އެސްފީނާ/ހަސަދަ އަށް ކުރެވިދާނެ ކުރު ރުޤްޔާއެއް

esfina adhi hasadha kuru

އެސްފީނާ/ހަސަދަ އަށް ކުރެވިދާނެ ކުރު ރުޤްޔާއެއް

الحمد لله والصلاة والسلام على رسول الله صلى الله عليه وسلم

އެސްފީނާއަކީ ކޮބައިތޯ؟ ބައެއް މީހުން ދެކޭ ގޮތުގައި އެސްފީނާއަކީ އޭގައި އެއްވެސް ހަޤީގަތެއް ނުވާ ފްލޯކް ވާހަކަތަކެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެސްފީނާގެ ވާހަކަ ގިނަ ބޭފުޅުންނަށް އެނގިފައިވަނީ މުސްކުޅިންގެ ތުންތުންމަތިން ކަމުގައިވެސް ވާތީއެވެ. ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި މިވާހަކަތައް އަޅުގަނޑުމެންނާ ހަމައަށް ފޯރާފައި ވަނީ ވަރަށް މަދުންކަމުގައިވެސް ވީމައެވެ. ނަމަވެސް އެސްފީނާއަކީ ހަޤީގަތެކެވެ. އޭގެ ސަަބަބުން ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިކުރުވާފާނެ ކަމެކެވެ. މިކަން ޤުރުއާނާއި ސުންނަތުގެ އަލީގައި ފެންނަން އެބަހުއްޓެވެ. އެހެން ކަމުން މި ފުރުޞަތުގައި އެސްފީނާގެ މާނަގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްތަކަށް ބަލައިލާނަމެވެ.

އެސްފީނާގެ ތަޢުރީފުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. ” އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭ ހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކާ އަމާޒުވެ، އަޅައިގަނެ، އެ ނަފްސުގެ ވިހަ އެ ބަލައިލެވޭ އެއްޗަކަަށް ފޯރުވާ ފޯރުވުމެވެ” ( ޒާދުލް މަޢާދު 4/167)

އިބްނުލް މަންޒޫރު ވިދާޅުވާ ގޮތުގައި އެސްފީނާއަކީ ” ލޮލުގެ ވިހަ އެއްޗަކާ އަމާޒްވެ، އެ އެއްޗަކަށް ގެއްލުން ލިބުމެވެ. މިގޮތުން ޢަދާވާތްތެރިއަކު އޭނާ އާއި ދިމާލަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް “ބަލިވެ” އެވެ. ” ( ލިސާނުލް ޢަރަބި 13/301 )

އަލް ޙާފިޒު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. ” އެސްފީނާއަކީ އެދުންވެރިކަމާއެކު އެއްޗަކަށް ބަލާ ބެލުމެއްގެ ސަބަބުން، އޭނާގެ ނުބައި ނަފްސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަޘަރު އެއްޗަކަށް ފޯރައި، އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބުމެވެ. ” ( ފަތުޙުލް ބާރީ 10/200 )

މިކަމަކީ ބަައެއް މީހުން ޤަބޫލުކުރަން ދަތިކަމަކަށް ވެސް ވެފައިވެއެވެ. ނަމަވެސް މިކަމުގެ ހަޤީގަތް ޤުރުއާނުންވެސް ފެންނަ އެބަހުއްޓެވެ.ޤަލަމު ސޫރަތުގެ 51 އާާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ އާޔަތުގެ މާނައިގައި ވެއެވެ.

” كافر ވި މީހުން قرآن ގެ އަޑު އެހިހިނދު، އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ މޮޔައެކެވެ.”

