ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (5 ވަނަ ބައި )
ތަރުޖަމާ : ރާއިފް ރުޝްދީ
4. މާއްދީ ބޭސްފަރުވާ
ބޭސްފަރުވާ އަކީ ގިނައެއްޗެކެވެ. އެއިތެރޭގައި ޤުރުއާނާއި ސުންނަތުގައި ކޮންމެހެން މައްސަށް ނޫންކަމުގައިވިޔަސް އޭގެ މާތްކަމާއި ފައިދާ ބަޔާންވެފައިހުރި ބޭސްފަރުވާވެއެވެ. އަދި އޭގެ ތެރޭގައި އިހާއި ފަހުގައި ކުރެވުނު ތަޖުރިބާތަކުން އެއީ މިބަލީގެ ފަރުވާކަން އެނގިފައިވާ ތަކެތިވެއެވެ. ތިރީގައި މިވަނީ އެއްވެސް ކުފުރެއް އަދި ޝިރުކެއް އަދި ހަރާމް އެއްޗެއް ހިމެނޭ އެއްޗެއް ނުހިމެނޭތޯ ބަލައިގެން ލިސްޓްކުރެވިފައިވާ ފަރުވާތަކެކެވެ.
1. ކިޔަވާފައިވާ ފެން:
ޚާއްޞަކޮށް ޒަމްޒަމްފެން
2. މާމުއި:
އޭގައި މީސްތަކުންނަށް ވަރަށް ގިނަގުނަ ޝިފާވެއެވެ. އަދި މައްސަށް ކުރެވޭ އެއްމެ ވަރުގަދަ ފަރުވާތަކުގެ ތެރޭގައި އެވެއެވެ. އަދި އެބޭނުންކުރެވިދާނެ ބައިވަރު ގޮތްތައްވެއެވެ.
3. ކަޅުދިރި:
ހުރިހާ ބައެއްޔެއްގެ ޝިފާމީހާގައިވެއެވެ. އަދި އޭގެ ތެޔޮ ބަލިމީހާގެ ގައިގައި އުނގުޅިދާނއެވެ. އަދިވެސް ވަރަށް ގިނަ ފައިދާތައް އެއަށް ވެއެވެ.
4. ޒައިތޫނި ތެޔޮ: ޚާއްޞަކޮށް ކިޔަވާފައިވާ ތެޔޮ ބުއިމަށާއި ގައިގައިލުމަށް
5. ކުންނާރުފަތް:
ފެންވެރުމަށާއި ބުއިމަށް
6. ކަޅު ގޮމަކަސްތޫރި:
މީގެ ތެރޭގައި އަސްލު އެއްޗެހިވެއެވެ. އެއީ ވަރަށް އަގު ބޮޑު އެއްޗެކެވެ. އަދި އޭގެތެރޭގައި ތައްޔާރީ ބާވަތްތައްވެއެވެ. މިފަދަ އެއްޗެހީގެ އެއްމެ ރަނގަޅީ ވީހާވެސް ވަސްގަދަ އެއްޗެކެވެ. އަދި މީގެ ހުދު ވައްތަރަކީ ވެސް ބަލީގެ އުނދަގޫވާތަންތަނުގައި ކާއްތަން ބޭނުންކުރެވިދެ އެއްޗެކެވެ. އަދި ކިޔާވާފައިވާ ޒައިތޫނި ތެލާއި އެއްކޮށްލައިގެން މުޅި ގައިގައި އުނގުޅި ދާނެއެވެ. މިއީ އެއްމެ ރަނގަޅު ގޮތެވެ. އަދި މި ނުވަތަ މިއާއި އެއްކޮށް ކާފޫރުފަދަ އެއްޗެއްގެ ވަސް ބެލުންވެސް އެއީ ކުރެވިދާނެކަމެކެވެ.
7. އަޞްލު ޤުދުރަތީ މާވަހަރު ނުވަތަ ތައްޔާރުކުރެވިފައިވާ ވަސްގަދަ މާވަހަރު ތެޔޮ:
ގޮމަކަސްތޫރި ލިބެން ނެތުމުން ގޮމަކަސްތޫރި ފަދައިން ބޭނުންކުރެވޭ ބޭނުންކުރެވޭ އެއްޗެއް
8. ހުނގު: ހުނގަކީ ޢާޝިޤް ޖިންނިންގެ ބަލިމަޑުކަމަށް ބޭނުންކުރެވިދާނެ މޮޅު ފަރުވާއެކެވެ.
