ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (6 ވަނަ ބައި )

ތަރުޖަމާ :  ރާއިފް ރުޝްދީ

ބައެއް ފަރުވާގެ ޕްރޮގްރާމްތައް

ބަލިމީހާއަށް ކުރިއަށް ގެންދެވިދާނެ ބައެއް ފަރުވާގެ ޕްރޮގްރާމްތައް ގެނެސްދޭނަމެވެ.

 

  • ބަޤަރާ ސޫރަތް ކޮންމެދުވަހަކު ކިޔެވުން އަދި ފެނާއި ތެލަށް (ކޮންމެ ތެލެއްވިޔަސް) ފުމެ މުޅިގައިގައި ތެޔޮލުން
  • ޔޫސުފް،ޔާސީން،ޞާއްފާތި ކޮންމެ ދުވަހަކު ކިޔެވުން
  • ފާޙިޝްކަންކަމަށް އެއްޗެހި ކިޔިގެންވާ އާޔަތްތައް ގިނަގިނައިން ކިޔެވުމާއި އެއާޔަތެއް ކިޔެވުމުން އަސަރުކުރާކަމަށް ފާހަގަވާ އާޔަތްތައް ގިނަގިނައިން ކިޔެވުން
  • މުޅި ހަށިގަނޑުގައި ކިޔަވާފައިވާ ފެނާއި ޒައިތޫނި ތެޔޮ 3 ނުވަތަ 5 ފަހަރުލުމާއި އަދި އުނދަގޫވާން ފަށައިފިނަމަ ގަޑިއަކު އެއްފަހަރު ލުން
  • ހެނދުނާއި ހަވީރުކިޔުމަށް ވާރިދުވެފައިވާ ޒިކުރު ތަކާއި ނަބަވީ އިރުޝާދުތައް އައިސްފައިވާ ޒިކުރުތައްކިޔުން
  • لاإله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير  100 ފަހަރު ކިޔުމަށް ރައްކާތެރިވުން
  • 100 އަށްވުރެ ގިނަފަހަރު އިސްތިޣްފާރު ކުރުން
  • 100 އަށްވުރެ ގިނަފަހަރު لاحولولاقوة إلا بالله  ކިޔުން
  • ޢާޝިޤް ޖިންނީގެ ކިބައިންދިންނެވުން އެދި ދުޢާކރުން
  • ކާކޮންމެ އެއްޗަކީ އަދި ބޯ ކޮންމެ އެއްޗަކީ ކުޑަމިނުން ރައްކާތެރިކަމުގެ ގޮތުން ކިޔަންޖެހޭ ފަލަޤި ނާސި ތިންސޫރަތް ފަދަ ސޫރަތްތައް ކިޔެވިފައިވާ އެއްޗަކަށް ހެދޭތޯ ބެލުން
  • މާމުޔަކީ ޝައިޠާނީ މިފަދަ ބަލިތަކަށް ބޭސްކުރުމުގައި މޮޅު ބާރުގަދަ އެއްޗެކެވެ. އެގޮތުން ހޫނުފެނަށް 2 މޭޒުމަތީ ސަމުސާ މާމުއި އަޅާ އެއަށް ކިޔެވުމަށްފަހު ހަކުރުބަލި ނުހުންނަމީހުން ސައި ފަދައިން 3-5 ފަހަރު ކޮންމެ ދުވަހަކު ބުއިން

 

