މާބަނޑު މީހުންގެ ބަނޑުގައިވާ ފެން ( އެމްނިއޮޓިކް ފްލުއިޑް ) މަދުވާނަމަ ކުރެވިދާނެ ފަރުވާ
މާބަނޑު މީހުންގެ ބަނޑުގައިވާ ފެން ( އެމްނިއޮޓިކް ފްލުއިޑް ) މަދުވާނަމަ ކުރެވިދާނެ ފަރުވާ
الحمد لله والصلاة والسلام على رسول الله صلى الله عليه وسلم
މާބަނޑު މީހުންގެ ބަނޑުގައި ހުންނަ ފެން މަދުވުން މިއީ މިހާރު ވަރަށް އާންމުވަމުން އަންނަ ބައްޔެކެވެ. މިކަމުގެ ސަބަބުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅު އައިބުވެ ނުވަތަ ދުވަސް ނުފުރާ ވިއްސަން ޖެހުމަކީ ވަރަށްވެސް ހިތާމަވެރިކޮށް ހިނަގަމުން އަންނަ ކަމެކެވެ. ހަމައެހެންމެ މިކަމުގެ ސަބަބުން މައިންނަށް ނަފްސާނީގޮތުން އެކި ކަހަލަ ކަންތައްތައްވެސް މެދުވެރިވެއެވެ.
މިކަމަށް ޑޮކްޓަރުންގެ ފަރާތުން މާބޮޑު ފަރުވާއެއް ލިބެން ނެތުމާއެކު ޤުރުއާނުން މިބައްޔަށް ކުރެވިދާނެ ފަރުވާއެއް އެބައޮތް ތޯ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންނާއި ސުވާލުކުރެއެވެ. އެހެން ކަމުން މިކަމާއި ގުޅޭ ގޮތުން ސައިންސްގެ އަލީގައި، މިކަން ދިމާވުމަށް މެދުވެރިވެދާނެ ސަބަބުތަކާއި މިކަމަށް ޤުރުއާނުން ކުރެވިދާނެ ފަރުވާއެއް މި ލިޔުމުގައި ﷲގެ ވާގިފުޅާއެކު އަޅުގަނޑު ހިމަނާލާނަމެވެ.
ފުރަތަމަ މާބަނޑުމީހުންގެ ބަނޑުގައިވާ ފެން ( އެމްނިއޮޓިކް ފުލުއިޑް ) އަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
މި ފެނަކީ ބޮޑުވަމުން އަންނަ ތުއްތު ކުއްޖާގެ ވަށައިގެން ލެވިފައިވާ ތުނި ދުލިފަށެކެވެ. މީގެ ވަރަަށް ގިނަ ބޭނުންތަކެއްވެއެވެ.
- ތުއްތު ދަރިފުޅަށް ދިމާވެދާނެ އެންމެހައި ކަންކަމުން ރައްކާތެރިކޮށްދިނުން
- މަންމަގެ ހަށިގަނޑުން ކުޑަދަރިފުޅަށް އޮކްސިޖަން ފޮނުވައިދޭ ފޫޅު ފިތުމުން ސަލާމަތްކޮށްދިނުން
- ބަނޑުގައި ފިނި ހޫނުމިން އެއްވަރެއްގައި ހިފައްޓައިދިނުން.
- އިންފެކްޝަން ޖެހުމުން ސަލާމަތްކޮށްދިނުން
- ތުއްތު ދަރިފުޅު ބަނޑުތެރޭގައި އެކި ގޮތްގޮތަށް އެނބުރި އުޅުމަށްޓަކައި ( މަސްތަކާއި ކަށިތައް ފުރިހަމަގޮތުގައި އުފެދުމަށް މިކަމުން ފަސޭހަވޭ )
- ތުއްތު ދަރިފުޅުގެ ޙަޖަމް ކުރުމުގެ ނިޒާމާއި ނޭވާލުމުގެ ނިޒާމް އުފެދުމަށް އެހީތެރިވުން
މިފެން އަންނަނީ ކޮންތާކުން ތޯ؟
ބަލިވެ އިންނަތާ 14 ހަފްތާވުމުން، މައިމީހާގެ ލޭ ދައުރުކުރާ ނިޒާމުން ތުއްތު ދަރިފުޅުގެ ވަށައިގެން ލެވިފައިވާ ދުލިފަށަށް މި ފެން ފޮނުވައިދެއެވެ. 3 މަސް ފަހުން ތުއްތު ދަރިފުޅު މި ފެން ބޮއުމަށްފަހު ކިޑްނީއަށް ފޮނުވާލައެވެ. އެއަށްފަހު ކުޑަކަމުދާ އެއްޗެހީގެ ގޮތުގައި މި އެއްޗެހި ބޭރުކުރެއެވެ. މިގޮތަށް ތަކުރާރުކޮށް މި ފެން ބޮއެ ބޭރުކުރަމުން ދާނެއެވެ. ނަމަވެސް ފެނުގެ މިންވަރު މަދުނުވެ އެއްވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ.
