ތައިރޮއިޑް ބައްޔަށް ކުރެވިދާނެ ފަރުވާ

ތައިރޮއިޑް ބައްޔަށް ކުރެވިދާނެ ފަރުވާ

ތައިރޮއިޑް ބައްޔަށް ކުރެވިދާނެ ފަރުވާ

 

الحمد لله والصلاة والسلام على رسول الله صلى الله عليه وسلم

 

ތައިރޮއިޑް ގްލޭންޑް އަކީ ކަރުގެ އެންމެ ތިރީގައި އޮންނަ ކޮކާލެއްހެން ޞިފަ ކުރެވޭފަދަ ގުނަވަނެކެވެ. މިއީ ތައިރޮޒައިން ނަމަކަށް ކިޔާ ހޯމޯން އުފައްދާ ނުހަނު ބޭނުންތެރި ގުނަވަނެކެވެ.ތައިރޮޒައިން އަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އަދި ހިތުގެ ވިންދު އެއް ހަމައެއްގައި ހިފަހައްޓައި ދިނުމަށް އެހީވެދޭ ހޯމޯން އެކެވެ. މީގެ އިތުރުން ތައިރޮޒައިން ކުދިންގެ ހެދިބޮޑުވުމުގައިވެސް މުހިންމު ރޯލެއް އަދާކޮށްދެއެވެ. ތައިރޮއިޑް މައްސަލަ ހުންނަނަމަ ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް އާދަޔާ ޚިލާފަށް ގިނަވެ ނުވަތަ މަދުވެދެއެވެ. ކެއުމަށް ބަލައި، ކަސްރަތުކޮށް، ހަށިގަނޑަށް ބޭނުންވާ ވަރަށް އަރާމުކުރުމާއެކު، ފިކުރުކުރުން މަދުކުރުމަކީ ތައިރޮއިޑް ގެ މަސައްކަތް އެދެވޭ ގޮތުގައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަމެވެ.

#ރަނގަޅު ކާނާ ކެއުން

* ފައިދާހުރިކާނާ ކެއުމާއި ތައިރޮޑް މަސައްކަތް ކުރުމާއި ހުރި ގުޅުން ދެނެގަންނާށެވެ. ތައިރޮޑްގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ބޭނުނަވާ އަޔޮޑިން ، ސެލެނިއަމް އަދި ވިޓަމިންސް ލިބެނީ ފައިދާހުރި ކާނާ ކެއުމުންނެވެ. އެހެންކަމުން ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް އާދަކުރުމަށް ތިމާގެ އަމިއްލަ ނަފްސަށާއި ޢާއިލާ އަށް ހިތްވަރު ދޭށެވެ.

* ތައްޔާރީ ކާނާ ބޭނުންކުރުން މަދުކުރާށެވެ. ޢާއްމުގޮތެއްގައި ތައްޔާރީ ކާނާ ތަކުގައި ހަކުރު އެކުލެވިގެން ވެއެވެ. މީގެ ސަބަބުން ތައިރޮއިޑްގެ މައްސަލަތައް ގޯސްވުމަކީ ވެދާނެކަމެކެވެ. އެހެންވިއިރު އަމިއްލައަށް ކާއެއްޗެހި ތައްޔާރު ކޮށްގެން ކެއުމަކީ އެންމެ ރަނގަޅުގޮތެވެ. ސަމާލުވާނެވީ އެއްކަމަކީ ކާއެޗެހީގައި ހުދުކުލަ މާގަދަނަމަ (މިސާލަކަށް ހުދުޕާން، ހުދު ހަނޑޫ، ހުދު ޕާސްތާ) އެއިން ލިބެންޖެހޭ ފައިދާ މަދުވެދާ ކަމެވެ. މީގެ ބަދަލުގައި މުށި ކުލައިގެ އެއްޗެހި ( ބްރައުން ބްރެޑް، ބްރައުން ރައިސް) ޚިޔާރު ކުރެއްވުމަކީ ބުއްދިވެރިކަމެކެވެ.

