ޑައިބެޓިސް ނުވަތަ ހަކުރުބައްޔަށް ކުރެވިދާނެ ރުޤްޔާ
ޑައިބެޓިސް ނުވަތަ ހަކުރުބައްޔަށް ކުރެވިދާނެ ރުޤްޔާ
ހަކުރުބަލި ނުވަތަ ޑައިބެޓިސް މެލިޓަސް އަކީ މިއަދު ވަރަށް އާންމު ބައްޔަކަށް ވެފައިވާ ބައްޔެކެވެ. މިބަލީގެ 2 ބާވަތެއް ވެއެވެ. އެއޫ
- ޓައިޕް 1 ޑައިބެޓިސް : މިބާވަތުގެ ހަކުރުބަލީގައި ހަށިގަނޑަށް ބޭނުންވާ ވަރަށް އިންސިއުލިން އޭ ކިޔާ ހޯމޯން އުފައްދައި ނުދޭނެއެވެ.
- ޓައިޕް 2 ޑައިބެޓިސް : މި ބާވަތުގެ ހަކުރުބަލީގައި ހަށިގަނޑަށް ބޭނުންވާ ވަރަށް އިންސިއުލިން އުފައްދައި ދިން ކަމުގައި ވީނަމަވެސް މިތަކެތީގެ ފުރިހަމަ މަސައްކަތް މީގެން ނުހިނގައެވެ.
ހަކުރުބަލީގެ ބައެއް ޢަލާމާތްތަކުގެ ތެރޭގައި:
- އައްސިވުން
- ބަރުދަލުއިވުން ( ވަރަށް ރަނގަޅަށް ކެއުން ބެހެއްޓިކަމުގައިވިޔަސްމެ )
- އާދަޔާ ޚިލާފަށް ކަރުހިއްކުން
- އަވަސް އަވަހަށް ކުޑަކަމުދެވުން
- ގައިން ކަނޑައިގެން ދާ ނުވަތަ މަށައިގެން ދާ ތަންތަން ލަހުން ރަނގަޅުވުން
- ލޮލުގެ ފެނުން ފުސްވުން.
މިބައްޔަށް އޮތް ހައްލަކީ ހަށިގަނޑުގެ “ބްލަޑް ޝުގަރ ލެވެލް ” ނުވަތަ ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމެވެ. މިކަން ކުރެވިއްޖެ ކަމަށްވާނަމަ އިންޝާ ﷲ އެމީހަކަށް ހަމަ ދުޅަހެޔޮ މީހެއް ދިރިއުޅޭ އުސޫލުން ދިރިއުޅެވިދާނެއެވެ. މިބައްޔަށް ޤުދުރަތީ ވަސީލަތްތަކުގެ އެހީގައި ތަފާތު ރުޤްޔާތައް ކުރެވިދާނެއެވެ.
1.ފާގަދިޔަ
ފާގައަކީ އޭގައި ހުންނަ މަާއްދާއެއްގެ ސަބަބުން ލޭގައި ހުންނަ ހަކުރު ( ގުލްކޯޒް ) ގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ވަކި ގުނަވަނަކަށް މި މާއްދާއިން އެހީ ލިބުމުގެ ބަދަލުގައި، ފާގަ ދިޔައިގެ ސަބަބުން މުޅި ހަށިގަނޑުގައި ހިމެނޭ ހަކުރުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
ހަމައެހެންމެ ހަށިގަނޑުގައި އިންސިއުލިން ހޯމޯން އުފައްދައިދީ ، އެ ހޯމޯންތަކުން ކުރަންޖެހޭ މަސައްކަތުން ނިކުންނަ ނަތީޖާ އިތުރަށް ފުރިހަމަ ކޮށްދެއެވެ.