އިބްނު އައްބާސާއި، މުޖާހިދާއި އަދި އެހެންވެސް ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި ” އެއުރެންގެ ބެލުންތަކުން ކަލޭގެފާނު ކައްސުވާލައި، ވައްޓައިލުމާ ގާތްކުރެތެވެ.” އޮތް ބަސްފުޅުގެ މުރާދަކީ އެއުރެންގެ އެސްފީނާ ޖެހުމެވެ. ﷲ ގެ އިޒުނަ ފުޅާ ލައިގެން އެސްފީނާއަކީ އޮތް އެއްޗެއްކަމުގެ މައްޗަށް މި އާޔަތުން ދަލީލު އެބަލިބެއެވެ. ( އިބުނު ކަޘީރު 4/408 )

އެސްފީނާއަކީ އޭގެ ސަބަބުން ވަރަށް ގިނަ ބޮޑެތި ކަންތައްތަކެއް މީހާއަށް ކުރިމަތިކުރުވާފާނެ ކަމެކެވެ. ސުންނަތުން މިކަމާއި ގުޅޭގޮތުން ހަދީޘްތައް ބަޔާންވެގެން އައިސްފައިވެއެވެ. އެހެންކަމުން މިކަމަކީ ހަޤީގަތެއްކަން ވަރަށް ސާފުކޮށްފެންނަން އެބައޮތެވެ. މިގޮތުން ތިރީގައި މި ބަޔާންކޮށްލަނީ މިފަދަ ބައެއް ހަދީޘްތަކެވެ.

އަބޫހުރައިރާ ރަޞިޔަﷲ ޢަންހު ރިވާކުރައްވާފައި ވެއެވެ. ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ” العَينُ حَقٌّ وَنَهَى عَنِ الْوَشْمِ ” މާނައީ: ” އެސްފީނާއަކީ ޙަޤީޤަތެކެވެ. އަދި ޓެޓޫޖެހުން އެކަލޭގެފާނު މަނާކުރެއްވިއެވެ.” ( ފަޠުޙުލް ބާރީ، ޞަޙީހް މުސްލިމް، ބާބުއް ޠިއްބު، އަބޫ ދާވޫދް )

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” اسْتَعِيْذُوا بِا للهِ مِنَ الْعَيْنِ فَإِنَّ الْعَيْنَ حَقٌّ ” މާނައީ: ” އެސްފީނާއަކީ އޮތް އެއްޗެކެވެ. ފަހެ، ﷲ ގެ ހަޟްރަތުން އެއިން ރައްކާތެރިވުމަށް އެދޭށެވެ! ” (އިބުނުމާޖާ، ބާބުލް ޠިއްބު؛ އަލް ޙާކިމް، އަލް މުސްތަދްރަކް. އަލް އަލްބާނީ ވަނީ މިޙަދިޘް ސައްޙަކުރައްވާފައި)

އަބޫޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ” إِنَّ الْعَيْنَ لَتُوْلِعُ بِالرَّجُلِ بِإِذْنِ اللهِ حَتَّى يَصْعَدَ حَالِقًا فَيَتَرَدَّى مِنْهُ ” މާނައީ: ” މީހާ އުސްފަރުބަދައަކަށް އަރައި ވެއްޓިއްޖައުމަށްދާންދެން ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާ އޭނާގެ ފަހަތުން ދެއެވެ. ” (މުސްނަދް އަޙްމަދު؛ އަބޫ ޔަޢްލާޞަހީހުލްޖާމިޢު ، ގައި އަލް އަލްބާނީ ވަނީ މިޙަދިޘް ސައްޙަކުރައްވާފައި).

އިޚްތިޔާރަކާއި އެކުވެސް ނުވަތަ އިޚްތިޔާރަކާއި ނުލައިވެސް އެސްފީނާ ޖެހިދާނެއެވެ. މީހަކު ހިތުގައި އެއްވެސް ކަހަލަ ގޯސް ނިޔަތެއް ނެތި ބުނާ ބުނުމަކުންވެސް އެސްފީނާ ޖެހިދާނެއެވެ. ބަލައިލާ ބުލުމަކުންވެސް މެއެވެ. އެހެންކަމުން މަތީގައި ބަޔާންވެދިޔަ ހަދީޘްތަކުގެ އަލީގައި އެސްފީނާއަކީ ކިހައި ނުރައްކާތެރި އެއްޗެއްކަން ހާމަވެގެން ހިނގައްޖެއެވެ.

