މައިމީހާގެ ހަށިގަނޑުގައި ތުއްތު ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުއުފެދޭނަމަ ކުރެވިދާނެ ރުޤުޔާ

maimeehaage kiru madhu nama

މައިމީހާގެ ހަށިގަނޑުގައި ތުއްތު ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުއުފެދޭނަމަ ކުރެވިދާނެ ރުޤުޔާ

ޙަމްދާއި ޝުކުރުހުރީ ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ. މިޞަލަވާތާއި ސަލާމްގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންވެސް ޝާމިލު ކުރަމެވެ.
ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާ ދުވަހުން ފެށިގެން ގާތުން ކިރުދިނުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. މިކަމަށް ޢިޝާރާތް ކުރައްވާ سورة البقرة 233 އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
” މައިން، އެކަނބަލުންގެ ދަރިންނަށް ކިރުދޭހުށީ، ފުރިހަމަ ދެއަހަރުގެ مدة އަށެވެ. އެއީ، ކިރުދިނުން ފުރިހަމަކުރުމަށް قصد ކޮށްފި މީހަކަށެވެ… ”
މިކަމަކީ ކުއްޖާ ހެދިބޮޑުވުމަށް އެންމެ މުހިންމު ރޯލެއް ކުޅޭ އެއް ކަންތަކެވެ. ޚާއްސަކޮށް އެންމެ ފުރަތަ ތުއްތު ދަރިފުޅަށް ލިބިގެންދާ ކިރުފޮދަކީ އޭގައި ވަރަށް ބޮޑެތި ސިއްޙީ ފައިދާތައް ހިމެނިގެންދާ އެއްޗެކެވެ.މީގައި ތުއްތު ދަރިފުޅަށް ފައިދާ ކުރުވަނިވި 200 ވުރެ ގިނަ މާެއްދާ ހިމެނޭކަމަށް ދިރަސާކުރާ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އަދި މީގައި ހިމެނޭ މާއްދާތައް ދުވަހެއް ދުވަހަކަށް ފެންނަމުން ދާވަރު ދަނީ އިތުރުވަމުންނެވެ. މި ކިރުފޮދު އެހެން ކަހަލަ ކިރާއި ތަފާތުކަމެއް ހުރެއެވެ. މީގެ ކުލަ ހުންނަނީ މަޑު ރީނދޫ ކުލައެއްގައެވެ. އިނގިރޭސި ބަހުން މި ކިރު ފޮދަށް ކިޔަނީ “ކޮލެސްޓްރަމް” އެވެ. ތުއްތު ކުއްޖާގެ ދިފާއީ ނިޒާމަށް ބޭނުންވާ ވަރަށް ގިނަ މާއްދާތައް މީގައި ހިމެނިގެންވެއެވެ. މީގެ ތެރޭގައި:
– ޕްރޮޓީޏް
– ލޮނު
– ވިޓަމިން އޭ
– ނައިޓްރޮޖެން
– ވައިޓް ބްލަޑް ސެލްސް
ހިމެނެއެވެ. ތުއްތު ދަރިފުޅު މަންމަގެ ބަނޑުތެރޭގައި އޮންނަ ދުވަސްވަރު ، ތުއްތު ދަރިފުޅުގެ ބަނޑުގައި ހުންނަ “މެކޯނިއަމް” ( ވިހެމުގެ ކުރިން ބަނޑުގައި ހުންނަ އެއްޗެއް) ބަނޑުން ބޭރުކޮށްދިނުމުގައިވެސް ފުރަތަމަ ދުވަސްކޮޅުގައި މައިމީހާގެ ގާތުން ދޭ ކިރުފޮދު އެހީތެރިވެދެއެވެ.

