ބަނޑުގައި ވައިހެދޭނަމަ ( ގޭސްޓްރައިޓިސް ) ކުރެވިދާނެ ފަރުވާ

ބަނޑުގައި ވައިހެދޭނަމަ

 

ބަނޑުގައި ވައިހެދޭނަމަ ( ގޭސްޓްރައިޓިސް ) ކުރެވިދާނެ ފަރުވާ

 

الحمد لله والصلاة والسلام على رسول الله صلى الله عليه وسلم

ބަނޑުގައި ވައިހެދުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދިމާވަމުން އަންނަ ކަމެކެވެ. ބައެއް މީހުންނަށް މިކަމުގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން ބަނޑުފުއްޕާގޮތްވެ ހޮޑުލެވުމާއެކު ކެއުމަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވާންޖެހޭ ޙާލަތުވެސް މެދުވެރިވެއެވެ. ހަމައެހެންމެ ޑޮކްޓަރީ ބޭސްތައް ބޭނުންކުރަމުން ދިއުމާއެކުވެސް ފުރިހަމަ ހައްލެއް ނުލިބި މުޅި އުމުރު މިބަލީގެ ވޭނުގައި އުޅެންޖެހިފައިވެސް އެބަހުއްޓެވެ. އެހެންކަމުން ތިރީގައި މި ހާމަކޮށްލަނީ މިބަލީގެ ތަފްޞީލާއި، އެކަމަށް ގޭގައި ކުރެވިދާނެ ފަރުވާތަކާއި އަދި އެކަަމަށް ކުރެވިދާނެ ރުޤުޔާއެކެވެ.

ބަނޑުގައި ވައި ނުވަތަ ގޭސް އުފެދުމަށް ޑޮކްޓަރީ ގޮތުން ކިޔަނީ “ގޭސްޓްރިކް މިއުކޯސާ” އެވެ. މިކަން ދިމާވަނީ އާެއްމުގޮތެއްގައި މައިގަނޑު 2 ކަމެއްގެ ސަބަބުންކަމަށް ސިއްޙީ މާހިރުން ދެކިލައްވައެއެވެ. އެއީ

  1. ބަނޑުގައި އުފެދޭ ބެކްޓީރިއާއެއް ކަމަށްވާ “ހެލިކޯބެކްޓަރ ޕައިލޯރީ” ސަބަބުން ބަނޑު (ސްޓޮމަކް) ގައިވާ ފަށަލައެއް ދުޅަވުން ނުވަތަ ގިރުމުގެ ސަބަބުން.
  2. މާގިނައިން “ނޮންސްޓިރޮއިޑަލް އެންޓި އިންފްލެމޭޓަރީ” ބޭސްތަށް ބޭނުން ކުރުމުގެ ސަބަބުން.

ނަމަވެސް މީގެ އިތުރުންވެސް އެހެން ކަހަލަ ސަބަބުތައްވެސް މިކަމުގައި ހިމެނެއެވެ. މީގެތެރޭގައި

  • ބެކްޓީރިއަރ ނުވަތަ ވައިރަލް އިންފެކްޝަން
  • މަސްތުވާތަކެތި ބޭނުންކުރުން
  • ފަންގަލް އިންފެކްޝަން
  • ހަޖަމްކޮށްދޭ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން
  • އެލާރޖީއެއްގެ ސަބަބުން
  • ރޭޑިއޭޝަން
  • ކަންކަމާއި ކަންބޮޑުވެ ހާސްވުން

ހިމެނެއެވެ.

