ރިޒްޤަށް/ކުރިއެރުމަށް ހުރަސްއަޅާ ސިޙުރަށް ކުރެވިދާނެ ފަރުވާ

Rizwah huras Alhaa

ރިޒްޤަށް/ކުރިއެރުމަށް ހުރަސްއަޅާ ސިޙުރުގެ ފަރުވާ

ބައެއްމީހުން ޤަބޫލުކުރާ ގޮތުގައި މިބާވަތުގެ ސިޙުރަކީ އެއެވެސް ޙާލެއްގައި ހަޤީގަތެއް ނޫނެވެ. ސަބަބަކީ ރިޒްޤަކީ ﷲ ދެއްވަވާ އެއްޗަކަށް ވާތީއެވެ.އަދި ކޮންމެ މީހެއްގެ ރިޒްޤަކީވެސް ﷲ ލިޔުއްވާ ނިންމަވާފައިވާ ކަމަކަށްވާތީއެވެ. ނަމަވެސް އެހެން ބާވަތުގެ ސިޙުރުތައް ފަދިއިން މި ސިޙުރަކީ ވެސް ހަމަ ހަޤީގަތުގައިވެސް ޖިންނި ޝައިތާނުންގެ އެހީގައި ( ﷲ ގެ ވާގިފުޅާއެކެ ) ޖެހޭ ސިޙުރެކެވެ. މަތީގައި ބަޔާންވެގެން ދިޔަފަދަ މީސްމީހުން ވިސްނާލަންޖެހޭ އެހެންކަމެއްވެސް އެބައޮތެވެ. ކުރިއެރުމަށް / ރިޒްޤަށް ހުރަސްއަޅާ ސިޙުރު ޖެހިގެން ތިބާއަށް ދަތިތައް ކުރިމަތިވާނަމަ އެއީވެސް ތިބާގެ ޤަދަރުގައި ﷲ ލިޔުއްވާފައިވާ ގޮތެެއް ނޫންތޯއެ؟ ހަމަ އެހެންމެ އަނެއް ނުކުތާއަކީ، އަސްލުގައި މި ސިޙުރާ ހަވާލުވެގެން ތިބޭ ޝައިތާނުން ރިޒްޤުދެއްވުން ބަންދު ކުރަނީއެއް ނޫނެވެ. ރިޒްޤު ދެއްވުމާއި ނުދެއްވުން ވަނީ ﷲ އަށެވެ.
މާތް ﷲ އިސްރާ ސޫރަތުގެ 30 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ.
إِنَّ رَبَّكَ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ إِنَّهُ كَانَ بِعِبَادِهِ خَبِيرًا بَصِيرًا ﴿٣٠﴾ وَلَا تَقْتُلُوا أَوْلَادَكُمْ خَشْيَةَ إِمْلَاقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا ﴿٣١﴾ މާނައީ: ހަމަކަށަވަރުން، ތިބާގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤު ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ މީހަކަށް ރިޒްޤު) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ ޚަބަރު މޮޅަށްދެނެވޮޑިގެންވާ، މޮޅަށްބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.
އެހެނެއްކަމަކު ޝައިތާނުން ސިހުރު ޖެހިފައިވާ މީހާއަށް ރިޒްޤު ތަނަވަސް ވުމަށް އޮންނަ މަގުތަކަށް ހުރަސް އަޅަނީއެވެ. މިވަރުން ކިޔުންތެރީންނަށް މި ސިހުރުގެ ހަޤީގަތް ފަހުމްވާނެ ކަމުގައި ދެކެމެވެ.
މިގޮންޖެހުމާއެކުވެސް އަހަރެމެންނަށް އޮތީ ﷲ އަށް ދުޢާކޮށް އިސްތިޤްފާރުކޮށް ރިޒްޤު ތަނަވަސް ކޮށްދިނުމަށް ﷲ އަށް ދެންނެވުމެވެ.މިކަން ކީރިތި ޤުރުއާނުގަައި ﷲ އަހަރެމެންނަށް ވަނީ އަންގަވާ ދެއްވާފައެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً * يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَاراً * (نوح 10-11) މާނައީ: “ތިމަންކަލޭގެފާނު އެބައިމީހުނަށް ދެންނެވީމެވެ. ތިޔަބައިމީހުންގެ ރައްބަށް އިސްތިޣްފާރުކޮށް ދަންނަވާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. އޭރުން ވާރޭފެން ތަނަވަސްކޮށްދެއްވާނެއެވެ”.