ދެން އޮތީ ހަސަދައެވެ. ހަސަދަވެރިކަމަކީ ތިބާއަށް ލިބިފައިނުވާ ނިޢުމަތެއް އެހެންމީހަކަށް ލިބިފައިވުމުން، އެމީހަކަށް ލިބިފައިވާ ނިޢުމަތް ފިލާދިއުމަށް ތިމާ އެދޭ އެދުމެވެ. ނުވަތަ ތިބާގެ ހިތުގައި އެމީހަކާއި މެދު އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން ތިމާއަށް ލިބޭ ނިޢުމަތެއް އަނެކާއަށް ލިބުމަށް ނޭދުމެވެ. މިކަމަކީ ބައެއް އިންސާނުންގެ ކިބައިގައިވާ ވަރަށް ނުބައި ސިފައެކެވެ. މިފަދަ މީހުންގެ ވާހަކަ ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ.

وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥سورة الفلق

މާނައީ : ” އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.”

ބުޚާރީ އާއި މުސްލިމްގައި ރިވާކުރައްވާފައިވާ ހަދީޘެއްގައިވެއެވެ.

އަނަސް ބިން މާލިކް ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ” ތިބާގެ އަމިއްލަ ނަފްސަަށް ލޯބިކުރާ ކަންތައްތައް ތިބާގެ އަޚާ ލޯބިކުރުމަށް ނޭދޭހައި ހިނދަކު ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަނުވާނެއެވެ “

އެސްފީނާއެއް ނުވަތަ ހަސަދެއްގެ އަޘަރުކޮށްފައިވާ މީހަކަށް ސިޙުރުޖެހިފައިވާނަމަ ސިޙުރަށް ފަރުވާކުރި ކަމުގައިވިޔަސް ގިނަފަހަރަށް ފަރުވާއެއް ނުލިބެއެވެ. އެހެންކަމުން އެސްފީނާ/ހަސދަައިގެ އަޘަރު ހަށިގަނޑުން މުޅިން ފިލުވާލުމަށްފަހުގައި މެނުވީ ސިޙުރަށް ފަރުވާ ނުކުރުމަކީ ބުއްދިވެރިގޮތެވެ.

ބަލިމީހާއަށް ޖެހިފައިވާ ރޫޙާނީ ބަލިމަޑުކަމަކަށް އެތައް އެހަރުތަކެއް ވަންދެން ފަރުވާކުރުމުގައި ހޭދަކުރަމުންދާ ގިނަ ބޭފުޅުންނަށް އަސްލު ފަރުވާ ނުލިބުމުގައި ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ އެސްފީނާ/ހަސަދައިގެ އަޘަރު ހަށިގަނޑުން މުޅީން ފިލުވައިނުލެވުމެވެ. އާންމުގޮތެއްގައި ބަލިމީހުންގެ ގައިގައި ކުޑައިރުއްސުރެ ހުންނަ އެސްފީނާއެއްގެ އަޘަރު ހަށިގަނޑަށް ހިފައިފާ ހުރުމުގެ ސަބަބުންވެސް މެއެވެ.

ބަލިމީހާ އަމިއްލައަށް ފަރުވާކުރާކަމުގައިވާނަމަ، އާންމުގޮތެއްގައި ކޮންމެ ބޭފުޅަކުވެސް ބަލަނީ ކުރު ރުޤްޔާއެއްގެ ބޭނުންކޮށްގެން އަވަހަށް ރަނގަޅުވާނެ ގޮތަކަށެވެ. އެހެންކަމުން ތިރީގައި އަޅުގަނޑު މި ހިމަނާލަނީ އެސްފީނާ/ހަސަދައަށް ކުރެވިދާނެ ކުރު އަދި ފަސޭހަ ރުޤުޔާއެކެވެ. މި ރުޤުޔާއަކީ އަޅުގަނޑު އެތައް ބަލިމީހުންނަށް ތަޖުރިބާކޮށްފައިވާ އަދި ހަމައެހެންމެ ބަލިމީހުން އަމިއްލައަށްވެސް ތަޖުރިބާކޮށްފައިވާ ލުއި ފަރުވާއެކެވެ. އިންޝާ ﷲ މި ފަރުވާކޮށްގެން އެސްފީނާ/ހަސަދައިގެ އަޘަރުކޮށްފައިވާ މީހުންނަށް ފުރިހަމަ ޝިފާއެއް ލިބިގެންދާނެއެވެ.

