ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (4 ވަނަ ބައި )
ތަރުޖަމާ: ރާއިފް ރުޝްދީ
ލޯބިވެރި ޢާޝިޤް ޖިންނީގެ އަވަލުމުގެ ފަރުވާ
މިފަދަ މީހަކަށް ފަރުވާ ކުރުމުގެ ކުރިން އަހަރުމެން ދަންނަސް ޖެހެނީ މި ޒިނޭކުރާ ޖިންނި ބަލިމީހާގެ ހަށިގަނޑަށް ވަންގޮތެވެ. ޖިންނި ވަނީ އެސްފިންނާގެ ސަބަބުންނަމަ އަހަރުމެން ބޮޑަށް އަމާޒުކުރަންވާނީ އެސްފިންނާއަށް ކިޔަވާ އާޔަތްތަކުން ފަރުވާކުރުމަށެވެ. އަދި ސިޙުރަކުން ނަމަ ސިޙުރުގެ ފަރުވާ ކުރާއާޔަތްތަކެވެ. އަދި ވަދެ އޮތީ މުސްލިމު ޖިންނިއެއްނަމަ އޭއްޗަށް ޒިނޭގެ ނުބައިކަމާއި އެކަމުގެ ޙަރާމްކަމުގެ ވާހަކަ އިއްވާނީއެވެ. އަދި އެކަމުން ލިބޭނެ ޢުޤޫބާތްވެސް އޭއްޗަށް އިއްވާނީއެވެ. އަދި ޔަހޫދީ ނުވަތަ ނަޞާރާ ޖިންނި އެއްނަމަ ފަރުވާގައި ބޭނުންކުރާނީ އަހުލުކިތާބީންނާއި ބެހޭވާހަކަތައް ހުރި އާޔަތްތަކެވެ.
ޢާޝިޤް ޖިންނީގެ ބަލި ޖެހިފައިވާ މީހުން އެމީހުންގެ އަމިއްލަ ނަފްސުތައް އެކަމުން ސަލާމަތްވުމަށް އަމިއްލަ ނަފްސަށް އެހީނުވާނަމަ ފަރުވާކުރުމަކީ އެއްމެ އުނދަގޫ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އަދި ބައެއްފަހަރު ބަލިމީހާ އޭނާގެ ނަފްސާއި މެދު އިހްމާލްވެއްޖެނަމަ ފަރުވާކޮށް ޝިފާލިބުމަކީ މުސްތަހީލުކަމަކަށްވެއެވެ. އެހެންކަމުން ޢާޝިޤް ޖިންނީގެ އަވަލުމުން ސަލާމަތްވުމަށް ވަރުގަދަ ހިއްވަރަކާއި އަޒުމެއް ބޭނުންވެއެވެ. އަދި ބަލިމީހާއަށް އުނދަގޫ ކުރަމުން އެދާ ޖިންނިއަށްވުރެންވެސް ކެތްތެރިވާން އެބަޖެހެއެވެ. އަދިﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގައެވެ.
ފަރުވާގެ ބެހޭ ބައިތައް
1- ޤުރުއާނުން:
ޤުރުއާނަކީ ޢާޝިޤްޖިންނި ބަލިކޮށްތަޅާ އަންދާއަދި އެއްމެ ފަހުން މަރާލުމަށްވެސް އެއްމެ ވަރުގަދަ ހަތިޔާރެވެ.
2- ދުޢާކުރުން:
ދުޢާކުރުމުން އެސޮރަށް ވަރަށް އަސަރުކުރެއެވެ. އަދި ޚާއްޞަކޮށް ދުޢާ އިޖާބަވާ ވަގުތުތަކުގައި ދުޢާކޮށްފިނަމަ އެސޮރަށް ކުރާ އަސަރު މާބޮޑުވެއެވެ.
3- މާތްﷲ އަށްޓަކައި ޞަދަޤާތްކުރުމާއި އެހެނިހެންވެސް ހެޔޮ ޢަމަލުކުރުމުގެ ތެރެއިން މާތްﷲ އާއި ކުއްތަންވުން
4- ބޭސްފަރުވާ ބޭނުންކުރުން:
އޭގެ ތެރޭގައި ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ތަކެއްޗާއި މިބައްޔަށް ނުވަތަ މިފަދަ ބަލިތަކަށް ރަނގަޅުކަމަށް ތަޖުރިބާއިން އެނގިފައިވާ އަދި އެއިން ފައިދާލިބޭކަން ޘާބިތުވެފައިތަކެތިންފަރުވާކުރުން. އެއީ ނަބިއްޔާ ﷺ ގެ މިބަސްފުޅަށް ބިނާކޮށެވެ.