ފަރުވާ ކުރާނެ ގޮތް
- ކޮންމެ ދުވަހަކުވެސް ހުސްބަނޑާ ފާގައިން ޖޫސް ގިރުމަށް ފަހު ބޯށެވެ. މިކަން ކުރުމަށް 2 ނުވަތަ 3 ފާގައިގެ އޮށް ނަގާށެވެ. އަދި މިކްސްޗަރެއްގެ އެހީގައި މީގެން ޖޫސް ގިރާށެވެ. އަދި އާދައިގެ ވަރަކަށް ފެންފޮދެއް އެއްކުރުމަށް ތިޜީގައި ބަޔާންވެގެންވާ ރުޤްޔާ ކިިޔަވާށެވެ. މި ފަރުވާ މަދުވެގެން 2 މަސްދުވަހު ކުރިޔަށް ގެންދާށެވެ.
- ހަމައެހެންމެ ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ފާގައިން ހަދާފައިވާ ކޮންމެވެސް އެއްޗެއް ކާށެވެ.
2. ފޮނިތޮށި ޕައުޑަރ
- އަދި ބައެއް ދިރާސާތައް ދައްކާގޮތުން ހަކުރުބަލީގެ 2 ވަނަ ވައްތަރު ( ޓައިޕް 2 ޑައެބެޓިސް ) އަށް ފޮނިތޮށީގެ އެހީގައި ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.
- ފަރުވާ ކުރާނެ ގޮތް
- އާދައިގެ ފޮނިތޮށި އެހާގިނައިން ބޭނުންކުރުމަކީ ފުއްޕާމޭ ހަލާކުވުމަށް އެކަށީގެންވާ ކަމެކެވެ. އެއީ އާދައިގެ ފޮނި ތޮށީގައި ހިމެނޭ މާއްދާއެއް ކަމަށްވާ ” ކޫމެރިން” ގެ ސަބަބުންނެވެ.
- ހިމުންކޮށް މުގުރާފައި ހުންނަ ފޮނިތޮށީގައި ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ މާއްދާއެއްގެ ސަބަބުން އިންސިއުލިން ހޯމޯންގެ މަސައްކަތަކަށް އިތުރުބާެރެއް ދެއެވެ. އަދި މީގައި ހިމެނޭ “ބަޔޯ އެކްޓިވް” މާއްދާތަކުގެ ސަބަބުން ހަކުރުބަލިޖެހުމުން ސަލާމަތްކޮށްދިނުމާއި ހަކުރުބައްޔާ ދެކޮޅަށް ހަނގުރާމަކުރުމަށް މަސައްކަތްކޮށްދެއެވެ.
- ތާފަނާ ފެނުގެ ތެރެއަށް ފޮނިތޮށި ޕައުޑަރު ގެ ½ ސަމްސާ އެއްކޮށްލުމަށްފަހު ތިރީގައި ބަޔާންވެގެންވާ ރުޤްޔާ ކިޔަވާށެވެ. އަދި ކޮންމެ ދުވަހަކުވެސް ކިޔަވާފައިވާ ފެންތައްޓެއް ބޯށެވެ.
- އަނެތް ގޮތަކީ ފޮނިތޮށި 2 ނުވަތަ 3 ދަނޑިކޮޅެއް 1 ތަށިފެނަށް ލާފައި 20 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ހަމަ ތިރީގައިވާ ރުޤްޔާ ކިޔަވައި ފެންތަށި ބޯލުމެވެ.
- ހަމައެހެންމެ ފިނިބުއިންތަކަށާއި، ފިހެގެން ކާއެއްޗިއްސަށް ފޮނިތޮށި އަޅައިގެން ބޭނުންކުރެވިދާެނެއެވެ.
3.އަނބުފަތް
އަނބުފަތަކީވެސް ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް އެހީވެދޭ އެއްޗެކެވެ.
