ކަޅުދިރީގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ
ޙައްބަތް ޞޫދާ (ކަޅުދިރި) ގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ
الحمد لله والصلاة والسلام على رسول الله صلى الله عليه وسلم
އަބޫޙުރައިރާ رضي الله عنها ގެ އަރިހުން ރިވާވެގެންވާ ކައުއިތުރު ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. “ތިޔަބައިމީހުން މި ކަޅު އޮށް (ކަޅުދިރި) ބޭނުންކުރާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން މީގައި މަރު ފިޔަވައި ހުރިހާ ބައްޔަކަށް ޝިފާއެއް ވެއެވެ.” (ތިރްމިޒީ، އަޙްމަދު އާއި އިބްނު ޙިބާން)
ކަޅުދިރި ނުވަތަ ޢަރަބި ބަހުން ނަމަ ޙައްބަތުލް ބަރަކާއަށް ފާރިސީން ކިޔާ އުޅެނީ ޝޫނައިޒްއެވެ(الشونيز). އަލް ޙާބީގެ ކިބައިން އައިސްފައިވާ ރިވާޔަތެއްގައި ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅާއި ބެހޭގޮތުން އަލް ޙަސަން ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވެއެވެ. “އެއީ ރެވިއޮށެވެ.” އަލް ހާވީ ވިދާޅުވިގޮތުގައި މިއީ ޓެރެބިންތް ނުވަތަ ޢަރަބި ބަހުންނަމަ ސިންދިޔާނާ ގަހުގައި އަޅާ ފެހި އޮށެކެވެ. މި ދެގޮތަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ކީރިތި ރަސޫލާގެ ޙަދީޘްފުޅުން މިއީ ކަޅު އޮށެއްކަން އެނގެއެވެ. އެހެންކަމުން މިއީ މަތީގައި ލިޔެވިފައިވާ ފަދައިން ޝޫނައިޒް ނުވަތަ ކަޅުދިރިއެވެ.
ކަޅުދިރީގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާކަން ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅުން އެނގެއެވެ:
“އޭގައި އެންމެހައި ބަލިތަކަށް ޝިފާއެއް ވެއެވެ.” ކީރިތި ޤުރުޢާނުގައި ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވާ ފަދައިންނެވެ.
“އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެ އެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ.” (46:25) މީގެ މާނައަކީ ފަނާވެދާނެ ފަދަ ހުރިހާ އެއްޗެއް ޙަލާކުކޮށް ނެތިކޮށްލައެވެ.
ކަޅުދިރިން ރޯގާ އާއި ރޯގާގެ ސަބަބުން ދިމާވާ އެކި ކަންކަމަށް ފަރުވާ ލިބެއެވެ. މީގެ އިތުރުން، ރޯގާއަށް ކުރާ ބޭސްފަރުވާގެ އަސަރު ހަށިގަނޑަށް އެންމެ ބޮޑަށް ފައިދާވާނެ ގޮތަށް ފޯރުކޮށްދިނުމަށް ކަޅުދިރި އެހީތެރިވެދެއެވެ. މަދު މިންވަރެއްގައި ކަޅުދިރި ބޭނުން ކުރުމުން މިފަދަ ބޭސްފަރުވާގެ އަސަރު އަވަހަށް ކުރެއެވެ.
“ޤާނޫނު” ލިޔުއްވި ލިޔުންތެރިޔާ އާއި އެހެން ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކެލައާއި ކާފޫރު އެއްކޮށްގެން ވެސް މިފަދައިން ބޭނުން ކުރެވިދާނެއެވެ. ބަލީގެ އަސަރުކޮށްފައިވާ ތަންތަނަށް ކާފޫރުގެ އަސަރު އަވަހަށް ފޯރުވައި ދިނުމަށް ކެލައިން އެހީތެރިވެދެއެވެ. ކެލާގެ ބަދަލުގައި ބޭނުން ކުރެވިދާނެ ވަރަށް ގިނަ ގަސްގަހާއި ގެހި ހުރެއެެވެ. އޭގެ ހޫނުން މިފަދަ ބަލިތަކަށް ފަރުވާކުރުމުގައި އެހީތެރިވެދެއެވެ.
މީގެ މިސާލެއްގެ ގޮތުން، އަންޒަރުތު ކިޔާ ލޮލުގެ ރަވައިގާ އަޅާ އަދުނެއްގައި ލޮލު ރޯގާ ފަދަ ލޮލުގެ ބަލިތަކަށް ފަރުވާ އެކުލެވިގެންވެއެވެ. މީގެ އިތުރުން، ސަލްފަރު ނުވަތަ ކައްސަނދުވާނިއަކީ ހަމުގެ އެކި ބަލިތަކަށް ފަރުވާއެކެވެ.
