ރަޙިމުގެ ބަލިތަކަށް ކުރެވިދާނެ ފަރުވާ
ރަޙިމުގެ ބަލިތަކަށް ކުރެވިދާނެ ފަރުވާ
ރަޙިމަށް އެކި ކަހަލަ ބަލިތައް ޖެހުމަކީ މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ. މިގޮތުން ރަޙިމުގައި ސިސްޓް އުފެދުން ( ސިސްޓިކް ފައިބްރޯސިސް)، ރަޙިމުގައި ޕޮލިޕްސް އުފެދުން، ކެންސަރު ޖެހުން، ރަޙިމުގެ ދޮރު ފިތިފައިހުރުން، ތައިރޮއިޑް މައްސަލަޖެހުން، މަސްވަރުކަންތަކުގެ މައްސަލަތައް ފަދަ އެތައް ކަމެއް އަންހެނުންނަށް އަންނަނީ ދިމާވަމުންނެވެ. މިފަދަ ބަލިތައް، ޚާއްޞަކޮށް ސިސްޓް އުފެދުމާއި ޕްލިޕްސް އުފެދުމަށް ޑޮކްޓަރީ ފަރުވާތައް ކުރިކަމުގައި ވިއަސް، ބަލީގެ އަސްލު ދެނެ ނުގަނެވޭ ޙާލަތްތައް ވަރަށް ގިނަ ފަހަރު މެދުވެރިވެއެވެ. އޮޕަރޭޝަންތައް ކޮށްގެން ފަރުވާކުރި ކަމުގައި ވީނަމަވެސް ދާއިމީ ހައްލެއް ނުލިބި މިކަންތައްތައް ތަކުރާރުވަމުން ދާކަމަށް ބުނުމީ މިފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކުގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.
މިފަދަ މައްސަލަތައް ޖެހުމުގައި ކެއިން ބުއިމުގައި ބޭނުން ކުރެވޭ ތަކެތިވެސް ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. އެހެން ކަމުން ފުރަތަމަ މިކަހަލަ މައްސަލަތައް ހުންނަ ފަރާތްތަކުން ސިއްޙީ މާހިރުންގެ އެހީގައި ކެއުމުގައި ބޭނުންކުރާނެ ތަކެތި ހޯދާ އޮޅުންފިލުވުމަކީ ވަރަށް މުހިންމެ ކަމެއްކަމުގައި ދެކެމެވެ.
ތިރީގައި އަޅުގަނޑު މި ބަޔާންކޮށްލަނީ ރަޙިމުގެ ކޮންމެ ބައްޔަކަށްވެސް ކުރެވިދާނެ ރުޤުޔާއެކެވެ. ރުޤްޔާ ކުރާ ފަރާތްތަކުން ތަޖުރިބާ ކޮށްފައިވާ ރުޤުޔާއެކެވެ.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ١ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ ٢ ٱلرَّحۡمَٰنِ ٱلرَّحِيمِ ٣ مَٰلِكِ يَوۡمِ ٱلدِّينِ ٤ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ ٥ ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ٦ صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ ٧
ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا ئَُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ ٢٥٥ البقرة
يَٰٓأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمُ ٱلَّذِي خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ وَخَلَقَ مِنۡهَا زَوۡجَهَا وَبَثَّ مِنۡهُمَا رِجَالٗا كَثِيرٗا وَنِسَآءٗۚ وَٱتَّقُواْ ٱللَّهَ ٱلَّذِي تَسَآءَلُونَ بِهِۦ وَٱلۡأَرۡحَامَۚ إِنَّ ٱللَّهَ كَانَ عَلَيۡكُمۡ رَقِيبٗا ١ النساء
وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ ٩١ الأنبياء
وَقَرۡنَ فِي بُيُوتِكُنَّ وَلَا تَبَرَّجۡنَ تَبَرُّجَ ٱلۡجَٰهِلِيَّةِ ٱلۡأُولَىٰۖ وَأَقِمۡنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعۡنَ ٱللَّهَ وَرَسُولَهُۥٓۚ إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا ٣٣ الأحزاب
يَكَادُ ٱلۡبَرۡقُ يَخۡطَفُ أَبۡصَٰرَهُمۡۖ كُلَّمَآ أَضَآءَ لَهُم مَّشَوۡاْ فِيهِ وَإِذَآ أَظۡلَمَ عَلَيۡهِمۡ قَامُواْۚ وَلَوۡ شَآءَ ٱللَّهُ لَذَهَبَ بِسَمۡعِهِمۡ وَأَبۡصَٰرِهِمۡۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ٢٠ البقرة