މިބަލީގެ އަލާމާތްތައް ވަރަށް ގިނަފަހަރަށް މީހުންގެ ކިބައިން ނުފެނިހުރެދާނެއެވެ. އާންމުގޮތެއްގައި މިކަން އެނގެނީ އެހެން ބަލިމަޑުކަމެއް މީހާއަަށް ދިމާވުމުގެ ސަބަބުންނެވެ. ނަމަވެސް މިކަމުގައި ހިމެނޭ އާންމު އަލާމާތްތަކުގެ ތެރޭގައި :

 

  • ބަނޑުގައި ގަދައަށް ރިއްސުން
  • އަވަސް އަވަހަށް ބޮޑުކަމު ދާންޖެހުން
  • ކާހިތްނުވުމާއި އެކު ކާން އުނދަގޫވުން
  • ބަނޑު ފުއްޕުން
  • ގަދައަށް ވައިލެވުން

ހަމައެހެންމެ ބަލި ބޮޑުވެއްޖެނަމަ އެއްޗެއް ކާލާއިރަށް ހޮޑުލެވުމާއި ބަނޑަށް އުނދަގޫވެ، ބަނޑުން ދިލަނަގާ ވަރުބަލިވާގޮތް ދިމާވެއެވެ. މިކަމަށް ޑޮކްޓަރީގޮތުން ބޭސްކުރާކަމުގައި ވާނަމަ ވަރަށް ގިނަ ދުވަސްވަންދެން ބޭސް ބޭނުންކުރަންެޖެހެއެވެ. ކެމިކަލް ބޭސްތައް ގިނަ ދުވަސްތަކެއްވަންދެން ބޭނުންކުރުމަކީ އެކަމުން ހަށިގަނޑަށް އެކި ކަހަލަ ގެއްލުންތައް ވެގެންދާނެ ކަމެކެވެ. އެހެންކަމުން މިކަމުގައި އަމިއްލައަށް ފަރުވާކޮށްލެވޭތޯ ބެލުމަކީ ވަރަށް އެދެވިގެންވާ ކަމެއްކަމުގައި ދެކެމެވެ. މިގޮތުން ތިރީގައި މި ހިމަނާލަނީ މިކަމުގައި ކުރެވިދާނެ ބައެއް ފަރުވާތަކެވެ.

  • އިނގުރު

 

  1. އިނގުރުގައިވާ “އެންޓި އިންފްލެމޭޓަރީ” އަދި “އެންޓި ބެކްޓީރިއަލް” މާއްދާގެ ސަބަބުން އިންފެކްޝަންތަކުން ސަލާމަތްކޮށްދިނުމާ، ވައިގެ އުނދަގޫތައް ދުރުކޮށްދިނުމާއި، ބަނޑުގައި ރިއްސުމާއި، ހަޖަމްކުރުމާއި ބަނޑު ފުއްޕުން ރަނގަޅުކޮށްދެއެވެ.
  • ޗަސްކޮށްލާފައިވާ މޭޒުމަތީ ސަމްސަލެއްގެ އިނގުރު އެއްތަށި ފެނުގެ ތެރެއަށް އަޅުމަށްފަހު 10 މިނިޓްވަންދެން ކައްކާލާށެވެ. އެއަށްފަހު ފެންފޮދު ފުރާނާލުމަށްފަހު ކުޑަ މާމުއިކޮޅެއް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ލަސްލަހުން މިފެންފޮދު ބޯލާށެވެ. މިގޮތަށް ހަފްތާއަކު 2 ނުވަތަ 3 ދުވަސް ކުރިއަށް ގެންދާށެވެ.
  • ހަމަ މިގޮތަށް 2/1 މޭޒުމަތީ ސަމްސަލުގެ އިނގުރުދިޔަ މާމުޔާއި އެއްކުރުމަށްފަހު ކޮންމެ ދުވަހަކުވެސް ދެފަހަރު ކެއުމުގެ ކުރިން ބޭނުންކުރާށެވެ. މިގޮތަށް ހަފްތާއެއްވަންދެން ކުރިއަށް ގެންދާށެވެ.
  • މީގެ އިތުރުން ކޮންމެ ދުވަހަކުވެސް ކުޑަ އިނގުރުކޮޅެއް ހަފައިގެން ކާލުމަކީވެސް ކުރިވެދާނެ ކަމެކެވެ.