ދެވަނަ ޕްރޮގްރާމް

  • އަވަސްކިޔެވުމަކާއި އެކު މުޅި ޤުރުއާން 5-3 ދުވަސް ތެރޭގައި، ޤުރުއާނުން ޝިފާލިބުމަށާއި އަޅައިގަނެގެން އުޅޭ އެތި ނައްތާލުން އެދިގެން އަދި މިޞާލިޙްއަމަލުގެ ޒަރިޢާއިން މި އަނިޔާވެރި ޢަދުއްވުގެ ކިބައިންދިންނެވުން އެދުން
  • ހެޑްސެޓް އަޅައިގެން ފާޙިޝް ޢަމަލުތަކަށް އެއްޗެހިކިޔިގެންވާ އާޔަތްތަކާއި އަންދާލުމުގެ އާޔަތް ތަކާއި އަދި ޖިންނި ވަންގޮތާއި ގުޅޭ އާޔަތްތައް ކިޔެވުން
  • ތައްޔާރީ ނުވަތަ އަސްލު ގޮމަކަސްތޫރީ(މިއީ ވަރަށް އަގުބޮޑު އެއްޗެއް- 300-400 ރިޔާލަޔަށް ތޯލާއެއް)ގެ ވަސްބެލުން އަދި ޚާއްޞަކޮށް- ކަޅު ގޮމަކަސްތޫރި ޚާއްސަކޮށް މިކަމަށް ރަނގަޅެވެ. ދެން އެއްމެ ބާރުގަދައީ ހުދު ގޮމަކަސްތޫރިއެވެ. ގޮމަކަސްތޫރީގެ ވަސްބަލާނީ ހަމައެކަނި ޢގެ ވަސްބަލާނީއެވެ. ނޫންނަމަ ވިކްސް އިންހޭލާ ފުޅިއަކަށް ތިކި ޖެހުމަށް ފަހު ބޭނުންކުރުމުން ވަރަށް ވަރުގަދައަށް އަސަރުކުރެއެވެ. މީގައި އެއްވެސް ކަހަލަ ގެއްލުމެއް ނުވެއެވެ. އަދި ކިޔެއް މިއީ އަވަލައިގެން ބޮލުގައި އުޅޭ ޖިންނިން- ޢާޝިޤް ޖިންނި އަކަސް ނުވަތަ އެނޫނަސް- ޢާއްމު ގޮތެއްގައި މައްސުގެ ކަންކަމަށް ބޭނުންކުރެވި ދާނެއެއްޗެކެވެ. އަދި ވަސްދުއްވައިގެން ހަދާ ސިހުރަށް މިހެން ހެދުމުން ވަރަށް އަސަރު ކުރެއެވެ.

ވާހަކައެއް

އުޚްތުންކުރެ މީހަކަށް ވަސްދުއްވައިގެން ޖައްސާފައިހުރި ސިޙުރެއް މިގޮތަށް ވަސްބަލައިގެން ރަނގަޅުވެފައި ހުރެއެވެ. މިކަން ކާފޫރު ނުވަތަ ބައެއް އފަދަ އެއްޗެއްސާއި އެއްކޮށްވެސް ކުރެވިދާނެއެވެ. ގޮމަކަސްތޫރި ގައިގައި ހޭކުމަށް ބަލާއިރު، ބައެއް ފަރުވަކުރާމީހުން ޢައުރަ ގުނަވަނުގައާއި މެޔާއި އަންހެނުންގެ އުރަމަތީގައާއި ފައިގެ އިނގިލީގަޔާއި އަދި ދެއަތުގަޔާއި ކަނދުރާގަޔާއި ދެ ކިހިލިފަތް ދަށުގަޔާއި ފޫޅުގަޔާއި ދެކަންފަތުގަޔާއި ނޭފަތުގަޔާއި ހުޅުތަކުގައި ލާންބުނެއެވެ. ނަމަވެސް އަޅުގަނޑަށް ފެންނަގޮތުގައި ގޮމަކަސްތޫރިއަކީ ހޫނުއަރުވާ ދިލަނަގާ އެއްޗެއްކަމުން އެހާ ޙައްސާސީ ތަންތަނުގައި ލާއިރު ކުޑަފޮމަކަސްތޫރިކޮޅެއް ކިޔަވާފައިވާ ތެލަށް އަޅާ ރަނގަޅަށް މިކްސްކޮށް އޭގެން މުޅި ގައިގައި ލެވިދާނެއެވެ.

