މައިގްރެއިން (ގަދަޔަށް ބޮލުގައި ރިއްސުން) އަށް ކުރެވިދާނެ ފަރުވާއެއް

 

 

މައިގްރެއިން (ގަދަޔަށް ބޮލުގައި ރިއްސުން) އަށް ކުރެވިދާނެ ފަރުވާއެއް

މައިގްރެއިން އަކީ ކޮބައިކަން އެކި މީހުން އެކި ގޮތްގޮތަށް ސިފަކުރެއެވެ. މިގޮތުން ޗިކާގޯގެ ކްލިނިކް ފަރާތުުން މި ބަލި ސިފަކުރާގޮތް ބަޔާންކޮށްލަދޭނަމެވެ.” އާންމުކޮށް މައިގްރެއިން ކިޔަނީ ވަރަށް ގަދަޔަށް ވިންދުޖަހާ ގޮތަށް ބޮލުގެ އެއްފަރާތުގައި ރިއްސާ ރިއްސުމަށެވެ.މިކަމަކީ ޖިސްމާނީ ހަރަކާތްތަކުގެ ސަބަބުން ތަދު އިތުރުކުރުވާ ކަމެކެވެ. ނަމަވެސް އެކި މީހުންނަށް މިބަލީގެ ސަބަބުން ފެންނަ އަލާމާތްތައް ބަލީގެ ކުޑަ/ބޮޑު މިނަަށް ބަލާ ތަފާތުތަކެއް ފެންނަން ހުރެއެވެ” ( މާޔޯ ކްލިނިކް ސްޓާފް ) .މިބަލީގެ އާންމު އަލާމާތްތަކެއްވެސް މެޑިކަލް ޑޮކްޓަރުން ބަޔާންކޮށްދީފައި އެބަހުއްޓެވެ.މީގެ ތެރޭގައި ،

  • ކުޑަކޮށް ނުވަތަ ވަރަށް ގަދަޔަށް ވިންދު ޖެހުމެއް ހުންނަ ކަހަލަ ގޮތަކަށް ބޮލުގައި އަދި ލޮލުގައި ރިއްސުން.
  • އާންމުކޮށް ބޮލުގެ އެއްފަރާތުގައި ރިއްސުން ؛ މަދުން ނަމަވެސް ބޮލުގެ ދެފަރާތުގައި ރިއްސުން.
  • ބޮލުގެ ރިހުން ހުންނަ ފަރާތުގެ ( ކަނައަތް ނުވަތަ ވައަތް ) ލޮލުގެ ގެ ކައިރީގައި ރިއްސުން.
  • ޖިސްމާނީ  މަސައްކަތްތައް ކުރުމުން މި ރިހުންތައް ގަދަވުން.
  • އެކި ކަހަލަ މަޑު އަޑު ތަކަށާއި އަލިތަކަގެ ސަބަބުން މި ރިހުން އިތުރުވުން.

މިކަމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވަމުންދާ ބަލިމަޑުކަމެކެވެ.މެޑިކަލް ޑޮކްޓަރުންނަށް މިކަމަށް ސީދާ ފަރުވާެއެއް އަދި މިބަލި މެދުވެރިވާން ދިމާވާ ސަބަބެއް ބުނެދެވިފައިވާ ނުވާ މައިގްރެއިން އަކީ ބައެއް މީހުން މުޅި އުމުރުގައި ވެސް ބޭސްކުރަމުން އަންނަ ބައްޔަކަށް ވަނީ ވެފައެވެ. ހަމައެހެންމެ ގިނަ މެޑިކަލް ޑޮކްޓަރުން ވިދާޅުވާގޮތުގައި މިބައްޔަކީ އެއްކޮށް ރަނގަޅުކުރެވޭ ބައްޔެއް ނޫނެވެ. މައިގްރެއިން ގެ ސަބަބުން ބޮލުގައި ރިއްސާވަރު އެއްވަރެއްގައި ހިފެހެއްޓިދާނެކަމަށް މި ބޭފުޅުން ދެކިލައްވައެވެ.

