ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (3 ވަނަ ބައި )

ތަރުޖަމާ: ރާއިފް ރުޝްދީ

 

ޢާޝިޤު ޖިންނިކުރަނީ ކޮންކަމެއް؟

އޭތި ވަރަށް ގިނަ ކަންތައް ކުރެއެވެ. މިތަނުގައި ގެނެވޭވަރަށްވުރެވެސް އެކަންކން ގިނައެވެ. އޭގެ ސަބަބުން ދިމާވާ އެއްމެ ނުބައި ކަމަކީ ގަދަފަދަ ގޮތެއްގައި ޝަހުވަތުގެ ހުޅުރޯކޮށް ފާޙިޝްކަންކަމާއި، ޒިނޭ އާއި ފިރިހެނުންނާއި އަންހެނުންނަށް ނުބައި ނަޒަރުން ބެލުންފަދަ ކަންކަން ޒީނަތްތެރިކޮށް ހަމައެއްވެސް ކޮންޓްރޯލެއް ނެތި ކުއްލިކުއްލިއަށް އެކަންކަމަށް އަރައިގަނެވުމެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ލޯބިވެރި ޖިންނީގެ ސަބަބުން މީހާއަކަށް އުނދަގުލެއްނުވެއެވެ. އަދި އޭނާއެކަމުގައި މަރެއްވެސް ނުވާނެއެވެ. ނަމަވެސް އެ ޖިންނީގެ ފަރާތުން ނުބައިކަންކަމާއި ހެޔޮކަންކަންވެސް ދިމާވެދާނެއެވެ. މިކަން ބިނާވަނީ ޖިންނީގެ ވައްތަރަށާއި އޭތީގެ ދީނަށެވެ. މިސާލަކަށް މުސްލިމު ޖިންނި އަކީ ނަމަ ތިބާއަށް ބަލި މީހާ ﷲއަށް ކިޔަމަންތެރި އަޅުވެރިވެ އަޅުކަންތަކުން ލައްޛަތު ޙާޞިލްކުރާތަންފެނިދާނެއެވެ. އަދި ޖިންނި އޭނާއަށް އެހީތެރިއެއްފަދައިން އެހީވެއެވެ. މިކަމާއި އެކުވެސް އޭތި ބޭނުންވާ ކަންތައް އޭނާގެ އަތުން ޙާޞިލްކުރެއެވެ. އަދި ކާފަރު ޖިންނިއެއްނަމަ އޭނާގެ އަޅުކަމުގައި މަކަރުހަދުވައެވެ. އެއީ އޭއްޗަށް ގެއްލުމެއްނުވެ އޭތި ބޭނުންވާ ކަންތައް ކުރުމަށްޓަކައެވެ. ބަލިމީހާއަށް ވާ އުނދަގޫތަކާއި ދިމާވާ ހުރިހާ ކަމަކާއި އޭނާއަށްވަނީ މި ޖިންނީގެ ސަބަބުންނެވެ.

ޢާޝިޤް ޖިންނި އަވަލުމުގެ ޢަލާމާތްތައް:

ރުޤްޔާކުރާމީހާއާށް ބަލިމީހާއާއި ސުވާލުކޮށްގެން ނުވަތަ އޭނާގެ ގާތުގައި ޤުރުއާން  ކިޔަވައިގެން އޭނާއާއި ޢާޝިޤް ޖިންނި އަވަލާފައި ހުރިކަން އެނގިދާނެއެވެ.

1-ގިނަގިނައި އިޙްތިލާމްވުން(ނިދީގައި މަނި ބޭރުވުން) މިއީ ޢާޝިޤް ޖިންނިއެއް އަވަލާފައި ހުރި ކަމުގެ ޢަލާމާތެކެވެ. ނަމަވެސް މިކަންވުމާއި އެކުގައި ބަރަހަނާ އަންހެނުން ފެނުމާއި މަޙްރަމަކާއި ޒިނޭކުރުންފަދަ މިބާވަތުގެ ކަމެއް ފެންނަ ނަމައެވެ.

2. އެއްވެސް ސަބަބަކާއި ނުލާ މަޙްރަމެއްގެ މައްޗަށް ގަދަފަދަކޮށް އެދުންވެރިވެފައި އަނބިމީހާއަށް އެފަދަ ގޮތަކަށް އެދުންވެރިނުވުން

3. ވަރަށް ގިނައިން އަމިއްލައަށް ޖިންސީ އެދުން ފުއްދުން

4. ކައިވެނިކުރުމަށް ނަފުރަތު ކުރުމާއި އެކަމަން ހިތްނުވުން އަދި ބައެއްފަހަރު ބައެއް (ސިޙުރުޖެހިފައިތިބޭ) ޒުވާން އަންހެންކުދިން ފިރިހެން ޖިންސުދެކެވެސް ނަފުރަތު ކުރެއެވެ.