ނޯޓް: އިނގުރަކީ ލޭމައްޗަށްދާ ބައްޔަށް ބޭސްކުރައްވާ ބޭފުޅުންނާއި ލޭ ދިޔާކުރަން ބޭސް ކާ ފަރާތްތަކުން ކެއުމަށް އެހާ އެދެވިގެންވާ އެއްޗެއްނޫނެވެ.

 

  • ޔޯގަޓް

 

  1. ޔޯގަޓަކީވެސް މިކަމުގެ ބޭނުންކުރެވިދާނެ އެއްޗެކެވެ. ޔޯގަޓުގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ވައި އުފެދުމަށް ދިމާވާ “ހެލޮކޮބެކްޓޯރިއަލް ޕައިލޯރީ” ބެކްޓީރިއާއިން ސަލާމަތްވުމަށް އެހީތެރިވެދެއެވެ. ހަމައެހެންމެ ދިފާއި ނިޒާމު ވަރުގަދަކޮށްދީ އިންފެކްޝަންތަކުން ސަލާމަތްކޮށްދިނުމަށް އެހީތެރިވެދެއެވެ.
  • 2 ނުވަތަ 3 ތަށީގެ ޕްލެއިން ޔޯގަޓް ކޮންމެ ދުވަހަކުވެސް ކާށެވެ. މިގޮތަށް ރަނގަޅުވަންދެން ކުރިއަށް ގެންދާށެވެ.
  • ދިރި ފެން

 

  1. ދިރިއަކީވެސް ޙަަޖަމް ކުރުމުގެ ނިޒާމަށް އެހީތެރިވެދީ “ގޭސްޓްރޯ އިންޓެސްޓައިނަލް ޓްރެކްޓް” ގައިވާ މަސްތަކަށް ފަސޭހަކޮށްދޭ ފަރުވާއެއް ހިމެނޭ އެއްޗެކެވެ. ދިރީގައި ހިމެނޭ “އެންޓި ބެކްޓީރިއަލް” ، “އެންޓިޕެސްމޮޑިކް”، “އެންޓި އިންފްލެމޭޓަރީ”، “ސްޓޮމެކިކް” މާއްދާތަކުގެ ސަބަބުން ހަޖަމްކޮށްދުނުމާއި، ބަނޑުފުއްޕުމާއި، ހޮޑުލެވުމާއި، މެއިން ދިލަނެގުމާއި، ގޮހިރުގައި އުފެދޭ ވައިހެދުން ރަނގަޅުކޮށްދިނުމަށް ފަސޭހަކޮށްދެއެވެ.
  • މޭޒުމަތީ ސަމްސަލެއްގެ ދިރި ހޫނުފެން ތައްޓެއްގެ ތެރެއަށް އެޅުމަށްފަހު މައްޗެއް ޖަހާލާއި ބަންދުކޮށްލާށެވެ. 10 މިނިޓްވަންދެން މިގޮތަށް ބަންދުކޮށްލާފައި ބެހެއްޓުމަށްފަހު ފެންފޮދު ފުރާނާލާށެވެ. އަދި ފެނުގެ ތެރެއަށް ކުޑަ މާމުއިކޮޅެއް އެއްކޮށްލުމަށްފަހު ބޯލާށެވެ. މިގޮތަށް ހަފްތާއަކު 3 ފަހަރު ކުރިއަށްގެންދާށެވެ.
  • ހަމައެހެންމެ ކޮންމެ ދުވަހަކުވެސް ކެއުމަށްފަހު ކުޑަ ދިރިކޮޅެއް ހަފާލައިގެން ކާލާށެވެ.
  • ރޯ އަލުވި ޖޫސް

 

