ކިޑްނީގައި ނުވަތަ ބަނޑުގައި އުފެދޭ ހިލަ ނައްތާލުމަށް ކުރެވިދާނެ ރުޤްޔާ
ކިޑްނީގައި ނުވަތަ ބަނޑުގައި ހިލަ އުފެދޭނަމަ ކުރެވިދާނެ ރުޤުޔާ
ދިވެހިރާއްޖޭގައި މަދުން ނަމަވެސް ކިޑްނީގައި ހިލަ އުފެދޭ މީހުން އުޅޭކަން ފާހަގަކުރެވިފައިވެއެވެ. ހިލަ އުފެދުމުން ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ބޭސް ކައިގެން ނުވަތަ އޮޕަރޭޝަންކޮށްގެން ހިލަ ނައްތާލައެވެ. ނަމަވެސް އަޅުގަނޑުމެން މިކަމުގައި މިބަލާލަނީ ކިޑްނީގައި އުފެދޭ ހިލަ، ބޮޑުކަމުދާ ތަކެއްޗާއެކު ފަސޭހަކަމާއެކު ނައްތާލެވިދާނެ ގޮތްތަކެއް ބުނެދެވޭތޯއެވެ.
ކިޑްނީގައި ހިލަ އުފެދުމަށް މެދުވެރިވާ ތަފާތު ސަބަބުތަކެއްވެއެވެ. އޭގެ ތެރޭގައި މާމަދުން ދިޔާތަކެތި ބުއިމާއި ލޮނުގަދަކޮށް ކެއުން ހިމެނެއެވެ. އަދި ފެންޓާފަދަ އާވި ބުއިންތަކާއި ހަކުރުގިނަ ތަކެތިވެސް ސަބަބެއްކަމުގައިވެއެވެ. ޚާއްސަކޮށް “ކެލްސިއަމް” ބޭސް ބޭސް ބޭނުންކުރާ ފަރާތްތަކަށް ކިޑްނީގައި ހިލަ އުފެދުމުގެ ފުރުޞަތު ބޮޑެވެ.
ނަމަވެސް އެގޮތަށް އުފެދޭ ހިލަ ނައްތާލުމަކީ އެހާ އުނދަގޫކަމެއް ނޫނެވެ. ބޭނުންވަނީ ކާތަކެތި ބަދަލުކޮށްލުމަށްފަހު ކުޑަ ހިތްވަރެކެވެ.
1- އެންމެ ފުރަތަމަ ތައްޔާރީ ކާނާތައް ކެއުން ހުއްޓާލާށެވެ. ގޮދަންފުށުން ތައްޔާރުކޮށްފައިހުރި ޕާން ނުވަތަ ރޮށި ބޭނުންކުރާށެވެ. އަދި ބަރަކާތް ލެއްވިގެންވާ ޒައިތޫނި ތެލުގައި ކައްކާފަހުރި ތަރުކާރީ ރިހަ ކެއުމުގައި ބޭނުންކުރާށެވެ.
2- ދެން ހީނާފަތު ފެން ހުސްބަނޑާހުރެ ބޯށެވެ. އަދި އެއަށްފަހު 2 ގަޑިއިރުވުމުން ނޫނީ ހެނދުނުގެ ނާސްތާ ނުކާށެވެ. ހެނދުނުގެ ނާސްތާއަށް ކާންވާނީ ހަމައެކަނި ކަރާ އެކަންޏެވެ.
