ދަތި އުނދަގޫ ވަޤުތުތަކުގައި ގެންގުޅެންވީ 6 އުޞޫލެއް

 

އަސްލު ލިޔުއްވީ:

އައްޝައިޚް އައްދުކްތޫރު ޞާލިޙު ބުނު ޢަބްދުﷲ ބުނު ޙަމަދު އަލްޢުޞައިމީ

ތަރުޖަމާކުރީ:

އާދަމް ބަޝީރު

އަޙްމަދު ވަޙީދު

ޢަލީ ޝަހީދު

ޢަބްދުﷲ ޙާމިދު

މުޖުތަރިމުންގެ ބަސް

الحمد الله، ؤالصلاة والسلام على رسول الله، واشهد ان لا اله الا الله وحده لا شريك له، واشهد ان محمدا عبده ورسوله، وبعد:

މިއީ، 1441 ވަނަ އަހަރުގެ ރަޖަބު މަހުގެ 15 ވީ އަންގާރަ ދުވަހުގެ އަޞުރު ނަމާދަށްފަހު ސަޢޫދީ ޢަރަބިއްޔާގެ  ރިޔާޟްގެ އަލްޖަޒީރާ އަވަށުގެ ޖާމިޢު މުޞްޢަބު ބިން ޢުމައިރުގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ދެއްވާފައިވާ ދަރުސެކެވެ.

މި ދަރުސްގެ މައުޟޫ އަކީ(اُصولٌ سِتَّةٌ لِلا فْتِقَارِ إِلى اللهِ فِيْ الشِّدَّة) އެވެ

މާނައަކީ: ‘ ދަތިކަމުގައި ﷲ އަށް ބޭނުންޖެހުމުގައި ގެންގުޅެންވީ ހަ އުޞޫލެއް’ މިއެވެ. ފޮތުގެ ބޭރުގައި ޖެހިފައިވާ ނަން ބަދަލުކުރެވިފައިވަނީ ދިވެހި ބަހުން ފަސޭހައިން ބުނެދިނުމަށްޓަކައެވެ. އެއީ އިސްވެދިޔަ ގޮތަށް ލިޔެފިނަމަ ބުނަން އުޅޭ އެއްޗެއް ފަހުމްނުވެދާނެ ކަމަށްޓަކައެވެ.

މި ފޮތުގައި މި ވައިރަސްގެ ދުވަސްވަރު މުސްލިމުންގެ ޢަމަލުތައް ބަހައްޓަންވީ މުހިންމު ހަ އުޞޫލަކަށް އަލިއަޅުވާލާފައިވާނެއެވެ.

ދުޢާއަކީ މި ކުޑަކުޑަ މަސައްކަތަުގެ ސަބަބުން ދިވެހިރާއްޖޭގެ މުސްލިމުންނަށް ފައިދާތަކެއް ލިބިގެން ދިއުމެވެ.

وصلى الله على نبينا محمد و على آله وصحبه أجمعين

 

Leave a Reply

Your email address will not be published. Required fields are marked *