(تداووا عباد الله ولا تداووا بمحرم).
ﷲގެ އަޅުތަކުންނޭވެ ތިޔަބައިމީހުން ފަރުވާކުރާށެވެ. އަދި ޙަރާމްއެއްޗަކުން ފަރުވާ ނުކުރާށެވެ.
އަދި މިކަމާއި މެދު އައިސްފައިވާ ފަތުވާތަކަށް ބިނާކޮށެވެ. އޭގެ ތެރޭގައި فضيلة الشيخ محمد بن صالح العثيمين ރަޙިމަޙުއްﷲގެ މިފަތުވާ ވެއެވެ. އޭނާ ވިދާޅުވެފައިވެއެވެ.
ހަމަކަށަވަރުން ބޭހަކީ ޝިފާ ލިބުމުގެ ސަބަބެކެވެ. އަދި ސަބަބުތައް ވަނީ ޤުރުއާނާއި ދުޢާފަދަ ޝަރުޢީ ސަބަބުތައްކަމުގައެވެ. ނުވަތަ ޙިއްސީގޮތުން ފެންނަ ޝަރުޢީ މަގުތަކުން އެނގިގެންވާ ބޭސްފަރުވާއެވެ. މިސާލަކަށް މާމުއި ފަދައެއްޗެހި ހިމެނެއެވެ. އަދި ތަޖުރިބާގެ މަގުން އެނގޭ ގިނަގުނައެއްޗެހިތައްވެސް އެއިތެރެއިންވެއެވެ. ނަމަވެސް އެފަދަ އެއްޗެއް އެއީ ސީދާއެއިން ފަރުވާ ލިބެނިވި އެއްޗަކަށް ވާންވާނެއެވެ. އެއީ ވަހުމެއް ނުވަތަ ޚިޔާލަކަށް ބިނާކޮށްގެން ލިބޭ ފަރުވާއަކަށް ވެގެންނުވާނެއެވެ. އެއީ ޙިއްސީގޮތުން ސީދާ އެބޭހުން ކުރާ އަސަރުން ފަރުވާލިބޭ ނަމަ އޭނާ އެ ބޭސް ބޭނުންކޮށް އިރާދަކުރެއްވިއްޔާ އެބައްޔަށް ޝިފާހޯދުމަކީ އެއްމެ ރަނގަޅުކަމެކެވެ. ނަމަވެސް އެފަރުވާއަކީ ހަމައެކަނި ވަހުމުތަކެއް ނުވަތަ ޚިޔާލުތަކެއް ގެނުވަން މެދުވެރިކުރުވާ އޭގެ ސަބަބުން ނަފްސަށް ހިތްހަމަޖެހުން ލިބި އޭނާގެ ބައްޔަށް ލުއި ލިބި އަދި ބައެއްފަހަރު އޭނާގެ ނަފްސަށް އުފާވެރިކަން ވެރިވުމުގެ ސަބަބުން ބަލި ފިލައިދާކަމެއްނަމަ ފަހެ އެކަމަށް ބަރޯސާވުން ހުއްދަވެގެން ނުވެއެވެ. އަދި އެކަމުގައި ވަނީ ވަހުމުތަކާއި ޚިޔާލުތަކުން އިންސާނާ ވަށައިލުންކަމުގައި ވާތީ އެއީ ފަރުވާއެއްކަން ޘާބިތެއްވެސް ނުވެއެވެ. ބަލީގެ ފަރުވާއަކަށް ނުވަތަ ބަލިން ދިފާޢުވުމަށް ތަނޑިގަނޑު އެޅުމާއި ރޮދިފަށާއި މިޒާތުގެ ތަކެތި އެޅުން ނަހީ ކުރެއްވިގެންވަނީ އެހެންވެގެންނެވެ. އެހެނީ މިކަމުގައި ޞަރީޙަ ޙިއްސީ ސަބަބެއްވެސް ނެތެވެ. އަދި އެއީ ސަބަބެއް ކަމުގައި ޝަރުޢީގޮތުން ނުވަތަ ޙިއްސީގޮތުން ޘާބިތު ނޫން ސަބަބެއްގައި ހިފުން ހުއްދަވެގެން ނުވެއެވެ. އެއީ ސަބަބެއްކަމުގައި މީހަކު ހަދައިފިނަމަ އެއީ ﷲގެ މިލްކުން ލޫޓުވައިލން އުޅުނު މީހެއްފަދައެވެ. އަދި ޝިރުކުގެ ބާވަތަކަށެވެ. އެހެނީ އޭނާ އެ ޝަރީކުރީ ކަންކަމާއި އެކަމުގެ ސަބަބުތައް ލެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެވެ.