( ހީނާފަތު ފެން ތައްޔާރުކުރާނެ ގޮތް: ރޭގަނޑުނަމަ ގާތްގަނޑަކަށް އިޝާ ނަމާދަށްފަހު، މުށެއްގެ 2/1 ގެ ހީނާފަތް ޖަގަކަށް އަޅާށެވެ. އޭގެ ތެރެއަށް 2 ތަށި ސާފު ބޯފެން އަޅާލާށެވެ. އެއަށްފަހު ރަގަޅަށް ޖަގުގެ މަތިޖަހާ ބަންދުކޮށްފައި ބަހައްޓާށެވެ. ދެން ފަތިސް ނަމާދު ފަހުން 2 ތަށީގެ ހީނާފަތު ފެން ބޯލާށެވެ. )
3- ބަނޑުހައިވާ ވަގުތުތަކުގައި ގޮދަންފުށު ފެން ބޭނުންކުރާށެވެ. އަދި ނަބީޒް (ހިކިމޭބިސްކަދުރުން ތައްޔާރުކުރާ ބުއިމެއް ) ބޭނުންކުރާށެވެ. އަދި ޖަމަލު ކިރަކީވެސް ވަރަށް ރަގަޅު އެއްޗެކެވެ.
( ނަބީޒް ތައްޔާރުކުރާނެ ގޮތް: އިޝާ ނަމާދު ފަހުން 1 ލީޓަރުގެ ފެނުގެ ތެރެއަށް 100ގ ގެ ހިކިމޭބިސްކަދުރު ޖަގަކަށް އަޅާށެވެ. އަދި މަތި ބަންދުކުރުމަށްފަހު ފަތިސް ވަންދެން ބަހައްޓާށެވެ. ނަމާދަށްފަހު ބޯލާށެވެ. ހަމަ މިގޮތަށް ހެނދުނު ތައްޔާރުކޮށް، ރޭގަނޑުވެސް ބޭނުންކުރެވިދާނެއެވެ. ހަމައެކަނި ފެންފޮދު ބޯލުމަށްފަހު މޭބިސްކަދުރުކޮޅު ވަކިންވެސް ކާލެވިދާނެއެވެ. ނުވަތަ ފެންފޮދާ މޭބިސްކަދުރުކޮޅު މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލުމަށްފަހުވެސް ބޯލެވިދާނެއެވެ. )
4- އިބްނުލް ޤައްޔިމް (ރަޙިމަހުﷲ) ލިޔެފައިވެއެވެ. ތީނި ބޭނުންކުރުމުން ކިޑްނީގައި އުފޭދޭ ހިލަތަކުންނާއި ގެއްލުންހުރި އެހެނިހެން ތަކެތިން ކިޑްނީ ސާފުކޮށްދޭނެއެވެ. އެހެންކަމުން ތީނި ބޭނުންކުރުން ގިނަކުރާށެވެ. އަދި ކަޅުދިރި ހިމުންކޮށް މުގުރާލުމަށްފަހު، މާމުތާއި އެއްކޮށްގެން ފެންފޮދަކާއެކު ބުއިމުން ކިޑްނީގައި އުދެފޭ ހިލަތައް ހަލާކުކޮށް ނައްތާލަދޭނެއެވެ. އަދި އެއީ ކުޑަކަމުދާ ނިޒާމު ސާފުކުރުމަށްވެސް ރަނގަޅު ފަރުވާއެކުވެ. إن شاء الله
5- ” ސެލަރީ ” ފަތާއި ބެހޭގޮތުން އިބްނުލް ޤައްޔިމް(ރަޙިމަހުﷲ) ލިޔުއްވާފައިވެއެވެ.