އެހެންކަމުން، ބަނޑުގައި ހުންނަ ފެން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ތުއްތު ދަރިފުޅު ވަރަށް މުހިންމު ރޯލެއް އަދާކުރެއެވެ. ނަމަވެސް، ބައެއް ފަހަރު ކޮންމެވެސް ސަބަބަކާއި ހުރެ މި ދުލިފަށް ފަޅައިގެން ގޮސްފިނަމަ، ނުވަތަ ފެން މަދުވެ/ގިނަ ވެއްޖެނަމަ މައްސަލަތައް ދިމާވުން ވަރަށް ގާތެވެ.
ބަނޑުގައި ފެން ހުންނަންޖެހޭނީ ކިހާ ވަރަކަށްތޯ؟
ފުރަތަމަ 3 މަސްދުވަސް ތެރޭގައި ބަނޑުގައި ފެން އިތުރުވެގެންދާނެއެވެ. އަދި 34 ވަނަ ހަފްތާއިން ފެށިގެން ގޮސް 36 ހަފްތާއާ ހަމައަށް ފެން ހުންނަ ވަރު އެންމެ ބޮޑަށް އިތުރުވެގެން ދެއެވެ.
މާބަނޑު ދުވަސްވަރުގެ އެއްވެސް ހިސާބެއްގައި، ފެން ހުންނަން ޖެހޭ ވަރު މަދުވުމަށް އިނގިރޭސިބަހުން ކިޔަނީ ” އޮލިގޮހައިޑްރެއެމްނިއޯސް” (ފެން ހުންނަވަރު ގިނަވެއްޖެނަމަ ކިޔަނީ “ހައިޑްރެމެނިއޯސް” ނުވަތަ “ޕޮލީހައިޑްރެއެމްނިއޯސް” ) އެވެ.
ބަނޑުގައި ހުންނަ ފެން މަދުވާކަން މައިމީހާއަށް އެނގޭނީ ކިހަނަކުން ތޯ؟
މިކަން އާންމުގޮތެއްގައި އެނގިގެން ދާނީ ޑޮކްޓަރަށް ދެއްކުމުންނެވެ. ފަހަރެއްގައި ކުރިމަތިފަރާތުން އެއްވެސް ވަރަކަށް ފެން ލީކުވާނަމަ ނުވަތަ ފެން ހުންނަ ވަރު ބަލާއިރު މަދުވާނަމަ ނުވަތަ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅު ތޮޅޭވަރު މާބޮޑަށް ދަށް ފެން މަދުވާކަމަށް ބެލިދާނެއެވެ. މީގެ އިތުރުން، ކުރީގައި އައިބެއް ހުރި ކުއްޖަކު ވިހާފައި ވުން ނުވަތަ ލޭމައްޗައް ދާ މައްސަލައެއް މާބަނޑު މީހާގެ ހުންނަ ނަމަ، ހަކުރު ބަލި އަދި ވިހެއުމަށް ދީފައިވާ ތާރީޚް ފަހަނަ އަޅައި ގޮސްފައިވާނަމަވެސް ޑޮކްޓަރު މިކަން ކަމަށް ބަލާފާނެއެވެ.
މިކަން ބެލުމަށް ޑޮކްޓަރު އަލްޓްރާ ސައުންޑު ސްކޭނެއް ކުރާނެއެވެ. އެއަށްފަހު ފެން ހުންނަން ޖެހޭ މިންވަރު ( އޭ އެފް އައި އިންޑެކްސް ) ބަލާނެއެވެ. ފުރަތަަމަ 3 މަސްދުވަސްތެރޭގައި ފެން ހުންނަން ޖެހޭ މިންވަރަކީ 5 ކާއި 25 ސެންޓިމީޓަރާއި ދެމެދުއެވެ. ނަމަވެސް 5 ސެންޓިމީޓަރަށް ވުރެ ދަށްވެއްޖެނަމަ އެއީ ފެން މަދުވީކަމުގައި ޑޮކްޓަރު ނިންމައެވެ.
މި މައްސަލަ ދިމާވާން މެދުވެރިވާ ސަބަބުތަކަކީ ކޮބައިތޯ؟
ސިއްޙީ މާހިރުންނަށްވެސް އަސްލު މިކަން މެދުވެރިވާ ސަބަބެއް ގިނަފަހަރު ބުނެދޭކަށް ނޭނގެއެވެ. ތިރީގައި މިވަނީ މިކަން މެދުވެރިވާން ދިމާވެދާނެ ބައެއް ސަބަބުތަކެވެ.