  1. އަލުވި ޖޫހުގައި ހިމެނޭ “އެންޓި އޮކްސިޑެންޓް” މާއްދާގެ ސަބަބުން ބަނޑުގައި ވައި އުފެދުމުގެ ބައްޔަށް ފަރުވާ ލިއްބައިދިނުމަށް އެހީތެރިވެދެއެވެ. ހަމައެހެންމެ މީގައި ހިމެނޭ ” އަލްކަލައިން” މާއްދާތަކުގެ ސަބަބުން ބަނޑުފުއްޕުމާއި، ބަނޑަށް ތަދުވުންފަދަ ބަނޑުގައި ވައި އުފެދުމުން ދިމާވާ އުނދަގޫތަކަށް ފަރުވާ ލިއްބައިދެއެވެ.
  • 1 ނުވަތަ 2 އަލުވި ތޮށިމެށުމަށްފަހު ގާނާލާށެވެ.
  • އެއަށްފަހު ފްރޭންޏަކަށް ގާނާފައިވާ އަލުވިތައް އެޅުމަށްފަހު ސަމްސަލަކުން ފެލާލައިގެން އޭގެ ދިޔަ ނަގާށެވެ.
  • 2/1 ތާފަނާ ފެންތަށްޓެއްގެ ތެރެއަށް ޖޫސްކޮޅު އެއްކޮށްލުމަށްފަހު ދުވާލަކު 3 އިރު ބޯށެވެ.
  • ބޯނީ ކޮންމެ އިރަކުވެސް ކެއުމުގެ 30 މިނިޓް ކުރިންނެވެ. މިގޮތަށް 2 ނުވަތަ 3 ހަފްތާވަންދެން ގެންދާށެވެ.
  • މަތީގައި ބަޔާންކޮށްފައި އެވަނީ އެކި ކަހަލަ އެއްޗެހި ބޭނުންކޮށްގެން ކުރެވިދާނެ ފަރުވާތަކެވެ. އެހެންކަމުން ދެން މިކަމަށް ޤުރުއާނުން ކުރެވިދާނެ ފަރުވާއެއް ހިމަނާލާނަމެވެ.

މަތީގައި ބަޔާންކޮށްފައި އެވަނީ އެކި ކަހަލަ އެއްޗެހި ބޭނުންކޮށްގެން ކުރެވިދާނެ ފަރުވާތަކެވެ. އެހެންކަމުން ދެން މިކަމަށް ޤުރުއާނުން ކުރެވިދާނެ ފަރުވާއެއް ހިމަނާލާނަމެވެ. މި އާޔަތްތައް މަތީގައި ބަޔާން ކުރެވުނު ފަރުވާތައް ތައްޔާރު ކުރާއިރު އެތަކެއްޗަށް ކިޔެވުން އެދެވިގެންވެއެވެ.

 

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْ مَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧

 

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥سورة البقرة

 

إِنَّ فِي خَلۡقِ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَٱلۡفُلۡكِ ٱلَّتِي تَجۡرِي فِي ٱلۡبَحۡرِ بِمَا يَنفَعُ ٱلنَّاسَ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن مَّآءٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَبَثَّ فِيهَا مِن كُلِّ دَآبَّةٖ وَتَصۡرِيفِ ٱلرِّيَٰحِ وَٱلسَّحَابِ ٱلۡمُسَخَّرِ بَيۡنَ ٱلسَّمَآءِ وَٱلۡأَرۡضِ لَأٓيَٰتٖ لِّقَوۡمٖ يَعۡقِلُونَ ١٦٤ سورة البقرة

 

مَثَلُ مَا يُنفِقُونَ فِي هَٰذِهِ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَثَلِ رِيحٖ فِيهَا صِرٌّ أَصَابَتۡ حَرۡثَ قَوۡمٖ ظَلَمُوٓاْ  أَنفُسَهُمۡ فَأَهۡلَكَتۡهُۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِنۡ أَنفُسَهُمۡ يَظۡلِمُونَ آل عمران ١١٧