وورقُه رطباً ينفعُ المَعِدَة والكَبِدَ الباردة، ويُدِرُّ البَوْل والطَّمْث، ويُفتِّت الحصاة، وحَبّه أقوى فى ذلك، ويُهيِّج الباه، وينفعُ مِن البَخَر
” ތެތް ސެލަރީ ފަތަކީ ބަނޑާއި މެޔަށް ރަނގަޅު އެއްޗެކެވެ. އޭގެއިން ކުޑަކަމުދާ ނިޒާމް ފަސޭހަކޮށްދެއެވެ. ނުޤަވާޢިދުން ޙައިޟުވުން ހަމައަކަށް އަޅުވައިދެއެވެ. އަދި ކިޑްނީގައި އުފެދޭ ހިލަ ނައްތާލަދެއެވެ. މިގޮތުން ސެލަރީ އޮށަކީ މިކަމަށް ވަރަށް ރަނގަޅު އެއްޗެކެވެ. “
އިސްލާމީ ތާރީޚުގެ މަޝްހޫރި ޑޮކްޓަރެއް ކަމުގައިވާ ޑރ.ދާވޫދު އަލް އަންތާކީ އެބޭފުޅާގެ ފޮތެއްކަމުގައިވާ “ތަޒްކިރާ” ގައި ލިޔުއްވާފައިވެއެވެ. وذكر داود الأنطاكي في تذكرته أن مسحوق الحناء عظيم النفع لعلاج البثور، وماؤه مفيد في إدرار البول وتفتيت الحصى ويذهب اليرقان ويقطع الصداع ولإسقاط الأجنة ” ހީނާ ފަތަކީ ހަންގަނޑާއި ހަންގަނޑުގައި ނަގާ ބިހިތައް ރަނގަޅުކުރުމަށް ވަރުގަދަ ހަތިޔާރެކެވެ. އަދި ހީނާފަތު ފެނަކީ ކުޑަކަމުދާ ނިޒާމަށާއި ކިޑްނީގައި އުފެދޭ ހިލަތައް ހަލާކުކޮށް ނައްތާލުމަށް އެންމެ ބަރާބަރު އެކައްޗެވެ. އަދި ހީނާފަތު ފެނަކީ ހަންގަނޑު ރީނދޫވުމުން ރައްކާތެރިކޮށްދޭ އެއްޗެއްގެ އިތުރުން ބޮލުގެ ރިހުން ކަނޑުވައިދީ ކުޑަދަރިފުޅު ބައިގެންދާ މީހުންވެސް ބޭނުންކުރުމުން ފަރުވާ ލިބިގެންދާނެ އެއްޗެކެވެ. “
މަތީގައި ބަޔާންކުރެވުނު ކަންތައްތަކުގެ ޚުލާސާއެއްގެ ގޮތުން ތިރީގައިވާ ގޮތަށް ހުރިހާ ތަކެތި އެއްކޮށް މިކްސްޗަރުން މުގުރާލާ އެއްކޮށްލާށެވެ.
ކަޅުދިރި | 100ގ |
ހީނާފަތް | 200ގ |
ސެލަރީ އޮށް / ފަތް | 50ގ |
ބޭނުންކުރާނެގޮތް: ހީނާފަތު ފެނާއެކު ހުސްބަނޑާހުރެ 1 ސައިސަމުސާ ބޭނުންކުރާށެވެ. އަދި ބޭނުންކުރުމަށްފަހު 2 ވުމުންނޫނީ ހެނދުނުގެ ނާސްތާ ނުކާށެވެ. އަދި ރޭގަނޑުގެ ކެއުމަށްފަހު އިތުރު 1 ސައިސަމުސާ ބޭނުންކުރާށެވެ. މިގޮތަށް ޢަމަލުކުރުމުން ސާޖަރީއަކަށް ދިއުމުގެ ކުރިން ރަނގަޅުވާނެއެވެ. إن شاء الله
އަދި އަންނަނިވި ރުޤްޔާ ކުރިން ބަޔާންކުރެވުނު ހުރިހާ ފަރުވާތަކަށްވެސް ކިޔެވުމަށްފަހު ބޭނުންކުރާށެވެ.
- بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْ مَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾
- اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ سورة البقرة
- ثُمَّ قَسَتْ قُلُوبُكُم مِّن بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّـهِ ۗ وَمَا اللَّـهُ بِغَافِلٍ عَمَّا تَعْمَلُونَ ﴿٧٤﴾ سورة البقرة
- وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ وَاسْتَوَتْ عَلَى الْجُودِيِّ ۖ وَقِيلَ بُعْدًا لِّلْقَوْمِ الظَّالِمِينَ ﴿٤٤﴾ سورة هود
- لِّكُلِّ نَبَإٍ مُّسْتَقَرٌّ ۚ وَسَوْفَ تَعْلَمُونَ ﴿٦٧﴾ سورة الأنعام
- أَوْ يُصْبِحَ مَاؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُ طَلَبًا ﴿٤١﴾ سورة الكهف
- وَلَوْ أَنَّ قُرْآنًا سُيِّرَتْ بِهِ الْجِبَالُ أَوْ قُطِّعَتْ بِهِ الْأَرْضُ أَوْ كُلِّمَ بِهِ الْمَوْتَىٰ ۗ بَل لِّلَّـهِ الْأَمْرُ جَمِيعًا ۗ أَفَلَمْ يَيْأَسِ الَّذِينَ آمَنُوا أَن لَّوْ يَشَاءُ اللَّـهُ لَهَدَى النَّاسَ جَمِيعًا ۗ وَلَا يَزَالُ الَّذِينَ كَفَرُوا تُصِيبُهُم بِمَا صَنَعُوا قَارِعَةٌ أَوْ تَحُلُّ قَرِيبًا مِّن دَارِهِمْ حَتَّىٰ يَأْتِيَ وَعْدُ اللَّـهِ ۚ إِنَّ اللَّـهَ لَا يُخْلِفُ الْمِيعَادَ ﴿٣١﴾ سورة الرعد
- أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾الَّذِي أَنقَضَ ظَهْرَكَ ﴿٣﴾وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾فَإِذَا فَرَغْتَ فَانصَبْ ﴿٧﴾وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾ سورة الشرح
- يَكَادُ ٱلۡبَرۡقُ يَخۡطَفُ أَبۡصَٰرَهُمۡۖ كُلَّمَآ أَضَآءَ لَهُم مَّشَوۡاْ فِيهِ وَإِذَآ أَظۡلَمَ عَلَيۡهِمۡ قَامُواْۚ وَلَوۡ شَآءَ ٱللَّهُ لَذَهَبَ بِسَمۡعِهِمۡ وَأَبۡصَٰرِهِمۡۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ٢٠ البقرة
- وَدَّ كَثِيرٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يَرُدُّونَكُم مِّنۢ بَعۡدِ إِيمَٰنِكُمۡ كُفَّارًا حَسَدٗا مِّنۡ عِندِ أَنفُسِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡحَقُّۖ فَٱعۡفُواْ وَٱصۡفَحُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦٓۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ١٠٩ البقرة
- وَإِن يَكَادُ ٱلَّذِينَ كَفَرُواْ لَيُزۡلِقُونَكَ بِأَبۡصَٰرِهِمۡ لَمَّا سَمِعُواْ ٱلذِّكۡرَ وَيَقُولُونَ إِنَّهُۥ لَمَجۡنُونٞ ٥١ القلم: ٥١
- كَيۡفَ تَكۡفُرُونَ بِٱللَّهِ وَكُنتُمۡ أَمۡوَٰتٗا فَأَحۡيَٰكُمۡۖ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡ ثُمَّ إِلَيۡهِ تُرۡجَعُونَ ٢٨ البقرة
- وَلَا تَقُولُواْ لِمَن يُقۡتَلُ فِي سَبِيلِ ٱللَّهِ أَمۡوَٰتُۢۚ بَلۡ أَحۡيَآءٞ وَلَٰكِن لَّا تَشۡعُرُونَ ١٥٤ البقرة
- ۞أَلَمۡ تَرَ إِلَى ٱلَّذِينَ خَرَجُواْ مِن دِيَٰرِهِمۡ وَهُمۡ أُلُوفٌ حَذَرَ ٱلۡمَوۡتِ فَقَالَ لَهُمُ ٱللَّهُ مُوتُواْ ثُمَّ أَحۡيَٰهُمۡۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ٢٤ البقرة
