ސުންނަތުގެ އަލީގައި ޙިޖާމާ ( 7 ވަނަ ބައި )
ބުރަކަށީގެ ޙިޖާމާ ޕޮއިންޓްތައް:
- 1 ވަނަ ޕޮއިންޓް ( ބުރަކަށީގެ މަތީގެ މެދުގައި، ކަރާ ދިމާލުން މައިކަށީގެ 7 ވަނަ ބަދައިގެ މަތީގައި )
- 2 އަދި 3 ވަނަ ޕޮއިންޓް ( ދެ ކަންފަތް ދޭތެރެއިން ބޮލުގެ ފުއްކިބަައިގެ އިސްތަށި ފަޅާ ހިސާބުގައި ނުވަތަ ކަރުގެ ދެ އަރިމަތީގައި )
- 4 އަދި 5 ވަނަ ޕޮއިންޓްގައި ( ވައިނޮޅި އަދި ވައި ނޮޅީގެ ކަފި ( ބޮރޯންކަސް ) ތަކަށް ބަައިބައިވެގެންދާ ތަނާއި ދިމާލުން ބުރަކަށީގެ މައިކަށީގެ ދެފަރާތުގައެވެ.
- 6 ވަނަ ޕޮއިންޓް ( މައިކަށްޓާއި ދިމާލަށް ކަނާތް ފަރާތުގެ އަރިމަތީ ކަށި، ފިތް ( ގޯލް ބްލެޑާގެ މަތީގަ )
- 7 އަދި 8 ވަނަ ޕޮއިންޓް ( ބަނޑާ ދިމާލުން ) ބުރަކަށީގެ މައިކަށީގެ ދެފަރާތުގައި
- 11 ވަނަ ޕޮއިންޓް ( ލަމްބަރ ވާޓިބްރޭ ) ( މައިކަށީގެ އެންމެ ތިރީބައިގައި ނިކުމެފައި ހުންނަ ކަށިގަނޑު މަތީގައި )
- 12 އަދި 13 ވަނަ ޕޮއިންޓް ( 11 ވަނަ ޕޮއިންޓް ގެ ދެފަރާތުގައި ނަމަވެސް ކުޑަ ތަންކޮޅެއް މަތީގައި މައިކަށްޓައްވުރެ 5 CM ދުރުގައި )
- 14، 15، 16 އަދި 17 ވަނަ ޕޮއިންޓް ( ބޮޑު ގޮހޮރު (ކޮލޮން) ގެ ހަތަރު ކަނާއި ދިމާލުން ބުރަކަށީގަ )ަ އަދި 18 ( މި ހަތަރު ޕޮއިންޓްގެ މެދުން މައިކަށީގެ މެދުގަ )
- 19 ވަނަ ޕޮއިންޓް: ހިތާ ދިމާލުން ބުރަކަށީގައި، ގާތްގަނޑަކަށް އަރިމަތީ ކަށީގެ މަތީގަ
- 20 އަދި 21 ވަނަ ޕޮއިންޓް: ކޮނޑާއި ކަރާއި ދެމެދުގަ ކުޑަކޮށް ނިކުމެފައި ހުންނަ ޓޮންސިލްސް ޓްރައިއޭންގަލް މަތީގައި
- 22 އަދި 23 ވަނަ ޕޮއިންޓް: ޗިސްމޭ ( ޕެންކްރިއަސް ) އާއި ދިމާލުން އަރިމަތީ ކަށިތައް ނިމޭ ހިސާބުން ކުރަކަށީގަ
- 24 އަދި 25 ވަނަ ޕޮއިންޓް: ހިމުގައި
- 26 އަދި 27 ވަނަ ޕޮއިންޓް: އުނަގަނޑުގެ ކަށިގަނޑުގެ އަރިމަތީ ދެފަރާތުގައި
- 28، 29، 30، އަދި 31 ވަނަ ޕޮއިންޓް: ފޫކޮޅު ފެށޭ ހިސާބުގައި
- 32 ވަނަ ޕޮއިންޓް: ބޮލުގެ މެދުގައި
- 33 ވަނަ ޕޮއިންޓް: ނިއްކުރި ނުވަތަ އިސްތަށިގަނޑު ފެށޭ ހިސާބާއި ދިމާލުން އިސްތަށިގަނޑުގެ ކަނާތްފަރާތުގައި
- 34 އަދި 35 ވަނަ ޕޮއިންޓް: ބޮލުގެ ކަނާތްފަރާތު ( ޓެންޕޯރަލް ސައިޑްސް ) ގައި
