އާޔަތުލް މަލާއިކަ ( މަލާއިކަތުންގެ ވާހަކަ ނަންގަނެވިގެންވާ އާޔަތްތައް)

 

އާޔަތުލް މަލާއިކަ

އާޔަތުލް މަލާއިކަ ( މަލާއިކަތުންގެ ވާހަކަ ނަންގަނެވިގެންވާ އާޔަތްތައް)

آيات الملائكة

މިއީ “އާޔަތުލް މަލާއިކަތު” ނުވަތަ މަލާއިކަތުންގެ ވާހަކަ ނަންގަނެވިގެންވާ އާޔަތްތަކެވެ. މި އާޔަތްތަކަށް މިނަންދެވިފައި ވަނީ ރާޤީން ރުޤުޔާ ކުރުމުގައި ފަސޭހައަކަށެވެ. އެއްވެސް ޙާލެެއްގައި ގުރުއާނުން ނުވަތަ ސުންނަތުން މި އާޔަތްތަކަކީ ޝިފާގެ އާޔަތްތައް ކަމަށް ބަޔާންވެގެން އައިސްފައެއް ނެތެވެ.

މުސްލިމް ޖިންނި ޝައިޠާނުން އަދި އެއްވެސް ދީނެއް ޤަބޫލުނުކުރާ ޖިންނީންގެ މައްޗަށް މި އާޔަތްތައް ކިޔެވުމުން، އަނިޔާވެރިކަމުގެ އާޔަތްތައް ( އާޔަތުލް ޟުލުމު ) ކިޔެވުމުން ޖިންނީންނަށް ގެއްލުން ލިބޭ ފަދައިން ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެއެވެ. އަދި މި އާޔަތްތަކުގައިވާ “މަލާއިކަ” މި ލަފުޒު ތަކުރާރުކޮށް ކިޔެވުމުން ވަރަށް ބޮޑަށް ޖިންނީންނަށް އަޘަރުކޮށް ، އެތަކެއްޗަށް ވަރަށް ގިނަގުނަ ހާނިއްކަތަށް ވެގެންދާނެއެވެ. އަދި މިފަދަ ޖިންނީންގެ މައްޗަށް ގަދަވެގަތުމަށް މިއީ ވަރަށް އަސަރުކުރުވަނިވި އާޔަތްތަކެކެވެ. އިންޝާ ﷲ.

ނޯޓް : އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ބޭނުން އަދަދަކަށް ކިޔެވިދާނެއެވެ. އެހެން ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެން ވެއެވެ.މިގޮތުން ކޮންމެ އާޔަތެއް 3 ފަހަރު، 7 ފަހަރު ނުވަތަ  21 ފަހަރުވެސް ކިޔެވިދާނެއެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކައް ލޯބިކުރައްވަތެެވެ.

 

 

މަޢަލޫމާތު ނެގި މަޞްދަރު: ޝެއިޚް ޚާލިދް އަލް ޙިބަޝީގެ ވެބްސައިިޓް ( އަލްރޮޤްޔާ.ކޮމް )

Leave a Reply

Your email address will not be published. Required fields are marked *