ފަރުވާކުރާނެގޮތް

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (

يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُم مَّشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّـهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠﴾) سورة البقرة (

وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٩﴾) سورة البقرة (

أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا ﴿٥٤) سورة النساء(

وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾) سورة الكهف (

وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾) سورة القلم(

الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ ) سورة الملك   (

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة  (

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس       (

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ )   سورة النحل   (

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(

وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء (

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت   (

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس  (

މަތީގައިވާ ރުޤްޔާ ރޯސްވޯޓަރ އަށް ކިޔެވުމަށް ފަހު ރޯސްވޯޓަރ ފުޅީގެ މަތިގަނޑަށް ފެންފޮދެއް އަޅައި ނުކިޔަވައި ހުރި ފެންތައްޓަކަށް އެއްކޮށްލުމަށްފަހު ފެންފޮދު ބަލިމީހާއަށް ބޯންދޭށެވެ. ރޯސްވޯޓަރ ފުޅީގައި ބާކީ ހުރިބައި 5 ލީޓަރުގެ ހުސްފުޅިއަކަށް އެއްކޮށްލުމަށްފަހު އާދައިގެ ފެންއަޅާ އެއްކޮށްލާށެވެ. އެއަށްފަހު މިފެނުން ބަލިމީހާ ފެންވަރާށެވެ. އަދި ބަލިމީހާ އަމިއްލައަށް މި ރުޤްޔާ ގިނަގިނައިން ކިޔަވާށެވެ. މިގޮތަށް މެދުނުކެނޑި 21 ދުވަސްވަންދެން ކުރިޔަށް ގެންދާށެވެ. ( ރޯސްވޯޓަރ ފުޅިއަކަށް ކޮންމެ ދުވަހަކު ކިޔެވުމުގެ ބަދަލުގައި ރޯސްވޯޓަރ ފުޅިތަކުގައިވާ ފެން އެއްޗަކަށް އެޅުމަށްފަހު މި ރުޤްޔާ ކިޔަވާލެވިދާނެއެވެ. އެއަށްފަހު ފުޅިތަކަށް ކިޔަވާފައި ހުރިފެން ނަގައި ފަރުވާ ކުރިޔަށް ގެންދެވިދާނެއެވެ.) ހަމައެހެންމެ ކާށިތެލަށް ނުވަތަ ޒައިތޫނި ތެލަށް މި ރުޤްޔާ ކިޔެވުމަށްފަހު ގައިގާ މި ތެޔޮ އުނގުޅާށެވެ. ( އެސްފީނާއަށް ފަރުވާކުރުމުގައި ކާށިތެލަށް ކިޔަވައިގެން ގައިގައި އުނގުޅުމުން ފަރުވާލިބުމުގައި އަވަސް ކުރިއެރުންތަކެއް އަންނަކަމުގައި އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައިވެއެވެ. ) އިންޝާ ﷲ އެސްފީނާއާއި ހަސަދައިގެ އަޘަރު ހަށިގަނޑުން ނެތިގޮސް ބަލިމީހާއަށް ޖެހިފައިވާ ކަންތައް ރަނގަޅުވެދާނެތެވެ.

ނޯޓް : ރުޤްޔާ ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން މޮޅު އިތުރުވެގެން ވެއެވެ. މިގޮތުން 3 ފަހަރު ނުވަތަ 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. ﷲ ޞުބުޙާނަޙޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.

 

50 thoughts on “އެސްފީނާ/ހަސަދަ އަށް ކުރެވިދާނެ ކުރު ރުޤްޔާއެއް

  • March 21, 2016 at 9:47 am
    Permalink

    mi rugya kuda dharifulhah vx beynun kurevidhaanetho nuvataha vaki khaassa esfeenaage rugyaa eh kuda kudhinnah veytho? javaabehgge inthizaarugai veemeve

    Reply
    • March 21, 2016 at 9:54 am
      Permalink

      Aadhe hama kuda kudhinnah vesmi ruqya fudheyne..mega mivaagothah beynunkurevidhaneh

      Reply
  • May 8, 2016 at 2:05 pm
    Permalink

    ދަރިފުޅަށް މިފަދަ ކަމެއް ޖެހިފައިވޭތޯ ބަލަން ނުގަބޫލު ކަމަށް ވާނަމަ ދެން މިކަން ބެލޭނެ އެހެން ގޮތެއް އޮންނާނެތޯ؟

    Reply
    • May 17, 2016 at 2:39 pm
      Permalink

      މީގައި މިވާ ރުޤުޔާ ކިޔަވާފައި ފެން ބޯންދިނުމުން އެއްވެސް ބަދަލެއް ފެންނަނަމަ އެސްފީނާ ހުރިކަމަށް ބެލވިދާނެ. އަދި އޭނައަށް އަޑު އިވޭ ވަރަށް ދުރުގައި އިނދެގެން ކިޔވައިގެން އެއްވެސް އުނދަގުލެއް ފާހަގަ ކުރެވޭތޯވެސް ބެލިދާނެ.