ފަރުވާ ކުރާނެގޮތް
- ފެންތަށްޓަކަށް 10 ނުވަތަ 15 އަނބުފަތް އެއްރޭވަންދެން ލާފައި ބެހެއެޓުމަށް ފަހު ތިރީގައިވާ ރުޤްޔާގެ އާޔަތްތައް މި ފެނަށް ކިޔެވުމަށްފަހު ހުސްބަނޑާ ހުރެގެން ބޯށެވެ. ނުވަތަ އަނބުފަތް ހިއްކުމަށްފަހު މުގުރާ ½ ސަމްސަލުގެ ޕައުޑަރަށް ރުޤުޔާކިޔެވުމަށްފަހު ދުވާލަކު 2 ފަހަރު ކާށެވެ.
4. ހިކަނދިފަތް
ހިކަނދިފަތަކީ ހަކުރު ބަލިން ސަލާމަތް ވުމަށާއި ހަކުރުބަލި ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމު ފަތެކެވެ. އެއީ މި ފަތުގައި ހުންނަ ހަކުރުބައްޔާ ދެކޮޅަށް ހަނގުރާމަކުރާ މާއްދާއެއްގެ ސަބަބުންނެވެ. ޤަބޫލުކުރެވޭގޮތުގައި ހިކަނދިފަތުގައި ހިމެނޭ މާއްދާއެއްގެ އެހީގައި ހަށިގަނޑުގައި ހުންނަ ” ސްޓާރޗް ” ހަކުރަށް ބަދަލުކޮށްދޭ މިންވަރު ދަށްކޮށްދެއެވެ.
ފަރުވާ ކުރާނެގޮތް:
ކޮންމެ ދުވަހަކު ހެނދުނު 11 ހިކަނދިފަތް ނެގުމަށްފަހު ތިރީގައިވާ ރުޤްޔާ ކިޔަވަައިގެން ކާށެވެ. މިފަރުވާ އެންމެ ފުރިހަމަ ގޮތުގައި ނުވަތަ ފައިދާ ލިބިނިވި ގޮތުގައި ގެންދިއުމަށް 3 ނުވަތަ 4 މަސްދުވަސްވަންދެން ކުރިޔަށް ގެންދާށެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައިވާ ސަރުބީތައް ވިރުމަށް އެހީވުމުގެ އިތުރުން ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދިނުމަށްވެސް އެހީތެރިވެދޭނެއެވެ.
5. ފޭރު
ފޭރުގައި ހިމެނޭ ވިޓަމިން ސީ އާއި ފައިބަރ ގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދިނުމަށް އެހީ ވެދެއެވެ. ހަކުރުބަލި ހުންނަ މީހުން ފޭރުގެ ތޮށި ނުކެއުން ބުއްދިވެރިއެވެ.
ފަރުވާކުރާނެ ގޮތް
ދޮން ފޭރެއް ތޮށިމެށުމަށް ފަހު ރުޤްޔާގެ އާޔަތްތައް ކިޔަވައި ފުމޭށެވެ. އަދި ކޮްންމެ ދުވަހަކުވެސް ފޭރެއް ކާށެވެ. ނަމަވެސް މާގިނައިން އެއްދުވަހައި ބައިވަރު ފޭރު ކެއުމަކީ ސިއްޙަތައް ގެއްލުން ލިބޭނެކަމެކެވެ.
6. ލޭޑީސް ފިންގަރ
ލޭޑީސް ފިންގަރ ގައި ހިމެނޭ ” ޕޮލިފިނޯލިކް މޮލިކިއުލްސް” ގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. 2011 ވަނަ އަހަރު ޝާއިޢު ކޮށްފައިވާ ޖަރނަލް އޮފް ފަަރމަސީ އަދި ބަޔޯ އެލައިޑް ސައިންސް ގެ ދިރާސާއެއް ދައްކާގޮތުން ހިމުންކޮށްފައިވާ އޮރެންޖް ތޮށްޓާއި އެލޮވީރާގައި ހަކުރުބައްޔާ ދެކޮޅަށް ހަނގުރާމަކުރާ ސިފަތަކެއް އެކުލެވިގެން ވެއެވެ.