* ކެއުމުގައި ތަރުކާރީ އާއި މޭވާ ގިނައިން ބޭނުންކުރާށެވެ. ވީވަރަކުން ތަރުކާރީ އާއި މޭވާ ކާށެވެ. އެންމެ ރަނގަޅީ ތާޒާ އެއްޗިއްސެވެ. އެހެނެއްކަމަކު ތާޒާ އެއްޗިހި ނުލިބޭ ތާންގައި އަލަމާރީގައި ރައްކާކޮށްފައި ހުންނަ ތަރުކާރި އާއި މޭވާ ބޭނުނަ ކުރުން އެދެވިގެންވެއެވެ. ސަބަބަކީ އޭގެންވެސް ހަށިގަންޑަށް ފައިދާތައް ލިބޭތީއެވެ.

* އެއްގަމުމަސް ބޭނުން ކުރުން މަދުކުރާށެވެ. އެއްގަމު މަސް، ޚާއްޞަކޮށް ރަތްކުލަ ގަދަ މަސް (ރެޑްމީޓް) ވީހާވެސް މަދުން ބޭނުން ކުރެވޭތޯ ބާލާށެވެ. ބޭނުން ކުރާނަމަވެސް މަހުގެ ހަންގަނޑު ބޭނުން ނުކޮށްވޭތޯ ބަލާށެވެ. ކާން ބޭނުންކުރާ ހުރިހާ އެއްގަމު މަހެއްގައި ހޯމޯންސް ނުވަތަ އެންޓިބަޔޯޓިކްސް އެކުލެވިފައި ނުވޭތޯ ބޭރުގައިވާ ލޭބަލުން ޔަގީން ކުރާށެވެ. ޢާއްމުކޮށް ހޯމޯންސް އެކުލެވިގެން ނުވާނަމަ ޕަކޭޖްގެ ބޭރުގައި ހޯމޯން-ފްރީ ލިޔެފައި އޮންނާނެއެވެ.

* ކަނޑުމަސް ކެއުން އިތުރުކުރާށެވެ. މަހަކީ އޭގައި ކޮލިޓީ ރަނގަޅު ޕްރޮޓީން އަދި ގިނަ އަދަދަކަށް ސިއްހަތަށް ފައިދާހުރި އޮމެގާ-3 ފެޓްސް އެކުލެވިގެންވާ އެއްޗެކެވެ. މީގެ އިތުރުން މަހަކީ ފަސޭހައިން ކައްކާލެވިދާނެ އެއްޗެކެވެ. އެކަމަކު މަސް ކެއުމުގައި ގިނައިން މާކިއުރީ ހުންނަ މަސް ނުކެއުމަށް ސަމާލުކަން ދޭށެވެ. އެއީ މާކިއުރީ އަކީ ތައިރޮއިޑްގެ މަސައްކަތަށް ގެއްލުންދެނިވި އެއްޗަކަށްވާތީއެވެ.

* ކެއުމުގައި ވީހާވެސްގިނައިން ބީންސް އަދި ލެގިޔުމްސް ހިމަނާށެވެ. ލެގިޔުމްސްގެ ތެރޭގައި ސޮއިބީންސް، ޕީނަޓްސް އަދި ލެންޓިލްސް ފަދަ އެއްޗެހި ހިމެނެއެވެ. މި އެއްޗެހިން ތައިރޮއިޑް ހޯމޯން އުފެއްދުމަށް ބޭނުންވާ ވިޓަމިންސް އާއި މިނަރަލްސް ލިބިދޭނެއެވެ. އަދި އެއްގަމުމަސް ކެއުން، އެކީ ހުއްޓާލާފައި ނުވަތަ މަދުކޮށްފައިވާ ފަރާތްތަކަށް މީގެން ޕްރޮޓީންސް ހޯދިދާނެއެވެ.

* ހަކުރު ބޭނުންކުރެވޭވަރު މަދު ކުރާށެވެ. ހަކުރު އަދި ހަކުރު ހުންނަ ބާވަތްތަކާއި ދުރުވެގަންނާށެވެ. އާދައިގެ ހަކުރު ނުވަތަ ގިނަ އަދަދަކަށް ފްރަކްޓޯސް އެކުލެވޭ ކޯން ސިރަޕް އަކީ ފަދަ އެއްޗެކެވެ. ފޮނީ އެއްޗިއްސާއި ދުރަށް ދާން އުނދަގުވާނަމަ ސްޓިވިއާ ނަމަކަށްކިޔާ ހާބް ބޭނުންކުރާށެވެ. ޑައިބެޓިކް ހުންނަނަމަ ތައިރޮއިޑް ޗެކް ކުރުމަކީ މުހިންމު ކަމެކެވެ. އަދި ތައިރޮޑްގައި އެއްވެސް މައްސަލައެއް އުޅޭނަމަ ހަކުރު ހުރި މިންވަރުވެސް ބެލުމަކީ ކުރަންޖެހޭނެ ކަމެކެވެ. ސަބަބަކީ ޑައިބެޓިސް އާއިއެކު ތައިރޮޑް މައްސަލަ ހުންނަ މީހުން ގިނަވީމައެވެ.