ނަމަވެސް އެކި ކަހަލަ ސަބަބުތަކާއި ހުރެ ވިހެމަށްފަހު ގާތުން ކިރުދޭން މަސައްކަތް ކުރިކަމުގައި ވީނަމަވެސް، ކިރު އުފައްދައިދޭން ޖެހޭ މިންވަރަށް ހަށިގަނޑުގައި ނުއުފެދުމުން މިކަމަށް ހުރަސް އެޅިގެންދެއެވެ. އެއްބައި މީހުން ދުވަސްކޮޅެއްވަންދެން ގާތުން ކިރުދެވުނު ނަމަވެސް ކުޑަ ދުވަސްކޮޅެއްފަހުން ކިރު އައުން ހުއްޓިދެއެވެ. އާންމު ގޮތެއްގައި ގިނަ މީހުންނަށް މިހެން ދިމާވަނީ އެސްފީނާއާއި ހަސަދައިގެ ސަބަބުންނެވެ. އެހެނެއް ކަމަކު ސިއްޙީ މައްސަލައެއްގެ ސަބަބުންވެސް މިކަން ދިމާވުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. މިފުރުޞަތުގައި ސިއްޙީ ގޮތުން މިކަން މެދުވެރިވާ ސަބަބުތަކަށް ކޮންމެވެސް ވަރަކަށް އަލިއަޅުވާލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެެމެވެ. ތިރީގައި މިވަނީ ސިއްޙީ މާހިރުން ބަޔާންކޮށްފައިވާ ބައެއް ސަބަބުތަކެވެ.

– ގްލޭންޑިއުލާ ޓިޝޫ މަދުވުން
ބައެއް އަންހެނުންގެ އުރަމަރި އުފެދެން ޖެހޭ މިންވަރަށް ނުއުފެދެއެވެ. އަދި ކިރު އުފައްދައިދޭ ޑަކްޓްތައް މަދުވުމެގެ ސަބަބުން ތުއްތު ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރުލިބުމަށް ދަތިވެއެވެ. މާބަނޑުވާ ކޮންމެ ފަހަރަކުވެސް މި ޑަކްޓްތައް އިތުރަށް އުފެދެއެވެ. އެހެން ކަމުން ފުރަތަމަ ކުއްޖާއަށް މި މައްސަލަ ދިމާވާ މިންވަރަށް ވުރެ ދެވަނައަށް ވިހާ ކުއްޖާއަށް މި މައްސަލަ ދިމާވާ މިންވަރު ކުޑަވާނެއެވެ.

– ހޯމޯން އަދި އެންޑޯކުރައިން މައްސަލަ
އޯވަރީގައި ސިސްޓުއުފެދުން، ތައިރޮއިޑް މައްސަލަ އަދި ހަކުރުބައްޔާއި ލޭމައްޗަށް ދާ ބަލީގެ ސަބަބުންވެސް ހަށިގަނޑުގައި ކިރު އުފައްދައިދޭ މިންވަރު ދަށްވެދާެނެއެވެ. ސަބަބަކީ ކިރު އުފައްދައިދިނުމަށް ހަށިގަނޑުން ސިގްނަލް ފޮނުވަނީ ހޯމޯންގެ ޒަރީޢާއިން ކަމަށްވެފައި ކުރިން ބަޔާން ކުރެވުނު ކަންތައް ތަކުގެ ސަބަުން ހޯމޯންއަށް ބަދަލުއައުން އެކަށިގެން ވާތީއެވެ.

– ކުރިން ކޮށްފައިވާ އުރަމަތީގެ އޮޕަރޭޝަނެއްގެ ސަބަބުން
ސިއްޙީ މައްސަލައެއްގެ ސަބަބުން އުރަމަތީގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއްނަމަ ފަހަރެއްގައި މިކަމުގެ ސަބަބުން ކިރު އުފައްދައިދޭ ޑަކްޓްތައް ހަލާކުވެފައި ވުމަކީ އެކަށިގެންވާ ކަމެކެވެ. އެހެން ކަމުން ގާތުން ކިރުދިނުމުގައި މައްސަލަތައް ދިމާވުމަކީ ހަމަ ވުން ގާތްކަމެކެވެ.

– އާންމުކޮށް ބޭނުުންކުރާ ބޭހެއްގެ ސަބަބުން
ސޫޑޯޕްރެޑައިން، މެތާޖައިން، ބްރޮމޯކްރިޕްޓައިން ނުވަތަ ޕާސްލޭ ސަޕްލިމެންޓެއް ( ބޭހެއްގެ ) ބޭނުންކުރުމުގެ ގެ ސަބަބުން ކިރު އުފައްދައި ދިނުމަށް ހުރަސްތަކެއް މެދުވެރިވެދާނެއެވެ.

– ދޭތެރެ ދުރު ކުރާބޭހުގެ ސަބަބުން
ދޭތެރެދުރުކުރުމަށް ބޭނުންކުރާ ބޭސް، ޕެޗް، އަދި އިންޖެކްޝަންގެ ސަބަބުން ބައެއް އަންހެނުންގެ ހަށިގަނޑުގައި ކިރު އުފައްދައިދޭ މިންވަރު ދަށްވެއެވެ. ތުއްތު ދަރިފުޅަށް ހަތަރު މަސް ވުމުގެ ކުރިން މިބާވަތުގެ ބޭސް މައިމީހާ ބޭނުންކުރާކަމަށް ވާނަމަ މި މައްސަލަ ދިމާވުން ވަރަށް ގާތެވެ.