ފަރުވާ ކުރާނެ ގޮތް
ލޭޑީސް ފިންގަރ ގެ ކޮޅުތައް ކަނޑާލާށެވެ. އަދި އުލެއް ފަދަ އެއްޗެއް ހަރާލައިގެން ލޭޑީސް ފިންގަރ ތަކުގައި ލޯވަޅު އަޅާލާށެވެ. ފެންތައްޓެއްގެ ތެރެއަށް ލޭޑީސް ފިންގަރތައް އެޅުމަށްފަހު އެއް ރޭ ވަންދެން ބަހައްޓާށެވެ. ހެނދުނު އެތަކުތި ފެނުގެ ތެރެއިން ނެގުމަށްފަހު ތިރީގައިވާ ރުޤްޔާގެ އާޔަތްތައް ކިޔަވާ، ހުސްބަނޑާ ހުރެ ފެންތަށި ބޯލާށެވެ. މި އަމަލު 4 ވަރަކަށް ހަފްތާ ވަންދެން ކުރިޔަށް ގެންދާށެވެ. .
މިކަމަށް ބޭނުންކުރާން ރުޤުޔާ
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾) سورة الفاتحة (
يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ ۖ كُلَّمَا أَضَاءَ لَهُم مَّشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا ۚ وَلَوْ شَاءَ اللَّـهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ ۚ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿٢٠﴾) سورة البقرة (
وَدَّ كَثِيرٌ مِّنْ أَهْلِ الْكِتَابِ لَوْ يَرُدُّونَكُم مِّن بَعْدِ إِيمَانِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْحَقُّ ۖ فَاعْفُوا وَاصْفَحُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ إِنَّ اللَّـهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٠٩﴾) سورة البقرة (
أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّـهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا ﴿٥٤﴾) سورة النساء(
وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾) سورة الكهف (
وَإِن يَكَادُ الَّذِينَ كَفَرُوا لَيُزْلِقُونَكَ بِأَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَيَقُولُونَ إِنَّهُ لَمَجْنُونٌ ﴿٥١﴾) سورة القلم(
الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾ ) سورة الملك (
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ ) سورة البقرة (
وَاسْتَفْتَحُوا وَخَابَ كُلُّ جَبَّارٍ عَنِيدٍ ﴿١٥﴾ مِّن وَرَائِهِ جَهَنَّمُ وَيُسْقَىٰ مِن مَّاءٍ صَدِيدٍ ﴿١٦﴾ يَتَجَرَّعُهُ وَلَا يَكَادُ يُسِيغُهُ وَيَأْتِيهِ الْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ ۖ وَمِن وَرَائِهِ عَذَابٌ غَلِيظٌ ﴿١٧﴾) سورة ابراهيم(
سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ النَّارُ ﴿٥٠﴾ لِيَجْزِيَ اللَّـهُ كُلَّ نَفْسٍ مَّا كَسَبَتْ ۚ إِنَّ اللَّـهَ سَرِيعُ الْحِسَابِ ﴿٥١﴾ سورة ابراهيم
قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴿٣٤﴾ وَإِنَّ عَلَيْكَ اللَّعْنَةَ إِلَىٰ يَوْمِ الدِّينِ ﴿٣٥﴾) سورة الحجر(
فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴿٦٨﴾ ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَـٰنِ عِتِيًّا ﴿٦٩﴾ ثُمَّ لَنَحْنُ أَعْلَمُ بِالَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ﴿٧٠﴾ وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا ﴿٧١﴾) سورة مريم(
أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴿١١٥﴾ فَتَعَالَى اللَّـهُ الْمَلِكُ الْحَقُّ ۖ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ ﴿١١٦﴾ وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ ﴿١١٧﴾ وَقُل رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ ﴿١١٨﴾) سورة المؤمنون(
إِنَّهُ مِن سُلَيْمَانَ وَإِنَّهُ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ﴿٣٠﴾ أَلَّا تَعْلُوا عَلَيَّ وَأْتُونِي مُسْلِمِينَ ﴿٣١﴾ ) سورة النمل(
وَلِسُلَيْمَانَ الرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُ عَيْنَ الْقِطْرِ ۖ وَمِنَ الْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِيرِ ﴿١٢﴾) سورة سبإ(
وَالصَّافَّاتِ صَفًّا ﴿١﴾ فَالزَّاجِرَاتِ زَجْرًا ﴿٢﴾ فَالتَّالِيَاتِ ذِكْرًا ﴿٣﴾ إِنَّ إِلَـٰهَكُمْ لَوَاحِدٌ ﴿٤﴾ رَّبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَرَبُّ الْمَشَارِقِ ﴿٥﴾ إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾ لَّا يَسَّمَّعُونَ إِلَى الْمَلَإِ الْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴿٨﴾ دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴿٩﴾ إِلَّا مَنْ خَطِفَ الْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ ﴿١٠﴾ سورة )الصافات (