* ފުދޭވަރަށް އަޔޮޑިން ބޭނުންކުރައްވާށެވެ. ކެއުމުގައި މެދު މިންވަރަކަށް ލޮނު އަދި ރަތްކަން ގަދަ އެއްގަމުމ މަސް (ރެޑްމީޓް) ބޭނުން ކުރާނަމަ ހަށިގަނޑަށް ފުދޭވަރަށް އަޔޮޑިން ލިބޭނެއެވެ. އެކަމަކު ލޭ މަތިވުން ކޮންޓްރޯލް ކުރުމަށްޓަކައި ލޮނު އެއްކޮށް ހުއްޓާލާފައި ވާނަމަ ހަށިގަނޑަށް އަޔޮޑިން ލިއްބައިދޭނެ އެހެން ގޮތެއް ހޯދަން ޖެހެއެވެ. އެހެނީ ތައިރޮއިޑް ގްލޭންޑް ފުރިހަމަޔަށް މަސައްކަތް ކުރުމަށް އަޔޮޑިން އަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އަޔޮޑިން ލިއްބައިދޭ އެއްޗެހީގެ ތެރޭގައި ކަނޑުމަސް، ސީފުޑް، ޔޯގަޓް، ކިރު އަދި ބިސް ހިމެނެއެވެ.

* ހަށިގަނޑަށް ބޭނުންވާ އެހެނިހެން މާއްދާތައް ބޭނުން ކުރުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. މިގޮތުން ތައިރޮއިޑް ފުރިހަމަޔަށް މަސައްކަތް ކުރުމަށް ޒިންކް، ސެލެނިއަމް އަދު އެހެނިހެން މިނަރަލްސް ބޭނުންކުރުމުގައި ހުރި ފައިދާތައް ދެނެގަންނާށެވެ. އަދި ވިޓަމިން ޑީ3 ބޭނުން ކުރުމުގައި ހުރި ފައިދާތައް ހޯދާށެވެ. Autoimmune ޑިޒީސް (ހަށިގަނޑުގެ އަމިއްލަ ދިފާޢީ ނިޒާމު ހަށިގަނޑުގެ ސެލް ތަކަށް ގެއްލުންދޭބަލި) އަކީ ވިޓަމިން ޑީ3 މަދުވުމާއި ގުޅިފައިވާ ބައްޔެކެވެ.

*ގިނަގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ހަށިގަނޑުގެ އެކި އެކި މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ.

#ކަސްރަތު ކުރުމާއި އަރާމުކުރުން

*ތައިރޮއިޑްގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސްދިނުމަށްޓަކައި ކަސްރަތުކުރުމުގެ މުހިންމުކަން ދެނެގަންނާށެވެ. ދުވާލަކު 30 މިނިޓް ވަންދެން ކަސްތަރުކުރުމުން ފުދޭނެއެވެ. ކޮންމެހެން ޖިމަށް ގޮސް ވަރުގަދަޔަށް ކަސްރަތު ކުރާކަށް ނުޖެހެޔެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 30 މިނިޓް ވަންދެން ހަލުވިކޮށް ހިނގާލިޔަސް ސިއްޙަތައް ބަދަލު އަންނާނެއެވެ. ބޭނުންވާ ވަރަކުން ހިނގުމުގެ ދިގުމިނާއި ބާރުމިން އިތުރުކުރަމުން ދެވިދާނެއެވެ.