وَهُوَ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ بُشۡرَۢا بَيۡنَ يَدَيۡ رَحۡمَتِهِۦۖ حَتَّىٰٓ إِذَآ أَقَلَّتۡ سَحَابٗا ثِقَالٗا سُقۡنَٰهُ لِبَلَدٖ مَّيِّتٖ فَأَنزَلۡنَا بِهِ ٱلۡمَآءَ فَأَخۡرَجۡنَا بِهِۦ مِن كُلِّ ٱلثَّمَرَٰتِۚ كَذَٰلِكَ نُخۡرِجُ ٱلۡمَوۡتَىٰ لَعَلَّكُمۡ تَذَكَّرُونَ الأعراف ٥٧

 

هُوَ ٱلَّذِي يُسَيِّرُكُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِۖ حَتَّىٰٓ إِذَا كُنتُمۡ فِي ٱلۡفُلۡكِ وَجَرَيۡنَ بِهِم بِرِيحٖ طَيِّبَةٖ وَفَرِحُواْ بِهَا جَآءَتۡهَا رِيحٌ عَاصِفٞ وَجَآءَهُمُ ٱلۡمَوۡجُ مِن كُلِّ مَكَانٖ وَظَنُّوٓاْ أَنَّهُمۡ أُحِيطَ بِهِمۡ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ لَئِنۡ أَنجَيۡتَنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ يونس ٢٢

 

مَّثَلُ ٱلَّذِينَ كَفَرُواْ بِرَبِّهِمۡۖ أَعۡمَٰلُهُمۡ كَرَمَادٍ ٱشۡتَدَّتۡ بِهِ ٱلرِّيحُ فِي يَوۡمٍ عَاصِفٖۖ لَّا يَقۡدِرُونَ مِمَّا كَسَبُواْ عَلَىٰ شَيۡءٖۚ ذَٰلِكَ هُوَ ٱلضَّلَٰلُ ٱلۡبَعِيدُ ابراهيم ١٨

 

وَأَرۡسَلۡنَا ٱلرِّيَٰحَ لَوَٰقِحَ فَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءٗ فَأَسۡقَيۡنَٰكُمُوهُ وَمَآ أَنتُمۡ لَهُۥ بِخَٰزِنِينَ الحجر ٢٢

 

وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمٗا تَذۡرُوهُ ٱلرِّيَٰحُۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقۡتَدِرًا   الكهف ٤٥

 

كَيۡفَ تَكۡفُرُونَ بِٱللَّهِ وَكُنتُمۡ أَمۡوَٰتٗا فَأَحۡيَٰكُمۡۖ ثُمَّ يُمِيتُكُمۡ ثُمَّ يُحۡيِيكُمۡ ثُمَّ إِلَيۡهِ تُرۡجَعُونَ ٢٨ البقرة

 

وَلَا تَقُولُواْ لِمَن يُقۡتَلُ فِي سَبِيلِ ٱللَّهِ أَمۡوَٰتُۢۚ بَلۡ أَحۡيَآءٞ وَلَٰكِن لَّا تَشۡعُرُونَ ١٥٤ البقرة

 

أَلَمۡ تَرَ إِلَى ٱلَّذِينَ خَرَجُواْ مِن دِيَٰرِهِمۡ وَهُمۡ أُلُوفٌ حَذَرَ ٱلۡمَوۡتِ فَقَالَ لَهُمُ ٱللَّهُ مُوتُواْ ثُمَّ أَحۡيَٰهُمۡۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ ٢٤٢ البقرة

 

قَٰتِلُوهُمۡ يُعَذِّبۡهُمُ ٱللَّهُ بِأَيۡدِيكُمۡ وَيُخۡزِهِمۡ وَيَنصُرۡكُمۡ عَلَيۡهِمۡ وَيَشۡفِ صُدُورَ قَوۡمٖ مُّؤۡمِنِينَ ١٤ التوبة

 

يَٰٓأَيُّهَا ٱلنَّاسُ قَدۡ جَآءَتۡكُم مَّوۡعِظَةٞ مِّن رَّبِّكُمۡ وَشِفَآءٞ لِّمَا فِي ٱلصُّدُورِ وَهُدٗى وَرَحۡمَةٞ لِّلۡمُؤۡمِنِينَ ٥٧ يونس