وَجَعَلُوا بَيْنَهُ وَبَيْنَ الْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ الْجِنَّةُ إِنَّهُمْ لَمُحْضَرُونَ ﴿١٥٨﴾ سُبْحَانَ اللَّـهِ عَمَّا يَصِفُونَ ﴿١٥٩﴾ سورة الصافات
وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ ﴿٧﴾ يَسْمَعُ آيَاتِ اللَّـهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ﴿٨﴾ وَإِذَا عَلِمَ مِنْ آيَاتِنَا شَيْئًا اتَّخَذَهَا هُزُوًا ۚ أُولَـٰئِكَ لَهُمْ عَذَابٌ مُّهِينٌ ﴿٩﴾ مِّن وَرَائِهِمْ جَهَنَّمُ ۖ وَلَا يُغْنِي عَنْهُم مَّا كَسَبُوا شَيْئًا وَلَا مَا اتَّخَذُوا مِن دُونِ اللَّـهِ أَوْلِيَاءَ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴿١٠﴾ هَـٰذَا هُدًى ۖ وَالَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ ﴿١١﴾) سورة الجاثية(
وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنصِتُوا ۖ فَلَمَّا قُضِيَ وَلَّوْا إِلَىٰ قَوْمِهِم مُّنذِرِينَ ﴿٢٩﴾ قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَابًا أُنزِلَ مِن بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ﴿٣٠﴾ يَا قَوْمَنَا أَجِيبُوا دَاعِيَ اللَّـهِ وَآمِنُوا بِهِ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ﴿٣١﴾ وَمَن لَّا يُجِبْ دَاعِيَ اللَّـهِ فَلَيْسَ بِمُعْجِزٍ فِي الْأَرْضِ وَلَيْسَ لَهُ مِن دُونِهِ أَوْلِيَاءُ ۚ أُولَـٰئِكَ فِي ضَلَالٍ مُّبِينٍ ﴿٣٢﴾ )سورة الأحقاف(
سَنَفْرُغُ لَكُمْ أَيُّهَ الثَّقَلَانِ ﴿٣١﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٢﴾ يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ ﴿٣٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٤﴾ يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ ﴿٣٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٦﴾ )سورة الرحمن (
قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ﴿١﴾ يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَن نُّشْرِكَ بِرَبِّنَا أَحَدًا ﴿٢﴾ وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا ﴿٣﴾ وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّـهِ شَطَطًا ﴿٤﴾ وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّـهِ كَذِبًا ﴿٥﴾ وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا ﴿٦﴾ )سورة الجن (
قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ )سورة التوبة (
يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ (سورة يونس (
ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ ) سورة النحل ( ( މި އާޔަތް ގިނައިން ކިޔެވުމުން ފަރުވާލިބުމަށް އަވަސްވެގެންދާނެއެވެ. އިންޝާ ﷲ )
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾) سورة الإسراء(
وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا ﴿٨٠﴾ سورة الإسراء ( މި އާޔަތް ގިނައިން ކިޔެވުމުން ފަރުވާލިބުމަށް އަވަސްވެގެންދާނެއެވެ. އިންޝާ ﷲ(
وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾ ) سورة الشعراء (
وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ ) سورة فصلت (
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ ) سورة الإخلاص(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ )سورة الفلق(
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ ) سورة الناس (
މަތީގައި ބަޔާންވެގެން އެދިޔަ ރުޤުޔާއަކީ ހަކުރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރަންވީ ރުޤްޔާއެވެ. ކުރިން ބަޔާން ކުރެވުނު ހުރިހާ ފަރުވާތަކަށްވެސް ބޭނުންކުރާނީ މި އާޔަތް ތަކެވެ. ހުރިހާ ފަރުވާތަކެއް ކުރިޔަށް ގެންދިއުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ.