 

  • ޚިލްތަތުއް ރޫމިއްޔާ ބޭނުންކުރުން

އެއީ ފުނޑާފައިވާ ކުންނާރު ފަތުކިލޯ އަކާއި ހިމުންކޮށް މުގުރާފައި ހުންނަ ސައްބު ކިލޯއަކާއި ފުނޑާފައިވާ ލޮނު ކިލޯއަކާއި މިތިން ބާވަތް ރަނގަޅަށް އެއްކޮށް އެއިން 7 ބައި ކޮންމެ ބައެއް 430ގ ވަރުވާނެހެން ބައިކޮށް އެއިން ކޮންމެ ބައެއް އެއްލީޓަރުގެ އާދައިގެ ނުކިޔާ ހުރި ފެނަށް އެޅުމަށްފަހު އަޞްރާއި މަޣްރިބާއި ދޭތެރޭ ނުވަތަ ޢިޝާ ފަހުން އޭގެ ބައެއް އެއްކޮށްފައިވާ ފެނުން 7 ދުވަސް ވަންދެން ފެންވެރުމެވެ. މިފެން އެޅުމަށް ފަހު ވަގުތުން ސާފުފެނުން ދޮވެލަންވާނެއެވެ. އަދި ކޮންމެ ދުވަހަކު މަދު މިންވަރެއް ނަމަވެސް ޞަދަޤާތްކުރާނީއެވެ.

 

  • ތާޒާ ހަރުމަލް ވަސްބަލާ ނޭފަތުން ގަދަޔަން އެތެރެއަށް އެދަމައިގެން ބޭނުންކުރުން ޚާއްޞަކޮށް މީގެން ގަދަޔަން އަސރުކުރާނަމަ މިކން ކުރަންވާނެއެވެ. އަދި ފަތް ގައިގައި ކޭތްތުމާއި ހަރުމަލު ތެލުން މުޅިގައިގައި ލުމާއި އޭގެ ގޮފިގަނޑެއްގެ ކިޔަވާފައިވާ ގެން އެއްޗަކަށް ލައިގެން ބުއިމުން ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ. އަދި އެއިން ފެންވަރަން ބޭނުންކުރުމާއި އަދި ހަމަ އެއާއިއެކު އޭގެ ފެނުގައި ކޮންމެ ދުވަހަކު 2 ނުވަތަ 3 ފަހަރު ބަލިމީހާ އިށީނދެގެން އިނުން
  • ވާރިދުވެފައިވާ ހެނދުނާއި ހަވީރުގެ ޛިކުރުތައް ފަދަ ނަބަވީ ޛިކުރުތައް ކުރުން
  • لاإله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير  100 ފަހަރުހެނދުނާއި ހަވީރު ކިޔުމަށް ރައްކާތެރިވުން
  • 100 ނުވަތަ އެއަށްވުރެވެސް ގިނައިން އިސްތިޣްފާރުކުރުން
  • 100 އަށްވުރެ ގިނަފަހަރު لاحولولاقوة إلا بالله  ކިޔުން
  • ޖިންނީގެ މައްޗަށް ބަދު ދުޢާކުރުން
  • ކާނުވަތަ ބޯ ކޮންމެ އެއްޗަކީ އެއްމެ ކުޑަމިނުން ރައްކާތެރިކަމަށް ކިޔެވޭ އެއްމެ މަދު މިންވަރު (ފަލަޤި ނާސި ކުރުސި) ކިއިފައިވާ އެއްޗަކަށް ހެދުން
  • މާމުޔަކީ ޝައިޠާނީ މިފަދަ ބަލިތަކަށް ބޭސްކުރުމުގައި މޮޅު ބާރުގަދަ އެއްޗެކެވެ. އެގޮތުން ހޫނުފެނަށް 2 މޭޒުމަތީ ސަމުސާ މާމުއި އަޅާ އެއަށް ކިޔެވުމަށްފަހު ހަކުރުބަލި ނުހުންނަމީހުން ސައި ފަދައިން 3-5 ފަހަރު ކޮންމެ ދުވަހަކު ބުއިން

ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (1 ވަނަ ބައި )

ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (2 ވަނަ ބައި )

ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (3 ވަނަ ބައި )

Leave a Reply

Your email address will not be published. Required fields are marked *