وَدَّ كَثِيرٞ مِّنۡ أَهۡلِ ٱلۡكِتَٰبِ لَوۡ يَرُدُّونَكُم مِّنۢ بَعۡدِ إِيمَٰنِكُمۡ كُفَّارًا حَسَدٗا مِّنۡ عِندِ أَنفُسِهِم مِّنۢ بَعۡدِ مَا تَبَيَّنَ لَهُمُ ٱلۡحَقُّۖ فَٱعۡفُواْ وَٱصۡفَحُواْ حَتَّىٰ يَأۡتِيَ ٱللَّهُ بِأَمۡرِهِۦٓۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ١٠٩ البقرة
وَإِن يَكَادُ ٱلَّذِينَ كَفَرُواْ لَيُزۡلِقُونَكَ بِأَبۡصَٰرِهِمۡ لَمَّا سَمِعُواْ ٱلذِّكۡرَ وَيَقُولُونَ إِنَّهُۥ لَمَجۡنُونٞ ٥١ القلم: ٥١
كَيۡفَ تَكۡفُرُونَ بِٱللَّهِ وَكُنتُمۡ أَمۡوَٰتٗا فَأَحۡيَٰكُمۡۖ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡ ثُمَّ إِلَيۡهِ تُرۡجَعُونَ ٢٨ البقرة
وَلَا تَقُولُواْ لِمَن يُقۡتَلُ فِي سَبِيلِ ٱللَّهِ أَمۡوَٰتُۢۚ بَلۡ أَحۡيَآءٞ وَلَٰكِن لَّا تَشۡعُرُونَ ١٥٤ البقرة
۞أَلَمۡ تَرَ إِلَى ٱلَّذِينَ خَرَجُواْ مِن دِيَٰرِهِمۡ وَهُمۡ أُلُوفٌ حَذَرَ ٱلۡمَوۡتِ فَقَالَ لَهُمُ ٱللَّهُ مُوتُواْ ثُمَّ أَحۡيَٰهُمۡۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ٢٤٣ البقرة
قَٰتِلُوهُمۡ يُعَذِّبۡهُمُ ٱللَّهُ بِأَيۡدِيكُمۡ وَيُخۡزِهِمۡ وَيَنصُرۡكُمۡ عَلَيۡهِمۡ وَيَشۡفِ صُدُورَ قَوۡمٖ مُّؤۡمِنِينَ ١٤ التوبة
يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٞ مِّن رَّبِّكُمۡ وَشِفَآءٞ لِّمَا فِي ٱلصُّدُورِ وَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ ٥٧ يونس
ثُمَّ كُلِي مِن كُلِّ ٱلثَّمَرَٰتِ فَٱسۡلُكِي سُبُلَ رَبِّكِ ذُلُلٗاۚ يَخۡرُجُ مِنۢ بُطُونِهَا شَرَابٞ مُّخۡتَلِفٌ أَلۡوَٰنُهُۥ فِيهِ شِفَآءٞ لِّلنَّاسِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَتَفَكَّرُونَ ٦٩ النحل
وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَآءٞ وَرَحۡمَةٞ لِّلۡمُؤۡمِنِينَ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارٗا ٨٢ الإسراء
وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ ٨٠ الشعراء
وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَٰٓئِكَ يُنَادَوۡنَ مِن مَّكَانِۢ بَعِيدٖ ٤٤ فصلت
قُلۡ هُوَ ٱللَّهُ أَحَدٌ ١ ٱللَّهُ ٱلصَّمَدُ ٢ لَمۡ يَلِدۡ وَلَمۡ يُولَدۡ ٣ وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ ٤ الإخلاص
قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ ١ مِن شَرِّ مَا خَلَقَ ٢ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ٣ وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ ٤ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ٥ الفلق
قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ١ مَلِكِ ٱلنَّاسِ ٢ إِلَٰهِ ٱلنَّاسِ ٣ مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ٤ ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ٥ مِنَ ٱلۡجِنَّةِ وَٱلنَّاسِ ٦ الناس
ފަރުވާކުރާނެ ގޮތް
މި އާޔަތްތައް ކޮންމެ ދުވަހަކުވެސް ފެންތައްޓަކަށް ކިޔަވާށެވެ. އެއަށްފަހު އިންޑިއަން ކޯސްޓަސް ( ހުއިސުން ) ގެ ކުޑަ ސަމްސަލެއްގެ އެއްޗެހި އެއްކޮށްލާށެވެ. އަދި މާމުއި ސަމްސަލެއް މިފެނުގެ ތެރެއަށް އަޅާށެވެ. އެއަށްފަހު ކޮންމެ ދުވަހަކުވެސް ހެނދު ހުސްބަނޑާހުރެ މިފެންތަށި ބޯލާށެވެ. މިގޮތަށް ހެނދުނުގެ ވަގުތުގައި ކިޔަވަން ވަޤުތު ނުވާނަމަ ރޭގަނޑު ފެންތަށި ކިޔެވުމަށްފަހު، ހެނދު މާމުޔާއި އިންޑިއަން ކޯސްޓަސް ކުރީގައި ބަޔާންކުރެވުނު ވަރަށް ފެންތަށްޓަށް އަޅާ އެއްކޮށްލުމަށްފަހު ބޯލާށެވެ.