*ފިޓްނަސް ކްލާހެއްގައި ބައިވެރިވެލާށެވެ. އަމިއްލައަށް ކަސްރަތުކުރަން ފަށަން އުނދަގޫނަމަ ފިޓްނަސް ކްލާހެއްގެ އެހީއެއް ހޯދިދާނެއެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި، ތައި ޗީ (ޗައިނީސް martial އާޓް) ފަދަ ކަންކަން ކުރެވިދާނެއެވެ. މިއީ މީހާ ޙަރަކާތްތެރި ކުރުވަދީ، ގެއްލުންދެނިވި ކަންކަމުން ތައިރޮއިޑް ގްލޭންޑް ރައްކާތެރި ކޮށްދެނިވި ކަމެކެވެ. ކަސްރަތު ކުރުމުގެ ސަބަބުން ލޭ ދައުރުކުރުމަށް އެހީވެދެވެއެވެ. މީގެ ސަބަބުން ތައިރޮއިޑް ހޯމޯން ހުރުހާ ސެލްތަކަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެދވެއެވެ.

*ފިކުރުކުރުން މަދުކުރާށެވެ. މަސައްކަތުގަޔާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައިވެސް ފިކުރު ބޮޑުވާ ކަންކަން ދެނެގަންނާށެވެ. ނޭވާލާ އަދަދު ގުނުމަކީ ކަމަކާއި ހާސްވެ ކަންބޮޑުވާ ވަގުތުގައި ކުރުމަށް ވަރަށްވެސް ރަނގަޅު ކަމެކެވެ.

*އަރާމުކުރުމަށް ވަގުތު ދޭށެވެ. ރޭގަނޑު ރަނގަޅަށް ނިދުމާއި ދުވާލުގެ ވަގުތު ކުޑަކޮށް ވަރުބަލި ފިލުވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ ހާސްވުމާއި ފިކުރު ކުރުމާއި ގުޅިލާމެހިފައި ގުނަވަނެކެވެ. އެހެންކަމުން މި ގުނަވަނަށް އާ ފެށުމަކުން ފަށަން ވަގުތު ބޭނުންވެއެވެ. ވަރުބަލި ފިލުވުމާއި އަރާމުކުރުމުގެ ސަބަބުން މިވަގުތު، ލިއްބައިދެއެވެ.

# ތައިރޮއިޑްގެ މަސައްކަތްތައް ދަނެގަތުން

  • ހައިޕޮތައިރޮއިޑިޒަމް/ ތައިރޮއިޑްގެ މަސައްކަތް އާދަޔާ ހިލާފަށް ދައްވުން. ހައިޕޮތައިރޮއިޑިޒަމް ޖެހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ވައިރަސް، ރޭޑިއޭޓަން، ބައެއް ބޭސްތައް އަދި މާބަނޑުވުން ހިމެނެއެވެ. ޢައްމުގޮތެއްގައި ހައިޕޮތައިރޮއިޑިޒަމް ޖެހެނީ ހަށިގަނޑުގައި ހުންނަ އަޔޮޑިން ދަށްވުމުގެ ސަބަބުންނެވެ. ހައިޕޮތައިރޮއިޑިޒަމް ހުރިކަން ދަނެގަތުމަށް ބަލީގެ އަލާމާތްތަކާއި ލެބް ޓެސްޓްތައް (TSH މަތިވުން) ބޭނިން ކުރެވިދާނެއެވެ.

 