- قَٰتِلُوهُمۡ يُعَذِّبۡهُمُ ٱللَّهُ بِأَيۡدِيكُمۡ وَيُخۡزِهِمۡ وَيَنصُرۡكُمۡ عَلَيۡهِمۡ وَيَشۡفِ صُدُورَ قَوۡمٖ مُّؤۡمِنِينَ ١٤ التوبة
- يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٞ مِّن رَّبِّكُمۡ وَشِفَآءٞ لِّمَا فِي ٱلصُّدُورِ وَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ ٥٧ يونس
- ثُمَّ كُلِي مِن كُلِّ ٱلثَّمَرَٰتِ فَٱسۡلُكِي سُبُلَ رَبِّكِ ذُلُلٗاۚ يَخۡرُجُ مِنۢ بُطُونِهَا شَرَابٞ مُّخۡتَلِفٌ أَلۡوَٰنُهُۥ فِيهِ شِفَآءٞ لِّلنَّاسِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَتَفَكَّرُونَ ٦٩ النحل
- وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَآءٞ وَرَحۡمَةٞ لِّلۡمُؤۡمِنِينَ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارٗا ٨٢ الإسراء
- وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ ٨٠ الشعراء
- وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَٰٓئِكَ يُنَادَوۡنَ مِن مَّكَانِۢ بَعِيدٖ ٤٤ فصلت
- بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
- قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾اللَّـهُ الصَّمَدُ ﴿٢﴾لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
- بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
- قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾مِن شَرِّ مَا خَلَقَ ﴿٢﴾وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
- بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
- قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾مَلِكِ النَّاسِ ﴿٢﴾إِلَـٰهِ النَّاسِ ﴿٣﴾مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
ކަޅުދިރި ތެލަށް ކިޔަވައިގެން ދުވާލަކު 2 އިރު މި ތެޔޮ ގައިގައި ހާކާށެވެ. ކޮލިޓީ ރަނގަޅު މާމުޔަށް ( އައް ޝިފާ ބްރޭންޑްގެ މާމުއި ފަދަ ) މުގުރާފައި ހުރި ކަޅުދިރި އެއްކުރުމަށްފަހު މި އާޔަތްތައް ކިޔަވައިގެން ކޮންމެ ދުވަހަކު ހެނދުނު ސަމްސަލެއް އަދި ރޭގަނޑު ނިދުމުގެ ކުރިން ސަމްސަލެއް ބޯށެވެ. ހަމައެހެންމެ ބޯފެނަށް މި އާޔަތްތައް ކިޔަވައިގެން އާންމުކޮށް މިފެން ބަލިމީހާއަށް ބޯންދޭށެވެ. އަދި ކޮންމެ ދުވަހަކުވެސް މި ރުޤުޔާ ކިޔަވާށެވެ. ގިނައިން ކިޔެވުމުން ފަރުވާ ލިބުމުގައި އަވަސްކަމުގައި ތަޖުރިބާ ކުރެވިފައިވެއެވެ.
އަދި ކިޑްނީގައި ހިލަ އުފެދުމުން ބުރަކަށީގައި ރިއްސާ ރިއްސުމަށް ބުރަކަށީގެ 8 ތަނަށް ހިޖާމާ ޖަހާށެވެ. އޭރުން ރިއްސުން ފިލާނެއެވެ. إن شاء الله
ނޯޓް: އާޔަތްތައް ކިޔެވުމުގައި ވަކި އަދަދަކަށް ކިޔެވުމެއްނެތެވެ. އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެންވެއެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ. މިގޮތުން 3، 7 ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ.
ނަމްބަރު 16 އިގައިވާ އާޔަތުގައި ޖެހިފައިވަނީ 24 އެވެ. ނަމަވެސް އެއީ ލިޔުމުގައިވާ ކުށެއްކަމުގައި ދަންނަވަމެވެ. ރަނގަޅު ނަމްބަރަކީ 243 އެވެ. މިގޮތަށް ރަނގަޅުކޮށްލެއްވުން އެދެމެވެ.