      Reply
    • September 19, 2022 at 4:28 pm
      Permalink

      Esfeenaa fen kiyavaairuga fumen jeheythw; dhn e surah thah ayat thah kiyaairuga kohme aayatheh misaalakh thin faharu kiyaafathw kiyaany nuny hama fatiha sura in hama nasi surah aa hamayah 1 faharu kiyaafa anehkaa hama feshun the innany

      Reply
      • January 19, 2023 at 12:11 am
        Permalink

        kiyavan huri baitha ehkoh kiyavaa nimmafa fumelumunves fudheyne.

        Reply
        • March 15, 2023 at 1:07 am
          Permalink

          އެގޮތަށްވެސް ކަންތައް ކުރެވިދާނެ.

          Reply
      • September 19, 2024 at 8:07 am
        Permalink

        kiyavan bayaan koffa huri aayaithah vaki vakin 3 faharu nuvatha 7 faharu nuvatha 21 faharuves kiyevidhane… Nuvatha hurihaa aayaitha fashaigen nimenden eh adhadhah ves kiyevidhane.. ehkoh huriha aayatheh beynunvaa adhadha kiyavaa nimumun fumelumun fudheyne In Shaa Allah

        Reply
  • June 1, 2016 at 1:23 pm
    Permalink

    މި ރުޤްޔާ ކިޔަވަައިރު ފިނިފެނާ ތެލާއި މިކަހަލަ 3،4 ފުޅިޔަށް އެއްފަހަރާ ކިޔެވިދާނެތޯ

    Reply
    • June 6, 2016 at 2:47 pm
      Permalink

      އެއްފަހަރާ ކިޔަވަން ބޭނުންފުޅުވާނަމަ 5 ލީޓަރުގެ ހުސްފުޅިއަކަށް ރޯސްވޯޓަރ ފުޅިތައް އެއްކުރައްވައި، އެފެނަށް ރުޤުޔާ ކިޔެވުމަށްފަހު އަލުން ރޯސްވޯޓަރ ފުޅިތަކަށް އަޅައިގެން ބޭނުންކުރެވިދާނެއެވެ. އެއްފަހަރާ 3 ނުވަތަ 4 ފުޅި ކައިރީގައި ބަހައްޓައިގެން ކިޔެވުމަކީ އޭގެ ތާޞީރު ކުޑަވެދާނެކަމެކެވެ.

      Reply
  • October 6, 2016 at 5:53 pm
    Permalink

    Rose water nun aadhaige fennah kiye v dhaane tho?

    Reply
    • October 9, 2016 at 10:15 am
      Permalink

      aadhe kiyevidhaane… ae masala eh noon…

      Reply
  • October 10, 2016 at 11:48 pm
    Permalink

    ބަޤަރާ ސޫރަތުގެ 109ވަނަ އާޔަތުގެ من އަނަތަން ތާގަ އިބިފިލި އިނަނީ دَّ كَثِيرٌ مِنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُمْ مِنْ بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِنْ عِنْدِ أَنْفُسِهِمْ مِنْ بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّهُ بِأَمْرِهِ ۗ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ

    Reply
    • October 23, 2016 at 11:40 am
      Permalink

      ބައެއް މުޞްޙަފުތަކުގައި ތަސްދީދެއް އިންނަ އަކުރެއްގައި އަބަފަލި އިންނަނަމަ ޖަހާނީ ތަސްދީދުގެ މަތީގައި އަދި އިބިފިއްޔެއްނަމަ ޖަހާނީ ތަސްދީދުގެ ތިރީގައެވެ. އެހެންކަމުން އެއީ މައްސަލައެއް ނޫނެވެ.