މީގެ އިތުރުން ފެނަށް ކިޔަވައިގެން ކޮންމެ ދުވަހަކުވެސް މިފެނުން ފެންވަރާށެވެ. ހަމައެހެންމެ، ކަޅުދިރި ތެލަށް ކިޔަވައިގެން ދުވާލަކު 2 އިރު މި ތެޔޮ ގައިގައި ހާކާށެވެ. ކޮލިޓީ ރަނގަޅު މާމުޔަށް ( އައް ޝިފާ ބްރޭންޑްގެ މާމުއި ފަދަ ) މި އާޔަތްތައް ކިޔަވައިގެން ކޮންމެ ދުވަހަކު ހެނދުނު ސަމްސަލެއް އަދި ރޭގަނޑު ނިދުމުގެ ކުރިން ސަމްސަލެއް ބޯށެވެ. އަދި ކޮންމެ ދުވަހަކުވެސް މި ރުޤުޔާ ކިޔަވާށެވެ. ގިނައިން ކިޔެވުމުން ފަރުވާ ލިބުމުގައި އަވަސްކަމުގައި ތަޖުރިބާ ކުރެވިފައިވެއެވެ. އަދި މިފަދަ ބަލިމަޑުކަމަށް ޤަވާޢިދުން ޙިޖާމާ ޖައްސަވަމުންގެންދަވާށެވެ. ޙިޖާމާ އަކީވެސް ސުންނަތުން ސާބިތުވާ ގޮތުގައި ހުރިހައި ބައްޔަކަށްވެސް ވާ ޝިފާއެކެވެ.
މިފަރުވާއަކީ މިފަދަ ރަޙިމުގެ އެކި ބަލިތަކަށް ފަރުވާކުރުމުގައި ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައިވާ ފަރުވާއެކެވެ. އެހެންކަމުން ބަލި ރަނގަޅުވަންދެން ފަރުވާ ކުރިޔަށް ގެންދާށެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ވަކީލު ކުރަމުން ފަރުވާ ކުރިޔަށް ގެންދާށެވެ. ތިބާގެ ރަޙިމަށް ޖެހިފައިވާ ބަލިމަޑު ކަމަކީ ޑޮކްޓަރުން، ރަނގަޅުވާނެ ކަމުގެ އުންމީދު ކަނޑާލާފައިވާ ބަލިމަޑުކަމެއް ކަމުގައިވިޔަސް އިންޝާ ﷲ ރަނގަޅުވާނެއެވެ.
سورة البقرة 24 ކަމަށް ޖެހިފައި އެވަނީ ލިޔުމުގެ ކުށެއްކަމަށް ފާހަގަވެއެވެ. ރަނގަޅު ގޮތަކީ سورة البقرة 243 އެވެ. މިކުށް ރަނގަޅުކޮށްލެއްވުން އެދެމެވެ.
ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އެ ކުއްވަނީ މިހާރު އިޞްލާޙުކުރެވިފައެވެ.
Mi fenah kiyavaigen boan benun kurevidhaane tho??
އާދެ އެގޮތަށް ބޭނުންކުރެވިދާނެ
Kitheh faharu kiyavan jeheynee mi aayah thah
aayaitha kiyevumugai vaki adhadheh neh. namaves onahiri adhadhaka kiyevun emme molhu ithuru gothaky