ނަމެވެސް އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވީހިނދު މިގޮތަށް ދެކުމަކީ ރަނގަޅުކަމެއް ނޫނެވެ. ކޮންމެ ބައްޔަކަށްވެސް ފަރުވާއެއްވެއެވެެ. އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ.ނަބިއްޔާ މުހައްމަދު z ހަދީޘް ކުރެއްވިއެވެ. ” ﷲ ސުބުޙާނަހޫ ވަތައާލާ އެއްވެސް ބައްޔެއް އެބައްޔެއްގެ ފަރުވާއާ އެކު ނޫނީ ބާއްވައި ނުލައްވައެވެ” ( ޞަޙީހު ބުޚާރީ )އިންސާނުންނަށް އަދި މި ބައްޔަށް ފަރުވާ ހޯދިފައިނެތުމަކީ މިކަމަަށް އެއްވެސް ފަރުވާއެއް ނެތްކަމަށް އޮތް ދަލީލެއްވެސް ނޫނެވެ.އެހެންކަމުން ޤުރުއާނުން މިކަމަށް ތަޖުރިބާ ކުރެވިފައިވާ ފަރުވާއެއް އާންމުންނާ ހިއްސާކޮށްލުމަކީ މިދަނޑިވަޅުގައި ވަރަށް މުނާސަބު ކަމެއް ކަމުގައި ދެކެމެވެ.

ފަރުވާ ކުރާނެގޮތް 

ތިރީގައިވާ އާޔަތްތައް ބޯފެނަށް ކިޔެވުމަށްފަހު ބަލިމީހާ އާއްމުކޮށް ބުއިމަށް ބޭނުންކުރާށެވެ. މީގެ އިތުރުން ފިނިފެނަށް ( ރޯސްވޯޓަރ ) އަށް މި އާޔަތްތައް ކިޔެވުމަށްފަހު އެފެނުން ބަލިމީހަގެ ބޮލާއި،މޫނާއި، ކަރާއި ކަނދުރާ ދުވާލަކު 3 އިރު ދޮންނާށެވެ. މިގޮތަށް ދޮވުމަށްފަހު އަމިއްލައަށް ހިކެންދެން ބަހައްޓާލާށެވެ. ހަމަ އެހެންމެ ކަޅުދިރި ތެލަށް މި އާޔަތްތައް ކިޔެވުމަށް ފަހު ބޮލާއި ކަނދުރާގައި، ކޮންމެ ރެއަކު ހެނދުނާއި ރޭގަނޑު އުނގުޅާށެވެ. އަދި މި އާއަޔަތްތައް ގިނަގިނައިން ކިޔަވާށެވެ. މި ފަރުވާ މަދުވެގެން 3 މަސްދުވަހު ކުރިއަށް ގެންދާށެވެ.  إِنْ شَاءَ ٱللَّٰهُ‎ މައިގްރެއިންގެ ބަލިމަޑުކަމުން ސަލާމަތްވާނެއެވެ. 3 މަސްދުވަހުން އެއްކޮށް ރަނގަޅު ނުވިނަމަ އެއްކޮށް ރަނގަޅު ވަންދެން ފަރުވާ ކުރިއަށް ގެންދާށެވެ. ފަރުވާ ކުރަމުން ގެންދާއިރު ﷲ އަށް ޔަޤީންކަން ބާއްވާށެވެ.

ހުރިހަައި ކަމެއްގައިވެސް ވަކީލު ކުރަންޖެހޭ ފަރާތަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާއަށެވެ.ކެތްތެރިކަމާއި އެކު ފަރުވާ ކުރިއަށް ގެންދާށެވެ. ﷲ ވަނީ ކެތްތެރީންނާ އެކުގައެވެ.

﴿١﴾الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾الرَّحْمَـٰنِ الرَّحِيمِ ﴿٣﴾مَالِكِ يَوْمِ الدِّينِ ﴿٤﴾إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ سورة الفاتحة

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾  سورة البقرة

آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّـهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾   سورة البقرة

لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ ﴿٤٧﴾ سورة الصافات

لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴿١٩﴾ سورة الواقعة

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّـهُ سَمِيعٌ عَلِيمٌ ﴿١٠٣﴾ سورة التوبة

يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ ﴿٨٧﴾ سورة يوسف

وَقُلِ الْحَقُّ مِن رَّبِّكُمْ ۖ فَمَن شَاءَ فَلْيُؤْمِن وَمَن شَاءَ فَلْيَكْفُرْ ۚ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا ﴿٢٩﴾ سورة الكهف

فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ ﴿٨٩﴾ سورة الواقعة

لِيُنفِقْ ذُو سَعَةٍ مِّن سَعَتِهِ ۖ وَمَن قُدِرَ عَلَيْهِ رِزْقُهُ فَلْيُنفِقْ مِمَّا آتَاهُ اللَّـهُ ۚ لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا مَا آتَاهَا ۚ سَيَجْعَلُ اللَّـهُ بَعْدَ عُسْرٍ يُسْرًا ﴿٧﴾ سورة الطلاق