      Reply
  • October 22, 2016 at 7:17 am
    Permalink

    Kameh goas nama hunnaane alaamai thaka kee koba thoa

    Reply
    • October 23, 2016 at 10:13 am
      Permalink

      ehves kameh goas vaanama nuvatha ehves roohany balimadu kameh ulheynama ingeyny ruqya kiyavaigen nuvatha adu ahaigen..meege ithurun alaamaithakun ves ithuru mauloomathu libigen dhaane

      Reply
  • January 26, 2017 at 12:24 pm
    Permalink

    kuda kuhjjakah ehsdeena jehijahya engeynee kihineh tho? mibuney adhi 1 mas?

    Reply
    • February 5, 2017 at 1:59 pm
      Permalink

      eki kudhinah esfeena in dhimavany eki kahala undhagoo…migothun faahaga kollevey baeh kanthah thah thiryga evany

      – keun huttalun
      -nunidhun
      – abadhu balivun
      – aadhaya khilaafa barudhan lui vun
      – puppu fehi kulaiga hurun
      – leymadhuvefai hunna kahala gothakah hashiganduge kula hurun

      Reply
    • February 5, 2017 at 2:23 pm
      Permalink

      esfeena jehifaivaanama alaamaithakuge thereyga
      1. aanmukoh bolugai rissun
      2. unaganduge thireegai rissun
      3. kakuluge thireegai rissun
      4. bandage thankolhehgai rissun
      5. kulli akah dhiri ulhumah bodethi neydhevey badhaluthakeh aun
      6. kuda kujjenama bodukamu dhevey iru fehikulaigai hurun
      meege ithurunves thafaathu alaamaitha hurey..ehen kamun mikan huritho check kollevun ae emme budhdhiveri goi

      Reply
  • February 6, 2017 at 9:14 pm
    Permalink

    Esfeenage sababun aailee mahssalathah kurimathi veytho..anbidhariinge gaathugai firimeeha hunna hiy nuvumakee esfeena ge kamehtho..hvafenugai nudhanna meehunge sifaiga meehu fenumaai adhi neydhevey amalu hingumah ulhun mee konkahala kamehtho eve

    Reply
    • February 7, 2017 at 2:15 pm
      Permalink

      nabiyya ge hadith gaivaa gothun esfeena akee mi ummathuge gina meehun maruvegendhaa sababeh kamugaive eve..ehen kamun esfeena ge sabsbun komme fadha gellumeh ves kurimathivedhane…namaves roohany balimadu kameh huritho dheneganeveyny ruqya ge beynun kogen…

      Reply
  • February 8, 2017 at 1:15 pm
    Permalink

    Ahbadhu varubali vun ehvx kameh nukurey as varubalive nidheega gaburu feni amihlla meehaa maruvaathan feni harufa ehchei gayah araa than fenun mikan kamakeevx asfeena kamah vedhedhaane thoa v avas javaabeh

    Reply
    • June 11, 2017 at 11:03 am
      Permalink

      Thidhennevi kankamakee sihuruge alaamaitha..ehen kamunn sihuru huritho check kuravva

      Reply
  • July 6, 2018 at 3:09 pm
    Permalink

    Kudakudhinaves 21 dhuvahu meethi hadhan jeheyne thw

    Reply
    • June 9, 2020 at 2:05 am
      Permalink

      ޖެހިފައިވާ ބަލި އެއްދުވަހުން ރަނގަޅުނުވާނަމަ މަދުވަގެނެް 7 ދުވަހު ކުރިއަށް ގެންދަވާ

      Reply
  • August 7, 2018 at 9:22 pm
    Permalink

    Hailuge dhuvas varu mi rugya kureveynethoa. Adhi kureveynama hailuveriya aMilla ah rugya ge aayahtha fenahkiyevumun kiyevumun kamudhaa nethoa s

    Reply
    • June 9, 2020 at 2:04 am
      Permalink

      ހައިޟުގެ ދުވަސްވަރުވެސް ރުޤްޔާ ކުރެވޭނެ، އާޔަތްތައް ކިޔަވަން ބޭނުންނަމަ ފޯނުން ނުވަތަ ޓެބްލެޓަކުން ކިޔެވިދާނެ، މުޞްޙަފުގައި ބީހުން ހުއްދައެއް ނުވާނެ