  1. ހައިޕޮތައިރޮއިޑިޒަމްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ :
  • ވަރުބަލިވުން
  • މައްސަރުކަންތައް އޮޅުން ބޮޅުންވުން
  • ބަނޑުހިކުން
  • ޑިޕްރެޝަން
  • އިސްތަށިފޭބުން
  • ހަންގަނޑު ހިކިފައި ހުރުން
  • ނިދުން ބަދަލުވުން، އާއްމުކޮށް ގިނައިން ނިދުން
  • ފިންޔަށް ކެއްނުކުރެވުން
  • ހިތުގެ ވިންދު ލަސްވުން
  • ތައިރޮއިޑް ގްލޭންޑް ދަށްވުން( ގޮއިޓަރ)
  • ސަބަބެއްނެތި ބަރުދަން އިތުރުވުން ނުވަތަ ބަރުދަން ލުއިކުރަން އުނދަގޫވުން
  1. ހައިޕޮތައިރޮއިޑިޒަމް/ ތައިރޮއިޑްގެ މަސައްކަތް އާދަޔާ ހިލާފަށް އިތުރުވުން. ހައިޕޮތައިރޮއިޑިޒަމް އެންމެ އާންމުކޮށް ފެންނަނީ ގްރޭވްސް ޑިޒީޒްގެ ގޮތުގައެވެ. ހައިޕޮތައިރޮއިޑިޒަމް ހުރިކަން ބެލުމަށްޓަކައި ބަލީގެ އަލާމާތްތަކާއި ލެބް ޓެސްޓްތައް (TSH ދަށްވުން) ބޭނުން ކުރެވިދާނެއެވެ. އެދެވޭގޮތުގައި ފަރުވާ ނުދެވިއްޖެނަމަ ހިތުގެ ބައްޔާއި ކަށީގެ ބައްޔަށް މަގުފަހިވުމުގެ އިތުރަށް، ތައިރޮއިޑް ސްޓޯމްއޭކިޔާ ވަރަށް ނާޒުކު ހާލަތަކަށް ބަލިމީހާ ވެއްޓިދެއެވެ. ހައިޕޮތައިރޮއިޑިޒަމްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ :
  • ހިތުގެވިންދު އަވަސްވުން
  • ނޭވާލުން އަވަސްވުން
  • ބޭރަށްހިންގުން
  • ސަބަބެއްނެތި ބަރުދަން ލުއިވުން
  • ހާސްވުން
  • އުދާސްވުން
  • ހޫނަށް ކެތްނުކުރެވުން
  • ދާހިއްލުން
  • ހަންގަނޑު ރަތްވެފައި ހުރުން، ހިރުވުން
  • ޑޮކްޓަރަށް ދައްކަންވީ ވަގުތު ދެނެގަންނާށެވެ. ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވެ ނުވަތަ 4-6 ހަފްތާ ވަންދެން އަމިއްލަޔަށް ފަރުވާ ކޮށްގެންވެސް އަލާމާތްތައް ނުދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ. ޢާއްމުގޮތެއްގައި ހައިޕޮތައިރޮއިޑިޒަމް ހުރިނަމަ ޑރ އިރުޝާދު ދެއްވާނީ ލިވޮތައިރޮޒައިން ފަދަ ބޭހެއް ބޭނުން ކުރުމަށެވެ. ހައިޕޮތައިރޮއިޑިޒަމް ނުވަތަ ގްރޭވްސް ޑިޒީޒް ހުރިނަމަ ރޭޑިއޭޓަން ތެރަޕީ، ތައިރޮއިޑްގެ މަސައްކަތް ކޮންޓްރޯލްކުރާ ބޭސް ، ހިތުގެ ވިންދު އެއް ހަމައެއްގައި ހިފަހައްޓައިދޭފަދަ ބޭސް ނުވަތަ ސާޖަރީ ހެދުމަށް އިރުޝަދު ދިނުމަކީވެސް އެކަށީގެންވާކަމެކެވެ.
  1. ސިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރަމުންއައި ކަންތައްތައް ހުއްޓާ ނުލާށެވެ. މެޑިކަލް ފަރުވާ ބޭނުންވިނަމަވެސް މަތީގައި ބަޔާންކުރެވިދިޔަ، ކެއުމުގައި ބަލަންވީ ކަންތަކާއި، ޤަވާއިދުން ކަސްރަތު ކުރުމާއި، އަރާމުކުރުމަކީ ތައިރޮއިޑް ގެ މަސައްކަތް އެންމެ ފުރިހަމަޔަށް ލިބިގަންނަން ބޭނުންނަމަ ކުރަން ޖެހޭނެ ކަންތައްތަކެވެ.

ތައިރޮއިޑް ބައްޔާއި ރޫހާނީ ބަލިމަޑުކަމާއި އެއްވެސް ގުޅުމެއްވޭތޯ؟

ރޫހާނީ ބަލިތަކުގެ އަސްލަށް ބަލާނަމަ ތައިރޮއިޑް ބަލި ޖެހުމަކީ ދުރުކުރުވާ ސިޙުރުގެ އަލާމާތެކެވެ. މީގެ ތެރޭގައި ހުރިހާ ބާވަތެއްގެ ދުރުކުރުވާ ސިޙުރު ހިމެނޭނެއެވެ. މިގޮތުން ދެމަފިރިން، އާއިލާގެ މެމްބަރުން އަދި ރަޙްމަތްތެރިން ދުރުކުރުވާ ސިޙުރު ހިމެނެއެވެ.