ظَلِيلٍ وَلَا يُغْنِي مِنَ اللَّـهَبِ ﴿٣١﴾ سورة المرسلات

فَإِنَّ مَعَ الْعُسْرِ يُسْرًا ﴿٥﴾ إِنَّ مَعَ الْعُسْرِ يُسْرًا ﴿٦﴾ سورة الشرح

وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَنْ يَأْتِيَكُمْ التَّابُوتُ فِيهِ سَكِينَةٌ مِنْ رَبِّكُمْ وَبَقِيَّةٌ مِمَّا تَرَكَ آلُ مُوسَى وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ إِنَّ فِي ذَلِكَ لَآيَةً لَكُمْ إِنْ كُنتُمْ مُؤْمِنِينَ﴿٢٤٨﴾ سورة البقرة

وَلَهُ مَا سَكَنَ فِي اللَّيْلِ وَالنَّهَارِ وَهُوَ السَّمِيعُ الْعَلِيمُ﴿١٣﴾الأنعام

هُوَ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا فَلَمَّا تَغَشَّاهَا حَمَلَتْ حَمْلًا خَفِيفًا فَمَرَّتْ بِهِ فَلَمَّا أَثْقَلَتْ دَعَوَا اللَّهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحًا لَنَكُونَنَّ مِنْ الشَّاكِرِينَ﴿١٨٩﴾ الأعراف

ثُمَّ أَنزَلَ اللَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَنزَلَ جُنُودًا لَمْ تَرَوْهَا وَعَذَّبَ الَّذِينَ كَفَرُوا وَذَلِكَ جَزَاءُ الْكَافِرِينَ﴿٢٦ التوبة

إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَى وَكَلِمَةُ اللَّهِ هِيَ الْعُلْيَا وَاللَّهُ عَزِيزٌ حَكِيمٌ﴿٤٠﴾ التوبة

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا وَصَلِّ عَلَيْهِمْ إِنَّ صَلَاتَكَ سَكَنٌ لَهُمْ وَاللَّهُ سَمِيعٌ عَلِيمٌ﴿١٠٣﴾ التوبة

هُوَ الَّذِي جَعَلَ لَكُمْ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَسْمَعُونَ﴿٦٧﴾ يونس

وَاللَّهُ جَعَلَ لَكُمْ مِنْ بُيُوتِكُمْ سَكَنًا وَجَعَلَ لَكُمْ مِنْ جُلُودِ الْأَنْعَامِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَا أَثَاثًا وَمَتَاعًا إِلَى حِينٍ﴿٨٠﴾ النحل

كَيْفَ تَكْفُرُونَ بِاللَّـهِ وَكُنتُمْ أَمْوَاتًا فَأَحْيَاكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ ﴿٢٨﴾ سورة البقرة

فَقُلْنَا اضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْيِي اللَّـهُ الْمَوْتَىٰ وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ ﴿٧٣﴾ سورة البقرة

وَلَا تَقُولُوا لِمَن يُقْتَلُ فِي سَبِيلِ اللَّـهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ وَلَـٰكِن لَّا تَشْعُرُونَ ﴿١٥٤﴾ سورة البقرة

قَاتِلُوهُمْ يُعَذِّبْهُمُ اللَّـهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ ﴿١٤﴾ سورة التوبة

يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴿٥٧﴾ سورة يونس

ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾   سورة النحل

وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا ﴿٨٢﴾ سورة الإسراء

وَإِذَا مَرِضْتُ فَهُوَ يَشْفِينِ ﴿٨٠﴾  سورة الشعراء

وَلَوْ جَعَلْنَاهُ قُرْآنًا أَعْجَمِيًّا لَّقَالُوا لَوْلَا فُصِّلَتْ آيَاتُهُ ۖ أَأَعْجَمِيٌّ وَعَرَبِيٌّ ۗ قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ وَالَّذِينَ لَا يُؤْمِنُونَ فِي آذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُولَـٰئِكَ يُنَادَوْنَ مِن مَّكَانٍ بَعِيدٍ ﴿٤٤﴾ سورة فصلت

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾  سورة الإخلاص

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ سورة الفلق

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾سورة الناس

ނޯޓް : އާޔަތްތައް ކިޔެވުމުގައި ވަކި އަދަދެއް ނެތެވެ. ބޭނުން އަދަދަކަށް ކިޔެވިދާނެއެވެ. އެހެން ނަމަވެސް އޮނަހިރި އަދަދަކަށް ކިޔެވުން އެދެވިގެން ވެއެވެ.މިގޮތުން ކޮންމެ އާޔަތެއް 3 ފަހަރު، 7 ފަހަރު ނުވަތަ  21 ފަހަރުވެސް ކިޔެވިދާނެއެވެ. އެހެނީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އޮނަހިރި އަދަދުތަކައް ލޯބިކުރައްވަތެެވެ.

Leave a Reply

Your email address will not be published. Required fields are marked *