ޔޫރިން އިންފެކްޝަނަށް ކުރެވިދާނެ ފަރުވާ
ޔޫރިން އިންފެކްޝަނަށް ކުރެވިދާނެ ފަރުވާ
ޔޫރިން އިންފެކްޝަންއަކީ ބްލެޑަރގަޔާއި އަދި ކުޑަކަމުދާ ތަކެތި ބޭރުވާ ހޮޅީގައި ބެކްޓިރިއާ އަށަގަތުމުން ޖެހޭ ބައްޔެކެވެ. ބައެއް މީހުންނަށް އާންމުކޮށް ޖެހޭ މިބަލީގެ ޝިކާރައަކަށް އަންހެނުންނާއި ފިރެހެނުންވެސް ވެގެންދެއެވެ. ނަމަވެސް ޢާއްމުގޮތެއްގައި މިކަން ބޮޑަށް ތަޙައްމަލުކުރަންޖެހެނީ އަންހެން ކަނބަލުންނަށެވެ.
ޔޫރިން އިންފެކްޝަން ޖެހެން ދިމާވާ ބައެއް ސަބަބުތައް:
- ކުޑަކަމު ނުގޮސް މާގިނައިރު ހުރުން.
- މާބަނޑުވުން.
- ހަކުރު ބަލި.
- ޕީރިއަޑް މައްސަލަޖެހުން. (އަދިވެސް އިތުރު އެހެން ކަންތައްތައް)
ޔޫރިން އިންފެކްޝަންޖެހުމުން ފެނިދާނެ ބައެއް ޢަލާމާތްތައް:
- އަވަސް އަވަހަށް ކުޑަކަމުދާޖެހުން.
- ކުޑަކަމުދާ ތަކެތި މަދުމަދުން ބޭރުވުން.
- ކުޑަކަމުދާއިރު ދިލަނެގުން.
- ކުޑަކަމުދާ ތަކެތީގެ ކުލަ ބަދަލުވުން.
- ދަށްބަނޑުގައި ރިއްސުން. (އަދިވެސް އިތުރު އެހެން ޢަލާމާތްތައް)
- ކުޑަކަމުދާއިރު ލޭއައުން
ފަރުވާ:
#1. އަންނަނިވި އާޔައްތައް ރޯސް ޥޯޓަރ (ފިނިފެން ފުޅިއަކަށް) ކިޔަވާށެވެ. އަދި ތިރީގައިވާ އާޔަތްތަކުން ބަޤަރާ ސޫރަތުގެ 69 ވަނަ އާޔަތް ގިނައިން (އޮނަހިރި އަދަދަކަށް ވާގޮތައް) ކިޔަވާށެވެ.
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (
يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُم مَّشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّـهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠﴾ سورة البقرة
وَإِذِ اسْتَسْقَىٰ مُوسَىٰ لِقَوْمِهِ فَقُلْنَا اضْرِب بِّعَصَاكَ الْحَجَرَ ۖ فَانفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۖ كُلُوا وَاشْرَبُوا مِن رِّزْقِ اللَّـهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٦٠﴾ سورة البقرة
قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَاءُ فَاقِعٌ لَّوْنُهَا تَسُرُّ النَّاظِرِينَ ﴿٦٩﴾ سورة البقرة
وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٩﴾
وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ ﴿١٦﴾ سورة الحجر
فَنَظَرَ نَظْرَةً فِي النُّجُومِ ﴿٨٨﴾ فَقَالَ إِنِّي سَقِيمٌ ﴿٨٩﴾ فَتَوَلَّوْا عَنْهُ مُدْبِرِينَ ﴿٩٠﴾ سورة الصافات
الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ سورة الملك
وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾) سورة القلم(
قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس (
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل (
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(
وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء (
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت (
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس
އިބްރާހީމް ޞަލަވާތް
#2. ގިނަގިނައިން ފެންބުއިން:
ޔޫރިން އިންފެކްޝަން ޖެހިއްޖެނަމަ ފެން ބޯ މިންވަރު އިތުރުކުރައްވާށެވެ. ގިނަގިނައިން ފެންބުއިމުން ބްލެޑަރގައި ހުންނަ ބެކްޓިރިއާތައް ކުޑަކަމުދާއިރަށް ބޭރުވެގެން ދާނެއެވެ.
- ފެން ތައްޔާރު ކުރާނެގޮތް؛ ފަސް (5) ލީޓަރުގެ ފެނަށް ކިޔެވި ރޯސް ވޯޓަރ ފުޅީގެ ދެ (2) މަތި ގަނގު އަޅާށެވެ. އެޔައްފަހު މިފެނަކީ ޢާއްމުކޮށް ބަލި ރަނގަޅު ވަންދެން ބޯފެން ކަމުގައި ހަދާށެވެ.
#3. އެޕަލް ސިޑަރ ވިނެގަރ
އެޕަލް ސިޑަރ ވިނެގަރއަކީ ޔޫރިން އިންފެކްޝަނަށް ޤުދުރަތީ އެންޓިބައޯޓިކްއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. މިގޮތުން؛
- ދެ (2) މޭޒުމަތީ ސަމުސާ އެޕަލް ސިޑަރ ވިނެގަރ ފެންތަށްޓަކަށް އަޅާށެ.
- ފޮނިރަހަ ދޭ ވަރަށް މާމުށް އަޅާށެ.
- ކިޔެވި ރޯސް ވޯޓަރ (ފިނިފެން) ކުޑަ މިންވަރެއް (ކުޑަ ސަމުސަލުގެ ½ ސަމުސާ) ފެން ތަށްޓައް އަޅާށެ.
- އެޔަށްފަހު ފެންތަށި ރަނގަޅަށް ގިރާލާށެވެ. އަދި މިބުއިން ދުވާލަކު ދެ (2) ފަހަރު ބޭނުންކުރާށެވެ.
ނޯޓް: ކުރިން ތައްޔާރު ކުރި ފެންފުޅިން ފެން ތައްޓެއް ނަގައިގެން މިބުއިން ތައްޔާރު ކުރާނަމަ އިތުރަށް ރޯސް ވޯޓަރ (ފިނިފެން) އަޅާކަށް ނުޖެހޭނެއެވެ.
ނޯޓް : ރުޤްޔާ ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން މޮޅު އިތުރުވެގެން ވެއެވެ. މިގޮތުން 3 ފަހަރު ނުވަތަ 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. ﷲ ޞުބުޙާނަޙޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.
އެޙިތެރިވެދެއްވީ: އަބޫ މުސްލިމް
سورة الحجر 16-18 އަށް މިބައި ޕީޑީއެފް ކުރެވިފައިވަނީ ހަމައެކަނި 16 ވަނަ އާޔަތެވެ.17އިން18އަށް ހިމަނާފައި ނުވެއެވެ.
މި ފަރުވާފގައި ހަމައެކަނީ ޙިޖްރް ސޫރަތުގެ 16 ވަނަ އާޔަތް ބޭނުންކުރާނީ. ލިޔުމުގައި އެ އިނީ އަޅުގަނޑުމެންގެ ކުށެއް.މިހާރު އެކުއްވާނީ އިސްލާޙުކުރެވިފައި.އެކަން ފާހަގަކޮށްދެވިކަމަށްޓަކައި ޝުކުރުރުދަންނަވަން.ތިބާއަށް ﷲ ހެޔޮ ޖަޒާ މިންވަރުކޮށްދެއްވާށި.އާމީން!!