ހިޖާމާ ކަޕް ލޭ މަނާ ވަންދެން ޖަހާށެވެ.
    • ހައިޟުގެ ލޭ ނައުން ( އެމިނޯރިއާ ) : 1، 55، 129، ( 131 ވަނަ ޕޮއިންޓްގެ ބޭރުފުށުން ) ، 135، އަދި 136 ވަނަ ޕޮއިންޓްގައި.
    • ކުރިމަތި ފަރާތުން މުށި ކުލައިގެ ދިޔާ އެއްޗެއް ( ބްރައުނިޝް ސިކްރީޝަން ) އައުން : އެއްޗެހި ފޭބުން ހުއްޓެންދެން ކޮންމެ ދުވަހަކު ދެ އުރަމަތީގެ ދަށުގައި 3 ހިކި ހިޖާމާ ކަޕް ޖަހާށެވެ. 1، 55، 120، 49، 11، 12، 13، 143 ވަނަ ޕޮއިންޓްގައި ޙިޖާމާ ޖަހާށެވެ. ކުރިމަތިފަރާތުން ނުކުންނަ އެއްޗެހީގައި އެއްވެސް ކުލައެއް ނުވަތަ ވަހެއް ނުހުންނަ ނަމަ 1، 55، 9، 10، 41، 42، 11، 12، 13، 143 ވަނަ ޕޮއިންޓްގައި ޙިޖާމާ ޖަހާށެވެ.
    • ހައިޟުގެ މައްސަލަތަކަށް: 1،55 ވަނަ ޕޮއިންޓްގައި ޙިޖާމާ ޖަހާށެވެ. އަދި 125، 126، 137، 138، 139، 140، 141، 142 އަދި 143 ވަނަ ޕޮއިންޓްއަށް ހިކި ޙިިޖާމާ ޖަހާށެވެ.
    • ބިސްރަވަ ( އޯވަރީ ) ގެ މަސައްކަތްތައް ރަނގަޅުކުރުމަށް: 1، 55، އަދި 11 ވަނަ ޕޮއިންޓްގައި ޙިޖާމާ ޖަހާށެވެ. އަދި 125، 126 ވަނަ ޕޮއިންޓްގައި ހިކި ޙިޖާމާ ޖަހާށެވެ.
    • ރަޙިމުގެ އޮޕަރޭޝަނަކަށްފަހު ތަދުވުން، މައްސަރުކަންތަކާއި ގުޅިގެން ތަދުވުން، ބިސް ދަތުރުކުރާ ހޮޅި ( ފެލޯޕިން ޓިއުބް ) ބެދުން، މާބަނޑު ނުވަނީސް އުރަމަތިން ކިރު އައުން ހައިޟުވުން ހުއްޓުމުގެ ޢަލާމާތްތައް ފެނުން ( ޑިޕްރެޝަން، ހާސްވުން، ނަފްސާނީ މައްސަލަތައް ): 1، 55، 6، 48، 11، 12، 13، 120، 49 ވަނަ ޕޮއިންޓަށް ޙިޖާމާ ޖަހާށެވެ. އަދި 125 އަދި 126 ވަނަ ޕޮއިންޓަށް ހިކި ޙިޖާމާ ޖަހާށެވެ. ހައިޟުގެ ކަންތައް ރަނަގަޅު ކުރުމަށްޓަކައި ހައިޟުގެ 2 ވަނަ ދުވަހު ޙިޖާމާ ޖެހުން އެދެވިގެންވެއެވެ.

 

ނޯޓް1: “ސުންނަތުގެ އަލީގައި ޙިޖަމާ” މި ސުރުޚީގެ ދަށުން ހިމަނާލާ ލިޔުންތައް ފަހުން ފޮތެއްގެ ސިފައިގައި ޝާއިއުކޮށް މި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ގޮތަށް ހުންނާނެއެވެ. އިންޝާﷲ.

ނޯޓް2: މި ފޮތް އެކުލުވާލުމުގައި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. މިގޮތުން އަބޫ މުސްލިމް،އަބޫ ޢާލިމާ، އަބޫ އަބްދުﷲ،އަލީ އާސިރު އަދި ޢާލް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ

މަޢުލޫމާތު ނެގި މަޞްދަރުތައް:އަލް ޙިޖާމާ ސަޓިފިކޭޝަން.ކޮމް، ޙިޖާމާނީޑްސް.ކޮމް،

މިލިޔުމާއި ގުޅޭ އެހެން ބައިތައް:

ސުންނަތުގެ އަލީގައި ޙިޖާމާ ( 1 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 2 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 3 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ (4 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 5 ވަނަ ބައި )

ސުންނަތުގެ އަލީގައި ޙިޖާމާ ( 6 ވަނަ ބައި )

Leave a Reply

Your email address will not be published. Required fields are marked *