ވަބާއާއި މުޞީބާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް

ލިޔުނީ:

އަޙްމަދު ވަޙީދު ޢަލީ އިބްރާހިމް

އާދަމް ބަޝީރު މުޙައްމަދު ވަޙީދު

ޢަލީ ޝަހީދު އިބްރާހިމް

ޢަބްދުﷲ ޙާމިދު ޢަލީ ވަޙީދު

ފޮތުގައި ހިމަނާފައިވާ މުޤައްދިމާ:

الحمد الله، ؤالصلاة والسلام على رسول الله، واشهد ان لا اله الا الله وحده لا شريك له، واشهد ان محمدا عبده ورسوله، وبعد:

“މިއީ، ވަބާއާއި މުޞީބާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ހިމަނައިގެން އެކުލަވާލައިފައިވާ ފޮތެކެވެ. މި ފޮތުގައި ވަބާއެއް ކުރިމަތިވުމުގެ ކުރިން ދީނީ ގޮތުން ކަންތައްތައް ބަހައްޓަންވީ ގޮތާއި، ވަބާއެއް ކުރިމަތިވެއްޖެ ނަމަ އެވަބާއެއް ނުވަތަ މުޞީބާތެއްގެ ވަގުތުގައި ދީނީ ގޮތުން، ކަންތައްތައް ބަހައްޓަންވީ ގޮތުގެ އިތުރުން ދުނިޔަވީގޮތުން، ކަންތައްތައް ބަހައްޓަންވީ ގޮތަށް އަލިއަޅުވާލެވިފައިވާނެއެވެ.

މި ފޮތް ލިޔުމުގައި އަސްލެއްކަމަށް ބަލައިފައިވާނީ، ޢަބްދުރައްޒާޤު ބުނު ޢަބްދުލްމުޙްސިނުލް ބަދްރު ލިޔުއްވާފައިވާ ” ވަބާއިން ރައްކާތެރިވުމަށް ދިހަ ވަޞިއްޔަތެއް” މި ފޮތެވެ. އަދި މި ފޮތުގައި ނުވާ ބައެއް އިތުރު މަޢުލޫމާތުވެސް ހިމަނާފައިވާނެއެވެ.

ދުޢާއަކީ އެންމެހައި މުސްލުމުން ނުރައްކާތެރި ބަލިތަކާއި މުޞީބާތްތަކާއި ވަބާތަކުން ރައްކާތެރިކޮށްދެއްވާ ފުރިހަމަ ސިއްޙަތާއި ޢަފިޔަތު ނިޢުމަތް ދެއްވުމެވެ.”