- ފެންދުލި ކުޑަކޮށް ފަޅައިގެން ދިއުމުން ފެން ލީކުވުން
ފެންދުލިފަށުގައި ކުޑަ ވިދެއް އެޅުން ކަމުގައިވިއަސް ފެން ލީކުވާގޮތް ވާނެއެވެ. މިގޮތަށް މާބަނޑު ދުވަސްވަރުގެ ކޮންމެ ހިސާބެއްގައިވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވިހަން ކައިރިވުމުން މިގޮތަށްވުން ވަރަށް އާންމުކަމަކަށް ވެފައިވެއެވެ.
ފެންދުލި ފަަޅައިގެން ދިއުމުން ތުއްތު ދަރިފުޅަށާއި މައިމީހާއަށް އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ސަބަބަކަށް ވަނީ ހަލާކުވެފައިވާ ފެންދުލީގެ ތެރެއަށް ބެކްޓީރިއާ ވަނުމަށް މަގުފަހިވެގެން ދިއުމެވެ.
- މަހުގެ ( ޕްލެސެންޓާ ) ގެ މައްސަލައެއްގެ ސަބަބުން
މަސް ކުޑަކޮށް ފަޅައިގެން ދިއުން ނުވަތަ ހަލާކުވުމުގެ ސަބަބުންވެސް ފެން ހުންނަ މިންވަރު ދަށްވެގެން ދެއެވެ. މަހުގެ ތެރެއިން ތުއްތު ދަރިފުޅަށް މަންމަގެ ހަށިގަނޑުން ލޭ އަދި ކާނާ ނުލިބޭގޮތް ވެއްޖެނަމަ، ތުއްތު ދަރިފުޅުގެ ހަށިގަނޑުން ކުޑަކަމުދާ އެއްޗެހި އުފައްދައިދިނުން ހުއްޓިގެންދާނެއެވެ.
- އެކި ކަހަލަ ސިއްޙީ މައްސަލަތަކުގެ ސަބަބުން
ކުރިންވެސް ބަޔާންކުރެވުނު ފަދައިން ލޭމައްޗަށްދިއުން، ހަކުރު މައްޗަށްދިއުން ފަދަ ބައްޔެއްގެ ސަބަބުން ބަނޑުގައި ފެން ހުންނަ މިންވަރު ދަށްވެދާނެއެވެ.
- އެއްކުއްޖަކަށް ވުރެ ގިނަ ކުދިން ބަނޑުގައި އޮތުން
އެއްމާބަނޑު ދެކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިން ބަނޑުގައި އޮންނަ ހާލަތުގައި ބަނޑުގައި ފެންނަ ހުންނަ މިންވަރު ދަށްވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. ބައެއްފަހަރު އެއްކުއްޖެއްގެ ފެންދުލިފަށުގައި ފެން ހުންނަން ޖެހޭ މިންވަރު މާބޮޑަށް މަތިވެފައި އަނެއް ކުއްޖާއަށް ބޭނުންވާ ވަރަށް ފެން ނުހުންނަ ގޮތް ދިމާވެއެވެ.
- ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ގައިގާ އައިބެއް ހުރުމުގެ ސަބަބުން
މާބަނޑު ދުވަސްވަރުގެ ފުރަތަމަ 3 މަަސްދުވަހުގައި ނުވަތަ 6 މަސްދުވަހުގައި ބަނޑުގައި ފެންހުންނަން ޖެހޭ މިންވަރު ދަށްވެއްޖެނަމަ، މިކަމަކީ ތުއްތު ކުއްޖާގެ ގައިގާ އައިބެއް ވާކަމުގެ ނިޝާނެއްކަމަށް ވުމީ އެކަށީގެންވާ ކަމެކެވެ. ފަހަރެއްގައި ކިޑްނީ ނެތުމުގެ ސަބަބުން ނުވަތަ ކުޑަކަމުދާ އެއްޗެހި ދަތުރުކުރާ ހޮޅި ( ޔުރިނަރީ ޓްރެކް ) ބެދިފައިވުމުގެ ސަބަބުން ބަނޑުގައިވާ ފެން އެއް ލެވެލް އެއްގައި ހިފެހެއްޓުމަށް ކުޑަކަމުދާ އެއްޗެހި އުފައްދައި ނުދޭނެއެވެ.
