ސުންނަތުގެ އަލީގައި ޙިޖާމާ ( 7 ވަނަ ބައި )

  hijama 7

 

 

 

 

ބުރަކަށީގެ ޙިޖާމާ ޕޮއިންޓްތައް:

 

 

burakashi hijama

 

  • 1 ވަނަ ޕޮއިންޓް ( ބުރަކަށީގެ މަތީގެ މެދުގައި، ކަރާ ދިމާލުން މައިކަށީގެ 7 ވަނަ ބަދައިގެ މަތީގައި )
  • 2 އަދި 3 ވަނަ ޕޮއިންޓް ( ދެ ކަންފަތް ދޭތެރެއިން ބޮލުގެ ފުއްކިބަައިގެ އިސްތަށި ފަޅާ ހިސާބުގައި ނުވަތަ ކަރުގެ ދެ އަރިމަތީގައި )
  • 4 އަދި 5 ވަނަ ޕޮއިންޓްގައި ( ވައިނޮޅި އަދި ވައި ނޮޅީގެ ކަފި ( ބޮރޯންކަސް ) ތަކަށް ބަައިބައިވެގެންދާ ތަނާއި ދިމާލުން ބުރަކަށީގެ މައިކަށީގެ ދެފަރާތުގައެވެ.
  • 6 ވަނަ ޕޮއިންޓް ( މައިކަށްޓާއި ދިމާލަށް ކަނާތް ފަރާތުގެ އަރިމަތީ ކަށި، ފިތް ( ގޯލް ބްލެޑާގެ މަތީގަ )
  • 7 އަދި 8 ވަނަ ޕޮއިންޓް ( ބަނޑާ ދިމާލުން ) ބުރަކަށީގެ މައިކަށީގެ ދެފަރާތުގައި
  • 11 ވަނަ ޕޮއިންޓް ( ލަމްބަރ ވާޓިބްރޭ ) ( މައިކަށީގެ އެންމެ ތިރީބައިގައި ނިކުމެފައި ހުންނަ ކަށިގަނޑު މަތީގައި )
  • 12 އަދި 13 ވަނަ ޕޮއިންޓް ( 11 ވަނަ ޕޮއިންޓް ގެ ދެފަރާތުގައި ނަމަވެސް ކުޑަ ތަންކޮޅެއް މަތީގައި މައިކަށްޓައްވުރެ 5 CM ދުރުގައި )
  • 14، 15، 16 އަދި 17 ވަނަ ޕޮއިންޓް ( ބޮޑު ގޮހޮރު (ކޮލޮން) ގެ ހަތަރު ކަނާއި ދިމާލުން ބުރަކަށީގަ )ަ އަދި 18 ( މި ހަތަރު ޕޮއިންޓްގެ މެދުން މައިކަށީގެ މެދުގަ )
  • 19 ވަނަ ޕޮއިންޓް: ހިތާ ދިމާލުން ބުރަކަށީގައި، ގާތްގަނޑަކަށް އަރިމަތީ ކަށީގެ މަތީގަ
  • 20 އަދި 21 ވަނަ ޕޮއިންޓް: ކޮނޑާއި ކަރާއި ދެމެދުގަ ކުޑަކޮށް ނިކުމެފައި ހުންނަ ޓޮންސިލްސް ޓްރައިއޭންގަލް މަތީގައި
  • 22 އަދި 23 ވަނަ ޕޮއިންޓް: ޗިސްމޭ ( ޕެންކްރިއަސް ) އާއި ދިމާލުން އަރިމަތީ ކަށިތައް ނިމޭ ހިސާބުން ކުރަކަށީގަ
  • 24 އަދި 25 ވަނަ ޕޮއިންޓް: ހިމުގައި