- 36 ވަނަ ޕޮއިންޓް: ބޮލުގެ ފުއްކިބައިގައި ނިކުމެފައި ހުންނަ ކަށިގަނޑުގެ މަތީގައި
- 37 އަދި 38 ވަނަ ޕޮއިންޓް: ކަންފަތުން ފެށިގެން ގާއިގަނޑަކަށް 3 ސެންޓިމީޓަރު މަތީގައި
- 39 ވަނަ ޕޮއިންޓް: ބޮލުގެ ފުއްކިބައިގައި އަޑިކޮށް ހުންނަ ( ވަކި ޚާއްޞަ ހާލަތެއްގައި މެނުވީ ޙިޖާމާ ޖެހުން މަނާކުރައްވާފައިވާ ) ތަނުގައި
- 40 ވަނަ ޕޮއިންޓް: ކަނދުރާގެ މެދުގައި
- 41 އަދި 42 ވަަނަ ޕޮއިންޓް: ކަނދުރާގެ ކަނާތްފަރާތުގައިވާ ފަރާތުގައި
- 43 އަދި 44 ވަނަ ޕޮއިންޓް: ކަރުގެ ދެފަރާތުގައި
- 45 އަދި 46 ވަނަ ޕޮއިންޓް: ވައިނޮޅި ( ޓްރެކިއަރ ) ގެ 3 ސެންޓިމީޓަރ މަތީގައި
- 47 ވަނަ ޕޮއިންޓް ވާތްފަރާތު ކޮނޑާދިމާލުން ބުރަކަށީގައި
- 48 ވަނަ ޕޮއިންޓް: ކަނާތްފަރާތު އަރިކަށީގެ ކަށިގަނޑު ފެށޭ ހިސާބުން، ފިތާ ވީ ދިމާލުން ބުރަކަށީގައި
- 49 ވަނަ ޕޮއިންޓް: ބުރަކަށީގައި، ދެ ކޮނޑު ކަށިގަނޑުގެ ދެމެދުގައިވާ ދިފާއީ ނިޒާމުގެ ސަރަހައްދުގައި
- 50 ވަނަ ޕޮއިންޓް: 8 ނުވަތަ 6 ސެންޓިމީޓަރ ވަރު މަތީގައި
- 51 އަދި 52 ވަނަ ޕޮއިންޓް: ފައިގެ ފަލަމަސްގަނޑުގެ އަރިމަތީގައި
- 53 އަދި 54 ވަނަ ޕޮއިންޓް: ކަކުލުގެ ފަހަތުގައި
- 55 ވަނަ ޕޮއިންޓް: ކޮނޑުން ފެށިގެން ގާއިގަނޑަކަށް 3 ސެންޓިމީޓަރ ދަށުގައި
މޫނާއި ބަނޑާއި އަދި ފައިގެ ޙިޖާމާ ޕޮއިންޓް
- 101 ވަނަ ޕޮއިންޓް: ނަމާދުކުރާއިރު ބިންމަތީގައި ނިތްކުރި ޖެހޭތާނގައި ( ރަނގަޅުގޮތަކީ ތަކުރާރުކޮށް މި ޕޮއިންޓްއަށް ނުޖެހުން )
- 102 އަދި 103 ވަނަ ޕޮއިންޓް: ނިތްކުރީގެ ސައިނަސް އާއި ދިމާލު ބުމަ މަތީގައި
- 104 އަދި 105 ވަނަ ޕޮއިންޓް: ބުމައިގެ އަރިމަތީގައި ( ބޮލުގެ ރިހުމަށް ފަރުވާ ކުރާނަމަ މިތަނުގެ ތަންކޮޅެއް މަތީގައި )
- 106 ވަނަ ޕޮއިންޓް: ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށްޓަކައި، ވައަތު ކަންފަތުން ފެށިގެން ގާތްގަނޑަކަށް 6 ސެންޓިމީޓަރ މަތީގައެވެ.
- 107 ވަނަ ޕޮއިންޓް: ވާހަކަދެއްކުމުގައި ދިމާވާ އުނދަގޫތަކަށް ފަރުވާކުރުމަށްޓަކައި ކޮލުގެ 4 ސެންޓިމީޓަރ މަތީގައެވެ.