      Reply
  • September 19, 2018 at 4:27 pm
    Permalink

    Mulhi gaiga faadehege ehcehhi thakeh naganee. V avas gayah fethurihje. Rangalheh nuve. V gina doctorun nah dhehkihje. Mikamah kureveyne faruvaa eh ebain tho

    Reply
    • June 9, 2020 at 2:02 am
      Permalink

      މިފަރުވާ ކުރައްވާ އިންޝާﷲ ރަނގަޅުވާނެ

      Reply
  • October 23, 2018 at 1:19 pm
    Permalink

    Rose water fulheegai baakee huri fen 5 litre hus fulhiakah ekkolumahfahu aadhaige fen alhaa ekkohlaasheve. Eahfahu mi fenun bali meeha fen varaasheve.
    Mi thanugai maana kuravvany kon gothakah tho.
    1. Aadhaige fen verumakun fen verumah fahu mifen alhaaneetha. Noony hama ekani mi fenun fen varaa neetha.
    2. 5 litre ge fenah kiyevi fen ehkurumah fahu 3 , 7 noony 21 dhuvas vandhen beynun kuraaneetha. Noony komme dhuvahaku fen fulhieh thayaaru kuraaneetha.

    Reply
    • June 9, 2020 at 2:00 am
      Permalink

      ކޮންމެ ދުވަހަކުވެސް ރޯސްވޯޓަރ ގެ ދެބައިކުޅާ އެއްބައި އާދައިގެ ފެނަށް އެއްކޮށްގެން ފެންވަރާނީ. އާޔަތްތައް ކިޔަވަންޖެހޭނީ 3، 7 ނުވަތަ 21 ފަހަރުކަމަށް ލިޔުމުގައި އެވަނީ

      Reply
  • November 1, 2018 at 6:35 pm
    Permalink

    theyo boluga ugulhanya mun hadaanee kihinei?? Vakivagutheh kohfa boa dhonna jeheynetha? Adi mikan kanthah kuran enme rangalhu vaguthaky koba??

    Reply
    • June 9, 2020 at 1:57 am
      Permalink

      މުޅި ބޮލުގައި ތެޔޮ އުނގުޅާކަށް ނުޖެހޭނެ. ކޮންމެ ގަޑިއެއްގައިވެސް ފަރުވާގެ ކަންކަން ކުރިއަށް ގެންދެވިދާނެ

      Reply
  • January 13, 2019 at 5:32 pm
    Permalink

    Fahaana therey hure mi rugyaa kiyaafaivaa fen elheynethw

    Reply
    • June 9, 2020 at 1:52 am
      Permalink

      ފާޚާނާގައި ހުރެގެން ކިޔެވުން ހުއްދައެއް ނުވާނެ. ނަމަވެސް ފާޚާނައިގައި ހުރެގެން ފެންއެޅިދާނެ

      Reply
  • February 8, 2019 at 1:34 am
    Permalink

    Mainnai dharin dhurukurumah sihureh hadhafai huritho balaanee kihinehtho? Adhi adhi efadha kameh hurina rangalhu kuraane ruquyaa eh bune dhevidhaane tho?

    Reply
    • June 9, 2020 at 1:50 am
      Permalink

      ސިހުރު ހުރިތޯ ޗެކް ކުރެއްވުމަށް އަޅުގަނޑުމެންގެ ވެބްސައިޓްގައިވާ ސިހުރު ޓެސްޓް ސެކްޝަން ބައްލަވާ. ވަަރިކުރުވާ ސިހުރު ނުވަތަ ދުރުކުރުވާ ސިހުރުގެ ފަރުވާ ތި ދެންނެވި ސިހުރަށް ކުރެވޭނެ