  • 26 އަދި 27 ވަނަ ޕޮއިންޓް: އުނަގަނޑުގެ ކަށިގަނޑުގެ އަރިމަތީ ދެފަރާތުގައި
  • 28، 29، 30، އަދި 31 ވަނަ ޕޮއިންޓް: ފޫކޮޅު ފެށޭ ހިސާބުގައި
  • 32 ވަނަ ޕޮއިންޓް: ބޮލުގެ މެދުގައި
  • 33 ވަނަ ޕޮއިންޓް: ނިއްކުރި ނުވަތަ އިސްތަށިގަނޑު ފެށޭ ހިސާބާއި ދިމާލުން އިސްތަށިގަނޑުގެ ކަނާތްފަރާތުގައި
  • 34 އަދި 35 ވަނަ ޕޮއިންޓް: ބޮލުގެ ކަނާތްފަރާތު ( ޓެންޕޯރަލް ސައިޑްސް ) ގައި
  • 36 ވަނަ ޕޮއިންޓް: ބޮލުގެ ފުއްކިބައިގައި ނިކުމެފައި ހުންނަ ކަށިގަނޑުގެ މަތީގައި
  • 37 އަދި 38 ވަނަ ޕޮއިންޓް: ކަންފަތުން ފެށިގެން ގާއިގަނޑަކަށް 3 ސެންޓިމީޓަރު މަތީގައި
  • 39 ވަނަ ޕޮއިންޓް: ބޮލުގެ ފުއްކިބައިގައި އަޑިކޮށް ހުންނަ ( ވަކި ޚާއްޞަ ހާލަތެއްގައި މެނުވީ ޙިޖާމާ ޖެހުން މަނާކުރައްވާފައިވާ ) ތަނުގައި
  • 40 ވަނަ ޕޮއިންޓް: ކަނދުރާގެ މެދުގައި
  • 41 އަދި 42 ވަަނަ ޕޮއިންޓް: ކަނދުރާގެ ކަނާތްފަރާތުގައިވާ ފަރާތުގައި
  • 43 އަދި 44 ވަނަ ޕޮއިންޓް: ކަރުގެ ދެފަރާތުގައި
  • 45 އަދި 46 ވަނަ ޕޮއިންޓް: ވައިނޮޅި ( ޓްރެކިއަރ ) ގެ 3 ސެންޓިމީޓަރ މަތީގައި
  • 47 ވަނަ ޕޮއިންޓް ވާތްފަރާތު ކޮނޑާދިމާލުން ބުރަކަށީގައި
  • 48 ވަނަ ޕޮއިންޓް: ކަނާތްފަރާތު އަރިކަށީގެ ކަށިގަނޑު ފެށޭ ހިސާބުން، ފިތާ ވީ ދިމާލުން ބުރަކަށީގައި
  • 49 ވަނަ ޕޮއިންޓް: ބުރަކަށީގައި، ދެ ކޮނޑު ކަށިގަނޑުގެ ދެމެދުގައިވާ ދިފާއީ ނިޒާމުގެ ސަރަހައްދުގައި
  • 50 ވަނަ ޕޮއިންޓް: 8 ނުވަތަ 6 ސެންޓިމީޓަރ ވަރު މަތީގައި
  • 51 އަދި 52 ވަނަ ޕޮއިންޓް: ފައިގެ ފަލަމަސްގަނޑުގެ އަރިމަތީގައި
  • 53 އަދި 54 ވަނަ ޕޮއިންޓް: ކަކުލުގެ ފަހަތުގައި
  • 55 ވަނަ ޕޮއިންޓް: ކޮނޑުން ފެށިގެން ގާއިގަނޑަކަށް 3 ސެންޓިމީޓަރ ދަށުގައި