 

ثُمَّ كُلِي مِن كُلِّ ٱلثَّمَرَٰتِ فَٱسۡلُكِي سُبُلَ رَبِّكِ ذُلُلٗاۚ يَخۡرُجُ مِنۢ بُطُونِهَا شَرَابٞ مُّخۡتَلِفٌ أَلۡوَٰنُهُۥ فِيهِ شِفَآءٞ لِّلنَّاسِۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَتَفَكَّرُونَ ٦٩ النحل

وَنُنَزِّلُ مِنَ ٱلۡقُرۡءَانِ مَا هُوَ شِفَآءٞ وَرَحۡمَةٞ لِّلۡمُؤۡمِنِينَ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارٗا ٨٢  الإسراء

وَإِذَا مَرِضۡتُ فَهُوَ يَشۡفِينِ ٨٠ الشعراء

وَلَوۡ جَعَلۡنَٰهُ قُرۡءَانًا أَعۡجَمِيّٗا لَّقَالُواْ لَوۡلَا فُصِّلَتۡ ءَايَٰتُهُۥٓۖ ءَا۬عۡجَمِيّٞ وَعَرَبِيّٞۗ قُلۡ هُوَ لِلَّذِينَ ءَامَنُواْ هُدٗى وَشِفَآءٞۚ وَٱلَّذِينَ لَا يُؤۡمِنُونَ فِيٓ ءَاذَانِهِمۡ وَقۡرٞ وَهُوَ عَلَيۡهِمۡ عَمًىۚ أُوْلَٰٓئِكَ يُنَادَوۡنَ مِن مَّكَانِۢ بَعِيدٖ ٤٤ فصلت

 

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾اللَّـهُ الصَّمَدُ ﴿٢﴾لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤

 

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾مِن شَرِّ مَا خَلَقَ ﴿٢﴾وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥

 

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾مَلِكِ النَّاسِ ﴿٢﴾إِلَـٰهِ النَّاسِ ﴿٣﴾مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾مِنَ الْجِنَّةِ وَالنَّاسِ ﴿٦

 

މަތީގައި އާޔަތްތައް ފެނަށް ކިޔެވުމަށްފަހު ކެއުމުގެ 30 ވަރަކަށް މިނިޓް ކުރިން މި ފެން ބޯށެވެ. އަދި ކަޅުދިރިއާއި މާމުއި ( އައްޝިފާ ބްރޭންޑް މާމުމުއި މިފަދަ ކަންކަމަށް ކޮލިޓީ ރަނގަޅުކަމުގައި ތަޖުރިބާ ކުރެވިފައިވެއެވެ. ) އެއްކުރުމަށްފަހު ހެނދު ހުސްބަނޑާ ހުރެ ސަމްސަލެއް އަދި ނިދުމުގެ ކުރިން ސަމްސަލެއް ބޯށެވެ. މީގެ އިތުރުން ވައިގެ އުނދަގޫ ހުންނަ ކަމުގައިވާނަމަ ޙިޖާމާ ޖެހުމަށް ޚާއްސަ ޕޮއިންޓަށް ޙިޖާމާ ޖައްސަވާށެވެ. ( މި ޕޮއިންޓް އިންނާނީ މޭ ކަށިގަނޑުގެ ކުޑަ ތަންކޮޅެއް ތިރީގައެވެ.) މިކަންކަން ކުރިއަށް ގެންދިއުމުން އިންޝާ ﷲ ޝިފާ ލިބިގެންދާށެވެ. މަދުވެގެން 1 މަސްދުވަސްވަންދެން ފަރުވާ ކުރިއަށް ގެންދަވާށެވެ.