5، ޢައުރަ ގުނަވަންތައް ޚާއްޞަކޮށް ކުރިމަތި ފަރާތް ޝަހުވަތު ހިލިގެން ނުވަތަ ހިރުވައިގަނެގެން ނުވަތަ ޖިމާޢުވާހިނދު ގެންނަފަދަ ޙަރަކާތެއް ކުރެވޭ އިޙްސާސްވުން

6. ކައިރީގައި އުޅޭހެން ހީވުމާއި މީހަކު ގާތުގައި ނިދާހެން ހީވުމާއި ނުފެންނަ ޖިސްމެއް އޭނާގެ ތަންމަތީގައި އޮތްހެން ހީވުމާއި ކައިރީގައި މީހަކު ނޭވާލާހެން ނުވަތަ ފުމޭހެން ހީވުން

7. ބައެއް ފިރިހެނުންނަށް އަންހެނުންގެ އިސްތަށި އޭނާގެ ގައިން ފެނެއެވެ. އަދި ބައެއްމީހުންނަށް އެފަދަ އިސްތަށި އެމީހުންގެ އެތެރެއިންލާ ފޭރާމުގެ ތެރޭގައި އޭނާގެ އައުރަ ގުނަވަނުގައި އޮޅިފައިވަނިކޮށް ފެނުން.

8. ބައެއް އަންހެނުންނަށް ނިދާފައިވަނިކޮށް ނުވަތަ ހޭލާހުންނައިރުވެސް ބަރަހަނާކޮށްތިބޭ މީހުން އެކި ސިފަސިފއިގައި އެކިގޮތަށް ފެނުން

9. ފިރިމީހާ އަނބިމީހާއާއި ދުރުގައި ނިދުމާއި އޭނާއަށް އަނބިމީހާ ކައިރިވުމުންނ އުނދަގޫވުމާއި އެކަނިވެރިވުމަށް ލޯބިކުރުމާއި އޭނާގެ އަނބިމީހާއި ޖިމާޢުނުވެ އެތައްދުވަހު ވެއަތުވެގެންދިއުން

10. އަނބިމީހާ ފިރިމީހާކައިރިވުމުން ހާސްވެ މޭތެޅޭގޮތްވެ ގަޔަށް ހޫނުވެ އަދި އޭނާގެ ފިރިމީހާ އޭނާގެ ގައިގައި އަތްލުމަށް، އަދި ބައެއްފަހަރު ދަރިންވެސް އޭނާގެ ގައިގައި އަތްލުމަށް އޭނާ ނުރުހެއެވެ. އަދި އެކަނިވެރިވެގަތުމަށް ލޯބިކުރެއެވެ. އަދި ވީހާވެސް މަދުހެދުމުގައި ނިދަންއުޅުމާއި ވަރަށް ގިނައިރު ވަރަށް ފުންކޮށް ނިދުންހިމެނެއެވެ.

11. ޒަކަރަށް ހަރުކަން އައުމުގައި ބަލިކަށިކަމެއް ހުރުމާއި މާއަވަހަށް އެދުން ފުދުމާއި ފޫޅުގެ ތިރިން ދެއިނގިލި ވަރުހައި ތިރިން އެއްޗެއް ކޮށްޕާހެން ހީވުމާއި އުރަވަޅިއަށް އަދި ފުރަގަސްފަރާތަށް ތޫނުއެއްޗެއް ކޮށްޕާހެން އިޙްސާސްކުރެވުން

12. ރޭގަނޑު މަދުން ނިދުމާއި ފާޚާނާގައި ގިނަވަގުތުކުރުމާއި ތަނަކަށް ގެއްލިފައިނުވަތަ ގަބުވެފައި ހުރުން

13. ވަސްދޮވާ އެއްޗެއް ނޭނގި މީރުވަހެއް ކޮޓަރީތެރެއިން ދޮވުން

14. އަންހެން މީހާއަށް ޖިމާޢްވެވޭ އިޙްސާސްވުމާއި އެ ޖިމާޢްވެވުނީ އޭނާގެ ފިރިމީހާ ނޫން މީހަކާއި ކަމުގައި އިޙްސާސްވުމާއި ނުވަތަ ޖިމާޢްވުމަށްފަހުގައި ޖިމާޢްވެވުނީ ނުފެންނަ ފަރާތަކާއި އެކީގައި ކަމުގައި އިޙްސާސްކުރެވުން