 

މޫނާއި ބަނޑާއި އަދި ފައިގެ ޙިޖާމާ ޕޮއިންޓް

 

banduge hijamafaige hijama

 

  • 101 ވަނަ ޕޮއިންޓް: ނަމާދުކުރާއިރު ބިންމަތީގައި ނިތްކުރި ޖެހޭތާނގައި ( ރަނގަޅުގޮތަކީ ތަކުރާރުކޮށް މި ޕޮއިންޓްއަށް ނުޖެހުން )
  • 102 އަދި 103 ވަނަ ޕޮއިންޓް: ނިތްކުރީގެ ސައިނަސް އާއި ދިމާލު ބުމަ މަތީގައި
  • 104 އަދި 105 ވަނަ ޕޮއިންޓް: ބުމައިގެ އަރިމަތީގައި ( ބޮލުގެ ރިހުމަށް ފަރުވާ ކުރާނަމަ މިތަނުގެ ތަންކޮޅެއް މަތީގައި )
  • 106 ވަނަ ޕޮއިންޓް: ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށްޓަކައި، ވައަތު ކަންފަތުން ފެށިގެން ގާތްގަނޑަކަށް 6 ސެންޓިމީޓަރ މަތީގައެވެ.
  • 107 ވަނަ ޕޮއިންޓް: ވާހަކަދެއްކުމުގައި ދިމާވާ އުނދަގޫތަކަށް ފަރުވާކުރުމަށްޓަކައި ކޮލުގެ 4 ސެންޓިމީޓަރ މަތީގައެވެ.
  • 108 އަދި 109 ވަނަ ޕޮއިންޓް: ނޭފަތުގެ ސައިނަސްތަކަށް، ނޭފަތުގެ ދެފަރާތުގައި
  • 110 ވަނަ ޕޮއިންޓް: ކަންފަތުގެ ތިރީގައި
  • 111، 112 އަދި 113 ވަނަ ޕޮއިންޓް: ލޮލުގެ ކައިރީގަޔާއި އަދި ތުންފަތުގެ ކައިރީގައި
  • 114 ވަނަ ޕޮއިންޓް: ވަރަށް ގިނަ ބޭނުންތަކަށް ދަތްދޮޅި ދަށުގައި
  • 115 އަދި 116: ކޮނޑާއި ދިމާލުން ކަރުގެ ކަށީ ( ކްލެވިކްލް ) ގެ ތިރީގައި
  • 117 އަދި 118 ވަނަ ޕޮއިންޓް: މޭމައްޗާއި ދިމާލުން ކަރު ކަށީ ( ކްލެވިކްލް ) ގެ ތިރީގައި
  • 119 ވަނަ ޕޮއިންޓް: ވައަތްފަރާތުގެ ކަރު ކަށީ ( ކްލެވިކްލް ) ގެ މެދާއި ދިމާލުން 4 އިނގިލީގެ ދިގުމިނަށް ، ހިތުގެ މަތީގައި
  • 120 ވަނަ ޕޮއިންޓް: މޭމަތީގެ މެދުގައި، އުރަމަތީގެ ކަށިގަނޑު ( ސްޓާރނަމް ) ގެ މަތީގައި
  • 121 ވަނަ ޕޮއިންޓް: ސީދާ އުރަމަތީގެ ކަށިގަނޑުގެ ތިރީގައި، ގުރުދާ ފެށޭ ހިސާބުގައި
  • 122، 123 އަދި 124 ވަނަ ޕޮއިންޓް: ބަނޑުގެ ކަނާތްފަރާތުގައި، ފުރަމޭ ( ލިވަރ ) ގެ މަތީގައި
  • 125 އަދި 126 ވަނަ ޕޮއިންޓް: އިޚްތިޔާރަކާއި ނުލައި ކުޑަ ކަމުދެވުމާއި ދަރިން ނުލިބުން ފަދަ ކަންކަމަށް ފަރުވާކުރުމަށްޓަކައި، ފައިވަޅުގައި
  • 127 އަދި 128 ވަނަ ޕޮއިންޓް: ފައިގެ ފަލަމަސްގަނޑުގެ އެތެރެފުށުގައި
  • 129 ވަނަ ޕޮއިންޓް: ދަށްފައިގެ ކަނާތްފަރާތުގައި
  • 130 ވަނަ ޕޮއިންޓް: ފުންނާުބުގެ އަރިމަތީގައި
  • 131 ވަނަ ޕޮއިންޓް: ފުންނާބުގެ ކަށިގަނޑުގެ އަރިމަތިން 5 ސެންޓިމީޓަރ މަތީގައި
  • 132 ވަނަ ޕޮއިންޓް: ސްކްރޯޓަމްގެ މަތީގައި
  • 134 ވަނަ ޕޮއިންޓް: ވައަތްފަރާތުގެ އުރަމަތީގެ ދަށުގައި
  • 135 އަދި 136 ވަނަ ޕޮއިންޓް: އުރަމަތީ ވައްގަނޑުން ފެށިގެން މައިކަށްޓާ ދިމާލުން 5 ސެންޓިމީޓަރ ހުންނަވަރަށް، ފުއްޕާމޭގެ މަތީގައި
  • 137، 138، 139 އަދި 140 ވަނަ ޕޮއިންޓް: ފޫޅުމަތީގައާއި، ތިރީގައާއި، ކަނާތްފަރާތުގައާއި އަދި ވައަތްފަރާތުގައި
  • 141، އަދި 142 ވަނަ ޕޮއިންޓް : 140 ވަނަ ޕޮއިންޓް ގެ ކަނާއަތް ފަރާތުގައި އަދި ވައަތްފަރާތުގައި.
  • 143 ވަނަ ޕޮއިންޓް: މަސާނާ ( ބްލެޑާ ) ގެ މަތީގައި

 

Leave a Reply

Your email address will not be published. Required fields are marked *