ތިންވަނަ ދަރަޖައިގައި ހޫނު އަދި ހިކި ކަޅުދިރިން ބަނޑުގައި ވައިހެދުން ހުއްޓުވައި، ބަނޑުގައި އުފެދޭ ފަނި ނައްތާލައި، ހުމާއި ރޯގާއާއި ޖުޒާމު ބަލިން ފަސޭހަކޮށްދީ، ބަނޑުގައި އުފެދޭ ގޭސް ނައްތާލައި ހަޖަމްކުރުމުގެ ނިޒާމަށް ޖެހޭ އެކި ބަލިތަކުން ސަލާމަތްކޮށްދެއެވެ. ކަޅުދިރި މާމުޔާ އެއްކުރުމަށްފަހު ފެންފޮދަކާ އެކީ ބުއިމުން ކިޑްނީގައި އުފެދޭ ހިލަތައް ނައްތާލައެވެ. އަދި ޙައިޟުގެ ދުވަސްވަރު އަންނަ ލޭ އިތުރުކޮށްދެއެވެ. މިފަދައިން ކަޅުދިރި ބޭނުން ކުރުމުން ގާތުން ކިރުދޭ މައިންގެ ކިރުއެރުންވެސް އިތުރުކޮށްދެއެވެ. ކަޅުދިރި ވިނިގާރ އާއި އެއްކުރުމަށްފަހު ހޫނުކޮށްފައި ބަނޑުގައި ހާކާލުމުން ބަނޑުގައި އުފެދޭ ފަނި ނައްތާލައެވެ. ކަޅުދިރި ކޮޅެއް ކުޑަފޮތިކޮޅެއްގެ ތެރެއަށްލާ ބަންދު ކުރުމަށްފަހު އޭގެ ވަސް ބެލުމުންވެސް ވަރަށް ގިނަ ބަލިތަކަކަށް ފަރުވާ ލިބެއެވެ.
ކަޅުދިރި އަކީ ދިރޭ ތަކެތި ދަތް އެޅުމުން ވިހަވުން ކަނޑުވާލަދޭ ބޭހެކެވެ. އަދި 25 ގްރާމަ ކަޅުދިރި ފެނާއި އެއްކޮށްގެން ބުއިމުން ނޭވާހިއްލުމުން ދުރުކޮށްދެއެވެ.
ކަޅުދިރިކޮޅެއް ކުޑަ ވިނިގަރ ކޮޅެއްގައި ކެއްކުމަށް ފަހު އެ ފެނުން އަނގަ ދޮވެލުމުން ދަތުގެ ރިހުން ކަނޑުވައިދެއެވެ. އަދި ލޮލުން ފެން ފައިބާ ނަމަ ކަޅުދިރިކޮޅެއް ހިމުންކޮށްފައި ކުޑަ ފޮތިކޮޅެއްގެ ތެރެއަށްލާ ބަންދު ކުރުމަށްފަހު ނޭވާ އެތެރެއަށް ދެމުމުންވެސް ފަރުވާ ލިބެއެވެ. ވިނިގަރ އާއި އެއްކޮށްފައިވާ ކަޅުދިރިކޮޅެއް ފޮތިކޮޅަކަށް ލުމަށް ފަހު ބޭނުން ކުރުމުން ހަމުގެ އެކިއެކި ބަލިތަކަށް ފަރުވާ ލިބެއެވެ.
ކަޅުދިރި ތެލަކީވެސް މިގޮތަށް ނޭފަތުން އޭގެ ވަސް ބެލުމުން މޫނުގެ ބައިތައް ވާގިނެތުން ފަދަ ކަންތައްތަކަށް ހުރި ފަރުވާއެކެވެ. 25 ގްރާމް ކަޅުދިރި ތެޔޮ ބުއިމުން ފައިދިގު މަކުނު ދަތްއަޅައި ވިހަވެފައިވާ ތަންތަން ރަނގަޅުވެއެވެ. އަދި ކަޅުދިރި ހިމުންކޮށްފައި ފެހި އޮށުގެ ތެލާއި އެއްކޮށްފައި ކަންފަތަށް އަޅާ ބޭހެއްގެ ގޮތުގައި، ތިން ތިއްކަށް ވުރެ ގިނަ ނުވާ ވަރަށް ބޭނުން ކުރުމުން ރޯގާއާއި، ބަނޑުގައި ވައި ހެދުމާއި ހަޖަމުކުރުމުގެ ނިޒާމަށް ޖެހޭ އެކި ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
ކަޅުދިރި ކެއްކުމަށްފަހު ހިމުންކޮށްފައި ތެލާއި އެއްކޮށްގެން ނޭފަތުން އޭގެ ވަސް އެތެރެއަށް ދެމުމުން ރޯގާއާއި ކިނބިހި އެޅުމުން ސަލާމަތްކޮށްދެއެވެ. އަންދާލާފައިވާ ކަޅުދިރި އާއި ވެކްސް އަދި ހީނާފަތާއި އައިރިސް ތެލާއި އެއްކޮށްގެން ބޭނުން ކުރުމުން ފައިގެ ހަމުގައި ހުންނަ ބިހިތަކާއި އެހެނިހެން އިންފެކްޝަންތައް ނައްތާލައެވެ. މިގޮތަށް ކަޅުދިރި ބޭނުން ކުރުމުގެ ކުރިން ވިނިގަރ ބޭނުންކޮށްގެން އެއް ފަހަރު ފައި ދޮވެލާށެވެ.