{ޝައިޚް މުޙައްމަދު ބިން ޞާލިހުގެ ފަތުވާ 1/144،143}
2. ޤުރުއާނުން ފަރުވާކުރުން :
1- ފާޙިޝްކަންކަމަން ޛައްމު ކުރެވިފައިވާ އާޔަތްތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކިޔުން
2- ޔޫސުފު ސޫރަތާއި ނޫރުސޫރަތް ކިޔެވުން
3- އާޔާތުލް ޙިރްޤް އަންދާލާ އާޔަތްތަކާއި ޚުރޫޖު ޖިންނި ނެރޭ އާޔަތްތައް ކިޔުން
4- ކުރުސި ކިޔުން ގިނަކުރުން- މުޅި ދުވަހު ހަތަރުދަމުކަމުގައިވިޔަސް ކިޔުން- މިއީ ޢާޝިޤްޖިންނިއަށް ވަރަށް ގަދައަށް އަސަރުކުރާއާޔަތެކެވެ
5- ޔާސީން ސޫރަތާއި ޞާއްފާތިއާއި ދުޚާނާއި އައްރަޙްމާނާއި ޖިންނިއާއި މަޢާރިޖާއި ބުރޫޖާއި ޤާރިޢާ ސޫރަތް ކިޔެވުން
3. ދުޢާކުރުން:
1- ޖިންނި އަށް ދެވޭ ނަޞޭޙަތް ކްލިޕް ގިނަގިނައިން އަޑުއެހުން
2- ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމާއި ގެއަށް ވަންނަ ދުޢާއާއި ނުކުންނަ ދުޢާ ކިޔުމާއި ހެދުން ބާލާއިރު ދުޢާކިޔުމާއި އަދި ދުޢާކިޔަން ވާރިދުވެގެންއައިސްފައިވާ ދަނޑިވަޅުތައް މިސާލަކާށް ޖިމާޢުވުމުގެ ކުރީގެ ދުޢާ، ކެއުމުގެ ކުރިއާއި ފަހުގެ ދުޢާ ދަތުރު މަތީ މަންޒިލަކަށް ފައިބާ އިރު ކިޔާ ދުޢާ އަދި ނިދަން އޮށޯންނަމުން ކިޔާދުއާ ފަދަ ދުޢާތައް ކިޔުން
3-އަނިޔާވެރިންނާއި ޢަދާވާތްތެރިންގެ މައްޗަށް ކިޔުމަށް އަޘަރުތަކުގައި ވާރިދުވެގެން އައިސްފައިވާ ދުޢާތައް ކިޔުން
4-ޢާޝިޤް ޖިންނީގެ މައްޗަށް ބަދުދުޢާކުރުން މީގެ ދުޢާ މިސައިޓުގައިވާނެއެވެ. ނަމަވެސް އެދުޢާ އަކުރުން އަކުރަށްނުކީ ކަމުގައިވިޔަސް އެއްމެ ރަނގަޅެވެ.
5-ސަޖިދާގައާއި ދަމު ނަމާދުގައި އަދި ﷲ ސުބުހާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގަންނަވާ ހިނދު ފަދަ ވަގުތުތަކާއި ދުޢާ އިޖާބާކުރައްވާނެކަމަށް ވާރިދުވެފައިވާ ޙާލަތްތަކުގައި ދުޢާކުރުން
ތިންވަނައީ : ޞަދަޤާތްދިނުން ފަދަ ހެޔޮޢަމަލްތައްކުރުމުގެ ޒަރްޢިއްޔާއިން މާތްﷲ ގެ ކިބައަށް ކުއްތަންވުން
1- ޞަދަޤާތް ދިނުމަކީ އޭގައި ޢާޖާއިބެއްފަދަ އަސަރެއްވާކަމެކެވެ. އެކަމުން މާތްﷲގެ ކޯފާ ނިއްވާދެއެވެ. އަދި ޞަދާޤާތަކީ އޭގެ ވެރިމީހާ ދިފާޢުކޮށްދޭނެ އެއްޗެކެވެ.
ނޯޓް: މިއީ އައްޝައިޚް ޚާލިދް ޙިބްޝީ އެބޭފުޅާގެ ވެބްސައިޓް ގައި ޢާޝިޤް ޖިންނިން އިންސާނުންނަށް އަވަލުމާ ބެހޭގޮތުން ގެންނަވާފައިވާ އާޓިކަލެއްގެ ތަރުޖަމާއެވެ، މި އާޓިކަލް ގެ އަސްލު ބެއްލެވުމަށް މި ލިންކް އަށް ކްލިކް ކޮށްލައްވާ
ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (1 ވަނަ ބައި )
ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (2 ވަނަ ބައި )
ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (3 ވަނަ ބައި )