      Reply
  • February 25, 2019 at 11:51 am
    Permalink

    Bodu baalidhee ehge fenahkiyevun emmerangakhuvaanetho

    Reply
    • June 9, 2020 at 1:48 am
      Permalink

      އާދެ ކިޔެވިދާނެ

      Reply
  • June 19, 2019 at 9:56 am
    Permalink

    Alhugandah jehijehigen 3 rey fenun alhuganduge mamma roohaany ehchakah vegen ulheythan alhugandu maran vegen ulheytha konme reyakuves fennany ekm maruvaathaneh nufeney heylevey eyge kurin alhuganduge mamma aa evaahaka share kureema buny eii biruveri ehchehi balaathy heevaa gothako ehnve mihaaru neynge biruveri ehcheh belidhuvajeh ves ekm vesanehkaa ves fenijje ereyves fenuny mamma aa ebbandu dhahthaehves hama ehn mamma aa ehkoh ekm reyga fenunee meehun maranikoh e dhahtha alhugandu maraalan ulhenikoh hama ekm maruvaathan nuveh feney dhn eh rey fenun harufaeh alhugandu gaiga olhaalithan ves ekm maruvaathaneh nufeney maruvanikoh
    alhugandah konme faharakuves heyleveny ehn noony kiriyaa salaamaih vany mihaarakah aiss varah boluga ves rissaa bandah ves hama hurelaafa thadheg araafaane abadhu balivegen ulhen jeheny ves mee esfeenaa noony sihuruge alaamaatheh thw

    Reply
    • June 9, 2020 at 1:45 am
      Permalink

      ބޮޑަށް ބެލެވެނީ ސިހުރުގެ އަލާމާތެއް ކަމަށް،އެހެންކަމުން ސިހުރު ހުރިތޯ ޗެކްކުރައްވާ

      Reply
  • September 23, 2019 at 8:40 am
    Permalink

    Rose water adhi theyo kamunudha kudhin nah adhage fenah kiyava iru kanthah kuran v kihineh tho, adhi fen alha iru fahanaga huregen elheyne tho

    Reply
    • May 29, 2020 at 3:14 pm
      Permalink

      އާދައިގެ ފެނަށް ކިޔަވާނަމަ ކޮންމެ ދުވަހަކު 5 ލީޓަރުގެ ފެނަށް ކިޔެވިދާނެ. ޒައިތޫނި ތެޔޮ ނުވަތަ ކަޅުދިރި ތެޔޮވެސް ބޭނުންކުރެވިދާނެ.ފާޚާނާގަ ހުރެގެން ފެންއެޅުން މަނާކުރާ އެއްވެސް ދަލީލެއް އައިސްފައިނެތް. އެހެންކަމުން ފާޚާނާގަ ހުރެގެން ފެންއެޅުމަކީ އެއްވެސް މައްސަލައެއް ނޫން

      Reply
    • June 9, 2020 at 1:43 am
      Permalink

      އާދައިގެ ފެނަށް ކިޔަވާނަމަ ކޮންމެ ދުވަހަކުވެސް ފެންޖަކަށް ކިޔެވުމަށްފަހު ފެންވެރުމަށް ބޭނުންކުރެއްވުން ރަނގަޅުވާނެ. ފާޚާނައިގަ ހުރެގެން ފެންއެޅުމަކީ އެއްވެސް މައްސަލައެއްނޫން

      Reply
  • December 8, 2019 at 5:23 pm
    Permalink

    Do you have an audio of this?

    Reply
    • May 29, 2020 at 3:00 pm
      Permalink

      މި ރުޤްޔާ އާއި ގުޅޭ އޯޑިއޯ ފައިލް ޑައުންލޯޑް ކުރެއްވުމަށް ތިރީގައިވާ ލިންކްއަށް ކްލިކްކޮށްލައްވާ

      http://alroqya.com/portal/sound/302/

      Reply
    • June 9, 2020 at 1:42 am
      Permalink

      މި ރުޤްޔާގެ އޯޑިއޯ ޑައުންލޯޑް ކުރެއްވުމަށް މި ލިންކް އަށް ކްލިކް ކޮށްލައްވާ
      http://alroqya.com/portal/sound/302/

      Reply
  • February 3, 2020 at 10:50 pm
    Permalink

    Konme dhuvahakah rose water fen fulhi ehyhw beynun kuran jeheyny

    Reply
    • May 29, 2020 at 2:48 pm
      Permalink

      ކޮންމެ ދުވަހަކުވެސް ބޭނުންކުރައްވާނީ ރޯސްވޯޓަރ ފުޅީގެ ދެބައިކުޅަ އެއްބައި.

      Reply
    • June 9, 2020 at 1:39 am
      Permalink

      ކޮންމެ ދުވަހަކު ބޭނުންކުރައްވާނީ ރޯސްވޯޓަރ ފުޅީގެ ދެބައިކުޅައެއްބައި

      Reply

Leave a Reply

Your email address will not be published. Required fields are marked *