– ކުޑަދަރިފުޅަށް ބުއްބޯން އުނދަގޫވުން
މިހެން ދިމާވަނީ ތުއްތު ދަރިފުޅުގެ ދުލުގައި ހުންނަ މައްސަލައެއްގެ ސަބަބުން ދޫ ހަރަކާތް ކުރުމަށް އުނދަގޫވުމުންނެވެ. ނުވަތަ އަނގައިގެ ކޮންމެވެސް މައްސަލައަކާ ގުޅިގެންނެވެ. މިހާލަތުގައި މައިމީހާގެ ގާތުން ކިރު ލިބުން ކަމުގައިވިޔަސް ކުއްޖާއަށް ބުއިމުގައި ދަތިތަކެއް ކުރިމަތިވާތީ ބުއްނުބޯން އުޅުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މި މައްސަލަ ދިމާވާނަމަ ޑޮކްޓަރެއްގެ އެހީ ހޯދުމަކީ މުހިންމު ކަމެކެވެ.

– ރޭގަނޑުގެ ވަގުތު ތަކުގައި ބުއްނިދުނުން
ބައެއް މައިން ތުއްތު ދަރިފުޅު ރޭގަނޑުގައި ހޭލޭ އުޅުމުގެ ސަބަބުން އެމީހުންނަށް ބޭނުންވާ ނިއްޖާއި އަރާމު ނުލިބޭތީ ރޭގަނޑުގެ ނުވަތަ ދަންވަރުގެ ވަގުތު ތަކުގައި ބުއްނުދީ ދަރިފުޅު ނިންދަވާފައި ބާއްވާނެ ތަފާތުގޮތްތައް ފޮތްފޮތުން ދަސްކޮށް ތަޖުރިބާ ކުރެއެވެ. މިކަމުން ވަގުތީ ފައިދާއެއް މައިންނަށް ލިބިދާނެއެވެ. ނަމަވެސް ކިރު އުފައްދައިދޭ ހޯމޯން ” ޕްރޮލެކްޓިން” ގެ ލެވެލް އެންމެ މައްޗަށްދަނީ ރޭގަނޑެވެ. އެހެންކަމުން ހަށިގަނޑުގައި އެންމެ ގިނައިން ކިރު އުފެދިފައި ހުންނަ ވަގުތަކީ ރޭގަނޑެވެ. ތުއްތު ކުއްޖާ މިވަގުތުގައި ހޭލައި ބުއްބޯން އުޅުމުގެ ސަބަބަކީވެސް މީކަމަށް ވެދާެނެއެވެ. އެހެންކަމުން ރޭގަނޑުގެ ވަގުތުގައި ބުއްނުދޭ ކަމަށްވާނަމަ ކިރު އުފައްދައިދޭ މިންވަރު ދަށްވެދާނެއެވެ.

އެސްފީނާއެއް ނުވަތަ ޙަސަދައެއްގެ ސަބަބުން ނުވަތަ އެހެންވެސް ސިއްޙީ މައްސަލައެއްގެ ސަބަބުން ވިޔަސް މައިމީހާގެ ހަށިގަނޑުގައި ކިރު އުފައްދައި ނުދޭނަމަ ނުވަތަ ކުޑަދުވަސްކޮޅެއްގައި ކިރުއައުމަށްފަހު ހުއްޓިއްޖެނަމަ ތިރީގައި މިވާ ފަރުވާ ކުރާށެވެ. އިންޝާ ﷲ މިކަމަށް ޝިފާ ލިބިގެންދާނެއެވެ. މި ފަރުވާއަކީ އެތައް ބަޔަކަށް ތަޖުރިބާ ކުރެވިފައިވާ ފަރުވާއެކެވެ.