ބައެއް ޑޮކްޓަރުން ދެކެވަޑައިގަންނަވާ ގޮތުގައި ބަނޑުގައި ފެންމަދުވާ ކަން ބަލިވެ އިންނަތާ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އެނގިއްޖެނަމަ ފަރުވާ ކުރެވިދާނެއެވެ. މިކަމަށް ބޭސްވެސް ދެވިދާނެ ކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ. ހަމައެހެންމެ ގިނައިން ފެން ބުއިމާ އެކު ފަރުވާ ކުރެވިއްޖެނަމަ ބަނޑުގަައިވާ ފެން ގިނަވާނެއެވެ. ނަމަވެސް ބައެއް ޑޮކްޓަރުން ދެކެލައްވާ ގޮތުގައި ފެން ބޮއެގެން ބަނޑުގައި އުފެދިފައި ހުންނަ ފެނެއް އިތުރެއް ނުކުރެވޭނެއެވެ.
އަޅުގަނޑުމެންގެ ތަޖުރިބާގެ އަލީގައި މާބަނޑު މީހާގެ ބަނޑުގައިވާފެން މަދުވާނަމަ ﷲ ގެ އިޛްނަފުޅާއެކު ހަމަ ފެނ ބޮއެގެން އިތުރުކުރެވޭނެއެވެ. މިކަމަށް ކުރާނެ ފަރުވާ ތިރީގައި ބަޔާންވެގެން އެވަނީއެވެ.
ފަރުވާކުރާނެގޮތް
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (
يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُم مَّشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّـهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠﴾) سورة البقرة (
وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٩﴾) سورة البقرة (
أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا ﴿٥٤﴾) سورة النساء(
وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾) سورة الكهف (
وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾) سورة القلم(
الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ ) سورة الملك (
اللَّـهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ ﴿٨﴾ ) سورة الرعد ( ( މި އާޔަތް ގިނައިން ކިޔެވުމުން ފަރުވާ ލިބުމުގައި އަވަސްވެގެންދާނެ އިންޝާ ﷲ )
وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا ﴿١٤﴾ ) سورة النبإ ( ( މި އާޔަތް ގިނައިން ކިޔެވުމުން ފަރުވާ ލިބުމުގައި އަވަސްވެގެންދާނެ އިންޝާ ﷲ )
كَيْفَ تَكْفُرُونَ بِاللَّهِ وَكُنتُمْ أَمْوَاتًا فَأَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ﴿٢٨﴾ ) سورة البقرة (
فَقُلْنَا اضْرِبُوهُ بِبَعْضِهَا كَذَلِكَ يُحْيِ اللَّهُ الْمَوْتَى وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ﴿٧٣﴾ ) سورة البقرة (
وَلا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ بَلْ أَحْيَاءٌ وَلَكِنْ لا تَشْعُرُونَ﴿١٥٤﴾ ) سورة البقرة (
أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِنْ دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمْ اللَّهُ مُوتُوا ثُمَّ أَحْيَاهُمْ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَكِنَّ أَكْثَرَ النَّاسِ لا يَشْكُرُونَ﴿٢٤٣﴾ ) سورة البقرة (
قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ )سورة يونس (
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل (
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(
وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء (
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت (
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس (
މި ރުޤްޔާ ބޯފެނަށް ކިޔަވައިގެން ބަނޑުން ފެންމަދުވާ މާބަނޑުމީހާ އާންމުކޮށް ބޯށެވެ. 5 ލީޓަރުގެ ފެންފުޅިއަކަށް ކިޔެވުމަށްފަހު އެފެން އަބަދުވެސް ބޭނުންކުރާށެވެ. ހަމަ އެހެންމެ ތިރީގައިވާ ދެ އާޔަތް ގިނަގިނައިން ބަލިމީހާ ކިޔަވާށެވެ. އިންޝާ ﷲ ހަފްތާއެއްގެ ތެރޭގައި ބަނޑުގައި ފެންގިނަވެ ކުރިން ހުރި ޙާލަތައް ރުޖޫޢަވާނެއެވެ. ދަންނާށެވެ. މި ފަރުވާއަކީ ތަޖުރިބާ ކުރެވިފައިވާ ފަރުވާއެކެވެ.
اللَّـهُ يَعْلَمُ مَا تَحْمِلُ كُلُّ أُنثَىٰ وَمَا تَغِيضُ الْأَرْحَامُ وَمَا تَزْدَادُ ۖ وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ ﴿٨﴾ ) سورة الرعد (
وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا ﴿١٤﴾ ) سورة النبإ (
ނޯޓް : ރުޤްޔާ ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން މޮޅު އިތުރުވެގެން ވެއެވެ. މިގޮތުން 3 ފަހަރު ނުވަތަ 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. ﷲ ޞުބުޙާނަޙޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.
މަޢުލޫމާތު ނެގި މަޞްދަރު : ބޭބީ ސެންޓަރ ޑޮޓް ކޮމް
އެހީތެރިވެދިނީ : އަބޫ މުސްލިމް