ނޯޓް : ރުޤްޔާ ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން މޮޅު އިތުރުވެގެން ވެއެވެ. މިގޮތުން 3 ފަހަރު ނުވަތަ 7 ފަހަރު ނުވަތަ 21 ފަހަރުވެސް ކިޔެވިދާނެއެވެ. ﷲ ޞުބުޙާނަޙޫ ވަތަޢާލާ އޮނަހިރި އަދަދުތަކަށް ލޯބިކުރައްވަތެވެ.
މީގެ އިތުރުން ފަރުވާ ކުރިއަށް ގެންދަމުން ޤަވާއިދުން މި ބައްޔަށް ޙިޖާމާ ޖަހަމުން ގެންދާށެވެ. އިންޝާ ﷲ މި ބަލި އެއްކޮށް ފަސޭހަވެގެންދާނެއެވެ.
ސަމާލުކަން ދޭންވީ ބައެއް ކަންކަން
– އަބަދުވެސް ލޭގައި ހަކުރު ހުންނަ މިންވަރު ބަލަމުން ގެންދާށެވެ.
– ސިއްޙަތައް ފައިދާ ހުރި ކާނާ ބޭނުންކޮށް އަބަދުވެސް ކަސްރަތުކުރާށެވެ.
– ކެއުމުގައި ފައިބަރ ހުންނަ ކާނާ އާދަކޮށް ބޭނުންކުރާށެވެ.
– ހެނދުނުގަޑީގައި އިރުގެ އަލި ލިބޭ ހިސާބެއްގައި ކޮންމެ ދުވަހަކުވެސް މަޑުކޮށްލާށެވެ. އިރުގެ އަލީގައި ހިމެނޭ ވިޓަމިން ޑީ ‘އިންސިއުލިން ހޯމޯން އުފެއްދުމަށް އެހީތެރިވެދޭނެއެވެ.
– އެކި ކަހަލަ ފިޒީ ބުއިންތައް ބޭނުންކުރުމުގެ ބަދަލުގައި ގިނައިން ފެން ބޯން އާދަކުރާށެވެ. ފެނަކީ ހަކުރު އެހެން މާއްދާތަކަށް ބަދަލުކުރުމަށް އެހީވެދޭ އެއްޗެކެވެ.
– ނޭވާލުމުގައި ފެުންކޮށް ނޭވާލުމަށް އާދަކުރާށެވެ. މިކަމުން ހާސްކަން ދުރުކޮށްދޭނެއެވެ. އަދި ކަންބޮޑުވުމާއި ހާސްކަން މެދުވެރިވާ އެކި ކަންކަމުން މީހާ ދުރުވާށެވެ. އެހެނީ މިކަން ކަމަކީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު އިތުރުވުމަށް މަގުފަހިކޮށްދޭ ކަންކަމެވެ.
އެހީތެރިވެދިނީ: އަބޫ މުސްލިމް
ހަކުރުބައްޔަށް ކުރެވިދާނެ ފަރުވާ