9. ޖުއްލާބު ފަދަ ތަކެތި:
ވަރަށް ގިނަފަހަރު މި ބަލީގެ ސަބަބުން ކޮލޯން އަށް ބަލިޖެހއެވެ. އަދި ހަރުކޮށް ބޮޑުކަމުދެވެއެވެ. އަދި އެއްމެ ރަނގަޅު ޖުއްލާބަކީ ސަނާއެވެ. ސަނާއަކީ އޭގައި ކޮންމެ ބައްޔަކަށް ޝިފާއެއް ވާއެއްޗެއްކަން ޙަދީޘުން އެނގެއެވެ.
10. ފެނުން ނުވަތަ އަނގުރުން ބޮލަށް ދުންއެރުވުން: މިހެން ހަދާއިރު ޒަވިޒާތުގެ ފަތްފަތް އަޅައިގެން ދުންއެރުވުމުން އެތެރޭގައިވާ ޖިންނި މަރުވެ ނުވަތަ އުނދަގޫވެ އެއަށް އަޒާބު ލިބެއެވެ.
11. ފުރަގަސް ފަރާތް ނުވަތަ އަންހެނުންގެ ކުރިމަތިފަރާތަށް ބޭސް ވެއްދުން : މިކަމުގައި އަޘަރު ކުރާކަމަށް މަޝްހޫރު ބޭސް ބައެއްފަހަރު މިތަންތަނަށް ލެއްވެއެވެ.
12. ތަދުކަނޑުވަން އުނގުޅާ ޖެލާއި ކްރީމްފަދަ ތަކެތި، ވަކިން ޚާއްޞަކޮށް އާވިކަމާއި ޒަވިކަންގަދަ ބޭސްތަކަށް ކިޔެވުމުން ވަރަށްބޮޑު އަސަރެއް މި ބައްޔާއި އަދި ސިޙުރާއި ޖެހިފައިވާ މީހުންނަށް މިއިން ކުރެއެވެ. އަދި އޭގެ އަސަރުގެ ނުފޫޛުން މިކަންކަމަށް ފަރުވާއަކަށް ވެގެންދެއެވެ.
ވާހަކައެއް: ސިހުރު ޖެހިފައިވާ އަދި މިބަލި ޖެހިފައިވާ ފިރިހެނަކު ރަތްކުލައިގެ މި ބާމަށް އޭނާގެ އަންހެނުން ބަޤަރާސޫރަތް ފަށައިގެން ނިޔަލަށް ކިޔެވުމަށް ފަހު އޭނާގެ ބުރަކަށީގައި ލިޔެވެ. ހަމަ ލީތަނާ އޭނާ ހޭނެތިގެން ބިމަށް ވެއްޓިއްޖެއެވެ. ދެން އޭނާގެ އަންހެނުން އެބޭނުންކުރަމުން ކުރިއަށް ދިއައެވެ. އޭރު އޭނާއަށް އިޙްސާސްވީ އެއްޗެއް އޭނާގެ ގައިގެ ތެރެއިން ނުކުމެގެން ދިޔަހެންނެވެ. އެއީ އޭނާގެ ޙާލު ރަނގަޅުވެއްޖައުމަށް ދާންދެންނެވެ.
13. ޚިލްތަތުއް ރޫމިއްޔާ: (ސައްބާއި ލޮނާއި ކުންނާރުފަތުން ހަދާފައި ހުންނައެއްޗެއް.