އިތުރަށް ކުރެވިދާނެ ބައެއް ކަންތައްތައް:

  • ކޮންމެ ދުވަހަކުވެސް 2 ތަށި ކާށިފެން ބޯށެވެ.
  • މަސް، މިރުސް، ހުއި އެއްޗެހި، ސައި،ކޮފީ އަދި މެޓާ އަދި “ފިޒީ ޑްރިންކްސް” ބޭނުން ކުރުން ދުވަސްކޮޅަކަށް ހުއްޓާލާށެވެ.
  • ގްރީން ޓީ ބުއިމަށް އާދަކުރާށެވެ.
  • ނިދުމުގެ މަދުވެގެން 2 ގަޑި އިރުކުރިން ރޭގަނޑުގެ ކެއުން ކާން އާދަކުރާށެވެ.
  • ލަސްލަހުން ރަނގަޅަށް ހަފައިގެން ކާށެވެ. ހަމައެހެންމެ ބަނޑުގައި އުފެދިފައި ހުރި ވައިތައް އިތުރުވިޔަ ނުދިނުމަށްޓަކައި މަދުން ކާށެވެ. ނަމަވެސް ދުވާލަކު 2 ފަހަރު ނުވަތަ 3 ފަހަރު ކެއުމުގެ ބަދަލުގައި 4 ފަހަރު ކާށެވެ.
  • ކާ ގަޑީގައި ފެން ބުއިމުން ދުރުވާށެވެ. މިގަޑިގައި ފެންބޯނަމަ ހަޖަމްކޮށްދިނުން ލަސްކޮށްދޭނެއެވެ.
  • ގިނައިން ފެންބޯށެވެ.
  • އެ އެއްޗެއް ކެއުމުން ވައިގެ އުނދަގޫވާ ތަކެތި ފާހަގަ ކުރުމަށްފހު އެތަކެތި ކެއުން ހުއްޓާލާށެވެ. ނުވަތަ މަދުކުރާށެވެ.
  • ދުންފަތުގެ އިސްތިޢުމާލުކުރާނަމަ އެކަން ހުއްޓާލާށެވެ.
  • ކަންބޮޑުވުމާއި ހާސްވާކަންކަމުން ވީހާވެސް ބޮޑަށް ދުރުވެވޭތޯ މަސައްކަތްކުރާށެވެ.
  • މާބޮޑަށް އުނދަގޫވާނަމަ ޑޮކްޓަރަކަށް ދައްކަވާށެވެ.

 

ނޯޓް: އާޔަތްތައް ކިޔެވުމުގައި ވަކި އަދަދަކަށް ކިޔެވުމެއްނެތެވެ. އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެންވެއެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ. މިގޮތުން 3، 7 ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ.

 

މަޢުލޫމާތު ނެގި މަޞްދަރު: http://www.medicinenet.com/gastritis/page8.htm

 

2 thoughts on “ބަނޑުގައި ވައިހެދޭނަމަ ( ގޭސްޓްރައިޓިސް ) ކުރެވިދާނެ ފަރުވާ

  • October 11, 2016 at 9:29 am
    Permalink

    أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّـهُ مُوتُوا ثُمَّ أَحْيَاهُمْ ۚ إِنَّ اللَّـهَ لَذُو فَضْلٍ عَلَى النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ މި އާޔަތަކީ سورة البقرة ގެ ﴿٢٤٣﴾ ވަނަ އާޔަތެވެ. ނަމަވެސް އާޔަތުގެ ނަންބަރު ޖެހިފައި ވަނީ﴿٢٤﴾ އެވެ. މިއީ ލިޔުމުގައި ޖެހިފައިވާ ކުށެއްކަމަށް ފެންނާތީ އެކުށް ރަނގަޅުކޮށްލަ ދެއްވުން އެދެން.

    Reply
    • October 23, 2016 at 11:42 am
      Permalink

      އެކުއްވަނީ މިހާރު އިޞްލާޙު ކުރެވިފައެވެ. ﷲ ތިބާއަށް ހެޔޮޖަޒާ މިންވަރުކުރައްވާށިއެވެ.

      Reply

Leave a Reply

Your email address will not be published. Required fields are marked *