- 108 އަދި 109 ވަނަ ޕޮއިންޓް: ނޭފަތުގެ ސައިނަސްތަކަށް، ނޭފަތުގެ ދެފަރާތުގައި
- 110 ވަނަ ޕޮއިންޓް: ކަންފަތުގެ ތިރީގައި
- 111، 112 އަދި 113 ވަނަ ޕޮއިންޓް: ލޮލުގެ ކައިރީގަޔާއި އަދި ތުންފަތުގެ ކައިރީގައި
- 114 ވަނަ ޕޮއިންޓް: ވަރަށް ގިނަ ބޭނުންތަކަށް ދަތްދޮޅި ދަށުގައި
- 115 އަދި 116: ކޮނޑާއި ދިމާލުން ކަރުގެ ކަށީ ( ކްލެވިކްލް ) ގެ ތިރީގައި
- 117 އަދި 118 ވަނަ ޕޮއިންޓް: މޭމައްޗާއި ދިމާލުން ކަރު ކަށީ ( ކްލެވިކްލް ) ގެ ތިރީގައި
- 119 ވަނަ ޕޮއިންޓް: ވައަތްފަރާތުގެ ކަރު ކަށީ ( ކްލެވިކްލް ) ގެ މެދާއި ދިމާލުން 4 އިނގިލީގެ ދިގުމިނަށް ، ހިތުގެ މަތީގައި
- 120 ވަނަ ޕޮއިންޓް: މޭމަތީގެ މެދުގައި، އުރަމަތީގެ ކަށިގަނޑު ( ސްޓާރނަމް ) ގެ މަތީގައި
- 121 ވަނަ ޕޮއިންޓް: ސީދާ އުރަމަތީގެ ކަށިގަނޑުގެ ތިރީގައި، ގުރުދާ ފެށޭ ހިސާބުގައި
- 122، 123 އަދި 124 ވަނަ ޕޮއިންޓް: ބަނޑުގެ ކަނާތްފަރާތުގައި، ފުރަމޭ ( ލިވަރ ) ގެ މަތީގައި
- 125 އަދި 126 ވަނަ ޕޮއިންޓް: އިޚްތިޔާރަކާއި ނުލައި ކުޑަ ކަމުދެވުމާއި ދަރިން ނުލިބުން ފަދަ ކަންކަމަށް ފަރުވާކުރުމަށްޓަކައި، ފައިވަޅުގައި
- 127 އަދި 128 ވަނަ ޕޮއިންޓް: ފައިގެ ފަލަމަސްގަނޑުގެ އެތެރެފުށުގައި
- 129 ވަނަ ޕޮއިންޓް: ދަށްފައިގެ ކަނާތްފަރާތުގައި
- 130 ވަނަ ޕޮއިންޓް: ފުންނާުބުގެ އަރިމަތީގައި
- 131 ވަނަ ޕޮއިންޓް: ފުންނާބުގެ ކަށިގަނޑުގެ އަރިމަތިން 5 ސެންޓިމީޓަރ މަތީގައި
- 132 ވަނަ ޕޮއިންޓް: ސްކްރޯޓަމްގެ މަތީގައި
- 134 ވަނަ ޕޮއިންޓް: ވައަތްފަރާތުގެ އުރަމަތީގެ ދަށުގައި
- 135 އަދި 136 ވަނަ ޕޮއިންޓް: އުރަމަތީ ވައްގަނޑުން ފެށިގެން މައިކަށްޓާ ދިމާލުން 5 ސެންޓިމީޓަރ ހުންނަވަރަށް، ފުއްޕާމޭގެ މަތީގައި
- 137، 138، 139 އަދި 140 ވަނަ ޕޮއިންޓް: ފޫޅުމަތީގައާއި، ތިރީގައާއި، ކަނާތްފަރާތުގައާއި އަދި ވައަތްފަރާތުގައި
- 141، އަދި 142 ވަނަ ޕޮއިންޓް : 140 ވަނަ ޕޮއިންޓް ގެ ކަނާއަތް ފަރާތުގައި އަދި ވައަތްފަރާތުގައި.
- 143 ވަނަ ޕޮއިންޓް: މަސާނާ ( ބްލެޑާ ) ގެ މަތީގައި
- ނޯޓް1: “ސުންނަތުގެ އަލީގައި ޙިޖަމާ” މި ސުރުޚީގެ ދަށުން ހިމަނާލާ ލިޔުންތައް ފަހުން ފޮތެއްގެ ސިފައިގައި ޝާއިއުކޮށް މި ވެބްސައިޓުން ޑައުލޯޑް ކުރެވޭނެ ގޮތަށް ހުންނާނެއެވެ. އިންޝާﷲ.ނޯޓް2: މި ފޮތް އެކުލުވާލުމުގައި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިފައިވެއެވެ. މިގޮތުން އަބޫ މުސްލިމް،އަބޫ ޢާލިމާ، އަބޫ އަބްދުﷲ،އަލީ އާސިރު އަދި ޢާލް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެމަޢުލޫމާތު ނެގި މަޞްދަރުތައް:އަލް ޙިޖާމާ ސަޓިފިކޭޝަން.ކޮމް، ޙިޖާމާނީޑްސް.ކޮމް،މިލިޔުމާއި ގުޅޭ އެހެން ބައިތައް:ސުންނަތުގެ އަލީގައި ޙިޖާމާ ( 1 ވަނަ ބައި )
ސުންނަތުގެ އަލީގައި ޙިޖާމާ ( 2 ވަނަ ބައި )
ސުންނަތުގެ އަލީގައި ޙިޖާމާ ( 3 ވަނަ ބައި )
ސުންނަތުގެ އަލީގައި ޙިޖާމާ (4 ވަނަ ބައި )