އަދި ހަމައެއާއި އެކު:
- ކޮނޑާއި ފޫކޮޅު ފަދަ ތަންތަނުގައި ތެޅުން(ހަމައެކަނި ތަޖުރިބާ ލިބިފައިވާ ރުޤްޔާކުރާ މީހުންނަށް)-
- ކަރަންޓު ބޭނުންކުރުން: އެނގިފައިވާ ގޮތުގައި ހޮސްޕިޓާތަކަށް ގޮސް ކަރަންޓް ޖެއްސުމުން މައްސުގެ އަސަރުތައް ފިލާކަމަށާއި އަދި އަވަލާފައިވާ ޖިންނިއަށް އަޒާބު ލިބޭކަންވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން ބަލިމީހާ ނުވަތަ ފަރުވާ ކުރާމީހާ މިފަދަ ޝޮކުޖެހޭ ފަދަ އެއްޗެއް ބޭނުންކުރެވިދާނެއެވެ. އަދި ވަކި ތަނަކަށް މައްސުގެ އުނދަގޫ ބޮޑުނަމަ އެތަނަކަށް މީގެ އެއްޗަކުން ޝޮކް ޖެއްސިދާނެއެވެ.-
- މަސާޖް ކުރުމާއި ފިއްތުން
ކިޔަވާފައިވާ ތެޔޮ ބޭނުންކޮށްގެން ނާރުތަކާއި މަސްތަކުގައިވާ ފިއްތަންޖެހޭ ޕޮއިންޓުތައް އެނގޭ މީހަކު އެތަންތަނަށް ފިއްތުމުން ވަރަށް އަޖައިބު ބޮޑެތި އަސަރުތަކެއްކުރެއެވެ. (އަންހެނުން މަސާޖުކުރާނީ އަންހެނުންނެވެ. ފިރިހެނުން ފިރިހެނުންނެވެ.
- ކައިވެނި ކުރުން:
މިއީ އަޅައިގަނެގެން އުޅޭ ޢާޝިޤް ޖިންނިއޭގެ ސަބަބުން ހަލާކުކޮށްލާ ވަރަށް މޮޅު ގޮތެކެވެ. އަދި އިނުމަށްފަހު ދެމަފިރިން ލޯބިވާކަން ވީހާވެސް ފާޅުކޮށްގެން އުޅުމުން ޢާޝިޤް ޖިންނީގެ ހަލާކު އާދެއެވެ.
ފަރުވާގެ ޕްރޮގްރާމް
- ފަރުވާއަށް ފެށުމުގެ ކުރިން ފަރުވާއަށް ކޮންމެހެންވެސް ތައްޔާރުވާންޖެހެއެވެ.
- ޝިރުކު ނުވަތަ ބިދުޢައެއްގެ މަތީގައިވާ މީހެއްނަމަ އޭނާގެ ޢަޤީދާ ޞައްޙަ ޢަޤީދާއަކަށް އަނބުރާލުން
- ފަރުވާ ދިގުލައިގެން ހިނގައިދާނެތީ ކެތްތެރިވުމަށް ނަފްސު ތައްޔާރު ކުރުން
- ބަލި މީހާއަސް ފަރުވާގެ ތެރޭގައި ދިމާވެދާނެ އުނދަގޫތަކާއި ތަޙައްމަލު ކުރަންޖެހިދާނެ ވޭނުގެ ވާހަކަ ކިޔައިދިނުން
- ﷲގެ އިޛްނަފުޅާއި އެކު މީހާއަށް ޝިފާލިބި ރަނގަޅުވުމުގައި ބަލިމީހާގެ އާއިލާގެ ރޯލް ބޮޑެވެ.
- ކުށްފާފަތަކާއި ﷲއަށް އުރެދޭ އުރެދުންތަކުން ދުރުވުމާއި އަދި ފާފައެއް ކުރެވޭ ިނދު ވަގުތުން ﷲއަށް ރުޖޫޢަވެ އެގޮތުގައި ދެމިހުރުން
- ﷲއަށް ފުރިހަމައަށް ވަކީލުކޮށް ނަފާއާއި ގެއްލުންވެސް ކުރިމަތިވަނީ އެއިލާހުގެ އިޛްނަފުޅުންކަމާއި ޝިފާވަނީ އެއިލާހުގެ އަތްޕުޅުގައި ކަމާއި އެއިލާހު ހުރިހާ ކަމަކަށް ކުޅަދުންވަންތަކަން އެއްވެސް ޝައްކެއްނެތް ފުރިހަމަ ޔަޤީންކަމަކުން ޔަޤީންކުރުން.
ނޯޓް: މިއީ އައްޝައިޚް ޚާލިދް ޙިބްޝީ އެބޭފުޅާގެ ވެބްސައިޓް ގައި ޢާޝިޤް ޖިންނިން އިންސާނުންނަށް އަވަލުމާ ބެހޭގޮތުން ގެންނަވާފައިވާ އާޓިކަލެއްގެ ތަރުޖަމާއެވެ، މި އާޓިކަލް ގެ އަސްލު ބެއްލެވުމަށް މި ލިންކް އަށް ކްލިކް ކޮށްލައްވާ
ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (1 ވަނަ ބައި )
ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (2 ވަނަ ބައި )
ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (3 ވަނަ ބައި )