ކަޅުދިރި ހިމުންކޮށްލުމަށްފަހު ވިނިގަރ އާއި އެއްކޮށްލާފައި ހަމުގައި ޖުޒާމު ބަލީގެ އަސަރުކޮށްފައިވާ ތަންތަނާއި، ބޮލުން ހަންފޮޅިފައިވާ ތަންތަނާއި، ހަމުގައި ހުންނަ ކަޅު ލައްތައް ނުވަތަ ޕިގްމެންޓޭޝަންގެ އަސަރުކޮށްފައިވާ ތަންތަނުގައި ހޭކުމުން މިކަންކަމަށް ފަރުވާ ލިބެއެވެ.
ރަނގަޅަށް ހިމުންކޮށްލުމަށްފަހު ކޮންމެ ދުވަހަކު 25 ގްރާމް ކަޅުދިރި ފިނި ފެނާއި އެކީ ބުއިމުން ހައިޑުރޯފޯބިއާ ނުވަތަ ފެންދެކެ ބިރުގަންނަ ބަލި ފަދަ ކުއްތާ ދަތްއެޅުމުގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ކަޅުދިރި ތެލުގެ ވަސް ނޭފަތުން އެތެރެއަށް ދެމުމުން މޫނުގެ ބައިތައް ވާގިނެތުމުން ދުރުކޮށްދެއެވެ. މީގެ އިތުރުން ކަޅުދިރިން ވިހަލާ ސޫފިތަކުގެ ވިހައިން ސަލާމަތްކޮށްދެއެވެ.
ފާރިސީ އަދުން ފެނާއި އެއްކޮށްލުމަށްފަހު ކަޅުދިރިއާއި އެކީ ބޭނުން ކުރުމުން ނާރުތައް ދުޅަވުން ފަދަ ކަންކަމަށް ފަރުވާ ލިބެއެވެ. ކަޅުދިރީގައި މިނޫންވެސް ވަރަށް ގިނަ ގުނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. އެހެން ނަމަވެސް ކަޅުދިރިއަކީ މާ ގިނައިން ބޭނުންކޮށްފި ނަމަ ހަށިގަނޑަށް ގެއްލުން ވެދާނެ އެއްޗަކަށް ވާތީ ދުވާލަކު 25 ގްރާމަށް ވުރެ ގިނައިން ބޭނުން ނުކުރުން އެދެވިގެން ވެއެވެ.
ނޯޓް: މަތީގައި ބަޔާންވެގެން އެދިޔަ ފަރުވާތަކުގައި އެސްފީނާއާއި ހަސަދައިގެ އާޔާތްތައް ނުވަތަ އެސްފީނާއަށް ކުރެވިދާނެ ކުރު ރުޤްޔާގެ އާޔަތްތައް ހިމަނާލުމަކީ މުހިންމު ކަމެއް ކަމުގައި ރުޤްޔާކުރައްވާ ބޭފުޅުން ދެކިލައްވައެވެ. ސަބަބަކީ އިންސާނުންނަށް ގިނައިން މެދުވެރިފައި ހުންނަ ކަންކަމަކީ އެސްފީނާ ނުވަތަ ހަސަދައިގެ ސަބަބުން ކުރިމަތިވާ ކަންކަމުގައިވާތީއެވެ. އެހެންކަމުން މި ބޭޅުފުންގެ އިލްތިމާސްއާއި އެއްގޮތަށް ފަރުވާތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
މަޢުލޫމާތު ނެގި މަޞްދަރު : އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ލިޔުއްވާފައިވާ ތިއްބުއް ނަބަވީ (ޕްރޮފެޓިކް މެޑިސިން )
ކަޅުދިރީގެ ފައިދާތަކާއި އޭގެން ކުރެވިދާނެ ބައެއް ފަރުވާ
Fehi oshuge thelakee kobaithw???
ފެހިއޮށުގެ ތެޔޮ އަޅުގަނޑޫމެނަށް އަދި އެނގިފައެއް ނެތް
Blood pressure high bey fulhun black use kuraavee gothey buney deyvedaney tha
In Shaa Allah thikamaa gulhey poster eh alhugandumenge page gai upload kuraanan
Hakhuru bahyah khalhudhirin kureveyne faruva eh bunedheefanantho
ހަކުރުބައްޔަށް ކުރެވިދާނެ ފަެރުވާ މި ވެބްސައިޓްގެ އާންމު ބަލިތަކުގެ ސެކްޝަނުން ލިބިވަޑައިގަންނަވާނެ