ފަރުވާކުރާނެގޮތް
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (

وَدَّ كَثِيرٌ مِنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُمْ مِنْ بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِنْ عِنْدِ أَنفُسِهِمْ مِنْ بَعْدِ مَا تَبَيَّنَ لَهُمْ الْحَقُّ فَاعْفُوا وَاصْفَحُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ(109)البقرة

لاَ تُدْرِكُهُ الأَبْصَارُ وَهُوَ يُدْرِكُ الأَبْصَارَ وَهُوَ اللَّطِيفُ الْخَبِيرُ(103)الانعام

وَمِنْهُمْ مَنْ يَنْظُرُ إِلَيْكَ أَفَأَنْتَ تَهْدِي الْعُمْيَ وَلَوْ كَانُوا لاَ يُبْصِرُونَ(43)يونس

الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ ) سورة الملك (

وَلَوْلاَ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لاَ قُوَّةَ إِلاّ بِاللَّهِ إِنْ تَرَنِ أَنَا أَقَلَّ مِنْكَ مَالاً وَوَلَدًا(39) الكهف

وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾ وَمَا هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ﴿٥٢﴾ ) سورة القلم (

މި އާޔަތްތަކަށް ފަހު ތިރީގައިވާ سورة الشرح އަދި سورة الكوثر މި ދެ ސޫރަތް ކިޔަވާށެވެ. މި ދެ ސޫރަތް ގިނައިން ކިޔެވުމުން މިކަމަށް ފަރުވާ ލިބުމުގައި އަވަސްކަމުގައި ތަޖުރިބާ ކުރެވިފައިވެއެވެ.

أَلَمْ نَشْرَحْ لَكَ صَدْرَكَ ﴿١﴾ وَوَضَعْنَا عَنكَ وِزْرَكَ ﴿٢﴾ الَّذِي أَنقَضَ ظَهْرَكَ ﴿٣﴾ وَرَفَعْنَا لَكَ ذِكْرَكَ ﴿٤﴾ فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾ فَإِذَا فَرَغْتَ فَانصَبْ ﴿٧﴾ وَإِلَىٰ رَبِّكَ فَارْغَب ﴿٨﴾ ) سورة الشرح (

إِنَّا أَعْطَيْنَاكَ الْكَوْثَرَ(1)فَصَلِّ لِرَبِّكَ وَانْحَرْ(2)إِنَّ شَانِئَكَ هُوَ الأَبْتَرُ(3)الكوثر

މަތީގައިވާ ސޫރަތް ކިޔެވުމަށްފަހު ތިރީގައިވާ އާޔަތްތައްވެސްް ކިޔަވާށެވެ.

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾(سورة يونس (

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل (

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(

وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء (

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت (

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس (

މަތީގައި ބަޔާންކުރެވުނު ރުޤުޔާ ބޯފެނަށް ކިޔަވާށެވެ. އަދި އެ ފެނުން އާންމުކޮށް މި މައްސަލަ ދިމާވާ އަންހެނާއަށް ބޯންދޭށެވެ. ހަމައެހެންމެ ކޮންމެ ދުވަހަކު ރޯކިރު ތައްޓަކަށް މި ރުޤްޔާ ކިޔެވުމަށްފަހު ބޯށެވެ. އެންމެ ފައިދާ ބޮޑު ގޮތަކީ ދުވާލަކު ދެފަހަރު ރޯކިރަށް މި ރުޤުޔާ ކިޔަވައިގެން ބޭނުންކުރުމެވެ. އިންޝާ ﷲ 3 ދުވަސް ތެރޭގައި މިކަން ރަނގަޅުވާނެއެވެ. ނުވިނަމަ 7 ދުވަސްވަންދެން ކުރިޔަށް ގެންދާށެވެ. އިންޝާ ﷲ ފަރުވާ ލިބޭނެއެވެ.

ސަމާލުކަންދޭންވީ މުހިއްމު ނުކުތާތައް:
– ގިނައިން ފެންބޯށެވެ. އަދި ދިޔާ އެއްޗެހި ބުއިމަށް އާދަކުރާށެވެ.
– ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ހިމެނޭ ކާނާ ކޮންމެ ދުވަހަކުވެސް ކާށެވެ.
– ތުއްތު ދަރިފުޅަށް ބުއްދިނުމުގައި މައިމީހާގެ ދެފަރާތުންވެސް ބުއްދިނުމަށް އާދަކުރާށެވެ.
– ގިނަގިނައިން ބުއްދޭށެވެ. ގިނައިން ބުއްދިން ވަރަކަށް ކިރު އުފައްދައިދޭ މިންވަރު އިތުރުވާނެއެވެ.
– ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވެ ރައްކާތެރިވާށެވެ.

ނޯޓް: އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. 3 ފަހަރު ، 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިިދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.

Leave a Reply

Your email address will not be published. Required fields are marked *