ހަމައެހެންމެ އެސްފީނާ ޙަސަދައިގެ ސަބަބުންވެސް ތައިރޮއިޑް މައްސަލަ ދިމާވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން ތިރީގައި މި ހިމަނާލަނީ ތައިރޮއިޑް ބައްޔަށް ޤުރުއާނުގެ އަލީގައި ކުރެވިދާނެ ވަރަށް އަޘަރުކުރުވަނިވި އަދި ތަޖުރިބާކުރެވިފައިވާ ރުޤުޔާއެކެވެ. އިންޝާ ﷲ މި ރުޤުޔާގެ އެހީގައި ތައިރޮއިޑް ބަލި ޖެހިފައިވާ މީހާ އެއްކޮށް ރަނގަޅުވެގެންދާނެއެވެ.

 

ފަރުވާކުރާނެގޮތް

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (

يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُم مَّشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّـهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠﴾) سورة البقرة (

وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٩﴾) سورة البقرة (

أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا ﴿٥٤﴾) سورة النساء(

وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾) سورة الكهف (

وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾) سورة القلم(

الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ ) سورة الملك   (

وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ﴿١٠٣﴾ سورة آل عمران

وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ اللَّـهَ أَلَّفَ بَيْنَهُمْ ۚ إِنَّهُ عَزِيزٌ حَكِيمٌ ﴿٦٣﴾ سورة الأنفال

وَاللَّـهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللَّـهِ هُمْ يَكْفُرُونَ ﴿٧٢﴾ سورة النحل

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٢١﴾ سورة الروم ( މި އާޔަތް ވީހާވެސް ގިނައިން ކިޔެވުން އެދެވިގެންވެއެވެ )

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴿٣٣﴾ سورة فصلت

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة  (

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس       (

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ )   سورة النحل   (

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(

وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء (

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت   (

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس  (

މަތީގައިވާ ރުޤުޔާ ފެނަށް ކިޔަވައިގެން ދުވާލަކު 3 އިރު ބޯށެވެ. އަދި މި ފެނުން ކޮންމެ ދުވަހަކުވެސް ފެންވަރާށެވެ. ފެނަށް ރުޤުޔާ ކިޔަވާއިރު سورة الروم ގެ 21 ވަނަ އާޔަތް ތަކުރާރުކޮށް ގިނައިން ކިޔަވާށެވެ. މި އާޔަތް ގިނައިން ކިޔެވި ވަރަކަށް ފަރުވާ ލިބުމުގައި އަވަސްކަމުގައި ތަޖުރިބާ ކުރެވިފައިވެއެވެ. ހަމައެހެންމެ ބޮޑު މާމުއި ފުޅިއަކަށް މަތީގައިވާ ރުޤުޔާ ކިޔަވާށެވެ. މާމުޔަށް ކިޔަވާއިރުވެސް سورة الروم ގެ 21 ވަނަ އާޔަތް ވީހާވެސް ގިނައިން ކިޔަވާށެވެ. އޮނަހިރި އަދަދަކަށް ކިޔަވާށެވެ. މިގޮތުން 101 ނުވަތަ 77 ވަރަކަށް ފަހަރަށް ކިޔަވާށެވެ. އެއަށްފަހު ކޮންމެ ދުވަހަކުވެސް ހުސްބަނޑާ މާމުއި ސަމްސަލެއް އަދި ރޭގަނޑު ނިދަންވުމުން ސަމްސަލެއް ބޯށެވެ. މިފަރުވާ ބަލި ރަނގަޅުވަންދެން ކުރިއަށް ގެންދާށެވެ. އިންޝާ ﷲ މި ބަލި އެއްކޮށް ފަސޭހަވެގެންދާނެއެވެ.

ނޯޓް : ރުޤްޔާ ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން މޮޅު އިތުރުވެގެން ވެއެވެ. މިގޮތުން 3 ފަހަރު ނުވަތަ 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. ﷲ ޞުބުޙާނަޙޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ

އެހީތެރިވެދިނީ: އަލީ އާސިރު.

One thought on “ތައިރޮއިޑް ބައްޔަށް ކުރެވިދާނެ ފަރުވާ

  • May 27, 2016 at 11:23 am
    Permalink

    ތައިރޮއިޑާއި ޓޮންސިލާއި އެއްވެސް ގުޅުމެއް ވާނެތޯ؟ ވާނަމަ ނުވަތަ ނުވިނަމަވެސް ޓޮންސިލަށް ކުރެވިދާނެ ފަރުވާއެއް ގެނެސްދެއްވާ!

    Reply

Leave a Reply

Your email address will not be published. Required fields are marked *