15.ބައެއް ކުޑަކުދިންނާއި މިފަދަ ޖިންނި އަޅައިގަތުމުން އޭނާ ހޭލާއިރު ހެދުން ބޭލިފައިވުމާއި އެކުއްޖާއަށް ޖިމާޢަކީ ކޮން އެއްޗެއް އޭނާއާއި އެކު ޖިމާޢްވެވިފައިވާކަން އެނގުންކަން ނޭނގުނަސް އޭނާ ބުނެދޭ ވާހަކަތަކުން

16- ލިވާޠު ނުވަތަ ސިޙާޤުކުރުމަށް ވަރަށް ގަދަޔަށް ބޭނުންވެ އެކަމާއި ދިމާއަށް މީހާ ގަދަޔަށް ގެންދިޔުން

17- ޒުވާން އަންހެންކުދިންނާއި އޭނާއާއި އިންނަން އެންގޭޖްވުމުން ރުއިމާއި ނުވަތަ އެންގޭޖްވުމަށް ރުހުމަށް ފަހު ފަހުން މަޤްބޫލު ޢުޒުރަކާއި ނުލާ ދެކޮޅު ހެދުމާއި ނުވަތަ އަންހެން ކުއްޖާއަކީ ރީތި ޙަސަބާއި ނަސަބުގެ ގޮތުން ރަނގަޅު ކުއްޖަކަށްވިޔަސް އެނބުރި ކައިވެނީގެ ޕްރޮޕޯސަލް ހިފައިގެން ނައުން

18-  އެދެވިގެންވާ ހުރިހާ ސިފައެއް ފުރިހަމައަށް ހުރެމެ ކައިވެނި ކުރެވޭނެ ހުރިހާ މަގުތަކެއް ބަލާ ހޯދާފައިމެ ފިރިހެންމީހާއަށް އިންނާނެ މީހަކު ނުލިބުން ނުވަތަ ލިބިފައި ދޫވުން ނުވަތަ އިނދެފައި ވަރިވުން

19- ފިރިހެނުންނަށް އަންހެނަކާއި ދިމާއަށް ބެލުމުން ނުވަތަ އޭނާއާއި އަންހެނަކު ވާހަކަ ދެއްކުމުން ނުވަތަ ހަތަރު ކަޅިހަމަވުމުން ދާހިތްލުމާއި ތުރުތުރު އެޅުން- ބައެއް ފަހަރު މިއީ ލަދުވެތިކަންކަމށް ވެސް ވެދާނެއެވެ. އަދި ބައެއްފަހަރު އެއީ މައްސު ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ފަރަޤަކީ އޭނާގެ ހަށިގަނޑުން އިޙްސާސްވާ ޙަރަކާތްތަކެވެ. އަދި އޭނާގެ ކުރިމަތިފަރާތް ނުވަތަ ފުރަގަސްފަރާތަށް ތަދުވުމާއި ގައިގެ އެތަންމިތަން ކަށިހަރާކަހަލަ އިހްސާސެއް ކުރެވި ކުރެވި ހުރުމެވެ.

20- ޢައުރަ ގުނަވަނުގައި ނުވަތަ ރަޙިމު ނުވަތަ އޯވަރީގައި ރިއްސުމާއި ތަދުވުން

އަދި މީގެ އިތުރުންވެސް ފާޙިޝް ޢަމަލުތަކުގެ ނުބައިކަމުގެ ވާހަކަ އަންނަ އާޔަތްތައްކިޔެވުމުން އަސަރުކޮށް ވަގުތުން ޖިންނި އޭނާގެ ހަށިގަނޑަށް ޙާޟިރުވުމީވެސް ފެންނަކަމެކެވެ.

 

ނޯޓް: މިއީ އައްޝައިޚް ޚާލިދް ޙިބްޝީ އެބޭފުޅާގެ ވެބްސައިޓް  ގައި ޢާޝިޤް ޖިންނިން އިންސާނުންނަށް އަވަލުމާ ބެހޭގޮތުން ގެންނަވާފައިވާ އާޓިކަލެއްގެ ތަރުޖަމާއެވެ، މި .އާޓިކަލް ގެ އަސްލު ބެއްލެވުމަށް މި ލިންކް އަށް ކްލިކް ކޮށްލައްވާ

ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (1 ވަނަ ބައި )

ޖިންނީން އިންސާނުން ދެކެ ލޯބިވުމުގެ ހަޤީޤަތް އަދި އޭގެ ފަރުވާ (2 ވަނަ ބައި )

Leave a Reply

Your email address will not be published. Required fields are marked *