ކުރިއެރުމަށް / ރިޒްޤަށް ހުރަސްއަޅާ ސިހުރުގެ އަލާމާތްތައް
– ކަންކަމާއި މެދު ބަހައްޓާ އަޅާލުން ކުޑަވުމާއި، ތިމާކުރަންޖެހޭ މަސައްކަތް މަތީން ފޫހިވުން
– ތިމާ ބޭނުންވާ ކަންކަން ކުރާނެ ހިތްވަރާއި ފަންވަރު ނުލިބުން
– ތަކުރާރުކޮށް ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ކުރިމަތިލުމުން އެކަން ކާމިޔާބުނުވުން ( ޤާބިލްކަން ހުރުމާއެކު)
– މަސައްކަތުގެ މާހައުލުގައި ހޭދަކުރާ ވަގުތު ނިދިއައުމާއި ވަރުބަލިވުން
– އަދާކުރަމުންދާ ވަޒީފާ ނުވަތަ މަސައްކަތުގައި ކުރިއެރުން ނުލިބުން ( ބުރަކޮށް މަސައްކަތް ކުރުމުންވެސް )
– ފައިސާ ލިބުން ކަމުގައިވީ ނަމަވެސް އަތުގައި ފައިސާ ހަރުނުލުން ނުވަތަ ފައިސާއަށް ވާނުވާ ނޭނގުން.
– މީހުން ތިމާ ދެކެ ފޫހިވުމާއި ފަސޭހައިން ރުޅިއައުން.

ފަރުވާ ކުރާނެ ގޮތް
﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ ) سورة البقرة ( 255
آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾ ) سورة البقرة( 285-286
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾) سورة الأعراف ( 117-122
فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ (سورة يونس( 81-82
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾) سورة طه (69
الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾ (سورة البقرة 22 )
الْحَجُّ أَشْهُرٌ مَّعْلُومَاتٌ ۚ فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ ۗ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّـهُ ۗ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَىٰ ۚ وَاتَّقُونِ يَا أُولِي الْأَلْبَابِ ﴿١٩٧﴾( سورة البقرة 197 )
مَّن ذَا الَّذِي يُقْرِضُ اللَّـهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّـهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ ﴿٢٤٥﴾ (سورة البقرة 245 )
وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّـهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾( سورة آل عمران 169 )
وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنجِيلَ وَمَا أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَاءَ مَا يَعْمَلُونَ ﴿٦٦﴾( سورة المائدة 66 )
وَلَقَدْ مَكَّنَّاكُمْ فِي الْأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ ۗ قَلِيلًا مَّا تَشْكُرُونَ ﴿١٠﴾( سورة الأعراف 10 )
وَنَادَىٰ أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ اللَّـهُ ۚ قَالُوا إِنَّ اللَّـهَ حَرَّمَهُمَا عَلَى الْكَافِرِينَ ﴿٥٠﴾( سورة الأعراف 50 )
أُولَـٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَاتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ ﴿٤﴾ (سورة الأنفال 4)
وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّـهِ وَالَّذِينَ آوَوا وَّنَصَرُوا أُولَـٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴿٧٤﴾( سورة الأنفال 74 )
قُلْ أَرَأَيْتُم مَّا أَنزَلَ اللَّـهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَالًا قُلْ آللَّـهُ أَذِنَ لَكُمْ ۖ أَمْ عَلَى اللَّـهِ تَفْتَرُونَ ﴿٥٩﴾ (سورة يونس59 )
وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا ۚ كُلٌّ فِي كِتَابٍ مُّبِينٍ ﴿٦﴾( سورة هود 6 )
قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي ۚ إِنِّي تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِاللَّـهِ وَهُم بِالْآخِرَةِ هُمْ كَافِرُونَ ﴿٣٧﴾( سورة يوسف 37 )
وَلَمَّا جَهَّزَهُم بِجَهَازِهِمْ قَالَ ائْتُونِي بِأَخٍ لَّكُم مِّنْ أَبِيكُمْ ۚ أَلَا تَرَوْنَ أَنِّي أُوفِي الْكَيْلَ وَأَنَا خَيْرُ الْمُنزِلِينَ ﴿٥٩﴾( سورة يوسف 59 )
فَلَمَّا جَهَّزَهُم بِجَهَازِهِمْ جَعَلَ السِّقَايَةَ فِي رَحْلِ أَخِيهِ ثُمَّ أَذَّنَ مُؤَذِّنٌ أَيَّتُهَا الْعِيرُ إِنَّكُمْ لَسَارِقُونَ ﴿٧٠﴾(سورة يوسف 70 )
اللَّـهُ يَبْسُطُ الرِّزْقَ لِمَن يَشَاءُ وَيَقْدِرُ ۚ وَفَرِحُوا بِالْحَيَاةِ الدُّنْيَا وَمَا الْحَيَاةُ الدُّنْيَا فِي الْآخِرَةِ إِلَّا مَتَاعٌ ﴿٢٦﴾( سورة الرعد 26)
قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (14
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس57 (
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل ( 69
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء (82
وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء ( 80
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت ( 44
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس (

މަތީގައިވާ އާޔަތްތައް ފެނަށް ކިޔަވައިގެން ބަލިމީހާއަށް ބޯންދޭށެވެ. އަދި ކޮންމެ ރެއަކު މި އާޔަތްތައް ފެނަށް ކިޔަވައި ގަޔަށް ފެން އަޅާށެވެ.ހަމައެހެންމެ 500ގ މާމުޔާއި ( އައްޝިފާ ބްރޭންޑް މާމުއި މިކަންކަމަށް ވަރަށް ރަނގަޅުކަމަށް ތަޖުރިބާ ކުރެވިފައިވެއެވެ ) 30ގ މުގުރި ކަޅުދިރި އެއްކުރާށެވެ. އެއަށްފަހު ހަމަ މި އާޔަތްތައް ކިޔަވާށެވެ.ކިޔަވާފައި ހުރި މާމުއިން ހެނދުނު ހުސްބަނޑާ ސަމްސަލެއް އަދި ރޭގަނޑު ނިދަންވުމުން ސަމްސަލެއް ބަލިމީހާއަށް ބޯންދޭށެވެ.މީގެ އިތުރުން ބަލމީހާ،ސިޙުރު ބާތިލް ކުރުމެގެ ނިޔަތުގައި މިއާޔަތްތައް ގިނަގިނައިން ކިޔަވާށެވެ.
މީގެ އިތުރުން 125 އެމްއެލް ކަޅުދިރި ތެލުގެ ތެރެއަށް 125 އެމްއެލް ޒައިތޫނި ތެޔެ އެއްކުރުމަށްފަހު ހަމަ މަތީގައި ބަޔާން ކުރެވުނު އާޔަތްތައް ކިޔަވާށެވެ. ކޮންމެ ދުވަހެއްގެ ހެނދުނާއި ރޭގަނޑު، ގައިގައި މި ތެޔޮ އުނގުޅާށެވެ. ތެެޔޮ އުނގުޅާ އިރު ބޮޑަށް މޭމަތީގަ އާއި ، ފައިގެ ފަލަމަހުގަ އަދި ބުރަކަށީގައި އުނގުޅުމަށް ސަމާލުކަން ދޭށެވެ. ތިބާގެ ދިރިއުޅުމުގެ ކަންކަން ފަސޭހަވެ، ރިޒްޤް ތަނަވަސްވުމުގެ މަގުތަެއް ފަހިވަންދެން މި ޢަމަލު ކުރާށެވެ. ރިޒްޤުގެ އާޔަތްތައް ގިނަގިނައިން އަޑުއެހުމަކީވެސް މިފަދަ ސިޙުރު ބަާތިލް ކުރަން ކުރެވިދާނެ ކަމެކެވެ.
ހަނދާނުގައި ބަހައްޓަންވީ އެންމެ މުހިންމު ނުކުތާއަކީ މި ރުޤްޔާކޮށް ދުޢާ ކުރުމުން ސިޙުރު ބާތިލްވި ކަމުގައިވިއަސް ތިބާއަށް ރިޒްޤު ތަނަވަސްވެ ދިރިއުޅުމުގައި ކުރިއެރުން ލިބޭނީ އެކަމަށް ގަދަ އަޅާ މަސައްކަތްކޮށް ސަބަބު ތަކުގައި ހިފަިއިގެންކަމެވެ.ހަމައެހެންމެ ދުނިޔޭގައި އެކި މީހުންނަށް ރިޒްޤު ދެއްވާނީ އެކި މިންވަރަށް ކަމަށާއި ، ލިބޭ މިންވަރަށް އަބަދުވެސް ޝުކުރުވެރިވާން ޖެހޭނެކެމެވެ.

ނޯޓް : އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ބޭނުން އަދަދަކަށް ކިޔެވިދާނެއެވެ. އެހެން ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެން ވެއެވެ.މިގޮތުން ކޮންމެ އާޔަތެއް 3 ފަހަރު، 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކައް ލޯބިކުރައްވަތެެވެ.

Leave a Reply

Your email address will not be published. Required fields are marked *